އިއްޔެ ރޭ މާލޭގައި ހިނގި އެކްސިޑެންޓްގައި ނިޔާވެފައި ވަނީ ޓިކްޓޮކްގައި މަޝްހޫރު ފަންނާނެއް ކަމަށްވާ އައިޝަތު ނަޒްރާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ނެށުންތެރިއެއް ކަމަށްވާ ނަޒްރާއަށް ޓިކްޓޮކްގައި ފޮލޯ ކުރާ މީހުންގެ އަދަދު 17000 އަށް އަރައެވެ. އޭނާގެ ބައެއް ވީޑިއޯތައް ބަލާފައިވާ މީހުންގެ އަދަދު ލައްކައަކާއި ކައިރި ކުރެއެވެ.
ނަޒްރާ ނިޔާވީ 27 ވަނަ ދުވަހުގެ ރޭ 22:00 ކަންހާއިރު ބާރު ސްޕީޑްގައި މާލޭ އަމީނީމަގުން ދަރުމަވަންތަ ހޮސްޕިޓަލާއި ދިމާ ބޮޑުތަކުރުފާނު މަގަށް ނިކުތް ސައިކަލެއް ކޮންޓްރޯލްނުވެ ގޮސް ދުވާ ޓްރެކް މައްޗަށް އަރައި ހިނގި އެކްސިޑެންޓެއް ގައެވެ. އެކްސިޑެންޓް ހިނގިއިރު ސައިކަލް ފަހަތުގައި އިން ނަޒްރާ ނިޔާވީ ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނުއެވެ. ފުލުހުން ވިދާޅުވީ ސައިކަލް ދުއްވީ ލައިސަންސް ނެތް މީހެއް ކަމަށާއި އެއީ 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
ނަޒްރާ ނިޔާވި އެކްސިޑެންޓް އާއި ގުޅޭ މައްސަލަ ތަޙްޤީޤު ކުރަމުން ގެންދާ ކަމަށް ފުލުހުން ވިދާޅުވެއެވެ.
ނަޒްރާއަކީ ފާއިތުވި ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެކްސިޑެންޓެއްގައި ނިޔާވި ދެވަނަ ޒުވާނާ އެވެ.
ވަރަށް ހިތާމަވެރި ހަބަރެއް.17000 ފޮލޯވަރުން ނަމަވެސް މިރޭ އެކަނި.އިބްރަތް ހާސިލްކުރަން އަހަރުމެން ހުރިހާ މީހުން ޖެހޭ.
ޓިކްޓޮކް ތަރި އޮއްސުނީ.
ހަމްދަރުދީގެ ކަންފުޅެއްވެސް ނުހުރޭދޯ.
އަޖަލު ހަމަވީ.. ކޮންމެ ނަފްސަކަށް މިންވަރު ވެގެންވާ ވަގުތެއް ވޭ.. ވަގުތު ހަމަވުމުން ލަހެއް ފަހެއް ނެތް.. ތައުބާވެ، ހެޔޮ ޢަމަލުކޮށް ޢާޚިރަތަށް ތައްޔާރުވޭ.. މަރަކީ ޙަޤީޤަތެއް..
މަރަކީ ކޮންމެފަދަ ވަގުތެއްގައިވެސް ބައްދަލުކޮއްލާނެ ގާތް އެކުވެރިޔާ ކަމުގައި ދެކިގެން ހެޔޮމަގުގައި ސާބިތުވެ ތިބުމަށް އަޒުމް ކަނޑައަޅަމާ ހިގާ
ވިސްނާލާށެވެ. މަރު އަންނަ ވަގުތެއް އަހަރެމެންނަކަށް ނޭނގެއެވެ. އެންމެންވެސް ތިބެންވީ މަރައް ތައްޔައްޔާރުވެގެންނެވެ. ޓިކްޓޮކް ކުޅުމަކު ނޫނެވެ. 17 ހާސް މީހުން ފޮލޯކުރިއެއްކަމަކު، ލައްކައެއްހާ މީހުން ވީޑިއޯ ބެލިއެއްކަމަކު މާދަން ވާނެ އެއްވެސް ފައިދާއެއް ނެތެވެ. މިއީ ދެން ޓިކްޓޮކްގައި އުޅޭ ކުދިންނަށް ލިބޭނެ އިބުރަތެއްކަމުގައި ދެކެމެވެ.
