ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރަށް އަދި މިވީ އެއްއަހަރު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ ސަރުކާރަށް އެއްއަހަރު ފުރުނުތަނުން ކޮވިޑް-19 ކުރިމަތިވެ ރާއްޖެ ވެސް ހުއްޓުމަކަށް އައިސްފައިވާކަން ފާހަގަ ކުރައްވާ "ރާއްޖެޓީވީ" ގައި ވާހަކަފުޅު ދައްކަވަމުންނެވެ. ގާސިމް ވިދާޅުވީ ރައީސް ޞާލިހް ވެރިކަމަށް އައިސް ޕްރޮޖެކްޓްތައް ރާވާލައި ކަންކަން ކުރަން ފަށަން ތައްޔާރުވިތަނުން "މިމުސީބާތް" ކުރިމަތިވުމުން ރައީސް ޞާލިހް ކުރައްވާނެ ކަމެއް އޭގައި ނެތް ކަމަށެވެ.

"ވަރަށް ރަނގަޅަށް ކަންތައް ކުރެވިގެން އެބަދޭ. އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް ރަނގަޅަށް ސަރުކާރުން އެބަ މަސައްކަތްކުރޭ." ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ މިދަތި ދަނޑިވަޅުގައި ވެސް ސަރުކާރުން ވަރަށް ރަނގަޅަށް ކަންތައްތައް ކުރަމުން ގެންދާއިރު ސަރުކާރާއި ދެކޮޅަށް ނަފްރަތު އުފެއްދުމުގެ ގޮތުން ވާހަކަތައް ދެއްކުން އެއީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.

ރައީސް ޞާލިހް ރާއްޖޭގެ ވެރިކަމުގެ ހުވާ ކުރެއްވީ 2018 ވަނަ އަހަރުގެ ނޮވެމްބަރ 17 ވަނަ ދުވަހު އެވެ. ސަރުކާރުން ފުރަތަމަ އެކުލަވާލި 100 ދުވަހުގެ ޕްލޭންގައި ހިމެނޭ ގިނަ ކަންކަން މުއްދަތައް ނުނިންމުމުން ކުރިމަތިވި ފާޑުކިޔުންތަކަށް ރައްދު ދެމުން ސަރުކާރުން އޭރު ވިދާޅުވެފައި ވަނީ މުއްދަތު ގުނާނީ ސަރުކާރުގެ ބަންދު ދުވަސްތައް ނުހިމަނާ ކަމަށެވެ.

ރައީސް ޞާލިހްގެ ސަރުކާރަށް އަދިވީ އެއްއަހަރު ކަމަށް ގާސިމް ވިދާޅުވިއިރު ސަރުކާރަށް ދެއަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ސަރުކާރުން ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މިދެއަހަރު ތެރޭގައި ކުރެވުނު ކަންކަމުގެ މައުލޫމާތު އާއްމުންނަށް ދިނުމަށް ވަރަށް ފުޅާދާއިރާއެއްގައި ވަޒީރުން ފާއިތުވި ހަފްތާއެއްހައި ދުވަހު މަސައްކަތް ކުރައްވާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. ޝައްފަ

    ހޫނ ސޭޓު މަޖްލިސް ހިސޯރު ކުރި 6 މަސް ތީގެ ތެރެއިން ކެނޑީމާ ވާނީ 6 މަސް ތާދޯ ! ކޮބާ އުއްމުކުލްސޫމް އަށް ޓޭލަރމޭޑް މިނިސްޓްރީ އެއް ހަދަން ވީނު ؟ މިބުނި އުއްމުކުލްސޫމް އަކީ މިޒާޖީ ބަހުން އަނބިމީހާ އޭ ބުނަން ވެގެން ބޭނުން ކުރި ނަމެއް.

    39
  2. ޖޭސްމީން

    އަދި ކިރިޔާ މިވީ 8 ދުވަސް މިސަރުކާރައް ނޮވެމްބަރ 11 ގެފަހުން ކީއްތޯ ކުރާނީ އެމީހަކައް ދައްކަވަން ހުރިކަމެއް ދައްކަވާފައި މަރުގަންނަވާނޭ މުސްކުޅިން ބުނެ އުޅޭ

    48
  3. ހަތްދިހަހަތެއް

    ބޯބުރާންތި ޅަކުއްޖަކާއިނދެވުނީމަ އުމުރުންއެއް އަނހަރު ހަގުވީތަ

    47
  4. ހިމް

    100 ދުވަހެއް ނޫންތަ. 100 ދުވަސް ތެރޭ އަޅަން ބުނި ބަސް ސްޓޮޕްތަށް އަދިވެސް އަޅަނީވިއްޔާ.

