އިދިކޮޅު ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައި އިއްވި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމަކީ "ހަރާމް ހުކުމެއް" ކަމަށް ބާރަށު ދާއިރާގެ ކުރީގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޝުޖާއު މިހެން ވިދާޅުވީ، ރައީސް ޔާމީނަށް އިއްވިއެ ޖަލު ހުކުމަށް އެއް އަހަރު ފުރުމާ ގުޅިގެން .މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ޝުޖާއު ވިދާޅުވެފައި ވަނީ، ރައީސް ޔާމީން އަށް އިއްވާފައި ވަނީ ސީދާ "ހަރާމް" ހުކުމެއް ކަމަށާއި، އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ އާއި ހުކުމާ ދިމާ ނުވާ ކަމަށެވެ.

އަދި ރައީސް ޔާމީންގެ މައްޗަށް ހުކުމް އިއްވި ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަލީ ރަޝީދަށް މިހާރު ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމުގައި ނުހުރެވޭނެ ކަމަށް އޭނާގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ. ފަނޑިޔާރު އަލީ ރަޝީދު ސުޕްރީމް ކޯޓަށް ބަދަލުކުރެއްވުމަށް މި ސަރުކާރުން ނިންމި ނިންމުން ޝުޖާއު ވަނީ "ހަރާމް ހުކުމުގެ ހަދިޔާ" ކަމަށް އޭނާ ވަނީ ވިދާޅުވެފައެެވެ.

ޝުޖާރު ވިދާޅުވީ އަލީ ރަޝީދަކީ "ގުއި ހޭކިފައިވާ ފަނޑިޔާރެއް" ކަމަށާއި، އޭނާ އަކީ މުޅި ސުޕްރީމް ކޯޓަށް ހުރި ބޮޑުވެގެންވާ "ހުތުރެއް" ކަމަށެވެ.

ރައީސް ޔާމީން ޖަލުގައި ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާތާ އަހަރެއް ފުރުމާއި ގުޅިގެން އިދިކޮޅުގެ ގިނަ ބަޔަކު އަންނަނީ އެމަނިކުފާނު ޖަލުން މިނިވަން ކުރުމަށް ގޮވާލަމުންނެވެ.

މިއަދު 13:30 އިން ފެށިގެން އިދިކޮޅުން އަންނަނީ ރައީސް ޔާމީން ޖަލު ހުކުމް ތަންފީޒުކުރަމުން އަންނަ މާފުށި ކައިރީ ކަނޑުމަތީގައި މުޒާހަރާ ކުރަމުންނެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ރައީސް ޔާމީން ގެންދަވަނީ މާފުށީ ޖަލުގައި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. މަނީ ލޯންޑަރިންގެ ދައުވާ ސާބިތުކޮށް ދަށު ކޯޓުގައި އިއްވި ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވެއެވެ.

ހައި ކޯޓުގައި ބޭއްވި އަޑުއެހުންތަކާ ގުޅިގެން މިއަދާ ހަމައަށް އައި އިރު، އެ މައްސަލައިގައި ހުކުމެއް އަދި ނީއްވައެވެ. ރައީސް ޔާމީން ކަފާލާތުގެ ދަށުން މިނިވަން ކުރުމަށް ވެސް އިދިކޮޅުން އަންނަނީ ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. ކޮއްތު މީ

  ކަލޯ އަށް ހަރާމެއް ޙަލާލެއް ވަކި ކުރަން ނޭގޭ ދޯ؟

  18
  6
 2. ފާތުމަ އެޅި ވަގު މިސްކިތް

  ކަލޭ ތީ ކަންތައް ތައް ހަރާމް ކޮށް ހުއްދަ ކުރަން ކާކު؟

  17
  6
 3. އަލްޖިބްރާ

  ޔާމީނު ބަޑުއަޅާލި ރައްތިތުންގެ ފައިސާ ތަކަކީ ހަމަ ހަލާލު ތަކެތިތަ ؟ ކަލެއަށް ހަރާމް ހަލާލު އެގޭތަ ؟

  20
  7
  • ސޭޓު

   ޔާމިނު ބަނޑު އަޅައިލިއިރު ރައްޔިތުންނަށް ޓަކައި ފެންނަން ހުރި ހާދަ ބައިވަރު ތަރައްގީގެ ކަންތައްތައް ކޮއްފައި އެބަހުއްޭ! މާލޭ ބޭރު މަގު، ބްރިޖް، ދަރުމަވަންތަ ހޮސްޕިޓަލް އަދި ރަށްރަށުގައިވެސް އެބަހުރި. މިސަރުކާރުން ބަނޑުއަޅަނީ ރައްޔިތުންނަށް އެއްބައިވެސް ނާޅާ! މާކަޑައެންނު!!

