މިރޭ ދިޔަވަރު އެންމެ ބޮޑުވާ ގަޑީގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސާރވިސް (މެޓް އޮފީސް)އިން ބުނެފި އެވެ.

މެޓް އޮފީހުން ވިދާޅުވީ މިރޭ ދިޔަވަރު އުތުރުގެ ސަރަހައްދުތަކަށް ބޮޑުވާނީ 18:39 ގައި ކަމަށާއި އަދި މެދުތެރޭގެ ސަރަހައްދުތަކަށް 19:53 ގައި އަދި ދެކުނުގެ ސަރަހައްދުތަކަށް 21:20 ގައި ކަމަށެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްކަމުން ދޭތެރެ ދޭތެރެއިން މޫސުމާބެހޭ ގައުމީ އިދާރާއިން އެލާޓްތައް ނެރެމުން އަންނަ އިރު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފައެވެ.

މޫސުން ގޯސްވާނޭކަމަށް ލަފާކުރެވޭތީ ވައިޓް އެލާޓް ނެރެފައިވަނީ ހއ. އަތޮޅާއި ލ. އަތޮޅުގެ ދެމެދުގައިވާ ރަށްތަކަށެވެ. މި ސަރަޙައްދަށް ވައިޓް އެލާޓް ނެރެފައިވަނީ މިއަދު މެންދުރު 15:00 ނިޔަލަށެވެ.

މި އެލާޓާއެކު މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ވިދާޅުވެފައިވަނީ މި ސަރަޙައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައިޖެހޭނެ ކަމަށް އެއިދާރާއިން ބުނެެެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާމިގިލީ މީހާ

    މާމިގިލިއަށް މިހާރުވެސް އުދޭގެ އަސަރުކުރަމުން އެބަދޭ..މާމިގިލީ ކައުންސިލަރުން ތިބޭނީ ނިދާފައި. ވަރަށް ވިއްސާރަ ވައިވެސް ވަރަށް ބާރު.

  2. އުދަ

    ކަލޯ ދެން އުދައެރިތަ؟ މިއަދު ލިޔާތި އުދައަރާކަން ވަގުތުގަ ލިޔުނީމަ އުދަ ފިލީއޭ