    46
  5. ދިވެއްސެއް

    70 އަހަރުވީމަ ވެސް މަތަ ނުވޭ މީހުންގެ ޅަ ދަރިން ގަންނަމުން ދުވަނީ ގައުމު ބަނގުރޫޓް ވެއްޖެ އިއްލަބެޔަށްވުރެވެސް ކަލޯގަޔާ ތިއުޅެނީ މާ ކުރީގަ ގައުމު އޮޅި ހިޖުރަ އޮޅި ތިމާޔަށް ތިމާވެސް އޮލުނީ ފުކެއްބޮޑުވަރު

    50
  6. ސޭޓް އަންހެނުންގެ ފިރިމީހާ

    ސޭޓް އަންހެނުންގެ ފިރިމީހާޔާ ސޭޓް އަންހެނުން އިނދެގެން އުޅޭތާ ކިތައް އަހަރު ވެއްޖެބާ؟ އަހަރެއްވަރު ވެދާނެކަންނޭގެދޯ މިހާރު!!!

    43
  7. Anonymous

    ވަގު ބުރުމާ ކައްޓާ

    39
  8. Anonymous

    ވަގު ބުރުމާ

    36
    2
  9. ތިރިބެ

    ކޮވިޑުގަވެސް ތިބޭފުޅާ ރިސޯޓފުލް އަދިމުވައްޒަފުން ބިކަކުރި ސަރުކާ ހަނުހުރީ އެހެއްވީމަ އަދިއެއްދުވަސްވެސް ނުވޭ

    46
  10. Anonymous

    ހެޔޮގޮތް ދޫކޮށް ނުބައިގޮތް އިޚްތިޔާ ރު ކު ރާމީހުން ގިނަވުމަކީ ފަހުޒަމާނުގެ ޢަލާމާތެއް.

    48
  11. ރާނިޔާ

    އާނ!! ދެން ގާސިމް ބުނީމަ މަ ވެސް ގަބޫލް ކޮށްފިން.. 🙈

    32
  12. ތުއްތު އަނބި

    ކޮންކު ރީޓުން ތަހެ ދީ ތަ ރައްގީ އަކީ ކޮންކު ރީޓް ތަ އެ ބު ރިލާފައައިސް ހަމަ އު ބަށް ދޯ ތިޖެހީ ރައީސް ޔާމީން އަށް ޝުކު ރު ހައްޤީ. ޝުކު ރިއްޔާ. ރައީސްޔާމީން އަށް ސޭޓް ތި ރީސްދަތް އެއްކޮށް ދައްކައިގެން ސައިޒު ބޮޑު މާކަ ރީއެއް ހެން ދިލިފަހުއްޓަސް އެއްކަލަ ފިހާ ރަތަކަށް ނިކަމެތި ރައްޔިތުމީހާ އަތްނުފޯ ރައި ގެން އުޅޭކަމެއް ސޭޓަކަނޭގޭދޯ މަނިކުފާނަށް އެނގޭތޯ ރާއްޖެތެ ރޭގައި ވިޔަފާ ރިކު ރަމުންދާ އެމްޑީޕީ ސޭޓުން ފިޔާވިއްކަމުންދާ ހަމައަ ގުއެނގޭތޯ ތަނަކުން މީހެއްގެ ޅަފަ ރިޔެއް ހަމަ ފެންނައި ރަށް ތިއިދެގަންނަނީ ރައްޔިތުން މިއުޅެނީ އަނގަޔާ އަތާތިމާނުވެ އެކަމަކު ސޭޓު ތިހުންނަނީ ކޮލްގެޓް އިސްތިހާ ރު ކުޅެލަކުޅެލާ ކިހާސަޅިދޯ

    33
  13. ހުސެން

    ތިގާސިމަކީ ލިޔެކިޔަންވެސް ނޭނގޭ ބީތާއެއްތަ އަޅެ

    38
    1
  14. ހުސެން

    ތިގާސިމަކީ ލިޔެކިޔަންވެސް ނޭނގޭ ބީތާއެއްތަ އަޅެ ފަހެ

    30
  15. ސްކިޕަރ

    ދެން ބުނާނީ މަށަށް އަސްލު އަދި މިވީ 23 އަހަރޭ. ބޯ ހަލާކު

    42
  16. މާމީ

    މީހާ ވަކިކަމަކައް ގޮސްހުސްވީމާ ކިއޭނީ ކޮސް.

