ސިހުރު ހާހޫރައިގެ ނުބައި ކަމުގެ ވާހަކަ އަޑު އަހަމެވެ.

ސިހުރަކީ މާތް ﷲ ހަރާމް ކުރައްވާފައިވާ ބޮޑެތި ފާފަތަކުގެ ތެރޭގައިވާ ބޮޑު ފާފައެކެވެ. ސިހުރުގެ ސަބަބުން ބައެއް މީހުން ހަމަޖެހިލައިގެން ދިރިއުޅުމަށް ހުރަސް އެޅެއެވެ.

މިއީ އެފަދަ ހާދިސާއެކެވެ. މިކަން ފޭސްބުކްގައި ހިއްސާ ކޮށްފައި ވަނީ މިފަދަ ކަންކަމުން މީހުން ސަލާމަތް ކުރުމުގައި އުޅޭ ޝުއައިބު އަލީ ނަމަކަށް ކިޔާ މީހެކެވެ. އޭނާ ބުނާ ގޮތުން ނަމަ އޭނާ މިކަން ކުރަނީ ހިލޭއެވެ. އެ ޕޯސްޓަށް މީހަކު ކުރި ކޮމެންޓަކަށް ޖަވާބުދެމުން އޭނާ ބުނެފައި ވަނީ، ރުގްޔާ ކުރުމަށްފަހު ދުވަހަކުވެސް މީހެއް ކައިރިން ފައިސާއަށް ކިޔާފައި ނުވާނެ ކަމަށެވެ.

އޭނާގެ ޕޯސްޓްގައި ބުނެފައިވާ ގޮތުގައި، ގްރޭޑް ނުވަ އެއްގައި ކިޔަވަމުން ދިޔަ އަންހެން ކުއްޖަކަށް، އާދަޔާ ހިލާފު އުނދަގޫތަކެއްވަމުން ދާތީ އެ ކުއްޖާގެ ބައްޕަގެ އެދުމުގެ މަތިން އޭނާ ކައިރީގައި ކިޔެވި ކަމަށެވެ.

އަދި ސިހުރުގެ އުނދަގޫ ވާތީ އާއި، ސިހުރު ވަޅުލާފައިވާ ކަމަށް ޝައްކު ކުރެވޭތީ، ގޯތީގެ އެކި ތަންތަން ބަލާ ހެެދި ކަމަށް އެ ޕޯސްޓްގައި އޭނާ ބުނެފައި ވެއެވެ.

އޭނާ ބުނެފައިވާ ގޮތުގައި، މި ގޮތަށް ގޯތިތެރެ ބެލުމުގައި، އެ ތަންތަނުގައި ހުންނަ، އާދަކާދައިގެ ގޮތުން، އެތަނެއްގެ މީހުންގެ މެދުގައި އެންމެ މުހިންމު ގަސްތަކާއި، ގިނަ ދުވަސްވީ ގަސްތައް ވަރަށް ރަނގަޅަށް ބަލައެވެ.

"ސަބަބަކީ ސިހުރު ގިނަ ދުވަހު އެތަނެއްގައި ބެހެއްޓުމަށް، ސިހުރުވެރިން އާއްމުކޮށް، އެފަދަ ގަސްތަކަށް ނުވަތަ ގަހުގެ މުލުގެ ތެރެއަށް، އެފަދަ ސިހުރުތައް ލައެވެ. ގިނަ ދުވަސްވުމުން އެފަދަ ސިޙްރު ހޯދަން އުނދަގޫ ވާނެތީއެވެ. އަދި ބޭނުންތެރި ގަސްތައް ކަނޑާލަން ގޭގެ ވެރި ފަރާތުން ބޭނުން ނުވާނެކަން އެމީހުންނަށް އެނގޭތީއެވެ. އެއީ އާންމުކޮށް ނިކަ ގަހުގައި، ސިހުރު ހަރުލައްވާ ފަދައިންނެވެ". އޭނާގެ ޕޯސްޓްގައި ވެއެވެ.

