"ވަގުތު" ގައި މަސައްކަތް ކުރާ ނޫސްވެރިންނާއި ފޮޓޯގްރާފަރުން ހިމެނޭހެން މުޅި ޓީމް މިރޭ އައްޑޫ ސިޓީއަށް ފުރައިފިއެވެ.

"ވަގުތު" މުވައްޒަފުން އައްޑުއަށް ފުރާފައި ވަނީ "ވަގުތު" އިން އިންތިޒާމު ކޮށްގެން އައްޑޫގައި ބާއްވާ ފުޓްސަލް މުބާރާތުގައި ބައިވެރިވުމަށާއި "ވަގުތު ހޭރިޔާ" އައްޑޫގައި ކުރިއަށް ގެންދިއުމަށެވެ.

"ވަގުތު ހޭރިޔާ" ގައި އައްޑޫ ސިޓީގައި ހުރި މައްސަލަތަކާއި، އެސިޓީގައި ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫޢުގެތަކުގެ މައުލޫމާތާއި އެސިޓީއަށް އެންމެ ބޮޑަށް ބޭނުން ވެފައިވާ ކަންކަމުގެ މައުލޫމާތު ހޯދައި އެމައުލޫމާތުތައް ކިޔުންތެރިންނާއި ހަމައަށް ގެނެސްދޭނެއެވެ.

މީގެ އިތުރުން އައްޑޫގައި ތިބި ތަފާތު ހުނަވަރުވެރިންނާއި ފަންނުވެރިންގެ މައުލޫމާތާއި، އައްޑޫގެ ތާރީޚީ މައުލޫމާތުތައް ވެސް ކިޔުންތެރިންނާއި ހަމައަށް ގެނެސްދޭނެއެވެ. އައްޑުއަށް ކުރާ "ވަގުތު ހޭރިޔާ" ދަތުރަށް ފަހު އައްޑޫގެ ތާރީޚީ މައުލޫމާތުތައް ހިމެނޭ ފޮތެއް ވެސް ނެރުމަށް ވަނީ ހަމަޖެހިފައެވެ.

"ވަގުތު" އޮފިޝަލަކު ވިދާޅުވީ "ވަގުތު" ޓީމް އައްޑުއަށް ގޮސް ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރުމަށް ފަހު އަންނަ މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި މަސައްކަތް ފަށާނެ ކަމަށެވެ.

"އަޅުގަނޑުމެން ޓީމްގެ 15 މެންބަރުން މިރޭ އައްޑުއަށް މިދަނީ. އައްޑޫގައި މިހާރު ވެސް މަސައްކަތް ކުރައްވާ "ވަގުތު"ގެ ދެ ނޫސްވެރިންނާއި އަދި އަތޮޅުތަކުގެ އެހެން ރަށްތަކުގައި ތިބި "ވަގުތު" ނޫސްވެރިން އައްޑޫ އިން އަޅުގަނޑުމެންގެ ޓީމާއި ގުޅޭނެ. ކަރަންޓީން މުއްދަތު ހަމަ ކުރުމަށް ފަހު ޑިސެމްބަރ ފުރަތަމަ ހަފްތާގައި މަސައްކަތްތައް ފެށޭނެ ކަމަށް އުއްމީދު ކުރެވޭ." އޮފިޝަލް ވިދާޅުވިއެވެ.

ކޮވިޑް-19 ފެތުރެމުން ދާތީ އައްޑޫގައި "ވަގުތު" ހޭރިޔާ ކުރިއަށް ގެންދިއުމުގެ ކުރިން އެކަމުގެ ހުއްދަ ވަނީ ސިޓީ ކައުންސިލާއި އެހެނިހެން އިދާރާތަކުން ނަގާފައެވެ.

"ވަގުތު ހޭރިޔާ" ގައި އެއްވެސް މައުލޫމާތެއް ގެނެސްދިނުމަށް ބޭނުންވާ ފަރާތެއް ހުރިނަމަ ނުވަތަ ފަންނުވެރިންގެ މައުލޫމާތެއް ހިމަނަން ބޭނުންވާނަމަ އެފުރުސަތު ވަނީ އާއްމުކޮށް ހުޅުވާލާފައެވެ. "ވަގުތު" އިން މައުލޫމާތުދޭ ގޮތުގައި 7999681 އަށް ގުޅުމުން "ވަގުތު" ގައި ރިޕޯޓް ގެނެސްދިނުމުގެ އިންތިޒާމްތައް ހަމަޖެހޭނެއެވެ.

"ވަގުތު" ޓީމް އައްޑުއަށް ފުރިނަމަވެސް "ވަގުތު" ގައި ޚަބަރާއި މައުލޫމާތު ގެނެސްދިނުން އާއްމު އުސޫލުން އެއްވެސް ބަދަލެއް ނައިސް ކުރިއަށް ދާނެއެވެ.

