ކޮވިޑް-19 އާ ގުޅިގެން އައިޖީއެމްއެޗްއިން މެދުކަނޑާލި އޯޕީޑީތަކާއި އެހެނިހެން ހިދުމަތްތަކަށް އަލުން ފަށަން ތައްޔާރުވެއްޖެ އެވެ.

އެ ހޮސްޕިޓަލުން ބުނީ، އަންނަ ހޯމަ ދުވަހުން ފެށިގެން އޮންލައިންކޮށް އޯޕީޑީގެ އިތުރުން، ހޮސްޕިޓަލްގެ އޯޕީޑީގައި ޑޮކްޓަރުން ބަލިމީހުން ބަލަމުންގެންދާނީ ހެނދުނު 9:00 އިން12:00 އަށް އަދި މެންދުރު ފަހު 13:00 އިން 16:00 އަށް ކަމަށެވެ.

އަދި ޓެލެފިޒިއޯ ކްލިނިކްތަކުގެ އިތުރުން، ބަލިމީހުން ގެނެސްގެން ދެވޭ ފިޒިއޮތެރަޕީގެ ހިދުމަތްދިނުން ހުކުރު ދުވަސް ފިޔަވާ ހުރިހާ ދުވަހެއްގެ 9:00 އިން 16:00 އަށް ކުރިއަށްގެންދެވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެެވެ.

އަދި އޮންލައިންކޮށް ހިންގޭ ސްޕީޗް ތެރަޕީ ކްލިނިކްތަކުގެ އިތުރުން ބަލިމީހުން ގެނެސްގެން ދެވޭ ސްޕީޗް ތެރަޕީ ހިދުމަތްދިނުން ހުކުރުދުވަސް ފިޔަވާ ހުރިހާ ދުވަހެއްގެ 09:00 އިން 16:00 އަށް ކުރިއަށް ގެންދާނެ ކަަމަށްވެސް ބުނެފައި ވެއެވެ.

އަދި މީގެ އިތުރުން، ޑައިޓެޓިކްސްގެ އޮންލައިން ކްލިނިކް ހުކުރުދުވަސް ފިޔަވާ ހުރިހާ ދުވަހެއްގެ 09:00 އިން 13:00 އަށް ކުރިއަށް ގެންދެވޭނެކަމަށާއި، ހަފުތާއަކު ދެ ދުވަހު ބަލިމީހުން ގެނެސްގެން ހިންގޭ ޑައެޓެޓިކްސް ކްލިނިކް ހިންގޭނެކަމަށްވެސް ބުނެފައި ވެއެވެ.

މީގެ އިތުރުން އެ ހޮސްޕިޓަލުން ވަނީ ދުރާލާ ރާވައިގެން ކުރަމުންގެންދާ އޮޕަރޭޝަންތައް މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން ކުރަން ފަށާފައިވާކަން ފާހަގަކޮށްފައެވެ. އަދި ރޭޑިއޯލޮޖީ ޑިޕާޓްމަންޓުގެ ހިދުމަތްތައް ހުކުރުދުވަސް ފިޔަވާ ހުރިހާ ދުވަހެއްގެ 09:00 ން 16:00 އަށް ކުރިއަށް ގެންދެވޭނެ ކަމަށާއި، ލެބޯޓްރީ ޓެސްޓްތައް ހެދުންވެސް ހުކުރުދުވަސް ފިޔަވާ ހުރިހާ ދުވަހެއްގެ 08:00 ން 16:00 އަށް ކުރިއަށްގެންދާނެކަމަށްވެސް އެ ހޮސްޕިޓަލުން ބުނެފައި ވެއެވެ.

އެ ހޮސްޕިޓަލުން ބުނީ، މި ބަދަލުތަކާއެކުވެސް ކުރިއެކޭ އެއްފަދައިން އިމަޖެންސީގެ ހިދުމަތްތައް 24 ގަޑިއިރު މެދުކެނޑުމެއްނެތި ކުރިއަށް ގެންދެވޭނެކަމަށެވެ.

އައިޖީއެމްއެޗްގައި މަސައްކަތް ކުރާ ގިނަބަޔަކު ކޮވިޑް-19 އަށް ފައްސިވިއެވެ. އެތަނުން ފައްސިވި މީހުންގެ އަދަދު 40 އަށްވުރެ މައްޗަށް އެރިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

    ކޮވިޑު ނުޖެހި މިހާރު މީހުން މަރެއްވެސް ނުވޭ. ތި ހިދުމަތްތައް ނުފެށިއަސް ރަނގަޅު

  2. Anonymous

    ކޮންމެކަމެއްގައިވިޔަސް