މާލޭ ދެކުނު ފަރާތު ފަޅުތެރެއިން ނިޔާވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ މާލޭ ފަޅުތެރޭ މޫދަށް މީހަކު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު މިއަދު 09:43 ކަންހާއިރު ފުލުހުންނަށް ލިބިގެން އޭނާ އައިޖީއެމްއެޗްއަށް ގެންދިޔަ ކަމަށެވެ.

ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ ނިޔާވެފައިވާ ކަމަށް އޭނާ ބެއްލެވި ޑޮކްޓަރު ވަނީ މައުލޫމާތު ދެއްވާފައެވެ.

ނިޔާވެފައި އޮއްވާ ފެނުނީ އުމުރުން 58 އަހަރުގެ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ އިތުރު މައުލޫމާތުތައް ލިބެމުންދާ މިންވަރަކުން މީޑިއާތަކާއި މައުލޫމާތު ހިއްސާކުރަމުން ގެންދާނެ ކަމަށެވެ.

މިދިޔަ މަހު ވެސް އައިޖީއެމްއެޗް އާއި ދިމާ މޫދުން ނިޔާވެފައި އޮތް ޒުވާން ދިވެހި ފިރިހެނަކު ފެނުނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އިސްރަށްވެހިން

    ކަންބޮޑުވާ ދަރަޖައަށް މިހާރަކަށް އައިސް ގޮތް ނޭގޭ މަރުތައް ގޭގޭގެ ބެލްކަނިން ދުވަސް ވީ މީހުން ވެއްޓި މަރުވަނީ މޫދުގައި މަރުވެފައި އޮތްވާ މީހުން ފެންނަނީ މީ ގުދުރަތީމަރުތޯ މީހުން ގަސްދުގައި ކުރާ ކަމެއްތޯ ބަލަން ޖެހޭ ތަހުގީގަށް ވާގޮތެއް ނޭގޭ މަރުގެ މައްސަލާގައި ބެލްކަނިން ފުންމާ ނުލެވޭ ވަރު ވާ މީހުން ބެލެކަނިން ވެއްޓުން މިއީ އަޖައިބެއް މިސާލު ޑޮކްޓަރު ޑީޑީގެ ބައްޕަގެ މަރު އަދި މިއަހަރު ބެލްކަނިން ވެއްޓުނު މީހާ ... މަސްހޫރު މީހުން ނުވީމާ މިމަރުތައް ނުބެލޭ

    24
    • ކުޅަދުރުހަތާ

      މިހާރު މައްސަލައަކަށް ނުވާނެ. މިސަރުކާރު އެއަށްވުރެ އޯގާތެރި. ކާޕެޓެއް ވެންޓިލޭޓަރެއް ކިޔާނެ ކަމެއްނެތް. އޯގާތެރި ކަމާއިއެކު އެއްޗެއްވިއްޔާ ދިރުވާލާނެ

      13
      2
  2. ޢަހަންމާ

    މި ސަރުކާރު ފެށީންސުރެއް މޫދަށް މަރުވާ މީހުން ގިނަކަން ވަރަށް ފާހަގަ ވޭ . ޢިންޑިއާ ސިހުރެއް މީ

    18
    4
  3. ދަލާސްޓް

    މޫދުގަ ހުރި މަސްތައް އެ މީހާގައިން ތަނެއް ކާލާފަ ހުރި ތޯ ޕޯސްޓް މޯޓަ މް ހަދަން ފެނޭ.

    21
  4. ޥާލުސޮރު

    ޢެވާނީ ފުލުހުން ކުރިކަމަކަށް

    13
    2
  5. ގޮނޑި ކޮއްކޮ ސަރުކާރު

    އިންޑިއާ މީހުން ގިނަވި ވަރަކަށް ގޮތް ނޭންގޭ ތިޔަކަހަލަ ހާދިސާތައް ހިނގާނެ. ބޭނުމަކީ ގައުމު ނުރައްކަލަކަށް ވައްޓާލުމާއި ޓެރަރިޒަމްގެ ކަންތައް އޮތްކަން ދުނިޔެއަށް ހާމަކޮށްދިނުން. ގައުމެއްވާ ނެތޭ.

    21
  6. ރައްދު

    މަރުތައް ބަލާ ކޮ މިޝަން ކޮބައިތަ. ގޮތްނޭނގޭ މަރުތަކާއި
    މަކަރާއި ހީލަތްހެދުމ މާއި ފޭރުން ޢާއް މުވެ ބިރުވެރިކަން
    ފެތުރެ މުންދާއިރު ވެރިކަ މަށް އައީ މިކަން ކަން ހުއްޓުވައި ކުށްތަކަށް 0 ޓޮލަރެންސް ދޭނެ ކަ މުގެ ވައުދާއެކީގައެވެ.

    23
    • ނިދަންމިޔަރު

      އެއީ ބޮޑު މުސާރަކައިގެން ނިދަން ތިބޭބައެއް..

  7. ކޮވިޑް

    މި ގޮތް ނޭގިވާ މަރުތަކުގެ ޒިންމާ ނަގަން ޖޭހޭނީ މިދިޔަ ސަރުކާރުން ދެއްތޯ؟