ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލި ގޮތަށް އަމާޒުވި ފާޑު ކިއުންތަކާ ގުޅިގެން އެކަން ހިންގައި ދިޔަ ގޮތް މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީީފް ސާފުކޮށްދެއްވައިފި އެވެ.

މިއަދުގެ ޖަލްސާގައި ނިޒާމީ ނުކުތާގެ އޮއިވަރުން އަރައި ނުގަނެ އެތައް އިރެއް ވަނިކޮށް ރިޔާސަތުގައި އިންނެވި އަފީފްއަށް އައީ ފޯނު ކޯލެކެވެ. އެ ކޯލަށް ޖަވާބު ދެއްވަމުން "މަޖިލިސް މި ނިންމާލަނީ" އޭ ވިދާޅުވާ އަޑު ވަރަށް ރީއްޗަށް އިވެއެވެ.

އެއާއެކު އަފީފް ދެން ވިދާޅުވީ މިއަދަށް މަޖިލިސް ނިންމާލެއްވީ ކަމަށެވެ.

އަފީފަށް އައީ ކޯލެއް، ޖަވާބުގައި ވިދާޅުވީ "މަޖިލިސް މި ނިންމާލަނީ"

އަފީފް ވިދާޅުވީ އެކަން ހިނގައި ދިޔައީ މީހުން ހީކުރާ ގޮތަކަށް ނޫން ކަމަށެވެ. އޭނާ ވިދާޅުވި ޖަލްސާ ނިންމާލެއްވި އިރު އޮތީ ނިޒާމުވެސް ގެއްލި މަޖިލިސް ނިމެން ގަޑިވެސް ކައިރިވެފައި ކަމަށެވެ.

"އެ ވަގުތު ރައްޓެއްސަކު ގުޅާފައި އެހީ އަދިވެސް މަޖިލިސް ނުނިމޭހޭ. ދެން އަޅުގަނޑު ދެންނެވީ މި ނިންމާލިއްޔޭ." އަފީފް "ވަގުތަށް" ވިދާޅުވިއެވެ.

އެ ވަގުތު އައީ ރައީސް ނަޝީދުގެ ކޯލެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރި ނަމަވެސް އެއީ ނަޝީދުގެ ކޯލެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގެ ރިޔާސަތު އަފީފް ބެލެހެއްޓެވޫ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއާއި ނާއިބު ރައީސް އީވާ އަބްދުﷲ އުޒުރުވެރިވެ، އަފީފްއާ އެ މަސްއޫލިއްޔަތު ނަޝީދު ހަވާލު ކުރެއްވުމުން ނެވެ.

މިއަދުގެ ޖަލްސާގައި ފުރަތަމަ ކަމަކަށް އެޖެންޑާ ކޮށްފައި އޮތީ ކޮމިޓީތަކަށް މެމްބަރު އަލުން އެކުލަވާ ލުމާ ގުޅޭ މައްސަލައެވެ.

ނަމަވެސް އޭގެ ކުރިން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވަނީ ކުއްލި މައްސަލައެއް ހުށަހަޅުއްވަން މަސައްކަތް ފަށާފައެވެ. އެއީ ސަރުކާރުން ބިލިއަނުން ކުންފުނިތަކަށް ބަދަލު ދިން މައްސަލައިގައި، ބަދަލުދިން އަދަދުގެ ތަފްސީލާއި ބަދަލު ދިން ހުރިހާ ކުންފުނިތަކެއްގެ ނަންތައް ހާމަ ކުރުމަށް ގޮވާލާ ހުށަހެޅި މައްސަލަ އެވެ.

އެ މައްސަލަ ހުށަހަޅަން އާދަމް ޝަރީފްއަށް ފުރުސަތު ދެއްވި ނަމަވެސް އެ މައްސަލަ އެއްކޮށް ހުށަހެޅޭ ގޮތެއް އޭނާއަށް ނުވިއެވެ. އެއީ މަޖިލީހުގެ އެކި މެމްބަރުން ނިޒާމީ ނުކުތާ ތަކުރާރުކޮށް ނަންގަވަމުން ދިއުމެވެ. އަދި މަޖިލީހުގެ ޖަލްސާ ނިމުނު އިރުވެސް އާދަމް ޝަރީފްއަށް މައްސަލަ ހުށަހެޅޭ ގޮތެއް ނުވި އެވެ. ހަމަ އެހެންމެ އެޖެންޑާގައި އޮތް ކޮމިޓީތަކުގެ މައްސަލަ ވެސް ކުރިއަކަށް ނުގެންދެ އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ބުހުތާން ދޮގު ހަދާއިރުވެސް...
    މިއީ ދިވެހިރާއްޖެ. ރަށްޓެހިންނަށް "އާދެ" "ލައްބަ" ކިޔައިގެން މިރާއްޖޭގައި ވާހަކަ ދައްކާތޯ!

    ތިއީ އަނެއްކާ މާތްބަހުން ވާހަކަ ދައްކަންވެސް އެނގޭ މީހެއްނޫން.

    ބޭޒާރުގެ މައްޗަށް ބޭޒާރު

    9
    1
  2. ްޤައުމު

    މަނިކުފާނު ދޮގުނަހަދާ!!!
    މައިކު އިނީ ލައިވްކޮށް އެންމެންނަށް ފެނިއަޑުއިވުނު.
    ގަމާރުކަމުގެވެސް އިންތިހާ ހަމަ މެސެޖ ކުންވެސް އެންގިދާނެތާ؟؟؟
    ދައްކަވަންހުރި ތަނެއްދައްކަވާފަ ގެންދަވާނީ.

    6
    1
  3. ހުސޭނުބޭ

    އާދެ! އާދެ! ހަމަ ވިދާޅުވި ގޮތަކަށް!

  4. ރޯޔަލް ސީލް

    ދެން އެދެއްކި ވާހަކައެއް ދެއްކީ ހުސް ފޯނާތޯ؟

    6
    1
  5. މުލޭ

    ދިވެހިން ގުނބޯހެދިފަ ގަބޫލުކުރަންވީދޯ ތިވާހަކަ ވެސް. ބޮލަކަށް ވެސް ތިޔަހުރީ މީދާކޭ އުނބެއް ވިއްޔާ. މިވަރު މީހަކު ރިޔާސަތުގެ ގޮނޑީގައި ބައިންދައިގެން ގާނޫނުހަދާ މަޖުލިސް މިހިންގަނީ!. ބޯހަލާކުު. މާދަމާ ކުރިމަތިލިޔަސް އަނެއްކާ ވެސް ހަމަ ހޮވާނެ! އަހަރެމެން ވެސް ހަމަ ގަމާރީ.