މޫސުން ގޯސްވެދާނެކަމަށް ބަލައި އަނެއްކާވެސް ބައެއް ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން އެންމެ ފަހުން ނެރުނު އެލާޓްގައި ވަނީ، ގުގުރުމާއެކު ބޯކޮށް ވިއްސާރާ ކުރާނެކަމަށް ވިދާޅުވެފައެވެ.

މެޓް އޮފީހުން އެ އެލާޓް ނެރެފައި ވަނީ ރ. އަތޮޅާއި، ވ އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. އެ އެލާޓް ނެރެފައި ވަނީ 12:30 އިން 18:30 އަށެެވެ.

މެޓް އޮފީހުން ވިދާޅުވީ މި ވަގުތުތަކުގައި 40 މޭލް ބާރުމިނުގައި ވައިވެސް ޖެހޭނެކަމަށެވެ.

ވައިޓް އެލާޓް: މި އެލާޓްގައި މޫސުމަށް ސަމާލުވާންޖެހެއެވެ. ކޮންމެވެސް ވަރަކަށް ވައިގަދަވެ، ވާރޭ ވެހި، އާންމު ގޮތެއްގައި ކަނޑުތައް ގަދަ ވާނެއެވެ. ވައިޓް އެލާޓް ނެރެފައިވާނަމަ، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން މުހިއްމެވެ.