ޝުއައިބު ބުނެފައިވާ ގޮތުގައި، އެ ކުއްޖާގެ ބަލީގެ އަސްލު ދެނެގަތުމަށް، އެ ގޯތިތެރޭގައި ހައްދާފައި ހުރި ބޭނުންތެރި ގަސްތަކާއި ގިނަ ދުވަސްވީ ގަސްތަކުގައި އަތް ބާއްވައިގެން އޭނާ ކިޔެވިއެވެ.

އެގޮތުން އެ ގޯތިތެރޭގައި ހުރި ޖަނބުރޯލު ގަހެއްގައި، އަތް ބާއްވައިގެން އޭނާ ކިޔަވާލި ތަނުން އެ ކުއްޖާ "އައީ އަޅުގަނޑުގެ ކަރުގައި ހިފަން" ކަމަށް އޭނާ ބުނެފައި ވެއެވެ. ނަމަވެސް ވަކި ހިސާބަކަށްވުރެ އޭނާގެ އަތް ކައިރި ނުވި ކަމަށް އޭނާ ބުނެފައި ވެއެވެ.

"ޖިންނިން އެފަދައިން ބިރު ދެއްކިޔަސް، ކިޔެވުން ކުރިއަށް ގެންދަން ޖެހޭނެއެވެ". އޭނާގެ އެ ޕޯސްޓްގައި ބުނެފައި ވެއެވެ.

ޝުއައިބް ލިޔެފައިވާ އެ ޕޯސްޓްގައި އިތުރަށް ބުނެފައިވާ ގޮތުގައި، ސިހުރުގެ އަސަރު ލެޔާއި ގުޅިފައިވޭތޯ ބެލުމަށް، ބިސްމިﷲ ކިޔުމަށްފަހު ކަތިވަޅިން ގަހުން ބައެއް ވަކި ކުރި ކުރިއެވެ. އަދި އެވަގުތު އެ އަންހެން ކުއްޖާގެ އަނގައިން ލޭ އައި ކަމަށް އޭނާ ބުންޏެވެ.

އެއަށްފަހު ސިހުރުގެ އަސަރު ވަނީ، ގަހުގެ ކިހާ ހިސާބެއްގައިތޯ ބެލުމަށް ގަހުގެ މޫތައް ފެންނަ ގޮތް ހަދައިގެން އަތް ގެންދަމުން ކިޔެވީއެވެ.

އަދި ގަހުގެ މުލަށް އާދަޔާއި ހިލާފު ގޮތެއް ވެފައި ހުންނަ ހިސާބަކުން، ތަކުރާރުކޮށް އެ އަންހެން ކުއްޖާއަށް އުނދަގޫވާތީ ކަތިވަޅިން އެތަން ކަނޑައިގެން ވަނީ ބަލާފައެވެ. އޭނާ ބުނެފައިވާގޮތުން، އެ ތަންކޮޅު ކަތިވަޅިން ކަނޑާފައި ބެލިއިރު، ފެނުނީ ރޭޑިޔޯ ފަދަ ތަކެތީގައި ހުންނަ، އެންޓަނާ އަކުން ހަދާފައިވާ ބަޑިއެއް ކަމަށެވެ. އަދި އެ ރޫޅާލައިގެން ބެލިއިރު އެއީ ސިހުރު ހެދުމަށް ބޭނުންކޮށްފައިވާ އެއްޗެއްކަން ޔަގީންވި ކަމަށް އޭނާ ބުނެފައި ވެއެވެ.

ޝުއައިބް އެ ޕޯސްޓްގައި އެއީ ކޮން ރަށެއްކަން ބުނެފައެއް ނުވެއެވެ.

ސިހުރު ހެދުމަކީ ބޮޑުވެގެންވާ ފާފައެކެވެ.