ސުބުޙާނަﷲ. ޒުވާނުން މިކަމުން އިބްރަތް ޙާޞިލްކުރަމާ. "ކޮންމެ ވަގުތަކު ވެސް ހަޔާތުގެ ނޫރު ހަމަ ނިވި ދާނެ އޭ" މަތްޔިތާގެ ފާފަފުއްސަވާ ޢާއިލާއަށް ކެއްތެރިކާން ދެއްވާންދޭވެ. އާމީން
ވަރަށް ދެރަ. ފުރާނައެއް އެގެއްލުނީ. އެކްސިޑެންޓެއްވާއިރަށް ބާރަށް ދުއްވީއޭ ކިޔާލީމަ ނިމުނީ. މާލޭ މަގުތަކަކީ ބޮޑެތި ދަންތުރަ ތަކެއް. ހާއްސަކޮށް ތިޔައެކްސިޑެންޓުވީ ހިސާބު. މަގުމަތީގެ ގާތައް ހަލާކުވެފައި ހުންނައިރު ދޭތެރެ ދޭތެރެއިން އުފެދިފައިހުންނަ އަޑިގުޑަންތަކުގެ ސަބަބުން މަޑުމަޑުން ދުއްވާފައިދާ ސައިކަލުތައްވެސް ކޮންޓްރޯލުނުވެ އަރިއަޅާލަނީ މަދުންނެއްނޫން. އިބޫ ސަރުކާރުގެ ކުރީކޮޅު މާލޭ މަގުތައް ރަގަޅަށް ހަދަނީއޭ ކިޔައިގެން އުޅުނު. ވީކަމެއް ހަރާން. މާތްﷲ ނަޒްރާގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވަވާށި. ވައުދު ވީގޮތަށް މާލޭގެ މަގުތައް ހަދަން އިބޫ އަށް ގޮވާލަން..
ހިތާމަހުރި އިހްމާލުން ގެއްލިގެން އެދިއައީ ޒުވާނެއްގެ ފުރާނަ . ހޮޔޮރަހްމަތް ލައްވާ ސުވަރުގެ ލިބުމުގެ ހޮޔޮނަސީބު ދެއްވާށި .
ހުކުރު އަދި ހޮނިހިރު ވިލޭރޭ މުއްސަނދީން ނާއި ސިޔާސީ މީހުންގެ ދަރީން މަގުތަކުގަ އި ފުޅިއަކަށް އެއްޗެއް އަޅައިގެން ބާރައް ސައިކަލާ ވެހިކަލް ދުއްވާކަން ގިނަ މީހުންނަށް އެނގެ އެވެ. އެކަމު ފުލުހުންނަށް ވެސް ނުހުއްޓު ވެއެވެ. ވީކެންޑް ގަ ދަންވަރު ހަމަ ވ ބާރައް ދުއްވަ އެވެ.
މަރްހޫމާގެ ފާފަ ފުއްސަވާށި.އާމީން. ވިސްނަންވީ ކަމަކީ ދުނިޔޭގެ ވަގުތަކީ ކުރުވަގުތުކޮޅެއްކަން. ޢެވަގުތު ކޮޅުގައި އިންސާނުންގެ ހިތް އުފާކޮއް އިންސާނުންގެ ސަޕޯޓް ހޯދުމަށް ނަށާ ހެދުމަށްވުރެ ﷲ ގެ ރުއްސެވުން ހޯދުމަށް ހެޔޮ އަމަލްކުރުމުގެ މުހިންމުކަން. ޓިކުޓޮކު ވީޑިއޯތަކުގެ ސަބަބުން މަރްހޫމާއަށް އިތުރު ވޭނެއް މިންވަރު ނުކުރައްވާށި. ޢާމީން. ާާ
ޓިކްޓޮކް ތަރި އަކަށް ވުމުން..17ހާސް ފަލޯވާސް ހުރުމަކުން...މަޝްހޫރުކަމަކުން ..ފައިދާއެއް ނެތެވެ..ކައްވަޅަށް ގެންދެވޭނެ އެއްޗަކަށް އޮތީ ހެޔޮ އަމަލެކެވެ...
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
ޓިކް ޓޮކް ގައި ކިތައްމެ ފޮލޮވާސް ގިނަޔަސް އޭގެ އެއްވެސް ފައިދާ އެއް މިހާރު ނުކުރާނެ.
ސައިކަލް ދުއްވީ ކާކުކަމެއް ނޭނގޭ ދޯ ހަމަ؟
ކޮންމެ މަރަކީ ދިރިތިބީންނަށް ޢިބްރަތެއް. ވިސްނާ ފިކުރު ކުރައްވާ. އަޅަމެންނަށާއި އަޅަމެންގެ ތެރެއިން މަރުވެ ގޮސްފައިވާ ފަރާތްތަކަށް ފާފަ ފުއްސަވާދެއްވާށި. އާމީން!!!
