ތެލެސީމިއާ ސެންޓަރަކީ ތެލަސީމިއާ ކުދިންނާ ގާތް ތަނަކަށް ހައްދަވައިދެއްވުމުގެ މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ހެލްތު މިނިސްޓަރ ނަސީމް މިފަދައިން ވިދާޅުވެފައިވަނީ ބައެއް ތެލަސީމިއާ ކުދިންނާއި އެކުދިންގެ ބެލެނިވެރިންނާ ބައްދަލުކުރައްވާ މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.
މިނިސްޓަރާއި ބައްދަލުކޮށް ތެލެސީމިއާ ކުދިން ވަނީ އެކުދިންނަށް ކުރިމަތިވެފައިވާ ބައެއް ދަތިތަކަށް ޙައްލު ނުލިބި ގިނަ ދުވަސްވެފައިވާތީ އެކަންކަން ހިއްސާކޮށްފައެވެ.
މީގެއިތުރުން ތެލަސީމިއާ ސެންޓަރާއި ގުޅޭގޮތުން ތެލަސީމިއާ ކުދިންގެ ހުރި ކަންބޮޑުވުން މިނިސްޓަރާ ހިއްސާ ކުރައްވާފައިވާއިރު، މިނިސްޓަރ ވަނީ އެ ސެންޓަރަކީ ކުދިންނާއި ގާތް ރައްޓެހި ތަނެއްގެ އިޙްސާސްކުރެވޭ ފަދަ ތަނަކަށް ހައްދަވާނެކަމުގެ ޔަޤީންކަން ތެލަސީމިއާ ކުދިންނަށް ބެލެނިވެރިންނާއި ބައްދަލު ކުރައްވައި ވަނީ އަރުވާފައެވެ.
ރާއްޖޭގެ ތެލަސީމިއާ ސެންޓަރ، މޯލްޑިވިއަން ބްލަޑް ސަރވިސްގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި ހަސަތޭކައަށްވުރެ ގިނަ ތެލެސީމިއާ ކުދިން އެބަތިއްބެވެ. މީގެ ތެރެއިން 360 ކުދިންނަކީ މާލޭގައި ދިރިއުޅޭ ކުދިންނެވެ. އެކުދިން ޚިދުމަތް ހޯދަމުން އަންނަނީ ތެލަސީމިއާ ސެންޓަރުންނެވެ.
ޤާނޫނަކާއެކު ތެލަސީމިއާ ސެންޓަރުގެ މަސައްކަތް ހަރުދަނާ ކުރުމަށް މަސައްކަތްތަކެއް ކުރަމުން އައިނަމަވެސް ޤާނޫނުގައި ތެލަސީމިއާ ކުދިންނަށް ލިބެންޖެހޭ ފަރުވާގެ ބައެއް ކަންކަން އަދިވެސް ފުރިހަމަ ނުކުރެވިހުރިކަމުގެ ޝަކުވާވަނީ އިތުރުވެފައެވެ. އެކަމާއި ގިނަ ތެލެސީމިއާ ކުދިން އަންނަނީ ހިތްހަމަ ނުޖެހުން ފާޅުކޮށް ހައްލެއް ހޯދައި ދިނުމަށް އެދިފައެވެ.
ތިތާ ބްލަޑް ބޭންކުގަ ހުރި ލޭފުޅިތަކަށް ދަންދެން ކައިނުލިޔަސް ރަނގަޅު
ކިތަންމެ ގާތްވިޔަސް ކަލޭތީ ބާގީއެއް
ދުރުތަނަކައް ނުހަދާތި ނަމަނަމަ.
ކިތަކެއް މިލިޔަން ޗަލުވާލާނެބާ؟
އަނެއްކާވެސް ވައުދު! މިޢީ ވައުދު އަޅިފުޅުތަ!