ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު ކުޑަކުދިންގެ މައްޗަށް ދަޢުވާ ކުރުމުގެ ބަދަލުގައި ޑައިވަރޝަން ޕްރޮގްރާމެއްގައި އެކުދިން ބައިވެރިކޮށް، އިޞްލާހުކޮށް އަނބުރާ މުޖުތަމައުއަށް ގެނައުމަށް އިސްކަން ދެވޭނެ ކަމަށް ޖުވެނައިލް ކޯޓުން ވިދާޅުވެއްޖެއެވެ.

ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް އިއްޔެ ވަނީ އަމަލު ކުރަން ފަށާފައެވެ.

ޖުވެނައިލް ކޯޓުގެ ވެބްސައިޓްގައި މިއަދު ވިދާޅުވެފައި ވަނީ ޤާނޫނާ ޚިލާފުވާ، ޢުމުރުން 15 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންގެ މައްސަލަތަކުގައި ޢަމަލުކުރަންޖެހޭ ޚާއްޞަ އުޞޫލުތަކާއި، 15 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ޤާނޫނާ ޚިލާފު ޢަމަލުތަކަށް ހުށަހެޅޭ ކުދިންނާ އަދި ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންނާމެދު ޢަމަލުކުރާނެ ގޮތުގެ އުޞޫލުތައް މިޤާނޫނުގައި ބަޔާންކޮށްފައިވާކަން ފާހަގަ ކުރައްވައެވެ.

އެކޯޓުން ވިދާޅުވީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ ކުދިންނާއި ދަޢުވާ ކުރުމުގެ މަރުޙަލާގައި ތިބޭ ކުދިންގެ މައްސަލަތަކުގައިވެސް އެންމެ އިސްކަމެއް ދެވޭނީ، އެފަދަ ކުދިންގެ މައްޗަށް ދަޢުވާ ކުރުމުގެ ބަދަލުގައި ޑައިވަރޝަން ޕްރޮގްރާމެއްގައި އެކުދިން ބައިވެރިކޮށް، އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި މަސައްކަތް ކުރުމަށެވެ. އަދި ހަމަ އެއާއެކު، ދަޢުވާ ކުރަންޖެހޭ މައްސަލަތަކުގައިވެސް، ކުދިންގެ މަޞްލަޙަތަށް ރިޢާޔަތްކޮށް އެކުދިން އިޞްލާހުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމީ، މި ޤާނޫނު ތަންފީޛު ކުރުމުގައި އެންމެ އިސްކަމެއް ދޭންޖެހޭ ކަންތައްކަން ވެސް އެކޯޓުން ފާހަގަ ކުރެއެވެ.

"ކުޑަކުދިންގެ މައްސަލަތަކުގެ ޝަރީޢަތްތައް ހިންގުމުގައާއި، އަދަބު ކަނޑައެޅުމުގައާ އަދި ޙުކުމް ތަންފީޛު ކުރުމުގެ މަރުޙަލާގައިވެސް، ކުދިން ޕްރޮބޭޝަންގައި ނުވަތަ އިޞްލާޙީ ޕްރޮގްރާމެއްގައި ބައިވެރިކޮށް އެކުދިން ހެޔޮގޮތުގައި އަނބުރާ މުޖުތަމަޢަށް ގެނެސް، މުޖުތަމަޢުގައި ބިނާކުރަނިވި ދައުރެއް އަދާކުރާ ބަޔަކަށް ހެދުމީ، މި ޤާނޫނުގެ އެންމެ މުހިއްމު އެއް މަޤްޞަދުކަން ފާހަގަކުރެވެއެވެ." ޖުވެނައިލް ކޯޓުގެ ވެބްސައިޓްގައި ވިދާޅުވެފައި ވެއެވެ.

މި ޤާނޫނަށް ޢަމަލުކުރަންފެށުމަށްފަހު، ކުޑަކުދިން ކުރާ ޖިނާއީ ކުށުގެ މައްސަލަތައް ފުރަތަމަ މަރުޙަލާގައި ބެލުމުގެ އިޚްތިޞާޞް ލިބިގެންވަނީ، ޖުވެނައިލް ކޯޓާއި، ޖުވެނައިލް ކޯޓުގެ ސަރަޙައްދީ ޑިވިޜަންތަކަށެވެ.