ސިހުރު ހަދާ މީހާގެ ގަތުލުކުރުން ކަމުގައި މާތް ﷲ ރުއްސުން ލެއްވި އުމަރުގެފާނާއި އެކަލޭގެފާނުގެ ދަރިކަނބަލުން އުންމުލް މުއުމިނީން ހަފްސާ އާއި މާތްﷲ ރުއްސުން ލެއްވި ޖުންދުބް އާއި މިތިން ބޭފުޅުން ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި ސިހުރު ހަދާ މީހުން ގިނަކަމަށް ބައެއް ފަރާތްތަކުން ބުނަމުން ގެންދެއެވެ. އަދި އެފަދަ މައްސަލަތަކުގައި ތުހުމަތު ކުރެވިގެން މީހުން ހައްޔަރުވެސް ކޮށްފައި އެބަހުއްޓެވެ.

ނަމަވެސް ފަހުގެ ތާރީހެއްގައި މިހާތަނަށް އައި އިރު، އެއްވެސް މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޣާޞީ

    މިރާއްޖޭގައި އުޅޭ ސިހުވެރިން ފަޅާއެރިޔަސް ކޮންމެވެސް ގޮތަކުން ދެމިގަނެގެން ގޮސް މީހުންނައް ގޯނާކުރުމުގަ އަވަދިނެތި އުޅެނީ

    65
    • Anonymous

      ސިހުރު ހެދުމުގައި އިސްކޮށް އުޅެނީ އަބަދުވެސް ސިޔާސީ މީހުން. އެހެންވީމަ ސިހުރުވެރިން ސަލާމަތްވަނީ. ކޮންމެ ސިހުރުވެރިއަކު ވަނީ ކޮންމެވެސް ބޮޑު ސިޔާސީ މީހަކާ ގުޅިފަ. ސޭޓު ކަހަލަ މުއްސަނދިން މުއްސަނދިކަން އިތުރުކުރަން ވެސް ސިހުރު ހަދާ. ދެން ކިހިނެއް މިކަން ހުއްޓުވޭނީ. ކުރިން އިއްލަބޭމެން ހެދި ސިހުރުތައް ފަޅާއެރި ދޯ. އޭރުވެސް ސަރުކާރުން ސިހުރުވެރިއަކަށް ކަމެއް ނުކުރި ދޯ.

      2
      1
  2. ފަޔާޒް

    ރާއްޖެއަކީ މިހާރު ސިހުރުވެރިންގެ ހާއްޔެއް. އެގޮތަށް މިތަންވީ ސަބަބަކީ މިތާ ސަރުކާރުން ސިހުރު ހެދުމާއި އެކަންކުރާމީހުން ހޯދައި އަދަބުނުދޭތިއްޔާއި އަދި ގާނޫނުތަށް މިކަމަށް ހަދާފައިނުވާތީއެވެ. އަދި ސިހުރަކީ ސާބިތުވާ އެއްޗެއްކަންވެސް ފުރަތަމަ ސަރުކާރުގައި އުޅޭ ބަޔެއްމީހުން ގަބޫލު ނުކުރާތީއެވެ. އެއީ ކީރިތި ގުރްއާނުން ސަރީހަކޮއް ސާބިތުވެފައިވާ ކަމެއްކަމުގައިވީނަމަވެސް މެއެވެ. މިއީވެސް މި މުޖުތަމައު ހަލާކުވަމުން ނެތެމުންދާ އެއްސަބަބެވެ.

    51
    1
  3. ދަބަސް

    ސިހުރުހަދާމީހުން އެގުނަސް ކުރެވޭމާބޮޑުކަމެތްނޯވޭ އަހަރުންނަށް ނުކެރޭ އެމީހުންނާ ވައިއެޅިލަންވެސް ބިރުން

    38
  4. Anonymous

    ނ.ލަންދޫގައި ވެސް މިކަން ވަރަށް ބޮޑު ެެވެއްޖެ

    24
    1
  5. ސަލްމާ

    ހަމަ ހުސް ފޭކް ތީ. ރުގުޔާ ކުރާމީހުން މަކަރާ ހީލަތުން ފައިސާ ހޯދާ މައްސަލަ ކީއްވެ ސަރުކާރުން ނުބެލެނީ. އެއީ މިހާރު ސިހުރު ވެސް ހަދާ މީހުންނަކީ.

