ރާއްޖޭގެ ކޮލެޖުތަކާއި ޔުނިވާސިޓީގެ އެކި އެސައިންމެންޓްތައް ފައިސާ ދީގެން ހައްދާ މައްސަލަ ހުއްޓުވަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ފުލުހުންނާއެކު މަޝްވަރާ ކޮށްފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހިމް ހަސަން މިއަދު ވަނީ އެކަމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އާ މަޝްވަރާ ކޮށްފައެވެ.

އެ މަޝްވަރާ ބައްދަލުވުމަށްފަހު ހަޔާ އެޑިއުކޭޝަނުން ކުރި ޓްވީޓެއްގައި ވިދާޅުވީ، އަގަށް އެސައިންމެންޓް ހަދާ ދޭ މައްސަލައަށް ހައްލެއް ހޯދުމަށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި މިހާރު ހެދިފައި ހުރި ގާނޫނާއި ގަވާއިދުގެ ތެރެއިން، ފުލުހުންގެ އެހީތެރިކަމާއެކު އެކަންކަން ހުއްޓުވާނެ ގޮތަކާއި ގުޅޭގޮތުން ވާހަކަދައްކައި، މަޝްވަރާ ކުރެވިގެން ދިޔަ ކަމަށް އެ ޓްވީޓްގައި ވެއެވެ.

ފައިސާ ދީގެން އެސައިމެންޓް ހައްދާ މައްސަލަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީންވެސް ދަނީ ބަލަމުންނެވެ.އަދި ކޮލެޖުތަކާއި އެކު ވެސް މި މަޝްވަރާތައް ކުރުމަށް އެ މިނިސްޓްރީން ވަނީ ނިންމާފައެެވެ.

ފައިސާ ދީގެން އެސައިމެންޓް ހެއްދުމުގެ މަސައްކަތަކީ ރާއްޖޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ކަމެކެވެ

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ހުސޭނުބޭ

    ކޮންމެ އަހަރަކު ބަޖެޓުން އެތައް މިލިއަން ރުފިޔާއެއް ޚަރަދުކުރާ މިނިސްޓްރީއެއް! 2 އަހަރު ތެރޭގައި ކަމެއްކުރަން އުޅެފިޔޭ މިހެން ބުނާއަޑުވެސް އެހި ފުރަތަމަ ފަހަރު

    15
  2. ﷲގެ އަޅާ

    ތިހެންނޭ ގިނަ ދިވެހީން ޑިގްރީ ނިން މީ ރާއްޖޭގަ ކިޔަވައިގެން.

    12
    1
  3. ސިއްތި

    ވ. ރަނގަލު ކަމެއް

    10
    1
    • ޖަމަލުފޮޑި

      ކޮން ކަމެއް ކުރެވޭނީ. އެއްކަމެއްވެސް ނުކުރެވޭނެ. ބާރަށް އަޑެއް ލައްވައިލެވޭނީ. އެސައިންމަންޓް ހަދައިގެން މިގެންނަނީ ބޭރުގެ ކަރަތަކުގައި ތިބޭ މީހުން ލައްވައި. އިންޓަރނެޓް ހުއްޓައި އެކަން ހުއްޓުވޭނެތަ. ސެންޓްރަލް ލައިބްރަރީއެއްގެ ފުރިހަމަ ޚިދުމަތް ނުލިބި ކިޔަވާނީ ކިހިނެތް. ލައިބްރަރީއެއް ނެތްތަނެއްގައި ރިސާރޗް ހަދާނީ ކިހިނެއް. މި ޑިގްރީ ތަކަކީވެސް ބަޔަކު މީހުން ލާރި ހޯދަން ހިންގާ ޖަރީމާއެއް.

