ދާދި ފަހުން ނިއު ޒިލެންޑުގެ ރައްޔިތުންގެ މަހިލީހަށް އިންތިޙާބުވި ޑރ. އައިޝާ ވެރަލް އަކީ މުސްލިމެއް ނޫން ކަމުގައި އެކަމަނާ ވިދާޅުވާއިރު، ދިވެހި ޕާސްޕޯޓެއް އޮތުމަކީ ކަންބޮޑުވާ ވަރުގެ ބޮޑު މައްސަލަ އެއް ކަމެއް ކަމަށް އައްޝައިޚު ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝައިޚު އަލީ ޒައިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޣައިރު މުސްލިމަކު ބޭރު ގައުމެއްގެ މަޖިލީހަށް އިންތިޙާބުވެގެން ބަޔަކު މަރުޙަބާ ކިޔާއިރު އައިޝާ އަކީ މުސްލިމެއް ނޫން ކަމަށް އެކަމަނާ ވިދާޅުވެފައިވާ ކަމަށެވެ.
”ބޭރު ގައުމެއްގެ ޣައިރު މުސްލިމަކު އެ ގައުމުގެ ޕާލިމެންޓަށް ހޮވިގެން ބަޔަކު މަރުޙަބާ ކިޔާއިރު، އޭނާ އަކީ ޣައިރު މުސްލިމެއް ކަމަަށް އޭނާ ބުނޭ! ދެން ކިހިނެތް ތޯ އޭނާ ދިވެހި ރައްޔިތަކަށް ވީ؟ ދިވެހި ޕާސްޕޯޓެއް އޭނާ އަތުގައި އޮތުމަކީ ވަރަށް ބޮޑު މައްސަަލަ އެއް ކަމުގައި ދެކެން.“ ރާއްޖޭގެ އިމިގްރޭޝަންގެ ރަސްމީ ޓްވިޓާ އެކައުންޓު ޓެގް ކުރައްވައި ޒައިދު ކުރެއްވި ޓްވީޓުގައި ވެއެވެ.
ޑރ. އައިޝާއަކީ ކުރީގެ ރައީސް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މަންމާފުޅުގެ ކޮއްކޯފުޅުު، ލަތީފާ އަަހުމަދުގެ ދަރިކަނބަލެކެވެ. ރައީސް ނަޝީދާއި އައިޝާއަކީ ދެބެއިންގެ ދެދަރިންނެވެ. ޑރ. އައިޝާގެ ބައްޕާފުޅަކީ ނިއުޒިލެންޑްގެ ބޭފުޅެކެވެ.
މި އަހަރުގެ މެއި މަހު ޑރ. އައިޝާ ޓްވިޓާގައި އޭނާ އަކީ މުސްލިމެއް ނޫން ކަމަށާއި ނަމަވެސް ނަމަވެސް ރާއްޖޭގައި ތިބި ތިމާގެ ކުދިން ދައްކައިދިން ގޮތަށް އީދު ފާހަގަ ކުރާ ކަމަށެވެ.
ނިއުޒިލެންޑްގެ އާ މަޖިލީހުގެ އިންތިހާބުގެ ހަބަރުތައް ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓް ކުރަމުންދާއިރު، ނިއުޒިލެންޑްގެ އާ މަޖިލީހަކީ އެއް ޖިންސުގެ ގުޅުމަށް ފާޅުގައި ތާއީދުކޮށް އޭގެ ބައިވެރިން ވެސް ތިބި މެންބަރުން އެންމެ ގިނަ މަޖިލީހުގެ ރެކޯޑް ހޯދާފައިވާ މަޖިލީހެއް ކަން ފާހަގަކޮށްލެވެއެވެ. މި މަޖިލީހަށް އިންތިހާބުވި އައިޝާ އަކީވެސް އެއް ޖިންސުން ގުޅުން ހިންގުމަށް ތާއިދު ކުރާ، އެގޮތަށް އަމަލު ކުރާ ފަރާތެއްގެ ގޮތުގައި ފާޅުކަން ބޮޑު ގޮތެއްގައި ހަރަކާތްތެރިވަމުން އަންނަ ފަރާތެއްކަން ފާހަގަކޮށްލެވެއެވެ.
