ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުﷲ ހަކީމް ވިދާޅުވެއްޖެެވެ.

މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި ޝަހީމް ވަނީ ށ.ފޭދޫގެ އަމަން ބަލަހައްޓައި ދިނުމަށް ފުލުހުން ބައިތިއްބާ ދިނުމަށް ތަކުރާރުކޮށް އެދުމުން އެކަން ނުކޮށްދޭތީ ހިތްހަމަނުޖެހުން ފާޅު ކުރައްވައިފައެވެ.

އަދި އެ ރަށުގައި ހިނގަމުންދާ ނުރައްކާތެރި ބައެއް ކަންކަމާ ގުޅިގެން ހޯމް މިނިސްޓަރަށް ތަކުރާރުކޮށް ގުޅުއްވި ނަމަވެސް ފޯނަށް ޖަވާބު ނުދެއްވާކަން ޝަހީމް ފާހަގަކުރެއްވިއެވެ.

އެހެންކަމުން ސިޔާސީ ބޭނުމަކަށްޓަކައި އިމްރާނަށް އިތުބާރު އޮތް ކަމަށް ބުނެ މަޖިލީހުގައި ވާހަކަ ނުދައްކަވާނެ ކަމަށާއި އެންމެންނާ މެދުވެސް ހަމަހަމަ އުސޫލު ހުރިހާ އެންމެންނާ މެދު ވެސް އޮންނަން ވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި ކަނޑިތީމު ދާއިރާގެ ގިނަ ރައްޔިތުންނާއި އޭނާގެ އިތުބާރުވެސް ހޯމް މިނިސްޓަރަށް ނެތް ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވަނީ ށ.ފޭދޫގެ ހާލަތު އިމްރާން އަށް އެނގިވަޑައިގަންނަވާ މިންވަރާއި މެދު ސުވާލު އުފައްދަވައިފައެވެ.

" އެކަން އަންގައި ދިނުމުގެ ގޮތުން ކައުންސިލުން އެތައް ކަމެއް ކޮށްފި. ޖަވާބުދާރީއެއް ނުވި. ރޯމާ ދުވާލު ވަޅި ހިފައިގެން ބިރު ދައްކަމުން ތަކުރާރުކޮށް މިކަން ހައްލު ކުރުމަށްޓަކައި އަޅުގަނޑުމެންނަށް މި ވާހަކަތައް ދެއްކިއްޖެ. މިއަދާ ހަމައަށް އައި އިރުވެސް އަޑު އަހާނެ އެއްވެސް ފަރަތެއް ނެތް. ހޯމް މިނިސްޓަރުގެ ކަންފަތެއް ވެސް ނެތް." ޝަހީމް ވިދާޅުވިއެެވެ.

ހޯމް މިނިސްޓަރަކީ ކަންކަމުގައި އާއްމުންގެ އަޑު އައްސަވާ ބޭފުޅެއް ނޫން ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

އަދި ކަނޑިތީމު ދާއިރާގެ ރައްޔިތުން، ޚާއްސަކޮށް ފޭދޫގެ ރައްޔިތުން ތިބީ އިމްރާން އާ މެދު ނުރުހުންވެފައި ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.

ޝަހީމް މިފަދައިން ވިދާޅުވެފައި ވާއިރު، މަސްތުވާތަކެއްޗާއި، ފޭރުމާއި، ވައްކަމުގެ މައްސަލަތައް އިތުރުވެ އެފަަދަ މައްސަލަތަކާއި ދެކޮޅަށް ށ. ފޭދޫ ރައްޔިތުން ނުކުމެ ވަނީ މުޒާހަރާވެސް ކޮށްފައެވެ.

އެ ރަށު މީހުން ބުނާގޮތުގައި، އެރަށުގައި މަސްތުވާތަކެތީގެ ވިޔަފާރި ވަރަށް ފުޅާކޮށް ކުރެއެވެ. އަދި ދާދި ފަހުން ވެސް އެރަށުގައި ކަތިވަޅި ހިފައިގެން ގޮސް ގެއަކުން ވައްކަން ކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ލަނޑަޔާ ވާނީ ލަނޑަޔާ

  2. އެދުރުބެ

    މިއޮންހާ ދުވަހު އިނދެގެން އުޅުނުމީހާވެސް އެސިޔައީ އިތުބާރުގެއްލިގެން ވީއިރު އަހަރެމެންކިހިނެއް އެނަޔަށް އިތުބާރުކުރާނީ ތިޔަށްވުރެ އަނގަ ގިނަމީހެއް މިދުމިއޭގަވެސް ނުހުންނާނެ