    • އަޙްމަދު

      މަޝްވަރާކުރަންމަޝްވަރާކުރުންތޯ

  4. ލިޔަންކިޔަން ނުދަންނަ ޑިގްރީ

    އަސްލު މައްސަލަ ބާއްވާފައި ބޭކާރު ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް. ތިޔަ ޔުނިވަރސިޓީތަކުން ކޮލެޖްތަކުން ފާސްވާނީ ދޭ ޓެސްޓުން 60 އިންސައްތަ ލިބިފައި އެސައިންމެންޓުން 20 އިން ސައްތަ ލިބުނީމާ ކަމަށް ނިންމީމާ އެކަކުވެސް ތިޔަ މަކަރު ހަދައިގެން ކިޔަވާކަށް ނޫޅޭނެ. ތިޔަ މަޝްވަރާކުރަނީ ހިންޏަށް ހަކުރު އޮޅުވާލަން. ނޫނީ މާވެވަށް ވެއްޓުނު ގެރި ނަގަން. ލިޔަންކިޔަން ނުދަންނަ ފެންވަރުގެ ޑިގްރީ މިހާރު ގިނަ ކަން މަގުމަތީގައި އުޅޭ ބުޅާވެސް ދަނޭ. އެކަހަލަ ޑިގްރީ ގިނަކަމުން އޮފީސްތަކުން މިއުޅެނީ އޮބިނޯވެގެން ޚިދުމަތެއް ނުދެވިގެން. އެކަމަކު ކޮންމެ މީހަކަށް ސެޓުފިކެޓު އޮންނާތީ އެތައް އެލަވަންސެއް އެބަލިބޭ. މިވެސް ހުއްޓާލަންޖެހޭ ކަމެއް. ސެޓުފިކެޓެއް އޮތޭ ކިޔާފައި އެލަވަންސް ދޭކަށް ނުޖެހޭ. އިނގިރޭސިބަހުން ލިޔުނަސް، ދިވެހިބަހުން ލިޔުނަސް ދަންނަ މީހަކު ބަލައިފިއްޔާ ދެކޮޅުޖެހޭ ހަމަޖެހޭ އެއްޗެއް ލިޔެފައި ނޯވޭ. ނުވިތާކަށް ލިޔާ އެއްޗެއްގައި އޮއްޓަރެއްވެސް ފެންވަރެއްވެސް ނުހުރޭ.

  5. މޮޔަސޮރު

    ބައެއް އެސައިންމަންޓް ހަދައިދޭ މީހުން ތިބެނީ މިރާއްޖޭގައެއް ނޫން. މިރާއްޖޭގައި ތިބޭ ބައެއްވެސް ނޫން. ސްރީލަންކާއާއި އިންޑިޔާގައި އެބަތިބި ރާއްޖޭގެ މީހުންނަށް ތިކަން ކޮށްދޭ މީހުން. ޓޮޕިކް ދީފައި ލެކްޗަރ ނޯޓިސް ފޮނުވާލީމާ ލިޔެފައި މެއިލްކޮށްލަނީ. ފުލުހުންނާއި ސިފައިން ނުކުތޭ ކިޔާފައި އެމީހުން ހައްޔަރުކުރޭވޭނެތަ. ބޭކާރު އަނގަތެޅުން ނޫން ކަމެއް މިމީހުން ނުކުރޭ. މިވެސް ދެން ބަޔަކު މިވާހަކަދައްކާތީ ދަޅަދައްކަން ކަމެއްކުރިކަން ދައްކަން ނޫހުގައި ސުރުޚީ ލިޔަން ކުރާ ކަމެއް. މިކަމަކުން ނުކުންނާ ނަތީޖެއެއް ނެރެވޭނެ ނަތީޖާއެއް ނޯންނާނެ.

  6. ވާލުސޮރު

    މިހާރު ތިޔަ ދޭ މާސްޓަރ ޑިގްރީ ހަދައިގެން އައިސް ވަޒީފާއަކަށް ވަންނަ މީހަކަށްވުރެ އިހުގައި ދީއުޅުނު ދެނަންބަރު ކާތިބުކަމުގެ ސަނަދު ނަގައިގެން އަންނަ މީހާއަށްވެސް މާފުރިހަމައަށް މާރަނގަޅަށް ހަވާލުކުރާ މަސައްކަތްކުރަން އެނގޭނެ. ދަންނާނެ. ތިޔަ ޑިގްރީތަކުގައި ލިޔަންވީ މިއީ ލިޔަންނުދަންނަ ފެންވަރަށް، ކަންކަމާމެދު ވިސްނައި ފިކުރުކުރަން ނުދަންނަ ފެންވަރަށް މިވެނި މީހަކަށް ތަކެތި އުނގަންނައިދެވިފައިވާ ކަމަށް މިކޮލެޖަށް ނުވަތަ މިޔުނިވަރސިޓީއަށް ގަބޫލުކުރެވުނު ހިނދު، މިތާނގެ ކައުންސިލުން ސިއްކަޖަހައި މިވެނި މީހަކަށް ދީފައިވާ މާސްޓަރސް ނުވަތަ ފަސްޓް ޑިގްރީ ކަމަށް. އޭރުން ތިޔަ ހިފައިގެން އަންނަ މީހުންގެ ފެންވަރުގެ ސަނަދަކަށް ތިޔަ ސަނަދުވާނީ.

  7. ބޭޗާރާ

    ތިޔަ ބައްދަލުވުމުގައި ތިބި މީހުންގެ ތެރޭގައިވެސް ތިޔަ ކަހަލަ ގޮތަކަށް ޑިގްރީ ހަދައިގެން ތިބި މީހުން ތިބޭނެ ކަމީ މުޖައްރިބުކަމެއް.

  8. ސްނޭޕް

    ކޮލެޖު ތަކުގަ ދޭ އިމްތިހާން ތައް މޮނިޓަރ ކޮށް 2+2 8 މާކުސް އަށް ދިނުން ހުއްޓުވާ އެމްއެންކިއުއެފް ލެވެލް ހަމަހަމަ ކުރެވޭތޯ ބެލުން ގައުމުގެ މުސްތަގުބަލަށް މާ ފައިދާހުރި