ޔާމީނޭކިޔައިގެން އެންމެންބޮލަށް ޗިޕުޖަހައިގެން ގައުމުމިގެންދަނީ ވަރަށްފައްކާ ދިމާލަކަށް. ރައްޔިތުންގަނޑު ހެވިދިލިފަ!
މަހައިރާންވެއްޖެ. ދިވެހިން ނަޝީދުވެފައި ތިބިވަރުން ރައްބިއެއް ރަސޫލެއް ދީނެއް މިއްލަތެއް މިއުރެންނަށް ނަޝީދު ފެނުމުން ވައް ކެއް ނުވޭ. ބަލަނަޝީދަ ކީ އެހެންތަނަ ކުން އައިސްހުރި މާމޮޅު މީހަ ކީތަ.
ކީއްކުރަން ކިޔާ 'ކަމަނާ" އެއް
ޝޫހުމެން ގެނައި ސަރުކާރުގައި މުޅިންވެސް ލާދީނީ މީހުން. މި ލާދީނީ ސަރުކާރު އައިފަހުން ދީނަށް ފުރައްސާރަ ކުރުމާއި މާތް ނަބިއްޔާއަށް ހަޖޫ ޖެހުން ގިނަވެ ލާދީނީ މީހުންތައް ހިނި ހޮރަކުން ހިނި ނިކުންނަ ބީދައިން ފާޅުވެއްޖެ. ލާދީނީ ރިޕޯޓްތައް ނެރެނީ އެއްޖިންސުން ގުޅުން ހިންގުމަށާއި ކައިވެނި ކުރުމަށް ހިތްވަރުދީ ވަކާލާތު ކުރަނީ. އިސްލާމީ ޝަރީއާ ހަދާފައިނުވާ އިނގިރޭސި މީޑިއަމްގެ ދީނި ކަންފުޅެއްވެސް ނެތް ބަރަހަނާ ހާލުގައި ކުޑަ ފޮތިކޮޅަކުން އުނު އޮރިޔާން ނިވާކޮށްގެން އުޅޭ އަންހެނުންނަށް ފަނޑިޔާރުކަން ދެނީ. މުސްލިމުންނަށް ވީތީ މިހިރަ ފެންނަ މަންޒަރުތަކުން ހިތްފަޅައިގެން ދާވަރުވޭ. ޝެއިޚުމެންގެ ސޯލިހު ވެރިމީހާގެ ސަބަބުން ވާކަންތައް މިއީ. ތިޔަހެން ޓްވީޓްގަނޑެއް ކޮށްލީމާ ޝެއިޚްގެ ޥާޖިބު ތިޔަހުރީ އަދާކުރެވިފައި ކަަމަށް ހީކުރަނީތޯ.
ކޮބާ މަރުހަބާ ކިޔާކުދިންކޮޅު
މިކަހަލަ ލާދީނީ މީހުން ދިވެހިންނަށް ހުރުރުއަރުވާ މުސްލިމު ދިވެހިން ބަދުނާމުކުރާ މީހުން ޕްރޮމޯޓުކުރުމަށް ނޫހުގެ ފަލަ ޝުރުހީގަ މިކަހަލަ ލާދީނީ ޖާހިލުންގެ ވާހަކަ ލިޔާތީ ހިތާމަކުރަން ތިވެހިންނަށްވެސް ހުތުރު ޤާނޫނި އަސާސީބުނާ ގޮތުން ދިވެހި ޕާސްޕޯޓު ދެވިގެންނުވާނެ އަވަހަށް ޕާސްޕޯޓު ކެންސަލްކުރުމަށް ގޮވާލަން
ރައްޔިތުންނޭ މި ޤައުމު ސަލާމަތް ކުރުމަށް އެންމެން އެކައްޗެއް ކިޔަން ވެއްޖެ ، މި ސަރުކާރާއި މި މަޖިލީސް ހަމަމަގަށް އަޅުވަން އެބަޖެހޭ.
