އުފަންވިއިރު ހަށިގަނޑުން ގުޅިފައިވާ ދިވެހި ދެކުއްޖަކު ނިޔާވެއްޖެއެވެ.

ދައުލަތުގެ މީޑިއާ "ޕީއެސްއެމް" އިން ބުނީ ހަށިގަނޑު ގުޅިފައިވާ ދެކުދިން އުފަންވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި ކަމަށެވެ. މިއީ އުތުރުގެ ރަށެއްގެ ދެމަފިރިންނަށް ލިބުނު ދެ އަންހެން ކުދިން ކަމަށް ވެސް "ޕީއެސްއެމް" އިން ބުނެއެވެ. އުފަންވިތާ އެއްދުވަސްތެރޭގައި ދެކުދިންވެސް ވަނީ ނިޔާވެފައެވެ. އެކުދިން އުފަންވެފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މިދެކުދިން އުފަންވިއިރު ހިތާއި ފަލަމަސްގަނޑުން ވަނީ ގުޅިފައި ކަމަށް "ޕީއެސްއެމް" އިން ބުނެއެވެ.

ހަށިގަނޑުން ގުޅިފައިވާ ދެކުދިން ރާއްޖޭގައި އުފަންވި ކަމުގެ ރެކޯޑެއް އާއްމުކޮށް ފެންނާކަށް ނެތެވެ. ނަމަވެސް މިއީ ރާއްޖޭގައި މިފަދަ ދެކުއްޖަކު އުފަންވި ފުރަތަމަ ފަހަރު ކަމެއް ރަސްމީކޮށް ކަށަވަރެއް ނުކުރެވުނެވެ.

ހަށިގަނޑުން ގުޅިފައިވާ ކުދިން އުފަންވުން އެއީ ވަރަށް ނާދިރު ކަމެކެވެ. ބައެއް ދިރާސާތައް ބުނާ ގޮތުގައި މިފަދަ ކުދިން އުފަންވަނީ ކޮންމެ 189,000 ވިހެއުމަކުން އެއްފަހަރުއެވެ. ހަށިގަނޑުން ގުޅިފައިވާ ކުދިން އުފަންވާ ސަބަބާއި ގުޅޭ ގޮތުން ސައިންސްވެރިންނަށް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ. ބައެއް ތިއަރީތައް ބުނާ ގޮތުގައި އެއީ ބިސް އުފެދި ކުއްޖަކަށް ބަދަލުވުމުގެ މަރުހަލާގައި ދިމާވާ ކަންތައްތަކުގެ ސަބަބުން ކުރިމަތިވާ ހާލަތެކެވެ.

އުފަންވާއިރު ހަށިގަނޑުން ގުޅިފައިވާ ކުދިން ވަކިކުރުމުގެ ކާމިޔާބު އޮޕަރޭޝަންތައް ދުނިޔޭގެ ގިނަ ގައުމުތަކުގައި މިހާރު ކުރެއެވެ. ނަމަވެސް އެތެރެހަށީގެ ގުނަވަންތަކުން ގުޅިފައިވާ ކުދިން ވަކިކުރުމުގެ އޮޕަރޭޝަނަކީ ވަރަށް ނުރައްކާތެރި އަދި ބައެއް ހާލަތްތަކުގައި އެއްކުއްޖެއްގެ ފުރާނަ ގެއްލިގެންދާ އޮޕަރޭޝަންތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މުހަންމަދު

    1973 ވަނައަހަރު ރާއްޖޭގައި މިފަދަ ދެކުދިން ވިހާފައިވޭ،ވިހޭ އިރުވެސް އޮތީ ނިޔާވެފައި. މިދެކުދިން ލިބުނު ދެމަފިރިންވެސް މިހާރުވަނީ ނިޔާވެފަ.

    20
    • އަލިބެ

      އެކިޔަނީ ކަށަވަރު ނުވެޔޭ! މާނައަކީ ހަމަ އެކަނި ޔޯލަ ޔޯލަ އޭ ކިޔާ ވާހަހަކަ. ލިޔެކިޔުމެއް ނެތްވާހަކަ.

      • ހުސޭނުބޭ

        ބައެއް މީހުން އަތުގައި އެ ދެކުދިންގެ ފޮޓޯތައް އެބަހުރި! ހަމަ ގައިމުވެސް އަހަރެން ދެކުނިން

  2. ކޮތަރު

    މީގެ ސާޅީހަކަށް އަހަރު ކުރިން މާލޭގެ ޤަދަރުވެރި ޢާއިލާއެއްގެ ބޭފުޅަކަށްވެސް ހަށިގަނޑުން ގުޅިފައިވާ ދެކުދިން މާލޭގެ ގަވަރމެންޓް ހޮސްޕިޓަލްގައި ލިބިފައިވޭ.

    20
  3. ހަފީ

    ސްކޭން އަކުންވެސް ނޭނގުނުބާ ދެކުދިން ގުޅިފަތިބޭކަމެއް؟ މާތްﷲ އެދެފުރާނައަށަ ސުވަރުގެ މިންވަރުކުރައްވާށި. އާމީން.

    29
    • ސްކޭން

      ދެ ކުދިންގެ ހިތުގެ ބޭރު ފަށަލަ ގުޅިފައިވާ ކަމަށްވެސް ސްކޭނުން ދެއްކި

  4. ޢާޟޯހު

    މީގެ ދެތިން އަހަރު ކުރިން ދ. އަތޮޅަށް ނިސްބަތްވާ ދެ މަފިރިޔަކަށްވެސްްް ލިބުނު.

  5. ަައަބޯ

    އެފަދަ ކަންކަންހިގުމަކީ އެންސަބަބެއް ފިޔަވައި އިތުރު އެއްވެސް ސަބަބެއް އޮވެގެނެއްނޫން އެސަބަބު ވަރަށް ސާފު އިތުރުދިރާސާއަކާނުލައި މީގެ އެތައްމިލިއަން އަނހަރު ކުރިން އިންސާނުންނަށް އެސަބަބު ައންގަވާފައިވޭ (ސަބަބަކީ ﷲ ކުޅަދުންވަންތަކަން)

    14
    2