ރާއްޖޭން އުމްރާއަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލި ފަރާތްތަކުގެ ތެރެއިން އިތުރު ހަ ކުންފުންޏަކަށް ހުއްދަ ދީފިއެވެ.

ރާއްޖެއިން އުމްރާ އަށް މީހުން ގެންދިއުމަށް މީގެ ކުރިން އިސްލާމިކް މިނިސްޓްރީން ވަނީ 37 ކުންފުންޏަކަށް ހުއްދަ ދީފައެވެ.

އެ މިނިސްޓްރީން މިއަދު ވަނީ އިތުރު ހަ ކުންފުންޏަކަށް އެކަމުގެ ހުއްދަދީފައިވާ ކަން ހާމަކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާއި ބެހޭ އުސޫލުގައިވާގޮތުގެ މަތިން މި ހުއްދަ ދެނީ ދެ އަހަރު ދުވަހަށް ކަމަށެވެ.

އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ދީފައިވާ ކުންފުނިތައް

ޤުބާ ޕްރައިވެޓް ލިމިޓެޑް

އެމް.އެސް ހައްޖު އެންޑް ޢުމްރާ

ޢުއްމުލްޤުރާ ލިލްޙައްޖު ވަލްޢުމްރާ ޕްރައިވެޓް ލިމިޑެޓް

ޞިރާތު ޢުމްރާ ޕްރައިވެޓް ލިމިޓެޑް

އަސްކޮއި ޙައްޖު ޢުމްރާ ގުރޫޕް ޕްރައިވެޓް ލިމިޓެޑް

ރޯޔަލް ހައްޖު އެންޑް ޢުމްރާ ޕްރައިވެޓް ލިމިޑެޓް

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކާއެކު މައްކާގެ މާތްވެގެންވާ މަސްޖިދުލްޙަރަމް ބަންދު ކޮށްފައިވަނީ މާރިޗު މަހުގެ 21 ވަނަ ދުވަހުއެވެ. ނަމަވެސް އޮކްޓޯބަރު ހަތަރު ވަނަ ދުވަގުން ފެށިގެން އުމްރާގެ އަލުކަމަށް ވަނީ ހުޅުވާލަފައެވެ.

އެ ހުއްދައިގެ ދަށުން އުމްރާވުމަށް ފުރަތަމަ ހުއްދަ ދީފައިވަނީ މައްކާގައި އުޅޭ ރައްޔިތުންނަށެވެ. ސައުދީން ބޭރުގެ ރައްޔިތުންނަށް އުމްރާއަށް މިހާރު ވަނީ ހުޅުވާފާއެވެ.