 4. އީދު

  ވައްކަމަކީވެސް ހަރާމް ކަމެއް

  28
  4
 5. މެކުނު

  ކިތައް ޕަސަންޓުތާ މި ހަރާމްވީ އަނެއްކާ

  20
  7
 6. ދުންގަނޑު

  ހަމަ 100ޕަސެންޓް ޙަރާން ޙުކުމެއް ސުޖާއުގެ ޕާޓީއަށްސާބަހޭ

  10
  6
 7. މަގޭ

  ހުކުމް ހަރާމްވޭތަ؟

  10
  2
 8. ސޮނި ބާއީ

  މިގައުމުގައި ވަށްކަން ކުރީ އަދިމިހާތަނަށް އެއްމެމިީހަކު ބާ؟؟؟؟ ޖަންގާބޯ ވެރިކަމުގަ ކުރީ ހުސް އޮޅުކަން ....
  ދުވަހެޢް އަތުވެދާނެ
  ހިތި ޙަބަރާއި ފޮނިހަކުރުގެ ތަފާތު ކުޑަދުލުން ކިޔައި ދޭން ތަށްޔާރުތޯ؟؟؟ ވެރިކަމަކީވެސް ބަދަލުވާ، ބަދަލުވަމުންދާ ބަދަލުވާނެ ކަން ގައިމު ކަމެއް ؟؟ ބަޣާވާތީން މިގައުމަށް ކުޅަ ޖެއްސުމުގެ ބަދަލު ހޯދަން ގައުމިއްޔަތުގެ އަފުރާދުން ނިކުމެ ރުކުރުވާލީމަ އަމަޔޯ އަށްޕަޔޯ ގޮވިޔަސް އަޑު ނުއަހާނެ ކަން ހަދުމައިގަ ބަހަށްޓަވަޢިގެން ކުރިއަށް ކުރިއަށްބާރަށް ކުރިއަށް ގޮސް ބޯކޮޅު ވަތަށް.............،

  6
  5
 9. ހަމްދު

  ވޯޓުން ވަ އްކަންކުރުމަކީ ހަލާލު ކަމެ އެއ އްތަ؟

  11
  2
 10. ހަސަނުބެ23323

  ކޯޓުތަކުގެ އިސް ފަނޑިޔާރުންނަށް ތިބީ އިނގިރޭސި ގާނޫނު އެކަނި ކިޔަވައިގެން ތިބި މީހުން. އެހެންވީމާ ތިޔާހެން ހަރާމް ހުކުމެކޭ ބުއްޏަސް އެމީހުންނަށް ވާއެއް ނުވާއެއް ނޭގޭނެ

  9
  2
 11. ރެފްރީ

  ތިޔަ އީދުނިޔޭގެ އާދަ .. ކުށްވެރިވާކޮންމެމީހަކީ ހުދުކާފޫރަށްވެދޭ!!

 12. ވަހުތާނު އަހުމަދު

  މިވެެރިންމިހެންްއުޅެންޏާ ކިހިނެއްތަ ޝަރީއަތެއްކުރަންއެނގޭނީވެސް .. ދެކޮޅުންވެސްބުނާނީގޯހޭ. އެހެންވީމާ އަހަންނަށްފެންނަނީ ގުރުއަތުލާން.

 13. ސާމިޔާ

  ޓުރަމްޕުވެސް ފުއްޕަފުއްޕާފައެބުނަނީ ތިމަންނައޭމޮޅުވީ .. އެކަމަކު ހުރިހާބޯޅައެއްވަނީ ބައިކޮޅުގޯލަށް.. މެޗުނިމުނީމާ ތިމަންނައޭބުނީމާ ކިހެނެއްހަދާނީދޯ؟؟

  • Anonymous

   އެހެންވެޔޭ މަބުނީ ކެނެރީގެ ނަޝީދު އުޅެނީ ޓްރަންޕް ވައްތަރަށޭ. އޭނަ މޮޅުވެއްޖެއްޔާ ވަރަށް އިންސާފުވެރި އޭނަ ބަލިވެއްޖެއްޔާ ނަތީޖާ ގަބޫލު ނުކުރައްޗޯ

 14. Anonymous

  ރީނދޫ ކުދިން ވަރަށް މޭކަރާނެ ޙަލާލް ޙަރާމް ބުނެލާ އިރަށް. ޝައިޠާނުން ތެޅި ފޮޅޭނެ. އެވާހަކަ ނުދެއްކިއްޔާ ރަނގަޅުވާނީ. ލޮލް

 15. އައްދޯއި....

  ޙަރާމް ޙަލާލު އިނގޭތޯ.... ތިޔަ ކަނީ ޙަލާލް އެއްޗެހިތޯ ސުޖާބޭ