އައްޑޫގައި ކާޅު ގިނަވަމުން އައުމުގެ ސަބަބުން ދޮންދީނި ނެތިގެން ދިއުމުގެ ބިރު ބޮޑުވަމުން އަންނަ މައްސަލަ މި ހަފްތާގެ ތެރޭގައި ކޮޅެއްގައި ޖައްސާނެ ކަމަށް އައްޑޫ ސިޓީ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
"އައްޑޫ ކާޅު އަދި ދޮންދީން އަޕްޑޭޓް"ގެ ނަމުގައި ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި މެންބަރު ރޮޒެއިނާ ވިދާޅުވެފައި ވަނީ، ކާޅު މަރާ ކަމުގައިވާ ނަމަ ފިޝަރީޒް މިނިސްޓްރީ އިން ހުއްދަ ހޯދަން ޖެހޭ ކަމަށް އޮތުމުން އައްޑޫ ސިޓީ މޭޔަރު ވަނީ އެކަމުގެ ހުއްދަ ހޯދުމަށް ފިޝަރީޒް މިނިސްޓްރީގެ ހުއްދައަށް އެދި ސިޓީއެއް ފޮނުވާފައި ކަމަށެވެ.
މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރި އައްޑޫގެ ބައެއް ރައްޔިތުން ވަނީ އައްޑޫގައި ކާޅު ގިނަވުމަކީ ދޮންދީނި އާއިލާ މުޅިން ނެތިދާނެ ކަމެއް ކަމަށް ބުނެފަ އެވެ. މިހާރުވެސް އައްޑޫގައި އުޅޭ ދޮންދީނިތަކަށް ކާޅުގެ ހަމަލާތައް އަމާޒުވެ އެތައް ދޫންޏެއް މަރުވެފައިވާ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.
ބައެއް ފަރާތްތަކުން ބުނެފައިވަނީ އައްޑޫގައި ކާޅު ގިނަވުމަކީ ބަޔަކު މީހުން ގަސްތުގައި ކުރާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އެގޮތުން ބައެއް ރަށްރަށުން އަންނަ ފަރާތްތަކުން ކާޅު ގެނެސް އާލާ ކުރާކަން ބައެއް ފަރާތްތަކުން ފާހަގަ ކުރިއެވެ.
ބޭކާރު 7 ކާޅުވެސް އުޅޭ.
އިންޑިޔާގެ ކާޅު އަދި މެމްބަރު 7 ކާޅު ދޯ.ލޮލް
ކާޅުތަކަށްވުރެ ބޮޑު ވަބާއެއް މިސަރުކާރުމީ.. ކާޅު ސަރުކާރު އިސްތިއުފާ
ގަމާރާ މިއުޅެނީ ކާޅަށް ވުރެ އެމްޑީޕީ ކާޅުންގެ ބަލާވެރިކަން މި ގައުމަށް ފާވެގެންނޭ. ގައުމުގެ ނުވިއްކާ ތަނެއް ނެތް އިންޑިއާ އަށް ހަނިމާދޫ ކައްދޫ އައްޑޫ މިހެންގޮސް ހުރިހާ ޑޮމެސްޓިކް އެއަރޕޯޓުތައް ފުރާލާފައިވަނީ ހިންދޫ ސިފަައިންނުން
ކާޅުކޮށްޓައް ލާއިގެން އުޅުނުހަދާން ވޭބާ؟
އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް
ތިޔަކާޅުތައް ބޭރުކުރާއިރު އިންޑިއާގެ ކާޅުތައްވެސް ބޭރުކޮއްދެއްވާ ރޮޒައިނާ ދައްތާ
ކާޅު ދައިތަ ދޯމީ ހެހެހެ
ކާޅު ދައިތަ