    41
  17. ކޮކަނި

    ކަލޯ ތީބުރާންޗެއްޛޯ ކިތައްމެ ވަރަރަކަށް ސަނާކިއަކަސް ކަލޯދެން ވާނީބާކީ

    44
  18. Anonymous

    ބަޔަކު ލާހޫރޭއާހެދި މޮޔަވިއަކަސް، ހުރިހާ ރައްޔިތުން މޮޔައިންނަށް ނުހަދަބަލަ! ދުވާލު މެންދުރު އިރު ދައްކާފަ އެއީ ހަނދޭ ބުނީމަ ގިނަ ރައްޔިތުންނަށް އިނގޭނެ އެއީ ހަނދު ނޫންކަން ދެއްތޯ! ތަންކޮޅެއް އުމުރުން ދުވަސްވީމަ ވާގޮތަކީތޯ؟

    15
  19. ވިސްނާލުމަށް އެދެމޭ

    ގާސިމުގެ އުމުރުން އަދިމިވީ އެއްމެ 25..އެއީ ޅަފަތުގަ ދާނުގައޮތް ދުވަސްތަކާ ފިރުކުނުއުމުރާ ޒުވާންދުވަސްތައް އުނިކުރީމަ..އެދުވަސްތައް އުނިކުރަންޖެހޭ އޭރުއެއީ ގާސިމު އާދައިގެ ނިކަމެތި ރައްޔިތެއްގެ ގޮތުގަ ހޭދަކުރި ދުވަސްތައް.ދަތިހާލުގަ އުޅުނުދުވަސްތަކެ އުމުރުގަ ނުގުނޭނެ..މަހުޖަނަކަށް ހެދިގެން އުޅުނުތަނުން ކޮވިޑުގެ ފުރަތަމަ 1މަސްތެރޭގަ ޔަގީންވެއްޖެ ގާސިމުއަދި މަހުޖަނަކަށްނުވާކަން..ހުރިހާ މުއައްޒިފުންނަ ރޯޅިއެރީ..މުސާރަދޭނެ ފައިސާފޮއްޗެނެތި މުއައްޒިފުން ބިކަކޮއްލީ..އިހައްދުވަހު ކައިވެނިކުރި މަންޖެ މާދޮށިވާނެ ގާސިމަށްވުރެ..

    17
  20. ހެހެ

    ލައްބަ. އަދި ގާސިމްބެއަށް 25 އަހަރު.
    އެވްރިވަން ސޯ ޔަންގ!!

    22
  21. ގުއިދައިތަ

    މީހަމަ ފައްކާ ބޯނެތް ބުރުމާއެއް.

    20
  22. Anonymous

    ގާސިމް ތިހުރި މަގާމުގަ ހުރެ ކޮވިޑް ގަ އެންމެ ފުރަތަމަ ވިލާ ގެ ވަޒީފާގަ ހުރި މުވައްޒިފުންނަށް ކަންތަށް ކުރި ގޮތުން ބިކަވީ ޓުވަރިޒަމް ދާއިރާގެ ކިތަށް އާއިލާ ކަން އިގޭތަ . ހަމަ އެކަނި ވިލާ ގެ މުވައްޒިފުންނެއް ނޫން. ބޭރު މެނޭޖްމަންޓް ތަކަށް ވެސް އެ ފުރުސަތު ލިބިގެން ދިޔައީ ހަމަ ގާސިމް ކަންތައް ކުރި ގޮޔް ފެނިފަ .

  23. އަލީ

    ސީދާ ނަގޫ ފިތި ބާރުވެފަ އޮތް ހިކަންޖެއް...ދެން ސޭޓުގެ އަންބިންކޮޅުގެ ސުކޫކު ވިއްކާލިޔަސް ސޭޓަކައް ހަމަ އެއްކަމެއްވެސް ނުކުރެވޭނެ. ހަމަ ރުހިގެން ހުންނަން ޖެހޭނީ...

  24. އަހްމަދު

    ގާސިމް ތިހުރި މަގާމުގަ ހުރެ ކޮވިޑް ގަ އެންމެ ފުރަތަމަ ވިލާ ގެ ވަޒީފާގަ ހުރި މުވައްޒިފުންނަށް ކަންތަށް ކުރި ގޮތުން ބިކަވީ ޓުވަރިޒަމް ދާއިރާގެ ކިތަށް އާއިލާ ކަން އިގޭތަ . ހަމަ އެކަނި ވިލާ ގެ މުވައްޒިފުންނެއް ނޫން. ބޭރު މެނޭޖްމަންޓް ތަކަށް ވެސް އެ ފުރުސަތު ލިބިގެން ދިޔައީ ހަމަ ގާސިމް ކަންތައް ކުރި ގޮޔް ފެނިފަ .

