ތިން ގޯއްޗެއް މޯގޭޖްކޮށް އޮޅުވާލައިގެން ބޭންކަކުން ލޯނެއް ނެގި ކަމަށް ބުނެ ފަތުރަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށް މި މައްސަލަ އާއި ގުޅިގެން ފުލުހުން ހޯދަން އިއުލާންކުރި ފަރާތްތަކުން ބުނެފިއެވެ.
މި މަހުގެ 13ވަނަ ދުވަހު ފުލުހުން ބުނީ ތިން ގޯއްޗެއް މޯގޭޖްކޮށް އޮޅުވާލައިގެން ބޭންކަކުން ލޯނެއް ނެގި ދެމީހަކު ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. މިމައްސަލައިގައި ފުލުހުން ތުހުމަތުތައް ކުރަނީ ކ. މާލެ/ ދަފްތަރު ނަންބަރު 6562، ހުސައިން ނަޞީރު (50އ) އާއި ކ. މާލެ/ ދަފްތަރު ނަންބަރު 6630، އާމިނަތު ލަޠީފާ (48އ) އަށެވެ.
ފުލުހުން ވިދާޅުވީ ފުލުހުންގެ އިކޮނޮމިކް ކްރަައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާން ކުރާކަމަށެވެ.
އެމީހުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަފްސީލް ދެއްވަމުން ފުލުހުން ވިދާޅުވީ އެމީހުންގެ މައްޗަށް ތުހުމަތު ކުރެވެނީ މާލެއިން ގޯއްޗަކާއި ވިލިމާލެއިން ދެގޯއްޗެއް އިމާރާތް ކޮށްދޭނެކަމަށްބުނެ އޭ ބޮސް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި އޮޅުވާލައިގެން މޮރިޝަސް ކޮމާޝިއަލް ބޭންކުގައި އެ ތިން ގޯތި މޯގޭޖް ކުރުމަށްފަހު، އެ ކުންފުނީގެ އަމިއްލަ ބޭނުމެއްގައި ލޯނެއް ނަގާފައިވާކަމަށް ތުޙުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް ކަމަށެވެ.
މިއަދާއި ހަމަ އަށްވެސް އެމީހުން ހޯދިފައި ނުވާއިރު ފުލުހުން ދެއްކި ވާހަކަތައް ދޮގުކޮށް ހޯދަން އިއުލާންކުރި ދެ މީހުންގެ ފަރާތުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޖިނާއީ މައްސަލަތައް ތަޙުގީގު ކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާއާއި ހަވާލާދީ ހުސައިން ނަސީރާއި އާމިނަތު ލަތީފާ ހޯދުމަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން އިއުލާން ކޮށްފައި ވަނީ އެގަވާއިދުގެ
21 ވަނަ މާއްދާގެ ދަށުން އެފަދަ އިއުލާންނެއް ކުރުމަށް ބާރު ލިބިދޭ ފަދަ ޖިނާއީ ކުށެއްގެ ތަހުގީގަކާއި ގުޅިގެން ނޫން ކަމަށެވެ. އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 71 ވަނަ މާއްދާގެ (ހ) އިން ބާރު ލިބިދޭ ފަދަ ޖިނާއީ ކުށެއްގެ ތަހުގީގަކާއި ގުޅިގެން ވެސް ނޫން ކަމަށެވެ.