ދެންވެސް އެފަކީރަށް ކުރެވިފަހުރި ހެޔޮކަމެއްގެ ވާހަކަ ގެނެސްދިންނަމަ ރަނގަޅުވީސް.. ފޮލޯވަރުންނާ އެއްޗެހި ގިނަކޮއްގެން ލައިސަންސް ނުނަގާ ސޮރެއްގެ ފަހަތައް އަރައިގެން ދުނިޔެ ރަންވީކަމަށް ހަދައިގެން ދުއްވީ މިހެން ވާނެކަމަކަށް ނޫން.. އެހެންނަމަވެސް މިއަދު ލިބޭނެ އިބްރަތަކީ ޓިކްޓޮކް އިން މީހުންގެ ޝައުގުވެރިކަން ހޯދަން އުޅެއުޅެ ހުއްޓައި މަރު އައިސް ހަމަކުރާނެކަން.. މައްޔިތާގެ ފުރާނައަށް ހެޔޮރަޙްމަތްލައްވައި ފާފަ ފުއްސަވާ އާއިލާއަށް ކެތްތެރިކަން ދެއްވާށި.. އާމީން!
ސައިކަލަކަށް އެރިއްޖެއްޔާ ހޭބަލިވަނީ.ބާރަށް ދުއްވަނީ ދާދި އެއްބަޔެއް.ފިޔަވަޅު ނޭޅެންޔާ އަދިވެސް މިކަހަލަ ހިތާމަވެރި ހާދިސާ ހިގުމުގެ ފުރުސަތު ބޮޑު.ޝަރުއީ ނިޒާމް އޮތީ ފެއިލްވެފަ.ސިޔާސީ ވެފަ.
ކަށްވަޅުގައި އިންސާނާއާ ކުރެވޭނެ 3 ސުވާލު:
1. ތިބާގެ ރައްބަކީ ކޮބާ؟
2. ތިބާގެ ދީނަކީ ކޮބާ؟
3. ތިބާގެ ނަބިއްޔަކީ ކޮބާ؟
----
ޖަވާބު ނުދެވުނު މީހަކަށް ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ.
ޓިކްޓޮކް ކުޅުނުތޯ އަދި ކިތަށް ފޮލޯވަރުން ތިބިތޯ ނާހާނެ..
17000 ފޮލޯވަރުންގެ ބޭނުން ކެޑުނީ
ބޮޑާނުވެ މައްޔިތާއަށް ހެޔޮދުޢާއެއް ކޮށްދިނިއްޔާ ކީއްތަވާނީ.
އަމީނީމަގުން ދަރުމަވަންތަ ހޮސްޕިޓަލާއި ދިމާ ބޮޑުތަކުރުފާނު މަގަށް ނިކުތް ސައިކަލެއް ކޮންޓްރޯލްނުވެ ގޮސް ދުވާ ޓްރެކް މައްޗަށް އަރައި ، ހާދަވަރެއްވީމަ ދުވާ ޓްރެކަށް އަރާނީ ، ކޮބާތޯ ޖަހާފައިއޮތްހާ ދާތަށް
މި މަރުގެ ފުރިހަމަ ޒިންމާ ރަ އީސް ސާލިހު ނަގަންޖެހޭނެ
މި މަރުގެ ފުރިހަމަ ޒިންމާ ރަ އީސް ސާލިހު ނަގަންޖެހޭނެ
ނޯ
ވަރައްވެސް ހިތާމަވެރި ހަބަރެއް. މަރު ބައްދަލު ކުރާނީ ކޮންވަގުތަކު ކިހިނަކުން ކަންވެސް ނޭންގޭނެ.އަބަދުވެސް ހެޔޮ އަމަލު ކުރުމުގައި ވަގުތު ހޭދަކުރޭ އެކުވެރިންނޭ. މިއީ އިބުރަތެއް. ދުނިޔޭގައި އުޅެލަން ލިބިފަ މިވާ ކުޑަ ވަގުތު ކޮޅުގެ ބޭނުން ރަނގަޅު ގޮތުގައި ހޭދަކުރަމާ. މައްޔިތާގެ ފާފަ ފުއްސަވާ ހެޔޮރަހުމަތް ލައްވާށި🤲.އަދި އާއިލާއައް ކެއްތެރިކަން ދެއްވާށި.