    12
    57
    • ހުވަދު

      ކަލޭ ތީ ސިހުރު ހަދާ މީހެއް ތާ

      9
      1
    • އަލީ

      އެކަމައް ވާގިވެރިވާ ސައިތާނަކު މިތަނުން ފާޅުވެއްޖެ.

  6. Anonymous

    މިކަހަލަ މޫބިޤާތުގެ ބޮޑެތި ފާފަތަކަށް އިސްލާމީ ޝަރީޢަތުގައި އަންގަވާފައިވާ އަދަބު ނުދޭތީ މުޖުތަމަޢު ހަލާކުވެ ފަސާދަވެ ޚަރާބުވެ ގޮއްސާ މިއޮތީ. ސިހުރުވެސް ހަދަންވީ މީހުންވެސް މަރަންވީ ވައްކަންވެސް ކުރަންވީ އަދަބެއް ލިބެނިއްޔަކީ ނޫން. އަދަބު ދޭން ތިބި ފަރާތްތަކުންވެސް މިކަމާ އަޅާލަނީއެއް ނޫން. ކީއްކުރާނީ ޤައުމުގެ ހިތާމަ. ހިތާމައިގެ ކޮޅެއްވެސް ނެތް. ދެންވެސް ބޭނުންވެގެން އުޅެނީ ވެރިކަން. ކޮންމެ އިންތިޚާބަކާ ދިމާކޮށް ހޭނަކަތު ދޮންދީނި އަންނަހެން މީހުންނަށް ނުފުއްދޭގޮތަށް ވަޢުދުތައްވެ، ވަޒީފާ ދީ، ވޯޓު ގަނެވިއްކާ ފިލިޖަހަމުން ދަނީ. ވަރިހަމަ ދީނެއް މިއްލަތެއް ނޭނގުނަސް. ދެން ދީނީ ޢިލްމުވެރިއަކު ސިޔާސީ ބަހެއް ބުނެފިއްޔާ އެވާނީ އެވެރިންނަށް މައްސަލައަކަށް. އެހެންކަމުން ޤާޟީންނަށްވެސް އައްޔަނުކުރަނީ އެމީހުންގެ ޕޮލިސީއާ ދިމާވާގޮތަށް ޙުކުމްކުރާ ޠާޢޫތުންނަށް.

    12
    3
  7. އަލްޖިބްރާ

    ސިހުރު ހަދައިގެން މީހަކު މަރަން ހުކުމް ކުރެވޭނީ ދިމާއަށް ފެނިގެން ސާބިތުވެގެން މީހުން މެރީމާ މަރުގެ ހުކުމް ތަންފީޒް ކުރެވިގެން !