ކޮންޗަކުން.ޕީޕީ އްމް އަތުންތަ
މީ 20 ވަނަ ގަރުނު އިގޭތޯ. އޯކޭވިޔަސް ނުވިޔަސް.
20 ވަނަ ގަރުނުވީމަ ދީނުން ބޭރުވެ ލެއްވިހާ ހުރުހާ ކަމެއް ކުރުން ރަނގަޅޭތޯ ތިބުނަނީ ؟
މިއީ 21 ވަނަ ގަރުނު. ހިނދުކޮޅުގައި ހީވެދާނެ ވިއްސޭ
ބުރޯ އޮޅިގެން.
މީ 20 ވަނަގަރުނު ރަނގަޅު، އެކްމަކު ގަރުނެއް ފަހު ގަރުނައެއް ގޮސް ގިޔާމަތް ދުވަސް ވެސް އައްނާނެ
ޑރ. އައިޝާ އާއި މެދު ދެކެވޭ ވާހަކަ އަކީ އިސްލާމް ދީން ގަބޫލު ނުކުރުމާއި ސަގާފީ ކުޅިވަރު ކުޅުއްވުމެވެ. ވަރަށް ވެސް ހިތާމަ ހުރި ކަމެކެވެ. ޢެކަމަކު ދިވެހި ތާރީހުގައި ފާޅުކަން ބޮޑުކޮށް ލިޔެވިފައި ނެތަސް ފުރަތަމަ ރަޢީސް މުހައްމަދު އަމީން މަރާލަން ޖެހުނީ ވެސް ތި ސަގާފީ ކުޅިވަރު ހުއްޓުވަން މަސައްކަތް ކުރެއްވުމެވެ. އަދި ޝަމްޝުއްދީން ގެ ރަސްކަން ވެއްޓުނީވެސް އޭނަ ގެ ދަރިކަލުން އިއްޒައްދީން އަންހެން ހެދުން އަޅައިގެން މުލިއާގޭގައި ސަގާފީ ކުޅިވަރު ކުޅުއްވާ ޢޭނަގެ ޒުވާން ފިރިހެން ނަށާ ގްރޫޕާއި އެކު ޕާޓީ ކުރުމުގެ ކަންތައް ހައްދުން ނެއްޓުމުންނެވެ. ވީމާ ތިއީ ކިތަންމެ ގޯސް ކަންތަކަށް ވިއަސް ރާއްޖޭގައި އާ ކަންތަކެއްނޫން. ރަސްކަމުގެ ޒަމާނުއްސުރެ މޫލާފައިވާ ކަންތައްތައް. ތަފާތަކީ އެ ބޭފުޅާ ފާޅުގައި އެއްބަސްވުން .
ކީކޭބާ ބުނަން ތިއުޅެނީ؟ ބަލަ ގަނޑުވަރުތެޜޭ ރަސްރަސްކަލުން ކުރިޔަސް ފާފާވާނީ ފާފައަށް ބޮޑު ފާފައެްގެ ވާހަކަ ދެކެވޭ ކޮންމެތަނެއްގަ ގަނޑުވަރުތެރެއޭ ސިއްރޭ ފާޅޭ ދޮންފަޅޮލޭ ކިޔާކަށް ނުޖެހޭ. ޢެހެންނަމަ ލޫތުގެފާނުގެ ގައުމުގެ މީހުންނަށްވީމަ އެކަން ފާފައަކަށް ނުވީސް. ޢަދި ފަހުގެ އުންމަތްތަކުގެ މީހުންނަށްވެސް "އެއީ ލުތްގެފާނުގެ ގައުމުގެ މީހުންކުރިކަމެކޭ" ބުނެ ހުއްދަވީސް. މުސްލިމުންނަކީ ވަކި އަޤިދާއަކަށް ތަބާވާ ބައެއް. ﷲ އާއި ރަސުލް ކަމެއް ނަހީކުރެއްވުމުން އެކަމާ އިތުރު ސުވާލު ނުކޮށް އެކަމަކަށް ކިޔަމަންގަތުން އެއީ ފުރިހަމަ މުސްލިމުންގެ ސިފަޔަކީ
ބުނަން އެއުޅެނީ އެލެކްސް ލޯބިދެއްވި "ޕާޓްނަރަކީ" ފިރިހެނެއް ނޫނޭ. މިއީ ހިތާމަހުރި ކަމެކެވެ.