މި ޤާނޫނު ތަންފީޛު ކުރުމުގައި ވާންޖެހޭ އެންމެހައި ތައްޔާރީތައް، ކަމާގުޅުން ހުރި މުއައްސަސާތަކާ ގުޅިގެން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ޖުވެނައިލް ކޯޓުން ގެންދަނީ ކުރަމުން ކަމަށް އެކޯޓުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. އެމަންޖެ

  އިސްލާހު ވެއްޖެ މިހާރު....ސާބަހޭ އަންނީ.

  8
  1
  • ބޯހަލާކު

   18އަހަރުންދަށަކީ ކުޑަކުދިންކަމަށްނިއްމަނީ ހުޅަގުގެ ކާފަރުން ﷲގެދީނުގަ އޮއްނަނީ ބާލިޣްވުން (ބޮޑުވުން)...ލާދީނީ ބައިގަނޑު ގައުމުއޮޔާގެންދާއިރުވެސް އިސްލާމިކް މިނިސްޓަރާ، ހޯމްމިނިސްޓަރާ އެމްއެންޑީއެފް ﷲގަންދީހުވާކޮއްގެންތިބެނީ ދެއްތޯ...ﷲމިގައުމުސަލާމަތްކުރައްވާށި..

  • މިސޮރު

   ަިސްލާހުވުމާއި ނުވުމަށް ބަލޭކަށް އަދި ނެތެއްނު...އެ އިއުތިތާފުވީ މީގެ ކުރިން އިސްލާހުކުރަން އެކަށީގެންވާ މަސައްކަތް ނުކުރާކަމަށް...އެފަދައިން އިއުތިރާފުވިޔަސްވެސް ހަގީގަތިގައި އިސްލާހުކުރުމަށް އެއްވެސް މަސައްކަތެއް އަދި މިހާތަނަށް ކޮށްފައެއް ނެތް...މުޖުތަމައުގައި ހުރި އެއްވެސް މައްސަލަތައް ހައްލުކުރުމުގެ ބަދަލުގައި ހުރިހާ ސަރުކާރަކުންވެސް މަސައްކަތްކޮށްފަ ހުރީ ތިމަންމެންމީ ކުށްކުރުމާ ދެކޮޅު ބައެއްކަން ރައްޔިތުންނަށް ދެއްކުމަށްޓަކައި ކުށަށްހުށަ އަޅުވާފާ އަދަބުތައް މަޖުބޫރުކޮށް ޖީލުތައް ފަސާދަ ވާނެ މިސްރާބަށް...އެއްވެސް ހާލެއްގައި ކުށްކުރުމުގެ ކުރިން ހުއްޓުވުމާއި ކުއްތަކާއި ދުރު ކުރުމަށްޓަކައި ކުށަށް ހުށްއެޅޭ ސަބަބުތައް ނެތިކޮށްލުމާއި ރައްޔިތުންގެ ރޫހާނިއްޔަތާއި ހޭލުންތެރިކަން ވަރުގަދަކޮށް އަޚްލާގީ ސިފަތައް އަށަގެންނެވުމަށް އެއްވެސް މަސައްކަތެއް ކޮށްފަވާތީ ފެންނާކަށްނެތް...މި ސުރުހީ އަކީވެސް އޭގެ ނަތީޖާގައި ޖީލެއްގެ ރޫހާނިއްޔަތު ފުނޑުފުނޑު ކޮށްލުމެއް...

 2. ައަހުމަދު

  ދެން އެހެންވިއްޔާ ތިކިޔާ ކުޑަކުއްޖެއް މީހެއްގެފުރާނަ ދުއްވައިލަންވެސް ފަހެއްނުޖެހޭނެތާ ދޯ އަނބުރާ މުޖުތަމައުގެތެރެއަށް އާދެވޭނެކަމުގެ ގެރެންޓީ އެބައޮތްވިއްޔާމުން . މިހާރުވެސް ތިކިޔާކުޑަކުދިން އެކިކުއްކުރުމުގައި އެބަބައިވެރިވޭވިއްޔާ .މިޤައުމަކީ ވަރަށް އާދަޔާޚިލާފް ޤާނޫން އޮންނަ ޤައުމެއް.