إنا الله وإنا إليه راجعون
މީހުން ކޮމެންޓް ކުރާއިރު..އެއީ މައްޔިތެއްކަން ...ދަނެގެންއުޅުމަށް
ނަސޭހަތްތެރިވަން.. އަދި.. މައްޔިތާގެ.. ފާފަތައް.. ފުހެދެއްވާތޯ .. ދުއާކޮށްދެއްވާ.. މައްޔިތާއަށް ..ނިސްބޔްވެދާނެހެން..ދެރަބަހެއް..ބުނުމުގެކުރިން..އެއީ ..ތިމާއަށްވެސް..ވެދާނެގޮތެއްކަމަށް..ވިސްނާ!!
ކިތަށްމެ ފޮލީވަރުން ތި އްބަސް ކަ އްވަޅުގެ ކަނު އަދިރީގަ އޮންނަން ޖެހޭނީ އެކަނި.....
ކަލެއަށް ކިހިނެތްތަ އެނގެނީ އޭނައަށްވާނެ ގޮތެއް🤔
ޓިކްޓޮކްގައި ކިތަންމެ ފޮލޯވަރ ގިނަޔަސް ކަށްވަޅުގައި އެމީހުންގެ ސަޕޯޓެއް ނުލިބޭނެ. ނެށުން ފަދަ ހަރާމް ކަންކަން ކޮށްގެން މީހުންގެ ސަޕޯޓް ހޯދާ މިހުންނަށް މި ވެސް ޢިބްރަތެއް.މަރުހޫމާޔަށް ހެޔޮ ޖަޒާ މިންވަރުކުރައްވާށި.
އެ އްކަލަ ގޭގަ އަނދައިގެން ދިޔައ އީ ހާފިޒެ އް
ސައިކަލު ދުއްވަން އިން މީހާ ހަމައިގަތޯ ބެލުން މުހިއްމު. މޯސްޓް ޑްރަގްސް ސްޓޭ އިން ޔޯ ސިސްޓަމް ފޯރ އަ ވައިލް.
މަރުވުމުންް ފޮލޯކުރާ 17000 މީހުން ގެ ކިބައިން ކޮންފައިދާއެއްތޯކުރާނީ؟ ހިތާމައިގެ ކޮޅެއްނެތް. އާޚްރަތް ހޯދަން ކޮށްފައިވާ ކަމެއްބުނެދެވޭނެބާ؟ ދިވެހި ޒުވާނުންނަށް ކީއްވެފާ މިތިބީ؟
އައުރަ ނިވާ ކުރަން ބްނަނީ ކަމެއް ވެގެން.
އަލިބެއްޔާ . ބްރެޒިލް ގެ އާބާދީ އަކީ 220 މިލިއަން. މީގެ ތެރޭގައި މުސްލިމުން ހިމެނެނީ ގިނަވެގެން އެންމެ 4 ލައްކަ. ބާކީ ތިބި 219.6 މިލިއަން މީހުންނަކީ ބެއްޔާމެން ކިޔާގޮތުންނަމަ ހަރުބީ ކާފަރުން. ޢެއެންމެންވެސް ތިބުނާ 3 ސުވާލަށް ޖަވާބު ނުދެވި ދާނީ ހަމަ ނަރަކަ އަށް ދޯ.
އެސްފީނާ ޖެހުނީ ކަންނޭނގެ.
މިހާރުވެސް ޓިކްޓޮކް ކުޅޭނީބާ؟؟ ދުނިޔެއިން ވަކިވެގެން ދިޔައިމަ ވެސް އޭނަ ކޮށްފަހުރި ނުރަނގަޅު ކަންތައްލައިގެން ލިޔަން މިޖެހެނީ ދޯ. 17000 ފޮލޯވަރުން ތިބިއިރު އޭނާގެ ފުރާނަ ހިފަހައްޓާލެވޭ ވަރުގެ މީހަކު ނެތެއްނު. ޣާފިލުކަންމަތީ ތިބި ޒުވާން ކުދިން ހޭއަރާކަށް ނުވޭބާ؟؟ ﷲ އާއި ރަސޫލާ އަށާއި އިސްލާމް ދީނަށް ފުރައްސާރަކޮށް މުރުތައްދުވަނީ، މިބައިމީހުންގެ ހުރި ނިކަމެތިކަން ހަމަ އިހުސާސްވެސް ނުކޮށްލެވޭ. ތި 17000 މީހުންގެ ތެެރެއިން އޭނައަށް ހެޔޮދުޢާ ކޮށްލާނެ 17 މީހުންވެސް ނޭނގެ ތިބޭނެކަމެއް. މަރުހޫމާއަށް ހެޔޮ ރަޙްމަތް ލައްވާށި އާމީން.