އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ވިހަން ދިޔަ މާބަނޑު އަންހެނަކަށް ބިދޭސީ ޑޮކްޓަރެއްގެ ފަރާތުން ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.

މާބަނޑު އަންހެން މީހާގެ ދައްތަ "ވަގުތަށް" ބުނީ ކޮއްކޮ ހޮސްޕިޓަލަށް ގެންދެވުނީ މިދިޔަ ހޮނިހިރު ދުވަހުގެ ވަގުތެއްގައި ކަމަށާއި އެ ދުވަހުގެ ހަވީރުން ފެށިގެން ގާތްގަނޑަކަށް ނުވައެއް ޖެހުމާ ހަމައަށް ވިއްސާ ކޮޓަރީގައި ބާއްވާފައިވާ ކަމަށެވެ. އެ ގަޑީގައި ޑޮކްޓަރު ހޮސްޕިޓަލްގައި އުޅުނު ނަމަވެސް ކޮއްކޮ ކައިރި އަށް އައީ ދަންވަރު 1:22 ހާއިރު ކަމަށް އޭނާ ބުންޏެވެ.

"އެތަނުގައި އެވަގުތު ތިބި ނަރުހުންވެސް ބުނި ވިހާނެއޭ، އަދި ކުޑައިރު ކޮޅަކަށް މަޑު ކޮށްލަން. ވިހާ ތަދޭ އެވަނީ. ނަރުހުން އެގޮތަށް ބުނެ ބުނެ ތިއްބާ ޑޮކްޓަރު އައިސް ގަދަކަމުން ވިއްސަން ބަނޑަށް ފިއްތާލަނީ،" މާބަނޑު އަންހެން މީހާގެ ދައްތަ ކިޔައި ދިނެވެ.

އެ އަންހެން މީހާ ބުނީ، ކުއްޖާ އެގޮތަށް ނަހަދަން އާދޭސް ކުރި ނަމަވެސް އެތަނުގައި އެވަގުތު ތިބި ނަރުހުން ވެސް މާބަނޑު މީހާގެ ބަނޑަށް ނުފިއްތުމަށް ބާރު އެޅި ކަމަށެވެ. އޭގެ ފަހުގައި އެ ތަނަށް ގެނައީ އެ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ކުޑަކުދިންގެ ޑޮކްޓަރެކެވެ.

އެކަމަކު، އެ ޑޮކްޓަރު ވެސް އަންހެން މީހާއާ ކައިރިއެއް ނުވެއެވެ. އެންމެ ފަހުން، އަންހެން މީހާ ވިއްސީ އެހެން ޑޮކްޓަރެއް ގޮހެވެ.

އާއިލާއިން ބުނީ އަންހެން މީހާ ވިއްސުމަށް ފަހު އެ ޑޮކްޓަރު ދިޔަ ވަގުތަކީ މާބަނޑު މީހާ އޮޕަރޭޝަން ތިއޭޓަރަށް ވައްދަން ދިޔަ ވަގުތެއް ކަމަށެވެ.

"ޑޮކްޓަރު އައިސް ވިއްސީ. އޭރު އޮތީ ތިއޭޓަރަށް ވައްދަން ތައްޔާރު ކޮށްފައި. އަދި އޮތީ ވަރަށް ބޮޑަށް އެތަން ފަޅާފައި. ދެން އެތަނުގައި ބާއްވާފައި އެއްބައި ފެހީ. އެތަން ފެހީވެސް އައްސި ކޮށްފައި. އަނެއް ބައި ފަހަން މި ގެންދިޔައީ ތިއޭޓަރަށް. އޭގެ ފަހުން އަނެއްކާ ހޭނެއްތާފަ ފެހީ" އޭނާ ކިޔައިދިނެވެ.