ތިކަހަލަ ކިތަށް ވަގުކަންކަން ކޮށްފަ ހުންނާނެ!
އެއްގޮތަކަށްވެސް ޣައިރު މިސްލިމަކަށް ދިވެހި ޕާސްޕޯޓު ލިބިގެންނުވާނެ.
ޤަނޫން އަސާސީގައޖ އެބަވޭ ޣައިރު މުސްލިމަކަށް ދިވެހި ރައްޔިތަކަށް ނުވެވޭނެ ވާހަކަ.ވީމާ ދިވެހި ހައްޔިތުކަން ތަންސީލް ކުރާ ރަސްމީ ލިޔުމެއް އެގޮތަށް ދެބިގެން ނުވާނެ.
އަދި އަމިދުން އެމީހަކު ރަޖިސްޓްރީ ވެފައިވަނީ ރާއްޖޭގައި ނޫން ކަމަށްވާނަ ދިވެހި ރައްކިޔަކަށް ވާނީ ކޮންހަމައަކުންތޯ.
"ޑރ. އައިޝާ އަކީ މުސްލިމަކަށް ނުވާއިރު ދިވެހި ޕާސްޕޯޓެއް އޮތުމަކީ ބޮޑު މައްސަލައެއް - ޒައިދު" މިކަން ޒައިދުއަށް ބޮޑުކަމަކަށް ވީއިރު މިޢާއިލާއަށް ވެރިކަން ހޯދައިދޭން ޒައިދުމެން ނިކުތުން އެއީ ޝެއިޚުންނަށްވެސް ހުތުރުއަރާ ކަމެކެވެ.
އަންނިއާއި އަންނި އާއިލާއަކީ ގާނޫނުއަސާސީއަށް ތަބާވާބައެއްނޫން... ވެރިކަމަށް ބޫތު ކައިފަ ތިބޭ ބައެއް އެއީ..
އިލްޔާސް ޙުސައިން ޖެހޭނެ މި މީހާޔަށްވެސް މަރުޙަބާކިޔަން! އެހެނީ ރަސޫލާ ދުޢާދެއްވިފަދަ ވެރިއެއްގެ ވެރިކަމުގަ ކޯޓުތަކުގެތެރެއިން އިސްލާމީ ޝަރީޢާ ބޭރުކޮށްފި. އެންމެ އިސް ފަނޑިޔާރުންގެގޮތުގައި އަންހެނުން އިސްކޮށްފި! އިސްލާމީ ޝަރީޢާއިން މަތީ ފާސްތައް އޮތް މީހުން ފަނޑިޔާރުކަމުން ވަކިކޮށްފި! އިސްލާމްދީނަށާ ﷲގެ ޒާތުފުޅަށާ މާތް ރަސޫލާއަށް މަލާމާތްކުރުން ޢާއްމުވެއެއްޖެ! މަށަކީ އިސްލާމެއްނޫނޭ ބުނާ ދިވެހިން ފާޅުވަންފަށައިފި! އިސްލާމްދީނާ ޚިލާފް ވާހަކަތައް ޝާއިޢުކޮށް ފޮތްތައް ނެރެންފަށައިފި! އިސްލާމީ ޔުނިވަސިޓީ އިސްލާމްދީނާ ފެޔަށް ޖެހޭ މަންޒަރުތައް ފެންނަން ފަށައިފި! ވަރަށް ވެދުން ޝައިޚަށް
މިއީ ނަޝީދުގެ ދެބެންގެ ދެދަރި މީހެއް. މީނާއަކީ މިސްލިމެއްނޫން. އެހެންވިމާ ދިވެއްސެއްނޫން. ދިވެހި ޕާސްޕޯޓް އަތުލަން.
