ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދު ހޯދަން ރާއްޖޭގެ ނޫހެއް ކަމަށްވާ "ދިޔަރެސް" ނޫހުން، ޑިފެންސް މިނިސްޓްރީގައި އެދުމުން އެ މައުލޫމާތު ހިއްސާކުރަން ދެކޮޅު ހެދި މައްސަލަ އާއި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅި ޝަކުވާ ވެސް މިނިސްޓްރީއާ އެއްކޮޅަށް ނިންމުމުން އެކަން ހައި ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހޯދަމް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހެޅީ "ދިޔަރެސް" ނޫހުގެ ނޫސްވެރިއާ އަހުމަދު އަޒާންއެވެ. އެ މައްސަލައިގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ތިން އަޑުއެހުމެއް ވެސް ބޭއްވިއެވެ. ނަމަވެސް މި މައުލޫމާތު ހިއްސާ ކުރުމަކީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ މައުލޫމާތެއް ކަމަށް ބުނެ ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން މިހާރުވެސް ތިބި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް ތިބި މިންވަރަށް ކަމަށް މި ސަރުކާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ ވިދާޅުވެފައެވެ. ނަމަވެސް ކުރީ ސަރުކާރުގައި ތިބި އިސް ބައެއް ބޭފުޅުން އެކަން ދޮގުކުރައްވައެވެ.
މި މައްސަލައިގެ ބޭއްވި ފުރަތަމަ އަޑުއެހުމުގައި އިންފޮމޭޝަން ކޮމިޝަނަރާއި ޑިފެންސް މިނިސްޓްރީގެ ބޭފުޅުން ބައިވެރިވީ ސިއްރުކޮށްގެން ކަމަށް ވާއިރު އޭގެ ފަހުން އިންފޮމޭޝަން ކޮމިޝަނަރާއި ޑިފެންސް މިނިސްޓްރީގެ ބޭފުޅުން އާންމުކޮށް ހުޅުވާލައިގެން ވެސް ބައްދަލުވުމެއް ބާއްވާފައިވެއެވެ.
މި މައްސަލައާ މެދު ގޮތެއް ނިންމަން، ބޭއްވި އަޑުއެހުމުގައި އެމްއެންޑީއެފުން ވަނީ ދިޔަރެސް ނޫހުން އެދިފައިވާ މައުލޫމާތު ހާމަކޮށްފި ނަމަ ގައުމީ ސަލާމަތަށް ނުރައްކާވެ އިންޑިއާ އާއި ރާއްޖެއާ ދެމެދުގައި އޮތް ގުޅުމަށް ބުރޫ އަރާފާނެ ކަން ހާމަކޮށްފައެވެ.
އަދި އިންފޮމޭޝަން ކޮމިޝަންގެ އޮފީހުން ނިންމާފައި ވަނީ މި މައްސަލައިގައި ބޭއްވި އަޑުއެހުންތަކުގައި ކަމާ ގުޅޭ ފަރާތްތަކުން ދެއްކި ގާނޫނީ ހުއްޖަތްތަކަކީ ބަލައިގަނެވޭނެ ހުއްޖަތްތަކެއްގެ ގޮތުގައެވެ. ނަމަވެސް މި ނިންމުމާ މެދު ދިޔަރެސް އިން ހިތްހަމަ ނުޖެހޭނަމަ އިސްތިއުނާފަށް ހުށަހެޅުމުގެ ބާރު ގާނޫނުން ދީފައިވާނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ފާހަގަކުރެއެވެ.
ޑިފެންސް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ސިމާހު ވިދާޅުވީ އަޒާން އެ މައުލޫމާތު ހޯދަން އެދުމާއި އެކު އެ މިނިސްޓްރީން ވާނީ މިކަމުގެ މައުލޫމާތު ހާމަކުރެވެން އޮތްތޯ ސިފައިންގެ ލަފާދޭ މަޖިލީހަށް ހުށަހަޅާފައި ކަމަށާއި، އެމަޖިލީހުން މި މައުލޫމާތު ހާމަކުރުމަށް ދެކޮޅު ހަދާފައިވާ ކަމަށެވެ.
މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތެއް ހާމަނުކޮށްގެން އިންފޮމޭޝަން ކޮމިޝަނަށް ހުށަހެޅި މައްސަލައެވެ.
ބަލަ ސަރުކާރު އޮތީ މަސްހުނި ގަނޑަ ކަށްވެފަ ، ކޯޓް ކީއްކުރަން ކޮން މެ ތަނަކަށް ދިޔަޔަސް މައްސަލަ ނި މޭނީ ރީދޫ ކުދިން ބޭނުންވާ ގޮތަށް ތިންބާރު އެކުވެ މަސްހުނި ގަނޑަކަށް ވެފަ މިއޮތީ
ގަދަ
އިބޫ އޮތީ މޯދީގެ އަންބޮނޑި ތެރޭ ފިތި ބާރުވެފަ
ރަގަޅު ވާހަކައެއް
އިންޑިއާ ކިތައް ސިފައިން؟ ކިތައް ނަރުހުން ؟ކިތައް ޑޮކްޓަރުން ؟ކިތއް ޓީޗަރުްން ؟