ހައިކޯޓު އެއް މަސް ދުވަހުގެ ރިސެސް އަކަށް ދިޔަ ކަމުގައިވިޔަސް، ޝަރީއަތްތައް ކުރިއަށްގެންދަން ނިންމައިފިއެވެ.

ހައިކޯޓުގެ ޤަވާއިދުގައި ވާގޮތުގެ މަތީން، ނޮވެމްބަރު މަހުގެ އެންމެ ފަހު ރަސްމީ މަސައްކަތު ދުވަހުން ފެށިގެން، ޖެނުއަރީ މަހުގެ އެންމެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހާއި ހަމައަށް ހައިކޯޓު އޮންނާނީ ރިސެސްގައެވެ.

އެ ކޯޓުން ރޭ ވިދާޅުވީ، ނުނިމި ހުރި މައްސަލަތައް މަދު ކުރުމަށްޓަކައި މި އަހަރުގެ ރިސެސްގެ މުއްދަތުގައި ޝަރީއަތްތައް ކުރިއަށް ގެންދިއުމަށް ހައިކޯޓުގެ ފަނޑިޔާރުންގެ އާއްމު މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

އާއްމުކޮށް ރިސެސްގެ މުއްދަތުގައި ކޯޓަށް ޝަރީއަތްތައް ނުބާއްވައެވެ. ނަމަވެސް މައްސަލަތައް ބަލައިގަތުމާއި އިދާރީ މަސައްކަތްތައް ކުރިއަށް ދެއެެވެ.