އާއިލާ އިން ބުނި ގޮތުގައި ފުރަތަމަ މާބަނޑު މީހާއާ ހަވާލުވި ޑޮކްޓަރު ލޭ އަޅަން ނުޖެހެނީސް ޓެސްޓް ނުކޮށް ލޭ ވެސް އެޅި ކަމަށެވެ.

އާއިލާއިން ބުނީ، އެ ޑޮކްޓަރު ބޭރަށް ނުކުމެ މާބަނޑު އަންހެން މީހާގެ ބޭބެ ކައިރީ "ވަރަށް ސޮރީ" މިފަދައިން ބުނި ކަމަށާއި އަދި އެއްކޮށް އަންހެން މީހާ ރަނގަޅުވުމަށް ހަ މަސް ދުވަސް ނަގާނެ ކަމަށް ބުނެފައިވާ ކަމަށެވެ. އޭނާ އެފަދައިން ބުނެފައިވަނީ އަންހެން މީހާ ވިއްސުމަށް ފަޅަން ނުޖެހޭ ވަރަށް ފެޅުމުގެ ސަބަބުން ކަމަށް އާއިލާއިން ވަނީ ތުހުމަތު ކޮށްފައެވެ.

އެނގިފައިވާގޮތުން، އެ ޑޮކްޓަރަކީ ހދ، ކުޅުދުއްފުށީ ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން އައި އަންހެނުންގެ ހާއްސަ ޑޮކްޓަރެއް ކަމަށާއި އޭނާ އަކީ އެތަނުގައި މަސައްކަތް ކުރަމުން އައި އިރު އެކި ކަހަލަ މައްސަލަތައް ދިމާވެގެން އެތަނުން ފޮނުވާލާފައިވާ ޑޮކްޓަރެއް ކަމަށެވެ.

މި މައްސަލަ ހޮސްޕިޓަލުން ބަލަމުން އަންނަ ކަމަށް އާއިލާއިން ވަނީ މައުލޫމާތު ދީފައެވެ. އެނގިފައިވާގޮތުން ހޮސްޕިޓަލުން ވަނީ އަންހެން މީހާ ވިއްސި ޑޮކްޓަރުގެ ބަޔާނާއި ނަރުހުންގެ ބަޔާނުގެ އިތުރުން އެތަނަށް ހާޒިރުވި ކުޑަކުދިންގެ ޑޮކްޓަރުގެ ބަޔާންވެސް ނަގާފައެވެ.

ނަމަވެސް މިކަމާ ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް "ވަގުތު" އިން ހޮސްޕިޓަލާ ގުޅުމުން ފޯނަށް ޖަވާބެއް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. Anonymous

    ޑރ ޢަހުމަދަކީ ދިވެއްސެއް ނޫން އެއީ ބޭރު ޑރ އެއް

    44
  2. ޙސހސހ

    ތިޔަ އަނިޔަދިން ޑޮކްޓަރު ފޮނުވާނުލެވިގެން ސަރުކާރަށް ތިއުޅެނި ގެރި އިންޑިޔަގެ މީހެއް ވީމަތޯ. ޢިންޑިޔާ މީހެއްވެއްޖެޔާ ލަހިކެއްނޫން ފިޔަވަޅެއް އަޅާކަށް.

    75
    1
  3. ޙަޤީޤަތް

    ޚަބަރެއް. ކުޅުދުއްފުށީ ކޮޗިން ފެރީ އޮތީ ހުއްޓިފަ. އަގު ހެޔޮ ސިމެންތި ނުލިބޭ. ފެރީ ކެރޭނު ހަލާކުވެފަ ޔޯ. އެހެންވެ ނުބޭލެނީ ޔޯ

    51
    4
    • މީހާ

      ކުޅުދުއްފުށީ ހޮސްޕޮޓިލްގަ ތިބޭނި ތިކަހަލަ ވިޔާނުދާ ޑޮކްޓަރުން
      ނަމުން ރީޖަނަލް ކަމަށް ސުމެއް

      12
      6
  4. ައަހުމަދު

    ކިތައްމެ ރީއްޗަށް މޮޅަށް ތަނެއް ހަދާފަ ހުރިޔަސް އެތަނަކުން ރައްޔިތުންނަށް ކުރަނީ ކޮން ފައިދާއެއް؟ ރީތި ހޮސްޕިޓަލެއް އަޅާ މޮޅު ނަމެއް ކީމަ އަދި ނުނިމޭ.