ގޯތި ތަކެއް މޯގެޖުކޮށް ލޯނެއް ނެގި ކަމަށް އިބާރާތްކޮށްފައި ވާއިރު، އެއިއުލާންގައި ބަޔާންކޮށްފައިވާ ގޯތިތަކުގެ ތެރެއިން ގޯއްޗެއް ސިވިލް ކޯޓުގައި 2011ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 27ވަނަ ދުވަހު ރަޖިސްޓްރީ ކުރެވުނު ކަމަށް ހޯދަން އިއުލާންކުރި ދެ މީހުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އަދި ހަމަ އެދުވަސްވަރު ހިންގުނު ވިޔަފާރީގެ އިތުރު މުއާމަލާތްތަކެއްގެ ތެރެއިން އުފެދިގެން އައި މައްސަލަތައްކެއް މިހާރުވެސް ސިވިލް ކޯޓުގެ ޝަރުއީ މަރުހަލާގައި ހިނގަމުންދާ ކަންކަމާއި ގުޅުންހުރި މަދަނީ މައްސަލަތަކެއް ތަހުގީގު ކުރުމުގެ ނަމުގައި އަބުރު ނަގާލުމުގެ ބޭނުމުގައި ފުލުހުންގެ ތެރެއިން މަދުބަޔަކު ފަރުދީގޮތުން ކޮށްފައިވާ އަދި ފުލުހުންގެ މުޢައްސަސާ ނިވާ ފަތްގަނޑަކަށް ހަދައިގެން ފަތުރަމުންދާ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އިތުރަށް އެ މައްސަލާގައި ކަން ހިނގައިދިޔަ ގޮތް ސާފުކޮށްދީ އެ ބަޔާނުގައި ބުނެފައި ވަނީ މޮރިޝަސް ކޮމާޝަލް ބޭންކާއި އެކު 2011 ވަނަ އަހަރު ކުރެވުނު އެންމެހައި މުއާމަލާތެއް ކޮށްފައިވަނީ ،އޭބޮސް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އޭރުގެ މެނޭޖްމަންޓުން ކަމަށެވެ. އޭބްސް ޕްރައިވެޓް ލިމިޓެޑް އުފެދިގެން އާއިރު އާއި އަދި މިހާރުވެސް އާމިނަތު ލަތީފާ އަކީ އެކުންފުނީގެ ދުވަހުން ދުވަހަށް ހިންގާ އެއްވެސް މުޢާމަލާތެއްގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ފަރާތެއް ނޫން ކަމަށްވެސް ބަޔާނުގައިވެއެވެ. އޭނާ އަކީ ކުންފުނީގެ އެއްވެސް މުޢާމަލާތެއްގައި ޢަމަލީ ދައުރެއް އަދާނުކުރާ ސްލީޕުން ޕާޓްނަރެއް ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ
ހުސައިން ނަސީރަކީ ކުންފުނީގެ ބޯޑުގެ ޑިރެކްޓަރެއް ނޫންކަން ފާހަގަކޮށް ބަޔާނުގައި ބުނެފައި ވަނީ އޭނާ އަކީ ކުންފުނީގެ ހިއްސާދާރެއް ވެސް ނޫން ކަމަށެވެ. އޭނާ އެ ކުންފުނި ހިންގުމުގައި އެކި އަހަރުތަކުގައި ޢަމަލީ ގޮތުން އުޅެފައިވަނީ ތަޢުލީމީ ޤާބިލް، މީހުން ދަންނަ، ސަރުކާރާއި އަމިއްލަ ތަންތަނުގައި އިސް މަގާމުތަކެއް އަދާކޮށްފައިވާ، ތަޖުރިބާ ހުރި ހިންގުންތެރި ފަރާތެއް ކަމަށެވެ.
"މިމުޢާމަލާތާއި ގުޅިގެން މޯގޭޖު ކުރެވުނު ތިން ގޯތީގެ ތެރެއިން ތ. ދިހާން އަކީ ގޭގެ ވެރި ފަރާތުން ބޭންކް އޮފް މޯލްޑިވްސް އިން ނެގި ލޯނެއް ނުދެއްކިގެން އެގޯއްޗާއި ގޯތީގައިވާ އިމާރާތް ބޭންކް އޮފް މޯލްޑިވްސް އަށް ނަގަން ސިވިލް ކޯޓުން ޙުކުމްކޮށް ނިމި، ގޯތި ބޭންކަށް ނެގުމުގެ މަރުހަލާގައި ވަނިކޮށް އެލޯން ދެއްކުމުގެ ޒިންމާ އޭބޮސް ޕްރައިވެޓް ލިމިޓެޑް އިން ނަގައި މޮރިޝަސް ކޮމާޝަލް ބޭންކުން ލޯން ނެގުމަށް ފަހު ވ.ދިހާންގޭގެ ވެރިފަރާތުން ބޭންކް އޮފް މޯލްޑިވްސް އަށް ދައްކަންޖެހޭ އެގާރަލައްކަ ރުފިޔާގެ ލޯން ދައްކައި އެފަރާތާއި އެކު، ފަންސަވީސް އަހަރު ދުވަހުގެ މުއްދަތަށް، އެމުޢާމަލާތް ކުރިޔަށް ގެންދާނެ ގޮތާއި ބެހޭގޮތުން ސިވިލް ކޯޓުގައި 27 އޮކްޓޯބަރ 2011 ރަޖިސްޓްރީ ކުރެވުނު އެކޯޓުގެ ނަންބަރު: 701/2011-Cv-C/C އެގްރީމެންޓްގައި ދެފަރާތުން ޢަމަލުކުރާނެ ގޮތް ލިޔުމުން އެއްބަސްވެގެން ހިންގުނު މަދަނީ މުޢާމަލާތެކެވެ." ބަޔާނުގައި ބުނެފައިވެއެވެ.
