ނުވަ އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ދޮން ބައްޕައަކު 15 އަހަރަށް ޖަލަށްލާން ހައި ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ދ. އަތޮޅުގެ ރަށެއްގައި ނުވަ އަހަރުގެ ކުއްޖަކަށް 2013 ވަނަ އަހަރުން ފެށިގެން އެކި ފަހަރު މަތިން ޖިންސީ ގޯނާކުރި މައްސަލައިގައި އެ ކުއްޖާގެ ދޮންބައްޕަ އަށް ދައުވާ ކުރުމުން، އެ ރަށު މެޖިސްޓްރޭޓް ކޯޓުން 2018 ގައި ނިންމާފައި ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.
ދަށު ކޯޓުގެ ހުކުމް ހައި ކޯޓުގައި ދައުލަތުން އިސްތިއުނާފް ކުރި މައްސަލާގައި ހައި ކޯޓުން މިއަދު ކޮށްފައިވާ ހުކުމުގައި ވަނީ ކުއްޖާ އަށް ޖިންސީ ގޯނާކުރި ކަމަށް އެ ކުއްޖާގެ މަންމަ އާއި ޖެންޑާ މިނިސްޓްރީގެ މުވައްޒަފުންނަށް ކިޔައިދީފައިވާ ކަމަށެވެ. އަދި އެ ކުއްޖާ އަށް ޖިިންސީ އަނިޔާތަކެއް ލިބިފައިވާ ކަމަށް އެ ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓުން ވެސް އެނގޭ ކަމަށެވެ.
މައްސަލަ ބެެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އެ ހުކުމުގައި އިތުރަށް ވަނީ، ދޮންބައްޕަގެ ބެލުމުގެ ދަށުގައި ހުރެ އޭނާއާ ބެހޭގޮތުން އެފަދަ ދޮގު ވާހަކައެއް އެ ކުއްޖާ ހަދަހަދައިގެން ދައްކަފާނެ ކަމަށް ބެލެވޭ ސަބަބުތަކެއް ފެންނާން ނެތް ކަމަށާއި އެހެންވެ، އެ ދައުވާ ސާބިތުވާ މިންވަރަށް ހެކި ލިބިފައިވާ ކަމަށެވެ.
އެހެންކަމުން އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަން ދޮންބައްޕަގެ މައްޗަށް ސާބިތުވާ ކަމަށް ކަމަށް ކަނޑައަޅައި ކޯޓުން އިއްވާފައިވަނީ 15 އަހަރަށް ޖަލަށް ލުމަށެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިތުރުން ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ނިޔާޒެވެ.
ކުޑަކުއްޖަކާ ބެހުނީމަ 15އަހަރ ރޔ ޖަލަށް މަސްތުވާ އެއްޗެހިބުއިމަ ހޮސްޕިޓަލަށް
ބުނަން ތިއުޅެނީ މަސްތުވާތަކެތި ބުއިމަކީ ކުޑަކުދިންނާ ބެހުމަށްވުރެ ބޮޑު އަދަބެއް ދޭންޖެހޭ ކަމެކޭތަ؟
ކުޑަކުއްޖަކާ ބެހުމަކީ ކުޑަކަމެކޭތަ ތިބުނަނީ.
ދ.އަތޮޅުން ތިޔަ މައްސަލަ ސާބިތުނުވާކަމަށް ހުކުމްކުރި ގާޒީގެ މައްސަލަ އަވަހަށް ބަލަައި ފިޔަވަޅު އަޅަންޖެހޭ. ނޫންނަމަ އެތައް ކުދިންނެއް ޖިންސީ ޝިކާރައަކަށްވާން ފުރުސަތުލިބިދާނެ.