    61
  5. ﷲގެ އަޅާ

    މިހެންވެ އޭ ޖާނާ މާލު ވިއްކާލާފާވެސް މާލެ އަށް ގަނަ ތެޅެން އަހަރުމެން "ރާއްޖެތެރޭ މީހުން" ދާން ޖެހެނީ

    84
    2
  6. ގެރި

    މީ ހުސް މި ސަރުކާރުގެ ބަލާވެރިކަން. ޖޫރިމަނާކޮށް އެވަރުން ނުވެގެން ރައްޔިތުން ނޮޅާކަނީ

    55
    6
  7. އެޖެންޑާ ކުޑަ ކަހަނބު

    ދެން ޖަނަވާރުތައް މިކަން ރައީސް ޔާމީން އިސްތަށިފުޅުގަ އެޅުވީމަ ނިމުނީ

    57
    9
  8. ބަކަރިފުޅު

    އޭމް ނޮޓް ސަޕްރައިޒްޑ. ވީ ސީ ދީސް ކައިންޑް އޮފް އެނިމަލްސް އިން ޖަޒީރާ ރާއްޖެ

    46
    2
  9. ވިސްނާލުމަށް އެދެމޭ

    އިންޑިއާ ޑޮކްޓަރެއްވެއްޖެއްޔާ ނުބެލޭނެ މައްސަލައެއް...ކުއްވެރިވާނީ މާބަނޑުމީހާ. .އާއިލާއިން ދޮގުހެ ދިކަމަށްވާނީ...

    56
    1
    • ޙ

      މިސުރު މީހެއް

      8
      4
      • ސަމް

        ނޭގޭ ހާލުގަ ދޮގު މައުލޫމާތު ނުފަތުރާ!

        7
        1
  10. ޖުމައިނާ

    ނުވާނެ އެއްވެސް ކަމެއް.ދެން ބަދަލުކުރާނީ އައިޖީއެމްއެޗް އަށް އެ ޑޮކްޓަރ.މީ ކަންހިގާގޮތް.

    36
  11. ޖުމައިނާ ދާއޫދު

    ނުވާނެ އެއްވެސް ކަމެއް.ދެން ބަދަލުކުރާނީ އައިޖީއެމްއެޗް އަށް އެ ޑޮކްޓަރ.މީ ކަންހިގާގޮތް.

    26
  12. މާބަނޑު މީހާ

    ޑރ ގެނަން ޖެހިނަމަ ވަރަށް ރަންގަޅުވީސް

    32
    3
    • ޙ

      މިސުރު މީހެއް. ޖޯސެފް ކިޔަނީ

      16
      1
  13. ހަސަނު

    ޕުރޮޓޮކޯލް ނެތީތަ

  14. Anonymous

    ބަޔާން ނަގާލީމަ ނިމުނީ. ތީ ހެލްތް މިނިސްޓްރީން ޒަމާނުއްސުރެ ހިންގަމުންގެންދާ ޖަރީމާއެއް. ރ.އުނގޫފާރުގައި އަންހެނުންގެ ޚާއްސަބަލިތަކަށް ހުރި މީހާގެ މައްސަލަތައް ދިމާވެގެން އެރަށުން ބޭލީމާ އަނެއްކާ އަނެއް ރަށަށް. ރަށްރަށަށް ތިކަހަލަ ތާކުންތާކު ނުޖެހޭ މީހުންފޮނުވަނީ އިއްޔެއަކު މިއަދަކު ނޫން. ދެން އޮތީ ރައްޔިތުން ނިކުމެ ރަށުން ބޭލުން. އަދި ތިޔަމީހާގެ ވަނަވަރު ސޯޝަލް މީޑީއާއަށް ލާ އެހެން ރަށްރަށު މީހުންގެ ސަމާލުކަމަށް ގެނައުން. ތިކަހަލަ ޑޮކްޓަރުންނަށްވުރެ މީޑްވައިފް ކޯސް ރާއްޖެއިން ފުރިހަމަ ކޮށްފަ ތިބޭ ދަރިވަރުންވެސް މާކުޅަދާނަވާނެ.