  • 😞

   ޔާﷲ

 3. ހަމްދު

  ހޯރަ އިއްބެކައިރިއައްތަ އިސްލާހު ކުރަން ވައްދަނީ!

 4. Anonymous

  ކޮންމެ ގޮތެއްވިޔަސް ޔަގީން ނުވަނިސް ތަހުގީގު ކުރަން ވެސް ކުދިން ޖަލުގަ ބައިތިއްބާ އެހާ އަނިޔާ ކުރޭ. އަންނަ އިރު ހުންނަނީ މީހާ ނަފްސާނީވެފަ. އެ ވަރިހަމަ މައްސަލައިގަ ބައިވެރިވުމެއް ނެތަސް. ފަހު ވަގުތު ބުނަނީ އަނިޔާ ކުރީ އެއްބަސް ކުރުވަންށޭ. މި ކިހާ ދެރަ ކަމެއް. މިއީ ވެސް ރަނގަޅު ކުރަން ޖެހޭ ކަންކަން. އަހަރެން ނުބުނަން ޖަލަށް ނުލާށޭ، އެކަމަކު މައްސަލައެއްގެ ތަހުގީގުގައި 8 އަހަރު 10 އަހަރު ބައިންދާފަ ފަހު ވަގުތު ސާބިތު ނުވާކަމަށް ނިންމުމަކީ ބަންދުކޮށްފައި އިންނަ މީހާއަށް ވެސް ދެވޭ ވަރަށް ބޮޑު ދެރައެއް!!!

 5. އެސޮރު

  ކޮންމެ ގޮތެއްވިޔަސް ޔަގީން ނުވަނިސް ތަހުގީގު ކުރަން ވެސް ކުދިން ޖަލުގަ ބައިތިއްބާ އެހާ އަނިޔާ ކުރޭ. އަންނަ އިރު ހުންނަނީ މީހާ ނަފްސާނީވެފަ. އެ ވަރިހަމަ މައްސަލައިގަ ބައިވެރިވުމެއް ނެތަސް. ފަހު ވަގުތު ބުނަނީ އަނިޔާ ކުރީ އެއްބަސް ކުރުވަންށޭ. މި ކިހާ ދެރަ ކަމެއް. މިއީ ވެސް ރަނގަޅު ކުރަން ޖެހޭ ކަންކަން. އަހަރެން ނުބުނަން ޖަލަށް ނުލާށޭ، އެކަމަކު މައްސަލައެއްގެ ތަހުގީގުގައި 8 އަހަރު 10 އަހަރު ބައިންދާފަ ފަހު ވަގުތު ސާބިތު ނުވާކަމަށް ނިންމުމަކީ ބަންދުކޮށްފައި އިންނަ މީހާއަށް ވެސް ދެވޭ ވަރަށް ބޮޑު ދެރައެއް!!!

 6. ސަނައްޓޭ

  ދެން ބަލާނީ ކުޑަކުދިން ބޭނުންކޮށްގެން ހުރިހާ ޖަރީމާއެއް ހިންގަ ން

 7. ކޮމެންޓު

  މައްސަލަ ބަލާ ހުކުމް ކޮށްފަ ހުކުމް ތަންފީޒު މަރުހަލާގަ ތި އިސްލާހީ ޕުރޮގުރާމް ހިންގަބަލަ. މައްސަލައަކަށް ވަނީ ތިޔަ އިސްލާހީ ޕުރޮގުރާމްތައް ނަމަކަށް ހިނގާފަ ޖަލުގަ އިތުރަށް ނުބައިވެގެން ނުކުންނަނީ މިހާރުވެސް. މިކަހލަ އިޖުތިމާއީ ކަންކަމަކަށް ބަޖެޓެއް ނުލިބޭ 100 މީހުން ބޭނުން ކުރަން އެއަރޕޯޓޫ ހެދޭތޯ ބަލަނީ

 8. ޢަލީ

  ޑައިވަރޝަން ލީޕްރޮގްރާމު ހިންގަން ބޭނުންވާ ވަސީލަތްތައް ހުރިތޯ ޖުވެނައިލް ކޯޓުން ސާފުކޮށް ދެއްވާ؟