ދަރުމަވަންތަ ވިއްކަނީ ރާއްޖެ ހަގީގަތުގައި ވެސް ބަނގުރޫޓުވުމުންް ކަަމަށް ކުރީގެ ނައިބް ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، ސުކޫކް ވިއްކުމަށް ދަރުމަވަންތަ ހޮސްޕިޓަލް ފިނޭންސް މިނިސްޓްރީގެ ނަމަށް ބަދަލު ކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާތީ އެވެ. ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ސޮއިކޮށް، ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ފޮނުއްވި ސިޓީއެއްގައި ބުނެފައި ވަނީ، ދައުލަތަށް ބޭނުންވާ ފައިސާ ބައިނަލް އަގްވާމީ މާލީ ބާޒާރަށް 300 މިލިއަން ޑޮލަރަށް ވިއްކުމުގެ މަސައްކަތް އިސްލާމިކް ކޯޕަރޭޝަން ފޯ ދި ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓަރ (އައިސީޑީ)އާއެކު ކުރަމުންދާ ކަމަށެވެ.

އަދި އިސްލާމީ ޝަރީއާގެ ހަމަތަކުގެ މަތިން މި ސްކޫކް ވިއްކުމަށް 100 އިންސައްތަ ސަރުކާރު ހިއްސާވާ ސްޕެޝަލް ޕަރފޮސް ވެސަލް (އެސްޕީވީ)އެއް ހެއްދުމަށް ސްކޫކުގެ 51 އިންސައްތަ އަށްވުރެ މަތިން އަގު ކުރެވޭ އެސެޓެއްގެ ބެނެފިޝަލް އޯނަރޝިޕް މި އެސްޕީވީ އަށް ޓްރާންސްފަރ ކުރަން ޖެހޭ ކަމަށް އެ ސިޓީގައި ވެއެވެ.

"މި ވަގުތު ސަރުކާރުގެ ހުރި އެސެޓްތައް ބެލުމަށްފަހު މިކަމަށް އެންމެ އެކަށީގެންވާ އެސެޓަކީ ދަރުމަވަންތަ ހޮސްޕިޓަލް ކަމުން، ދަރުމަވަންތަ ހޮސްޕިޓަލް ބޭނުން ކުރުމަށް ވަނީ ނިންމާފައެވެ". ފިނޭންސް މިނިސްޓަރުގެ ސިޓީގައި ވެއެވެ.

އެެހެންގެ މި ސްކޫކު އިޝޫ ކުރުމަށް ދަރުމަވަންތަ ހޮސްޕިޓަލް އެ މިނިސްޓްރީގެ ނަންމައްޗަށް ރަޖިސްޓްރީ ބަދަލުކޮށްދެއްވުމަށް މާލެ ސިޓީ ކައުންސިލަށް ދަންނަވައިދެއްވުމަށް އެދޭ ކަމަށް އެ ސިޓީގައި ވެއެވެ.

މިކަމާއި ގުޅިގެން ޑރ. ޖަމީލް ވިދާޅުވީ، ހަރުމުދާ ވިއްކަން ޖެހުނީ ނޫ އިގްތިސޯދީ ސިޔާސަތާއި ހެދި ކަމަށާއި މިއީ ރައްޔިތުންނާއި ދެކޮޅަށް ހިންގާ ބޮޑު ޖަރީމާއެއް ކަމަށެވެ.

އޭނާ ވިދާޅުވީ، ކޮވިޑް-19ގެ ތަކުލީފު ވިޔަފާރިތަކާއި މުވައްޒަފުން އަދިވެސް އުފުލަމުންދާއިރު، ސަރުކާރުގެ ހަރަދުތައް ކުޑަ ކުރާނެ އެންމެ ކަމެއްވެސް 2021 ގެ ބަޖެޓުގައި ނެތް ކަމަށެވެ.

"މުދާ ވިއްކައިގެން ވިޔަސް މަތިބަރު ސަރުކާރު ހިންގަން ޖެހޭ؟. މަޖިލީސް މެންބަރުންގެ މުސާރަ ހަމައަށް ދޭން ޖެހޭ". އޭނާ މިިއަދު ކުރި ޓްވީޓްގައި ވިދާޅުވިއެވެ.

އޭނާ ވަނީ މިނިސްޓަރ އިބްރާހިމް އަމީރު ކަންކަން އޮޅުވާލުމަށް ނުލުމަށް އެދިފައެވެ.

ފިނޭންސް މިނިސްޓްރީން ރޭ ނެރުނު ބަޔާނުގައި ވިދާޅުވީ ދައުލަތުން ކުރަމުން ދަނީ، ދައުލަތުގެ ބަޖެޓް ތަންފީޒުކުރުމަށް ބޭނުންވާ ފައިސާ އެންމެ އެކަށީގެންވާ އަގެއްގައި، އަދި ދައުލަތުގެ ދަރަންޏަށް ދިމާވެދާނެ ހިރާސްތަކަށް ރިއާޔަތް ކުރުމަށްފަހު ހޯދޭނެ މަގު ފަހިކުރުމުގެ މަސައްކަތް ކަަމށެވެ.

"އެގޮތުން މިހާރު ބައިނަލް އަޤުވާމީ މާލީބާޒާރުތަކުގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ސުކޫކު ފަދަ އިސްލާމިކް ޑެޓް އިންސްޓުރުމަންޓުތަކަކީ ދުނިޔޭގެ އިސްލާމީ އަދި އިސްލާމީ ނޫން ދައުލަތްތަކުންވެސް ހާއްސަކަމެއް ދީގެން އިޝޫކުރަމުން އަންނަ ޑެޓް އިންސްޓުރުމަންޓެކެވެ. ކަން މިހެން ހުރުމުން ހަޤީޤަތް އޮޅޭ ގޮތަށް އެކިއެކި ފަރާތްތަކުން ދޮގު މައުލޫމާތު ހިއްސާ ނުކުރުމަށް އިލްތިމާސް ކުރަމެވެ." ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

އިސްލާމިކް ކޯޕަރޭޝަން ފޮރ ދި ޕްރައިވެޓް ސެކްޓަރ (އައިސީޑީ) އާއި އެކު ވިއްކުމަށް މަސައްކަތް ކުރާ ސުކޫކުގެ މައިގަނޑު އަސާސަކީ އެސެޓް ބޭސްޑް ސުކޫކު ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ކަތްދާފުޅު

  ސޭޓު މަގޭ މިއަތުކުރި ގަޑި ބާއްވާ! ޢެބައަންނަން މިފުއްކިލޯ އަށްވާ ރުފިޔާ ހިފައިގެން!

 2. އިބޫ މީހާ

  އާ ހަގީ ގަތުގައި ވެސް ބަނގުރޫޓުވުމުން

 3. ސްނޭޕް

  ވިއްސާރަ ވީމަ ބޮނޑިބަތް ކާހިތުން އެއުޅެނީ

  1
  2