    37
  15. ާައައިމިނެ

    ބަޔާން ނަގާލީމަ ނިމުނީ. ތީ ހެލްތް މިނިސްޓްރީން ޒަމާނުއްސުރެ ހިންގަމުންގެންދާ ޖަރީމާއެއް. ރ.އުނގޫފާރުގައި އަންހެނުންގެ ޚާއްސަބަލިތަކަށް ހުރި މީހާގެ މައްސަލަތައް ދިމާވެގެން އެރަށުން ބޭލީމާ އަނެއްކާ އަނެއް ރަށަށް. ރަށްރަށަށް ތިކަހަލަ ތާކުންތާކު ނުޖެހޭ މީހުންފޮނުވަނީ އިއްޔެއަކު މިއަދަކު ނޫން. ދެން އޮތީ ރައްޔިތުން ނިކުމެ ރަށުން ބޭލުން. އަދި ތިޔަމީހާގެ ވަނަވަރު ސޯޝަލް މީޑީއާއަށް ލާ އެހެން ރަށްރަށު މީހުންގެ ސަމާލުކަމަށް ގެނައުން. ތިކަހަލަ ޑޮކްޓަރުންނަށްވުރެ މީޑްވައިފް ކޯސް ރާއްޖެއިން ފުރިހަމަ ކޮށްފަ ތިބޭ ދަރިވަރުންވެސް މާކުޅަދާނަވާނެ.

    20
  16. ޯބޯޖަލީލު

    ކެރަފާ ނަސީމުގެ ތަފާތު މިފެނުނީ ހާދަ އަވަހަކަށް

  17. ޢައިބާ

    ކަމުނުގޮސްގެން މަސްސަލަ ޖެހިފައިވާ ޑރ އަކު އެހެން ހޮސްޕިޓަލަކަށް ފޮނުވުން ތިޔައީ ހެލްތްމިނިސްޓްރީގެ ވަރަށް ބޮޑުު އިހުމާލެއް ، ތިކަން ބަލާ އިރު މިނސްޓްރީން މިކަންކުރިފަރާތްތަކަށްވެސް ފިޔަވަޅު އަޅަންވާނެ ، ޑރ އަކު ކަމުނުދާނަމަ ވަޒީފާއިން ވަކިކޮއްފައި ފޮނުވާލަންޖެހޭނީ

    14
  18. ގޮތް ނޭގޭ

    އޭ އީ އެޗް އަކީ ވަރައް ފަރުވާ ކުޑަ ތަނެއް. ތިތަނައް ދިޔައިޔާ ގިނަފަހަރައް ތިކަހަލަ ކޮއްމެސް މައްސަލަ އެއްގަ އިތުރު ގެއްލުމެއް ލިބިގެން އަބުރާ ދާން ޖެހެނީ. އަހުމަދައް މުހައްމަދައް ދެއްކިޔަސް ވަނީ ހަމަ އެއް ގޮތެއް.

    11
  19. ކަމަނަ

    ހޮސްޕިޓަލް ބޮޑުކަމުން ތިމީހުންނަށް މިހާރު ތިތާގެ ވާއެއް ނުވާ އެއް ނޭގޭ..ކުރީގެ ބާ ހޮސްޕިޓަލުން މާ ރަނގަޅަށް ހިދުމަތް ލިބޭ..