އިއްޔެ އަވަހާރަވި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.އަބްދުލް މަޖީދު އަބްދުލް ބާރީގެ މައްޗަށް ޣައިބުގައި ކުރެވޭ ކަށުނަމާދު މަސްޖިދުލް ހަރާމް އާއި މަސްޖިދުލް ނަބަވީގައި ވެސް އޮންނާނެ ކަމަށް އާއިލާ އިން ވިދާޅުވެއްޖެއެވެ.

ޑރ.މަޖީދުގެ ދަރިކަލުން އަހްމަދު ފިރާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަސްޖިދުލް ހަރާމާއި، މަސްޖިދުލް ނަބަވީގެ އިތުރުން މަސްޖިދުލް ޠާއިފްގައި ވެސް މިއަދުގެ މަޣުރިބު ނަމާދަށް ފަހު ޑރ.މަޖީދުގެ މައްޗަށް ޣައިބުގައި ކަށުނަމާދު ކުރުން އޮންނާނެ ކަމަށެވެ. އަދި އިނގިރެސިވިލާތުގެ ކޭންޓްބެރީގެ މިސްކިތުގައި ވެސް މިރޭ އިޝާ ނަމާދަށް ފަހު ޑރ.މަޖީދުގެ މައްޗަށް ޣައިބުގައި ކަށުނަމާދު ކުރުން އޮންނާނެ ކަމަށް ފިރާސް ވިދާޅުވިއެވެ.

މިރޭ އިޝާ ނަމާދަށް ފަހު މާލޭގައި ވެސް ޑރ.މަޖީދުގެ މައްޗަށް ޣައިބުގައި ކަށުނަމާދު ކުރުން އޮންނާނެ އެވެ. މާލޭގައި ކަށުނަމާދު ކުރުން އޮންނާނީ އިސްލާމީ މަރުކަޒުގައެވެ.

ޑރ.މަޖީދުގެ ޖަނާޒާ އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު ލަންކާގެ ޖާވައްތަ ޖުންމާ މިސްކިތުގައެވެ.

އުމުރުފުޅުން 55 އަހަރުގައި ޑރ.މަޖީދު އަވާހަރަވީ މިދިޔަ ހުކުރު ދުވަހު ސްރީލަންކާގައި ހުންނަވަނިކޮށް ޖެހުނު ސްޓްރޯކް އަކަށްފަހު ލަންކާ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް އިއްޔެ މެންދުރުފަހުގެ ވަގުތެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސާދު

    އިސްލާމީ މަރުކަޒާއި، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ހުކުރުކުރާ ހުރިހާ މިސްކިތެއްގައި މިރޭ ޢިޝާ ނަމާދަށް ފަހު ޑރ.ޢަބުދުލްމަޖީދު ޢަބުދުލްބާރީގެ މައްޗަށް ކަށު ނަމާދު ކުރުން އޮންނާނެކަން މިހާރުވަނީ ހުރިހާ ކައުންސިލް ތަކަށާއި މާލޭގެ ހުރިހާ މިސްކިތް ތަކުގެ އިމާމުންނަށް އަންގަވާފައި ވީމާ މިކަން ރަގަޅު ކޮށް ލެވުން އެދެން.