ރާއްޖޭގެ ކުޅިވަރު ދާއިރާގެ އެތެރޭގައި "ބޮޑު މާފިއާ" އެއް އުފައްދައިގެން ހަރަކާތްތެރިވަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވެއްޖެއެވެ.

މާފިއާއަކީ ދުނިޔޭގެ ތާރީހްގައި އުފެދުނު އެންމެ ބޮޑު ކްރައިމް އޯގަނައިޒޭޝަނަށް ކިޔައި ނަމެކެވެ. މިހާރު އެފަދަ ގޮތަކަށް ގުޅިގެން ގާނޫނާ ހިލާފް ވިޔަފާރި ކުރާ ކޮންމެ ބަޔަކާ ދިމާއަށް ވެސް މިސާލެއްގެ ގޮތުން ކިޔައި އުޅެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުޅިވަރު ގާނޫނަށް އިސްލާހު ގެންނަ ބިލަށް ބަހުސް ކުރައްވަމުން އަފީފް ވިދާޅުވީ ކްލަބްތަކުގެ ހިންގާ ކޮމިޓީ ބައްދަލުވުންތަކުގައި "ވަގު" ސޮއިކޮށްގެން މަގާމުތައް ބަދަލު ކުރުމާއި ވިޔަފާރި ހިންގުން އޮންނަ ކަމަށެވެ.

ކުޅިވަރު ތަރައްގީ ކުރަން ކުޅިވަރު އެސޯސިއޭޝަންތަކަށް ލިބޭ ފައިސާ ބޭނުން ކުރަނީ އެ އެސޯސިއޭޝަންތަކުގެ ވެރިން ކަމަށާއި އެސޯސިއޭޝަންތަކުގައި ކޮރަޕްޝަން އިންތިހާއަށް އޮންނަ ކަމަށެވެ. އަދި އެ ކަންކަން ބަލައި ފިޔަވަޅު އެޅޭ ގޮތެއް ވެސް ނޯންނަ ކަމަށް އަފީފް ވިދާޅުވިއެވެ.

"މި ކަންތައްތައް ބެލެން އެބަ ޖެހޭ، މިކަންތައްތައް ބަލަން އެކި އެކި މުއައްސަސާތަކަށް ހުށައެޅުމުން އެކަންތައްތައް ކުރިއަށް ނުދާތީ އެއީ މިއަދު އަޅުގަނޑުމެން ކަންބޮޑުވާން ޖެހޭ ކަމެއް." އަފީފް ވިދާޅުވިއެވެ

އަފީފް ވިދާޅުވީ ކުޅިވަރު ބިލުގައި ވަނީ ކޮންމެހެން ވެސް ގެންނަން ޖެހޭ ކަންކަން ކަމަށެވެ. އޭނާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަން މެދުވެރިކޮށް ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބު ބޭއްވުމަކީ ރަނގު އިސްލާހެއް ކަމަށެވެ. އޭގެ ސަބަބުން ރާއްޖެ ސަސްޕެންޑް ވާނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މާމީ

    ހުރިހާ ތަނެއް ވަނީ މާފިޔާ ގޭންގުތަކަކައް ބަދަލު ކޮއްލާފަ....

    11
  2. ދީދީ

    އަފީފޫ މާފިޔާ ނެތީ ކޮންތަނެއްގައިތޯ؟ މިއަދު އެލީކްވި ހަބަރުގައި އެއޮތީ ސުޕްރިމް ކޯޓުގެ ފަނޑިޔާރުން މަދުކުރަން ތިޔަ މަޖިލީހުގެ މެމްބަރުންނަށް އެތަކެއްހާސް މިލިޔަނުން ފައިސާދިންވާހަކަ.
    ޓޫރިޒަމުން ވައްކަން، ކޮވިޑް ކަރަންޓީން އެކޮމޮޑޭޝަން އިންވައްކަން، ވެންޓިލޭޓަރުން ވައްކަން، މެޑިކަލް ސާމާނުން ވައްކަން، އެމްޕީއެލް އިން ގަންނަ ތެޔޮކޮޅުން ވައްކަން، ދެމީހަކު ވާހަކަ ދައްކައިފިއްޔާމު ވައްކަމަކަށް ސައްލާ، ޝަރީއަތެއް ކޮށްފިއްޔާމު ގާޒީ ނޫނީ ހެކިވެރިޔާ އަށް މިލިޔަނުން ފައިސާ، ވެރިންގެ މަސްލަހަތު އޮތްމީހަކު ރޭޕް ނުވަތަ ޖިންސީ އަނިޔާ ނުވަތަ ފުރައްސާރައެއް ކޮއްފިޔާމު އެއީ މާބޮޑުކަމެއްނޫން، އެއީ އާދައިގެ ކަމެއް. އިސްލާމްދީނަށް ހަޖޫޖަހައި ހަތް އުޑުމަތިން އައިސްފައިވާ ހުކުމްތަކަށް ފާޅުގައި ދެކޮޅުހަދަނީ، ރަސޫލާއަށް ފުރައްސާރަކޮށް ހުތުރު އެއްޗެހިކިޔާފެށީ، މަޖިލީހުގައި ގުރުއާނުގެ އާޔަތެއް ކިޔައިފިއްޔާމު ކަލޭމެންނަށް އެކަން ކަލޭމެންނަށް ބޮޑު އުނދަގުލަކަށް ވެއްޖެ.
    ތަނެއް ހަލާކުވެ މާފިޔާވެ ޖާހިލުވާނީ ދެން މިވަރަށްދޯ އަފީފު.

    26
  3. ބަކުރު

    ހަމަވަގުތުން ވަގުތަށް ސޯލިހު ޖަލަށްލާން އެބަޖެހޭ.

  4. ރާއްޖެ

    ރާއްޖޭގެ މެޑިކަލް ކޮންސިއުމަބަލް ވިއްކުމުގަ ވެސް އުޅެނީ މާފިޔާ. ތިއީ އޭގެން އެކަކު. ގުދޯގުދޯ ނުކިޔަބަލަ.