ރައްޔިތުން މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީީފް ރައީސް އޮފީހަށް ހާޒިރުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އިދިކޮޅު ޕީޕީއެމް ޕީއެންސީ މީޑިއާ ގްރޫޕްގައި ވިދާޅުވީ މަޖިލީހުގެ ރިޔާސަތު މި ވަގުތު ބަލަހަށްޓަވަމުން ގެންދަވާ މެމްބަރު އަފީފް ދާދި ދެންމެއަކު ރައީސް އޮފީހަށް ހާޒުކޮށްފައިވާ ކަމަށެވެ.

އިދިކޮޅުގެ މެމްބަރުން މިއަދު ވެސް ވަނީ އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެޑިޑޭޓް ޔާމީން އަބްދުލްގައްޔޫމަށް ސަރުކާރުން ކުރާ އަނިޔާއާއި ދެކޮޅަށް އަޑު އުފުލުމަށް ރައީސް އޮފީހަށް ވަޑައިގެންފަ އެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ނައިބު ރައީސް އީވާ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާއިރު، މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެލައްވާ ކަމަށް އެ ދެބޭފުޅުން ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގެ ޖަލްސާތައް ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ކުރިއަށް ގެންދަން ދަތިވެ، ހުއްޓި، ނިންމާލަން ޖެހޭތާ ދެ ހަފްތާއަށްވުރެ ގިނަ ދުވަސް ވެފައި ވަނިކޮށް މިއަދުގެ ޖަލްސާ ފަށާފައި ވަނީ ވަރަށް އަމާން ކޮށެވެ. މިއަދު ވެސް ޖަލްސާގެ ރިޔާސަތުގައި އިންނެވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ.

މަޖިލީހުގެ މަސައްކަތްތައް މިހާރު ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނެވޭނީ، މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން އިސްވެ ހުށަހަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދާއި ނައިބު ރައީސް އީވާގެ އިތުބާރުނެތް ކަމުގެ ކޮންމެވެސް އެއް މައްސަލައެއް އަނބުރާ ގެންގޮސްގެން ކަމަށް އިދިކޮޅު ޕާޓީތަކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ހަދިޔާއެއް ދޭން ކަމަށް ވާނީ. ރަގަނޅުވާނެ އެއްމެން ބަލަން ތިބޭ.

  2. ކޮރަލް

    އަފީފް ހުންނާނީ ސައިޒް ވެފަ އެވެ.

  3. އިބޫ

    ޝިޔާމް ކަލޭމެން ކާރީ އަންނާށޭ ބުނީމަ އޮޅިގެން އަފީފް ގެނެވުނީ.. ދެން އަނެއްކާވެސް މާދަމާއަށް އިންތިޒާރުކޮއްލާ...