ދިވެހިންގެ މެދުގައި އެންމެ މަގުބޫލް އޮންލައިން ނޫސް ކަމަށްވާ "ވަގުތު" އިން ވަނީ މީގެ ކުރިން ވެސް ގިނަ އަތޮޅުތަކަކަށް "ހޭރިޔާ" ދަތުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ވަކިވެގަތީ

    އަޑުއަހާހިތެއްނުވޭ.

    17
    8
  2. މަރިޔަމް

    ވަގުތު ނޫސްވެރިން ބަލާ ދީބަލަ ރާއްޖެތެރޭގައި ތިބި ހިދުމަތް ތެރިންނަށް ކޮވިޑް އެލަވަންސް ނުދީގެން އުޅެނީ ކީއްވެގެންތޯ.

    14
    2
  3. އާދަނު

    ޓީމްކޮންމެ ތަނަކަށް ދިޔަޔަސް އޮންލައިން ނޫހުންޚަބަރު ގެންނާކަށް އުނދަގުލެއް ނުވާނެ. ލެޕްޓޮޕާއި އިންޓަނެޓް ހުރިއްޔާ.

    12
    1
  4. ޢަފްލާ

    ކަލޭމެން މިހާރުގެ ސަރުކާރަހ ބައިއަތުހިފައިގެން ވިކި ހުސްވެފަ ސަެުކާރުން ބޭނުންވާ ގޮތަށް ނޫސްވެެިކަން ކުރާތީ ވ ފޫހި

    8
    14
    • ..

      ކަމާ ކަންފަށާ ހަރަދު ތަކެއް ކޮށްގެން އަދި ކަރަންޓީން 15 ދުވަސް ހޭދަކޮށްލާފަ އަދި ކިއެއްތަ 15 މުއައްޒަފަކު ހަމަ ތިބެފަ ފޮތެއްލިޔެ ނެރެލަން ފޮނުވާފާނެބާ...؟
      މަކުނު ސުވަލްދީބުގެ ޖުމްހޫރިއްޔާ އިއުލާން ކުރުމާއި ވަގުތުގެ 15 މުވައްޒިފުން އެއްކަމަކަށް ހާއްސަކޮށް އެހެން މަސައްކަތް ތަކުން ދުރުކޮށް ސުވަލްދީބުގެ ވެރިރަށަށް ފޮނުވުމާއި މިފަދަ ކަންކަމީ އަދުގެ އާންމުންނަށް ދޭހަ ނުވެ ދާހާ ފަށުވި އިބާރާތަކުން އޮތް ދިގު ވާހަކައެއބާއޭ މީ ކޮށްލެވިދާނެ ޒާތެއްގެ ސުވާލެއް....؟

      5
      7
  5. ......

    ޙެހެހެ....ކޮންމެވެސް ސިޔާސީ މީހެއް ޕުރޮމޯޓް ކޮށްލުމެއް ނުވަތަސިޔާސީ ސްޓަންޓެއްގެ ބައެއްގެ ވަސް މިކަމުން އެބަދުވާ....

    11
    2
  6. ާއަލީ

    އިންޑިޔާސިފައިން އައްޑޫގަ ކުޅޭކުޅިގަނޑު ގެނެސްދިނުން އެދެން.

    24
    3
  7. ސލ

    ވަގުތު ނޫހަކީ ތެދު ޚަބަރާއި މައުލޫމާތު ފޯރުކޮށްދެމުންދާ
    ނޫހެކެ ވެ އައްޑޫ ހޭރިޔާ ދަތުރުގައި ވެސް ކުރިއަށްދާނީ ހަމަ
    މި މަސައްކަތްތައް ކަމަށް ވިއަސް، އޭގެ އޭގެ އިތުން ސިޔާސީ ފަރާތަކުން ނު ވވަތަ ފަރާތް ތަކަކުން އައްޑޫ
    ރައްޔިތުންނަށް މަކަކަރާއި ހީލަތްހަދައިގެން އެމީހުންގެ
    ނާޖާއިޒް ފައިދާ ނަގަމުންދާ ދިއުން ހުއްޓު ވުމުގެ ހޭލުން
    ތެރިކަން އިތުރު ކުރުމަކީ މުހިއްމު ކަމެކެ ވެ.

    8
    5
  8. ބޮންދު ނަޒް

    ޥަގުތު މީހުން ދިޔައީމަ ކޮވިޑް ނުފެތު ރޭނެ ދެއްތޯ ، ބޮޑުޗުއްޓީ އައް ފެމިލީ ދިޔައީމަ 14 ދުވަސް ކަ ރަންޓީން

  9. ރަދީފް

    ސާބަހޭ ޓީމް.ސާބަހޭ ޔާމީން އަދި މުޝައްރަފް.ގުޑް ލަކް.

  10. ހޭރެވޭ

    ހާދަ ދަނެ ފަރިތަ މޫނުތަކޭ..ރަނގަޅު ދެން ޒުވާނުން ވީމަ ...ނެތް މާ ބޮޑު ޝަ އުގެތް އަހަރެމެންވެސް މިތިބީ ބަލަން މި ޓީމްގެ ގަ އުމީ މަސަ އްކަތް