މީނަގެ މަންމަވެސް އިސްލާމް ދީން ދޫކޮށްލީތަ؟؟
ތި އަނެއް ދިވެހިރާއްޖެ އޭ ކިޔުނު މީހާ އާ އޭނާގެ އާއިލާގެ ތެރޭގައި ތިކަހަލަ އެތައް އައިސާއެއް އުޅޭ ، ހިތާމަ އަކީ މިކަންތައްތައް އެނގި ތިބެ ވެސް ދިވެހިންގެ ގިނަ ބަޔަކާ ބައެއް ޢިލްމުވެރިން ކަމަށް ބުނާ މީހުން ވެސް ސިޔާސީ ތަޢައްޞުބު އިސްކޮށް ، އެބައިގަނޑު ވެރިކަމަށް ގެނައީތީ. މިހާރު ވަގުތު ފާއިތުވެއްޖެ. ކަންބޮޑުވުން ފާޅުކުރިޔަސް ވާނެކަމެއް ނެތް
ވަރަށް ފަހުރުވެރިކަމާއި އެކީ ތިމަންނައަކީ މުސްލިމެއްނޫނޭ ބުނަނީ ފަހުން ވާން އޮތް ގެއްލުން ނޭގޭތީ. އެ ގެއްލުން ލިބޭނީ ތިމާގެ އަމިއްލަ ނަފްސައް. ﷲ އަށް އީމާންވުމުންމެނުވީ ހެވެއް ނެތް.
ދިވެހި ޕާސްޕޯޓެއް އޭނަ ބޭނުންވެގެން ދިނީޔެއްނޫން. ނަޝިދުގެ އެދިލެއްވުމަކަށް އެޕާސްޕޯޓް ހެދިީ. އޭނަ ތިމަންނަޔަކީ މުސްލިމެކޭ، ދިވެއްސަކޭ ނުބުނޭ، ދެން ކީއްވެ ދިވެހިންގަނޑު މިއުޅެނީ!
މިޢީ ދޯ އަނެއް ދިވެހިރާއްޖެއަށް ވުމަކީ...ޢައިރު މުސްލިމުން ދިވެހިންނަށް ހެދުމާއި އެލްޖީބީޓީކިއު ރެއިންބޯ ޕްރައިޑް ކުޅި ފަތުރާ ހުއްދަކުރުން.
ބައެއް ޝައިޚުންނަށް ގެއެއްގައި މައުލޫދުބުރިއެއް ކިޔާއަޑު އިވުމުން އެކަމާ ރުޅިގަދަވެ އެމީހުން ބިދުޢާވެރިންނަށް ހަދަން އަވަސްވެގަނޭ. އެކަމަކު ޒީނޭކުރުމާ ރާބުއިމާ އެއްޖިންސުން ގުޅުން ހިންގާ ވާހަކަ ދައްކާ މީހުންނާ ދިމާއަށް ޗުއްޕުވެސް ނުބުނޭ. މީ އަޖައިބެއްކަހަލަކަމެއް. ކީރިތި ރަސޫލާގެ ޢީދުމީލާދު ފާހަގަކުރާނަމަ އެކަމާ ދެކޮޅަށް ހީވަނީ އެހެންފަދަ ކަމެއްހެން. އެކަމަކު ދީނަށް ޒާތްޒާތަށް ފުރައްސާރަ ކުރިޔަސް ހަމަ އޯކޭ ޝައިޚުން އެބަތިބިތާ އެހެންވީމާތާ މާބޮޑު އެއްޗެއް ނުބުނަނީ.
