އަނެއްކާވެސް "ގޫގަލް ލޫން ޕްރޮޖެކްޓު"ގެ ބެލޫނެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވެއްޓިއްޖެ އެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މިފަހަރު ބެލޫން ވެއްޓިފައި ވަނީ ގދ. ވާދޫގެ ހުޅަނގުން އައްޑޫ ކަނޑަށް ކަަމަށާއި، މިކަމާއި ގުޅިގެން ދެކުނުގައި ހަރަކާތްތެރިވަމުން އަންނަ ސިފައިން އެ ބެލޫން ނެގުމުގެ މަސައްކަރް ކުރަމުން އަންނަ ކަމަށެވެ. މި ބެލޫން ވެއްޓުނުކަމުގެ މައުޅޫމާތު އެމްއެންޑީއެފް އަށް ލިބިފައި ވަނީ އިއްޔެ ހެނދުނު 8:30 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވަނީ ވިދާޅުވެފައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ އެކަމުގެ މައުޅޫމާތު ލިބުމާއި ގުޅިގެން އެމްއެންޑީއެފްގެ މާލެ އޭރިއާ އޮޕަރޭޓިން ސެންޓަރާއި، ސިވިލް އޭވިއޭޝަން އޮތޯރިޓީ އަދި އެއާ ޓްރެފިކް ކޮންޓްރޯލް އިން ދިޔައީ މޮނިޓަރ ކުރަމުން ކަމަށެވެ.

އަދި މިހާރު މަސައްކަތް ކުރަމުން ދަނީ، މި ބެލޫން ރާއްޖޭގައި ހުންނަ އެޖެންޓާއި ހަވާލުކުރުމަށް ކަަމަށް އެމްއެންޑީއެފް އިން ވަނީ މައުލޫމާތު ދީފައެވެ.

މިދިޔަ މަހުގެ 31 ވަނަ ދުވަހުވެސް ވަނީ ހަމަ މިފަދަ ބެލޫނެއް ގދ. ނަޑެއްލާ ކައިރިއަށް ވެއްޓިގެން ސިފައިން ހަރަކާތްތެރި ވެފައެވެ.

ބެލޫން ވެއްޓުމުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަދި އޭގެ ސަބަބުން އެއްވެސް ނުރައްކަލެއް ދިމާވެފައެއް ނުވެއެވެ.

މި ޕްރޮޖެކްޓަކީ މި ބެލޫން އާއި އެކި ގައުމުތަކުގައި ހުންނަ މިކަމަށް ހާއްސަ ސްޓޭޝަންތަކާއި ގުޅާލައި ބޭނުންވާ ނެޓްވޯކް އެ ބެލޫން މެދުވެރިކޮށް ހޯދުމަށް ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުގައި ބޭނުންކުރާ 71 ބެލޫންއެއް ވައިގެ ތެރެއަށް ދޫކޮށްލާފައި ވެއެވެ. މިއިން ކޮންމެ ބެލޫންއެއްގެ އަގުވެސް 17870 ޑޮލަރަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މިލިޔަން

    އަރެމެއް ހިމާޔައް ކުރަންތިބީ ވަރައް ދޫހޮޅިބަޔެއް މަހުޖަނެއްގެ ބޮލައް ތީތި ވެއްޓުމުގެ ކުރިން ތިކަމައް ފިއަވަޅެއްނާޅާނެ! ކުރިއަރާފަވާގައުމެއްނަމަ ތިހެންވެއްޓޭ ބެލޫނަކައް 50މިލިޔަން ޑޮލަރުގެ ޖޫރިމަނާޔެއްކޮއް ދައުވާކޫރީސް

    9
    1
  2. ރާއްޖެއަށް ގޫގުލްގެ ބަލާ

    ހިހިހިހި..އެހިސާބުގައި ކަމެއްނެތިފަ ތިބޭ ސިފައިންނަށް ރަގަޅު ކަމެއް ތިއޮތީ ޖެހިފަ.

    11
  3. ޅަބޭ

    ރާއްޖެއަކީ ގޫގުލްގެ ޑަސްބިންތަ؟؟!

    15
    2
  4. ލެރީ

    ސުންޑަރ ޕިޗާއި ވަރަށް ދެރަވާނެ ތިކަމާ 😭