    22
  8. ޜަނާ

    މިރާއްޖޭގައި ސިހުރު ހަދާމީހުނަށް ދޭނެ އެއްވެސް އަދަބެއް ކަނޑައެޅިފަ އޮވޭބާ

    17
    1
  9. މަރިޔަމްދީދީ

    ތީ މިރާއްޖޭގައި ބޮޑުވެއްޖެ ކަމެކެވެ. އެފަދަމީހުންނަށް މަރުވާނެކަންވެސް ހިތައްކަށް ނާރައެވެ، ނަރަކައިގެ ބިރުވެރިކަންވެސް ހިތަކަށް ނާރައެވެ. އެހެން މީހުން މަރަން ، ބަލިކޮށްލަން ސިހުރު ހަދާއިރު މަރުވެދާނެތީ އެންމެ ބިރުވެސް ގަންނަނީ އެމީހުންނެވެ. ކޮރޯނާ ބަލިމަޑުކަން ފިލައި ދިޔުމުންވެސް ބަލިވެދާނެތީ އެންމެ ގިނައިން މާސްކު އަޅައިގެންވެސް އުޅެނީ އެމީހުންނެވެ. މިފަދަ މީހުން ބަލިޖެހިދާނެތީ މިސްކިތައްވެސް އަރަނީ ވަރަށް މަދުނެނެވެ. ބިރުވެރި ހާދިސާއެއް ކުރިމަތިވާއިރަށް ގެއަށްވަދެ އެންމެ އަވަހަށް ފިލަނީވެސް އެމީހުންނެވެ. މީހުންގެ ޖަނާޒާގައިވެސް ބައިވެރިވާން ބިރުގަނެއެވެ. އެކަމަކު ނަރަކައިގެ ގަދަފަދަ ޢަޒާބަށް ބިރުނުގަނެ ރެއާ ދުވާލު ސިހްރު ހަދައި އެހެން މީހުންނަށް އަނިޔާކުރާކަށް މިމީހުން ބިރެއްނުގަނެއެވެ. މިފަދަ މީހުންނަށް ޤާނޫނުގައި ވަރުގަދަ އަދަބެއް ކަނޑައަޅަން ފެނެއެވެ.

  10. Anonymous

    ލާދީނީމީހާ ވެސް ހަތަރު ސިހުރުވެރިން ގެންގުޅޭ.
    ފުރަތަމަ ސިހުރުވެރިޔާ ސިހުރުހަދައިދެނީ ގިރިކުޅި ކުރިއަރުވަން.
    ދެވަނަ ސިހުރުވެރިޔާ ސިހުރުހަދައިދެނީ ވެރިކަން ހޯދަން.
    ތިންވަނަ ސިހުރުވެރިޔާ ސިހުރުހަދައިދެނީ ލާދީނީމީހާ ހަދާ ދޮގުތަކަކީ ތެދުކަމުގައި ރައްޔިތުންގެ ހިތްތަކަށް ވައްދަން.
    ހަތަރުވަނަ ސިހުރުވެރިޔާ ސިހުރުހަދައިދެނީ އޭރަކު އޮންނަ ވެރިކަމެއް ވައްޓާލަން.
    ލާދީނީމީހާގެ ސިހުރުވެރި ނަމަކީ ހަސަންކުރުސީ. ހަސަންކުރުސީ މާލެތެރޭގައި ބުޅާ ގިނަކޮށްލައިގެން އުޅެނީ ވެސް ބުޅާ ކަތިލައިގެން ބުޅަލުގެ ލެއިން ސިހުރު ހަދަން.

    2
    2
  11. އަލްޖިބްރާއަށް

    އެހެންވެގެންދޯ މި ރާއްޖެ އިސްލާމްވިތާ އަށްސަތޭކަ އެތައް އަހަރެއް ވީއިރު ވެސް އަތްކަނޑަންޖެހޭ ވަރުގެ ވައްކަމެއް މީހަކު ކޮށްފައި ނުވަނީ..
    ރަޖަމްކުރަން ޖެހޭ ވަރުގެ ކަމެއް ކޮށްފައި ނުވަނީ.
    ނޫނެކޭ ނޫނެކޭ ދިމާއަށް ވެސް ފެނޭ. ސާބިތުވެސް ވޭ. ނަމަވެސް އެއިރަކު ވެރިކަމުގައި ތިއްބަވާ އެއްވެސް ބޭކަލަކު ﷲ ގެ ޝަރީޢަތް ތަންފީޒުކުރާކަށް ބޭނުމެއް ނުވޭ. ވެރިކަމަށް އައީވެސް އެފަދަ މީހުން. ގިނައިން

  12. ބހުހު

    މަބުނީ މަހުޝަރު ދުވަހުން ތި މީހުުން ހުންނާނެ ފޯރިއެއްދޯ؟