އޯކޭ ކޮން އާޔަތެއްގައި ތޯ އޮތީ ޢައިރު މުސްލިމަކަށް ދިވެހި ރަށްވެހިކަން ހޯދުމަކީ ޙަރާމް ކަމެކޭ. ޣައިރު މުސްލިމުން މައްކާގަވެސް އުޅޭ، މިއީ މައްކާ އަށް ވުރެއް މާތްތަނެއްދޯ؟
މީނަޔަށް ޕާސްޕޯޓު ދިނީ ކޮން އިރަކުތަ؟
ނިއުޒިލެންޑްގެ ޕާލިމެންޓަށް ހޮވުނު އެއްމެނަށް މަރްޙަބާ އައިޝާއަކީ ދިިވެއްސެއްނޫން ކަމަށްވާއިރު އެއައިޝާއަކަށް ވަކިން މަރްޙަބާއެއްދިޔާ ފަތްކޮޅުއެރުވުމުގެ މާނައެއް ނެތް އަދި އަމުދުން މުސްލިމެއްގެގޮތުގައި ހުރެ އިސްލާމްދީން ދޫކޮށްލާފައިވާމީހަކަށްވާނަމަ އަދި އަމްދުން
ދިވެހި ގާނޫނު ބުނާގޮތުން ދިވެހިރާއްޖޭގެ ރަށްވެއްސަކަށް ވެވޭނީ މުސްލިމަކަށް ވެގެން... އޭގެ މާނައަކީ އެހެން ގައުމެއްގެ ރައްވެއްސަކު ދިވެހިރާއްޖޭގެ ރައްވެއްސަކަށް ވެވޭނީ މުސްލިމަކަށް ވެގެނޭ... އިސްލާމްދީން ދޫކޮށްލުމުން ނުވަތަ ރައްވެހިކަން މައިންބަފައިންގެ ފަރާތުން ވާރުތަވެގެން އައިމީހަކު އުޅޭ ދީނެއްގެ ސަބަބުން ދިވެހި ރައްޔިތުކަން ގެއްލޭކަމަށް ގާނޫނުގަ އޮތްކަމެއް ނޭގޭ.
އޭނާއަށް ދިވެހި ޕާސްޕޯޓް ދިންގޮތަކާ ބެހޭގޮތުން އިމިގްރޭޝަންއާ ސުވާލުކޮށްލާނެ މީހަކު ނެތް. ހައްތާވެސް ހުސްއަނގަ ތަލާމީހުން ތިބީ
މިފަދަ ކަންކަން މިގޮތަށް ކޮށްފަ ހުރީމަ ސަރުކާރު ޒިންމާދާރު ކުރުވަން ދައުލަތުން ފައިސާ ދީފަތިބި ޕާޓީތަކުން މިފަދަ މައްސަލަތައް ހުށަހަޅާ ބަލަ. ދިވެހި ރައްޔޮިތަކަށް ނޫނ
މިފަދަ ކަންކަން މިގޮތަށް ކޮށްފަ ހުރީމަ ސަރުކާރު ޒިންމާދާރު ކުރުވަން ދައުލަތުން ފައިސާ ދީފަތިބި ޕާޓީތަކުން މިފަދަ މައްސަލަތައް ހުށަހަޅާ ބަލަ. ދިވެހި ރައްޔިތަކަށް ނޫން ގޮތަކަށް ދިވެހި ޕާސްޕޯޓް ދިންސަބަބެއް ބަލަން
ޒައިދު އައިޝާ އާއި ކައިވެނިކުރޭ.. އޭރުން ހުރިހާ ކަމެއް ރަގަޅުވާނެ..
ނަސީދު ގެވެރިކަމުގަ ނަސިދު ދިން ޕާސްޕޯޓެއް އެއީ.