ސިހުރަކީ މާތް ﷲ ހަރާމް ކުރައްވާފައިވާ ބޮޑެތި ފާފަތަކުގެ ތެރޭގައިވާ ބޮޑު ފާފައެކެވެ. ސިހުރުގެ ސަބަބުން ބައެއް މީހުން ހަމަޖެހިލައިގެން ދިރިއުޅުމަށް ހުރަސް އެޅެއެވެ. އަދި މިކަމުގެ ސަބަބުން ފުރާނައަށް ނުރައްކާވާ ހިސާބަށް ކަންތައް ދެެއެވެ.

މިއީ ސިހުރަކީ ހަގީގަތެއްކަން ބުނެދޭން މީހަކު ހިއްސާ ކޮށްފައިވާ ވާހަކައެކެވެ. މިކަން ފޭސްބުކްގައި ހިއްސާ ކޮށްފައި ވަނީ އަލީ ބިން އަބްދުﷲ ނަމަކަށް ކިޔާ މީހެކެވެ.

އޭނާ ބުނެފައިވާގޮތުގައި، ސިހުރަކީ ހަގީގަތެކެވެ.

އޭނާ ހިއްސާކޮށްފައިވާގޮތުގައި، އާއްމުގޮތެއްގައި ވައިބާއިން ސިޙުރުކަމަށް ޝައްކު ކުރެވޭ އެއްޗެހި ބައެއް މީހުންގެ ފަރާތުން ލިބެއެވެ. މިއީ އޭނާއަށް ލިބުނު އެފަދަ މެސެޖެކެވެ.

އަލީ ބުނެފައިވާގޮތުން، އޭނާއަށް މެސެޖްކޮށްފައި ވަނީ ޓީޗަރެކެވެ. އެ ޓިޗަރު ސުވާލުކޮށްފައި ވަނީ "މީ ކޮންކަހަލަ އެއްޗެއް ތޯ؟ މީ ސިޙުރެއްތޯ؟"އެވެ. އެ މީހަކު އެގޮތަށް ލިޔެފައި ފޮނުވާފައި ވަނީ ކަރުދާސްގަނޑެއްގެ ފޮޓޯއެއް ކަމަށް އޭނާ ބުނެފައި ވެއެވެ.

"އަޅުގަނޑު ވަރަށް ރަނގަޅަށް އޭގައި ލިޔެފައި ހުރި އެއްޗެހި ބަލައިލީމެވެ. ތެދެކެވެ. އެއީ ސިޙުރެކެވެ. ހިތް ޖައްސަން ހަދާފައިވާ ސިހުރެކެވެ. ނުވަތަ އިސްތިރިއެކެވެ". އޭނާގެ ފޭސްބުކްގައި ލިޔެފައިވާ ޕޯސްޓްގައި ވެއެވެ.

އަލީ ބުނެފައިވާގޮތުގައި މީ ކޮންތާކުން ފެނުން އެއްޗެއްތޯ އޭނާ ސުވާލު ކުރިއެވެ.

"އަޅުގަނޑަކީ ޓީޗަރެއް. ޓީޗާސް ޑޭގައި ދަރިވަރަކު ދީފައި އޮތް ހިތްވަރުގެ ބަސްކޮޅެއް ހިމެނޭ ފްރޭމެއް، އަޅުގަނޑުގެ ހުންނާނީ ގޭގެ ކޮޓަރީގައި ބަހައްޓާފައި. އެއްދުވަހު އަތުން ޖެހިފައި މީތި ވެއްޓުނީ. ވެއްޓިފަ ފްރޭމް ހަލާކުވުއިރު އޭގެ ތެރެއިން ވެއްޓުނު ކަރުފާސްކޮޅެއް މީ.". އެ މީހާ ދެއްކި ވާހަކަތައް ހިއްސާ ކުރަމުން އަލީ ބުނެފައި ވެއެވެ.

އޭނާ ބުނާގޮތުން، އެ ސިހުރު ހަދާފައި އެއޮތީ އެ ޓީޗަރަށް ދަރިވަރުގެ ހިތްޖެއްސުމުގެ ގޮތުންނެވެ. އެ ދަރިވަރާމެދު ޓީޗަރު ހާއްސަ ބަހައްޓައި ކުއްޖާއަށް "ފޭވަރ" ކުރުވުމުގެ ގޮތުން ކަމަަށް ބުނެފައި ވެއެވެ.

"ﷲ ގެ ރަހުމަތުން ސިޖުރުގެ އަސަރު ޓީޗަރަށް ކުރުމުގެ ކުރިން އެ ސިހުރު ދެއްކެވީއެވެ". އޭނާ ލިޔެފައި ވެއެވެ.

އެ ޕޯސްޓް ނިންމާލަމުން އޭނާ ވަނީ ނަމާދު ގާއިމް ކުރުމާއި، ގުރްއާން ކިޔަވުމާއި، ހެނދުނާއި ހަވީރުގެ ޒިކުރުތައް ކިޔެވުމުގައި ސަމާލު ވުމަށް ނަސޭހަތްތެރިވެފައެެވެ.

"ﷲ އަށް ވަކީލު ކުރާށެވެ. ރޫހާނީ ބަލިތަކުން ސަލާމަތް ވުމަށް މަސައްކަތް ކުރާށެވެ. ސިހުރާ، އެސްފީނާ އާއީ ޖިންނި ބައްޔަކީ ވޭންހުރި ބައްޔެކެވެ. މިކަންކަމަކީ ހަގީގަތެކެވެ". އޭނާގެ ޕޯސްޓް ނިންމާލަަމުން ބުނެފައި ވެއެވެ.

ސިހުރު ހެދުމަކީ ބޮޑުވެގެންވާ ފާފައެކެވެ.

ސިހުރު ހަދާ މީހާގެ ގަތުލުކުރުން ކަމުގައި މާތް ﷲ ރުއްސުން ލެއްވި އުމަރުގެފާނާއި އެކަލޭގެފާނުގެ ދަރިކަނބަލުން އުންމުލް މުއުމިނީން ހަފްސާ އާއި މާތްﷲ ރުއްސުން ލެއްވި ޖުންދުބް އާއި މިތިން ބޭފުޅުން ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި ސިހުރު ހަދާ މީހުން އުޅެއެވެ. އަދި އެފަދަ މައްސަލަތަކުގައި ތުހުމަތު ކުރެވިގެން މީހުން ހައްޔަރުވެސް ކޮށްފައި އެބަހުއްޓެވެ.

ނަމަވެސް ފަހުގެ ތާރީހެއްގައި މިހާތަނަށް އައި އިރު، އެއްވެސް މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލްޖިބްރާ

    މިޤައުމުގައި ޝަރީޢަތުން މީހަކުމެރިކަން ސާބިތުވިއަސް އެކަން ކުރިމީހަކަށް އިސްލާމްދީނުގެ ޝަރީއަތުން ކަޑައަޅާފައިވާ ހުކުމް ތަންފީޒެއް ނުކުރޭ ! ދެން ސިހުރު ހަދައިގެން ސިހުރު ހެދިމީހާ މަރާނީ ކިހިނެއް ؟

    20
    1