  25. ޖަމަލުފޮޑި

    ސޭޓް މިބުނަނީ ތެދެއބާ؟؟ މި ދިވެހި ރާއްޖޭއަށް ކޮވިޑް 19 އަށްވު ރެ ސޭޓްގެ ވަބާކަން ބޮޑު. ކޮވިޑް ރާއްޖެއިން ފެނުނު ވަގުތުންފެށިގެން ސޭޓް ފަގީ ރަކަށް ވެއްޖެ.މުއައްޒަފުން ބިކަހާލުގައި ޖައްސާފި. އެތައްބަޔަކު ނިކަމެތި ކޮއްފި ކިތައްމީހުންތޯ މުސާ ރަނުދީ ފޮނުވާލީ. ކިތައް މީހުން ނަށް މުސާ ރަނުދީ މަސައްކަތް ކު ރުވީ. ކިތައްމިލިޔަން ރުފިޔާގެ ޕޮ ރެޖެކްޓްތައް ރިސޯޓް ތަކުގަ ކު ރިޔަށްދިޔައީ. ސޭޓް ވިސްނާލަބަލަ މިދުވަހެއް އަދި ދައްކުވާނެ ވޯޓް ހޯދަންވީމާ ސަލާންޖަހާން ނާށިގަޑުހިފާގެން ދުވާނެ. ސޭޓްގެ ސްޓަ ރފުން ޖަވާބްދޭނީ ވޯޓުން. ސޭޓް ހޭލާހު ރެ ވޯޓްހޯދާން އަންނާތި. %15 ވެސް ސޭޓަށް ނުދޭނެ. އެންމެ ގާތުގާހުންނަ މީހާވެސް ވޯޓްނުދޭނެ . އިދެގެން އުޅޭ މަންޖެތައްވެސް ވޯޓް ނުދޭނެ

    4
    1
  26. މުހައްމަދު އަންޖުމް

    އާޗާ މީކޮންތާކުން ކިޔަވައިގެން އުޅޭ އިބިލީހެއް ތިޔަބުނި ވާހަކަޔަކުން ހީވަނީ މިހާރުގެ ކިޔަވާކުދިން ރޯނުބައިކޮށޭ ކިޔަވަމުން އެގެންދަނީ ތިޔާމޮޅަށް ކިޔެވިއިރު ކިޔަވާކުދިން ނަށް އެހީޔަކަށް ނުވަތަ ޞަދަގާތަކަށް ނަމަވެސް ތިޔަކިޔެ ވެލި ނިކަން ކިޔަވާދީބަލަ އާ އެހެންޏާފަހެ ކިނބޫ ހުވާކުރި ދުވަހުން ފެށިގެން އަދި ސޮއިކުރިދުވަހުންފެށިގެން އެވަނީ ދައުރުފެށިފަ ކަމެއް މިހިރަ ރޯނުއެދުރައް ހަމަނޭގުނުމީ ކިހާ ހުތުރުކަމެއް ވިޔަފާރިވެރިޔަކަށް އަދިނުވޭކަންނޭގެ ސަރުކާރު ދަވާލުމަކީ އަދި މީހާމަހުޖަނަކަށް ވުމެއްނޫން އެވީ ވަގުންގެ ރަސްގެފާނަށް ބަލަގަ ތިޔަގޮވެލިފަތި ނުގޮވާ މުވައްޒިފުންގެ މުސާރަތަށްދީބަލަ އެމީހުން މިއަދު އެތިބީ ވަޒީފާތަކުން ބޭރު ކޮށފަ ހަދާނެގޮތް ހުސްވެފަ އިބިލީހާ

  27. އޭކޭ

    ގާސިމް ވަރުގެ ޙަރާމް ޖާތާމީހެށް މުޅި ރާއްޖޭގަވެސް ނުހުންނާނެ ހަމަޔަގީނުންވެސް

  28. އެމަންޖެ

    އަދިފެނޭ ތަންކޮޅެއް ޅަކުއްޖަކާ އިންނަން.

  29. ސީނު

    ސޭޓު ފޮނުވަންވީ އަދުރޭ ކައިރިއަށް ހިސާބު ކިޔަވަން.

  30. ޖަނާޒާ

    އަހަރެންގެ ކައިވެއްޏަށް ވެސް އެއްއަހަރުތޯ؟ ވިދާޅުދެއްވާ. ހާދަ މޮޅުބޭފުޅެކޭ ޕްލީސް ގާސިންބޭ

    5
    1
  31. ހުސެން

    1 ދުވަސް ނުންތޯ ސޭޓު

  32. މާމިގިލިު ނޮވެމްބަރުު 19 2020

    ހޫ ދެންދޭ ހޯރަފުށީން އަދިއެއްފަކާހޯދަން ތަނެގާއަންހެކު ހުރިޔާތެޔޮއެޅޭތޯ ބަލާ ނުނީއެހެންދިމާލަކުހޯދާތިޔޮތީ މާތިރިނާރާ އެތިގަޑެ