ބަޔާނުގައި ބުނީ އެމުޢާމަލާތާއި ގުޅިގެން މޯގޭޖު ކުރެވުނު ތިން ގޯތީގެ ތެރެއިން ވ. ސަނަމް އަކީ އޭބޮސްގެ ހިއްސާދާރަކާއި، ވ. ސަނަމްގެ ވެރިފަރާތާއި އޮތް ގާތް ރައްޓެހިކަމުގެ ގުޅުމުގެ ތެރެއިން އޭބޮސް
ޕްރައިވެޓް ލިމިޓެޑުން ރަހުނުކުރެވުނު ގޯތްޗެއް ކަމަށެވެ. އެގޯތީގެ ވެރިފަރާތަކީ، މިއަދާއި ހަމައަށްވެސް، އާމިނަތު ލަތީފާ ދަންނަ ބޭފުޅެއްނޫން ކަމަށާއި އަދި ވ.ސަނަމް އޭބޮސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބޭންކުގައި ރަހުނު ކުރުމުގައި ޙުސެން ނަސީރުގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ބަޔާން ނިންމާލަމުން ބުނީ އޭބޮސް ކުންފުންޏަށް ލިބެންޖެހޭ ފައިސާތަކެއް ނުލިބުމުން ކުންފުނި ހިންގުމަށް ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތައް ކުރުމުގައި ދަތިތައް ދިމާވެ މިއަހަރުގެ ޖުލައި މަސް ތެރޭގައި އެ ކުންފުނި އިކޮނޮމިކް މިނިސްޓްރީ އިން އުވާލާފައިވާ ކަމަށެވެ.
ޢެމީހުން އޮޅުވައެއް ނުލާ، އެއީ ވަރަަށް ތަގުވާވެރި ބައެއް
ގޯތީގެ ތެރެއިން ތ. ދިހާން؟؟؟؟
ދެން އެހެންވިއްޔާ ފުލުހަށް ހާޒިރު ނުވާން ފިލައިގެން ތި އުޅެނިއްޔޯ؟
އެހެން ވިއްޔާ ކަލޭމެން ޕޮލިހަށް ދާންވީނުން ކީއްވެ ފިލައިގެން ތިއުޅެނީ
ތި ބަޔާން ކިޔާލުމުން ވެސް ވަރަށް އޮޅުވާލުން އޮޅުވާލާފައި ހުރިކަން އެނގޭ.
ކަލޭމެން އަތުގަ ލާރި އޮތީމަ ވަކީލުން ގަނެގެން މޮޅު ބަޔާންތަކާ އެއްޗެހި ނެރެވިދާނެ.
މިގައުމުގެ ފުލުހުން ކުޅޭކުޅޭ ކުޅިވަރަކަށް ކަލޭމެނެއް ހޯދާކަށް ނޫޅޭނެ.
ލާރި ގަނޑުކާލާފައި ކުންފުނިވެސް އުވާލީދޯ. ސްލީފިން ޕާރޓްނަރެއްވިޔަސް ޒިންމާވާންޖެހޭނެދޯ
ހުސް ދޮގު، ކަލޭގެ ސޮައި އެގްރިމެންޓް ގައި އިނީ މުއާމަލާތެއް ނުކުރެވޭތީ ތަ؟؟
މައުސޫމު ބަޔަކަށްވީމަ މިފެންވަރުގެ ގަޓް ނޫސްބަޔާން ނެރެވޭނީ. ތިޔަކަހަލަ ޒިއްމާދާރުކަން ކުޑަ ކިތައްމެ ކަމެއް މިހާރުގެ ޕޮލިހުންގެ ތެރޭގެ ތިބި ބައެއް ޢިސްވެރިންކޮށްފާނެ އަދި ޖޮށްފަވެސް ހުންނާނެ.
ދެން ކީއްވެ ފިލާގެން އުޅެނީ
ތިޔަ ހުރިހާ މާއްދާއެއް ގިރައިގެން ކަލޭމެން ހުސްބަނޑާ ބޯނވީނުން.