ރޭ އިދިކޮޅު އެއްވުމުގެ ތެރެއިން ހައްޔަރު ކުރި ކެންދޫ ދައިރާގެ މެންބަރު އަލީ ހުސައިން ހައްޔަރުކުރުމަށްފަހު ދޫކޮށްލައިފި އެވެ.

އޭނާ ދޫކޮށްލާފައި ވަނީ ފުލުސް އޮފީހަށް ހާޒިރުވާން ޗިޓް ހަވާލު ކުރުމަށް ފަހުއެވެ. ފުލުހުން އަލީ ހުސެއިން އާއި ހަވާލު ކުރި ޗިޓްގައި ބުނެފައި ވަނީ މިއަދު 10:00 އަށެވެ.

އަލީ ހުސައިން ހައްޔަރުކޮށްފައިވަނީ އެއްވުމުގެ ބައިވެރިންގެ ތެރޭގައި ހުންނަވަނިކޮށް މަޖީދީމަގު ޗާންދަނީ މަގު ހަތަރު އަނގޮޅި ސަރަހައްދުންނެވެ. އަލީ ހުސައިންގެ އިތުރުންވެސް އެއްވުމުގެ ބައެއް ބައިވެރިންވަވީ ހައްޔަރުކޮށްފައެވެ.

ނަމަވެސް ރޭގެ މުޒާހަރާގެ ތެރެއިން ހައްޔަރުކުރީ ކިތައް މީހުން ކަމެއް އަދި ސާފެއް ނުވެއެވެ. މުޒާހަރާ ފެށީ އެމްޑީޕީ ހަރުގެ ކައިރިންނެވެ.

އަލީ ހުސައިން ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވާ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާއެއް ކްރިމިނަލް ކޯޓަށް މިހާރުވެސް ހުށަހެޅިފައިވެ އެވެ.

މިދިޔަ ހުކުރު ދުވަހު ބޮޑު މުޒާހަރާއެއް ބާއްވަން އިދިކޮޅު ފަރާތްތަކުން ކުރިން ނިންމި ކަމަށާއި ނަމަވެސް ބައެއް ކަންކަން ހަމަ ނުޖެއްސިގެން ފަހުގެ ތާރީހަކަށް ވަނީ ބަދަލުކޮއްފައި ކަމަށެވެ.

ހުކުރު ދުވަހުގެރޭ ކުރި މުޒާހަރާތެރެއިން ބައެއް ނޫސްވެރިނަށް އަނިޔާ ވުމާއި ގުޅިގެން އެމްޑީޕީ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ގަވައިދާ ހިލާފަށް ފުލުހުން ބާރުގެ ބޭނުންކޮށް، ޕޭޕަސްޕްރޭޖަހާ ބޫޓުން ތެޅުން ފަދަ އަމަލުތައް ނޫސްވެރިންނަށް އަމާޒުކޮށްދޭ ދިނުން އެންމެ ހަރުކަށި އަޑުން ކުށްވެރިކުރާކަމަށެވެ.

ހުކުރު ދުވަހުގެ ރޭގެ އެއްވުމުން ވެސް 25 މީހުން ހައްޔަރުކުރިއިރު، އޭގެ ތެރެއިން ބައެއް މީހުން ވަނީ ބަންދުގެ މުއްދަތު ޖަހައި ޖަލަށް ލައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރައިފާ / ކެންދޫ

    ދާއިރާއަށް ހަރާމްކޯރުވެފަ ކަލޭ މި ތަނަށް އަރައިގެން ނާންނާތި

  2. ޙަފްޞާ / މާލެ

    މި ޤަރުނުދުށް އެންމެ ބޮޑު ޖާހިލު!

  3. ތާއީދު

    މާތްﷲގެ ރަޙުމަތުން މީނަ މާތިރިކޮންދެއްވާފާންދޭ މީނަ އަށް އަހަރެން ވޯޓްދިނީ މިހާގޮތް ކުޑަހަޔާންކުޑަ މީހެއްކަމެއް ނޭގޭ އެއްގޮތަކަންވެސް އަދި މި ފެނުނީ މީނަގެ އަސްލު ސިފަ ހަރާމް ކޯރު މީ މީނަގެ ޤައުމެއްތަ ބަލަ މީ އަހަރެމެންގެވެސް ޤައުމު މީދަ ބީތާއާ ރައްޔަތުންގެ ޙައްޤުގައި ވާހަކަ ދައްކާއިރު އެއްފަހަރުވެސް ދާއިރާގެ ރައްޔަތުން ކާރިން އެއްވެސް އެއްޗެއް އެހިންތަ ތިޔަ ފެލެއަރުވަނީ ރައްޔަތުންނޭކިޔާފަ ހަޔާންކުޑަ