ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރަށް ކުރާ ދައުވާގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން މިއަދު ބާއްވަން ކްރިމިނަލް ކޯޓުގައި ތާވަލުކުރި ނަމަވެސް އެ އަޑުއެހުން ކެންސަލް ވެއްޖެއެވެ.

ޒިޔާދުގެ މައްޗަށް ކޮށްފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ބާައްވަން ތާވަލުކުރީ މިއަދު މެންދުރުފަހު 3:00 ގައެވެ. އެކަމަކު އެ އަޑުއެހުން ކެންސަލް ވެފައިވާ ކަމަށް ކްރިމިނަލް ކޯޓުން މައުލޫމާތު ދިނެެވެ. ކެންސަލް ކުރަން ޖެހުނު ސަބަބެއް ނާންގައެވެ.

ޒިޔާދުގެ މައްޗަށް މި ދައުވާ ދައުލަތުން އުފުލާފައިވަނީ ޒިކުރާ މިސްކިތް ހުރި ބިމުގައި އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލު ކުރި މައްސަލައިގަ އެވެ. ޒިޔާދުގެ އިތުރުން އޭރުގެ އިސްލާމިކް މިިނިސްޓްރީގެ އެންޑޯސްމަންޓް ސެކްޝަނުގެ ވެރިޔާ މ. މުހައްމަދީއާބާދު އިިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށް ވެސް އެ ދައުވާ ކުރެއެވެ.

ގާނޫނުލް އުގޫބާތުގައިވާ ގޮތުން ޒިޔާދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ކުށުގެ އަސާސީ އަދަބަކީ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށް ލުމެވެ.

އޭސީސީ އިން މި މައްސަލަ ތަހުގީގު ކުރުމަށް ފަހު އެކުލަވާލި ރިޕޯޓްގައި ވަނީ، ޒިކުރާ މިސްކަތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެލުމަށް އެސް ޖޭ ކޮސްޓްރަކްޝަނުން ހުށަހެޅި ޕްރޮޕޯސަލް ކޮންމެހެން ހިމެނެން ޖެހޭ މައުލޫމާތު ނެތް ކަމަށެވެ. އަދި އެ މަސައްކަތް ހަވާލުކުރީ އެ އޮންނަ އުސޫލުގެ ބޭރުން ކަމަށާއި އެ ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާ ކަމަށް އޮތެވެ.

މި މުއާމަލާތާ ގުޅިގެން އެސްޖޭ ކުންފުންޏާއި އެކުންފުނީގެ ބައެއް އިސްވެރިންގެ މައްޗަށް ޖިނާއީ ތަހްގީގެއް ހިންގަން ޖެހޭ ކަންތައްތަކެއް ހުރިކަމަށް ފެންނާތީ، އެ މައްސަލާގައި ހިމެނޭ އެ ބައި ފުލުހުންނަށް ހުށަހެޅުމަށް އޭސީސީއަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ލަފާ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަސްސަލަބަލާމީހާ

    ޕްރޮޕޯސަލް ކޮންމެހެން ހިމެނެން ޖެހޭ މައުލޫމާތު ނެތް ކަމަށެވެ އަދި އެ މަސައްކަތް ހަވާލުކުރީ އެ އޮންނަ އުސޫލުގެ ބޭރުން ކަމަށާއި އެ ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާ ކަމަށް އޮތެވެ. ބަލަ ތީއެމްއޭއައް ރަންވޭ އިހައްދުވަހު އެދިނީ ހަމަ ތިޔަކިޔާގޮތަކުންނޫންތޯ އެހެންވީމަ އެމައްސަލަވެސް ތިޔާގޮތައް ބެލޭނެ ދުވަހެއް އަނނާނެ ކަމައް އުންމީދުކުރަން