މާލޭގެ ފިހާރައަކުން ވިޔަފާރި ކުރުމަށްފަހު ސައްހަ ނޫން ސްލިޕެއް ފޮނުވި މީހަކު ހޯދަން ފުލުހުން ވީޑިއޯއެއް އާއްމުކޮށްފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ، އެ ވީޑިއޯއިން ފެންނަ މީހަކީ އޮކްޓޯބަރ 17 ވަނަ ދުވަހު މާލޭގެ ފިހާރައަކުން ވިޔަފާރިކުރުމަށްފަހު، ފައިސާ ދެއްކިކަމަށް ސައްހަނޫން ބެންކް ސްލިޕެއް ފޮނުވާފައިވާ މައްސަލައަކާ ގުޅިގެން އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއް ކަމަށެވެ.

ފުލުހުން ވަނީ، ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގިލައްވާ ފަރާތެއްވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުންގެ ނަމްބަރު 9790048 އަށް ގުޅައިގެން ހިއްސާ ކުރުމަށް އެދިފައެވެ.

އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް އެއްބާރުލުން ލިބޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.