ސިހުރު ހަދަން ބޭނުން ކުރެވިދާނެ ކަމަށް ބެލެވޭ ބައެއް ތަކެއްޗާއެކު މާފައްނު ސަހަރާ ތެރެއަށް ވަދެއުޅުނު މީހަކު މިރޭ ހައްޔަރުކޮށްފިއެވެ.
ފުލުހުން ވެސް ވަނީ އެފަދަ މައްސަލައަކާއި ގުޅިގެން މީހަކު ހައްޔަރު ކުރިކަން ކަށަވަރު ކޮށްދީފައެވެ.
ފުލުހުން ވިދާޅުވީ އެފަދަ މައްސަލައަކާއި ގުޅިގެން މާފަންނު ސަހަރާ ތެރެއިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި ހައްޔަރު ކުރިއިރު އޭނާގެ އަތުން ސިހުރު ހަދަން ބޭނުން ކުރެވިދާނެ ކަމަށް ބެލެވޭ ބައެއް ތަކެތި ފެނިފައިވާ ކަމަށެވެ.
"މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 56 އަހަރުގެ ދިވެހި ފިރެހެނެއް މިމައްސަލަ ފުލުހުންދަނީ ތަހުގީގު ކުރަމުން" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ފުލުހުން އޭނާ ހައްޔަރު ކޮށްފައި މިރޭ 21:30 ހާއިރުއެވެ. އޭނާގެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ އޭނާ އާއިމެދު ޝައްކު ކުރެވިގެން އާއްމުންނެވެ.
ސިހުރު ހެދުމަށް ސަހަރާތައް ކޮނުމަކީ ވަރަށް އާއްމު ކަމެކެވެ. ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަށް ސިހުރު ހެދި މައްސަލައެއްގައި ވެސް މިއަހަރު ތެރޭގައި ސަހަރާ ކޮނެގެން އެއްޗެހިތަކެއް ނަގާފައި ވެއެވެ.
ފުވައްމުލަކު ހޮދަނޑުގަ އުލޭނެ ސިހުރު ހަދާ ދެމަފިރިން އެމީހުން ހައްޔަރު ކުރަން އަވަސް ކުރަމާ
ދެންދޫކޮއްލާ...މީ މަޖާކަމެއް
އެބުނާހެން މައްސަލަ ތަހްގީގު ކުރަމުން ދާކަމަށް ބުނާނީ ތަހްގީގު ކޮށްގެން ނެރެވުނު ނަތީޖާއެއް ދުވަހަކުވެސް ފެނިފައެއް ނުވޭ
ސިހުރުހަދާ މީހުން ވަރަށް ގިނަވެއްޖެ އުނގޫފާރު ޕޮލިހުންނަށްވެސް ގޮވާލަން މިރަށުން ސިހުރުހަދާމީހުން ވަގުތުން ވަގުތަށް ހައްޔަރުކުރުމަށް
އަހަރެންގެ ބޮޑު ބޭބެ ޔަކީ ސިހުރު ވެރިޔެކެވެ އެކަމަކު އޭނަ މަރުވުމުގެ ކުރިން އަހަރެން އެކަމެއް ނުދެނެ ހުރީމެވެ އެކަމަކު އޭނަ ނިޔާވި ފަހުން ތަފާތު މީީސްމީހުންނާ ގޭގެ ނޯކަރުންގެ ފަރާތުން ވަރަށް ގިނަ ވާހަކަ އަޑު އެހީމެވެ އެކަމަކު އެއީ ކިހާވަރެއްގެ ހަގީގަތެއް އެކުލެވޭ ކަމެއް ކަމެއް ތެދެއް ނުވަތަ ދޮގެއް ކަމެއްވެސް ނޭގެއެވެ އެގޭހާވެސް ކަމަކީ އޭނަ އަހަރެން ބައްޕަ ދެކެ ރުޅި އައިސް އާއިލާ އިން ބޭރު ކޮށް ބައްސާލަން ބޭނުންވި ކަމެވެ އަހަރެން ކުޑައިރު އޭނަ ވަރަށް އަހަންނަށް ހެވެ ޑެއިލީ ރޫޓިން އެއްގެ ގޮތުގައި މެޓާ ގަނެދީ އައިސް ކްރީމް ގަނެދީވެސް ހަދައެވެ އަހަރެންގެ އާއިލާގައި ތިބި އެންމެ ތައުލީމީ ގާބިލް ކުދިން ތިބީ ބަލިވެފަޔެވެ އަހަރެން އެއްވެސް މީހަކަށް ޝައްކެއް ނުކުރަމެވެ އެކަމަކު ހިތައް އަރާ އެއްޗެއް ހަމަ ބުނެެވުނީއެވެ
މަނަދޫ މީހަކާ އިނދެގެންއުޅޭ ސިހުރުވެރިޔާ ހައްޔަރު ކުރޭ. އަމިއްލަ ބަރަހަނާ ފޮޓޯ ފޮނުވާ ވަރަށް ވަހުށީ މީހެއް. ރަށުން ބޭރުކުރޭ.
ތިކަމާމެދު މި ޤައުމުގެ ނުދަންނަ ޢިލްމުވެރިޔާގެ ބަހެއް ނެތްތަ! އޭނާ އިންނާނެ ރައްޔިތުންގެ މަޖިލީހުގައި ބުރާންތިވެފައި
ސިހުރޭ ކިޔާގެނަ ސިޔާސީ ސުޓަންޓު ޖެއްސުމަށް ވުރެ ކުޑަކު ދިން ފަޅަމުން ދުވާމީހުން ހައްޔަރު ކޮއްބަލަ.