ފަނާވެނިވި މި ދުނިޔޭގައި ހަސަދަވެރިން ވަރަށް ގިނައެވެ. މޮޅު ކުއްޖަކު، ދަށް ކުއްޖަކަށް ހެދުމަށް ނުވަތަ ރީތި ސޫރައެއް ލިބިފައިވުމުގެ ސަބަބުން ހަސަދަވެރިވާ މީހުން މަދެއް ނޫނެވެ. ދެ އެެކުވެރިން ހަތުރުންނަށް ހެދުމަށް ވެސް ގަދަ އަޅައި މަސައްކަތްކުރާ އެތައް ބަޔަކުވެއެވެ. އެއީ ޖިންނި ޝައިތޯނުންގެ އެހީގައި ސިހުރު ޒަރިއްޔާއިންނެވެ.

ސިރުހުގެ ޒަރިއްޔާއިން އެތައް އުފާވެރި އާލިތަކެއް ހަލާކުކޮށް އެތައް ބަޔަކު ބަރުބާދުކޮށްލައެވެ. ނަމަވެސް އެ ސިހުރު ހަދާ މީހުންނަށް ނުވިސްނޭ ހަގީގަތަކީ މާތް ﷲ ގެ ނިޔާ މާ މަތިވެރިވާނެ ކަމެވެ. އެ މީހުންގެ އެ ބޮޑު ފާފައިގެ އަދަބު ލިބޭނެ ކަމެވެ.

ސިހުރު ހަދަނިކޮށް

ފޭސްބުކްގައި ޝުއައިބް އަލީ ނަމަކަށް ކިޔާ މީހަކު ވަނީ ވަރަށް މޮޅު ކުއްޖަކަށް އަދި ހުދު އޭނާއަށް ދިމާވި ހަސަދަވެރިއެއްގެ ސިހުރު ހަދައިގެ ދިރިއުޅުން ފުނޑުފުނޑުކޮށްލުމަށް މަސައްކަތްކުރި ވާހަކަ ކިޔައި ދީފައެވެ.

ޝުއައިބްގެ ޕޯސްޓުގައި ބުނެފައިވާ ގޮތުގައި އެއީ މީގެ އަހަރުތަކެއް ކުރިން ފިރިހެން ކުއްޖަކަށް ދިމާވި ހާދިސާއެކެވެ. އޭރު އެ ކުއްޖާގެ އުމުރުން ވާނީ 13 އަހަރެވެ. އެއީ ދީނީ ކަންތައްތަކަށް ވަރަށް ފަރުވާތެރި ކުއްޖެއް ކަމަށް ވެސް ޝުއައިބް ފާހަގަކޮށްފައި ވެއެވެ.

މީހަކު ބަންގި ގޮވަނީ

އެގޮތުން އެރަށުގެ މިސްކިތުގެ އިމާމު ކައިރީގައި، ވަރަށް އާދޭސްކޮށްގެން އެ ކުއްޖާ މިސްކިތުގައި ބަންގި ގޮވަން ފެށި ކަމަށްވެއެވެ. މިސްކިތުގެ އިމާމަކީ ވެސް ވަރަށް ޒުވާން އިމާމެއް ކަމަށް ފާހަގަކޮށްފައި ވެއެވެ.

" ކޮންމެ އަކަސް އެ ކުއްޖާ، ބަންގި ގޮވަން ފެށި ފަހުން، ބާރަށް ކިޔަވަން ޖެހޭ ނަމާދުތަކުގައި ވެސް އެ ކުއްޖާ އިމާމްވެ ނަމާދުކުރަން ފެށި. އިމާމްވެ ނަމާދުކުރަން، އެ ކުއްޖާއަށް ފުރުސަތު ލިބުނު ސަބަބަކީ، އެކުއްޖާ ބަންގި ގޮވާލެއް ފުރިހަމަކަމުން މިސްކިތަށް އަންނަ މީހުން މިސްކިތުގެ އިމާމްކައިރީގައި އަޑު ހަރުކޮށް ކިޔަވާ ނަމާދުތައް އިމާމްވެ ކުރުމަށް އެ ކުއްޖާ އާ ހަވާލުކުރުމަށް އެދުމުން." ޝުއައިބުގެ ޕޯސްޓުގައި ބުނެފައި ވެއެވެ.

ކުއްޖާ ކުއްލިއަކަށް ބަލިވެ ކެއްސަރު ކަމަށް ޑޮކްޓަރު ބުނި

އެ ޕޯސްޓުގައި ބުނެފައި ވަނީ ކުއްޖާ ނަމާދުކޮށް ބަންގި ގޮވާތީ މިސްކިތުގެ އިމާމު ވަރަށް ހިތް ހަމަ ނުޖެހޭ ކަމަކަށް އެކަން ވެގެންދިޔަ ކަމަށެވެ.

ނަމަވެސް އެއާ ހިލާފަށް އެ ކުއްޖާ ގޮވައިގެން، އެ އިމާމުގެ ގެއަށް ގެންގޮސް ސައި ދީ ކާންދީ ހަދައެވެ. ބައެއް ހުކުރު ދުވަސްތަކުގައި، ސީދާ އެ ކުއްޖާއަށް އެކަނި ހާއްސަ ކެއުންތައް ތައްޔާރުކުރާ ކަމަށްވެއެވެ.

ސިހުރު ހަދަނިކޮށް

އެގޮތުގައި މަސްތަކެއް ވޭތުވެދިޔަ ފަހުން އެއްކަލަ ކުއްޖާ ބަލިވާން ފެށި ކަމަށާއި މިސްކިތަށް ދާހިތް ކެނޑި، މިސްކިތަށް ދިއުމަކީ ބުރަ އުނދަގޫ ކަމަކަށް ވެއްޖެ ކަމަށް ޕޯސްޓުގައި ބުނެފައި ވެއެވެ.

އެ ކުއްޖާ މާބޮޑަށް ބަލިވުމުން، ޑޮކްޓަރަށް ދެއްކުމުން އެއީ ގޮހުރުގެ ކެންސަރުކަމަށް ބުނި ކަމަށްވެއެވެ. އަދި އެކުއްޖާގެ ދުލުގައި، އުފެދުނު ފާރުގަނޑެއް ރަނގަޅުނުވެ ކެންސަރަށް ބަދަލުވި ކަމަށް ވެސް ބުނެފައިވެއެވެ.

ރުގްޔާ ކުރުމުން ކުއްޖާ އަށް ސިހުރު ޖެހިފައި ހުރިކަން އެނގުނު

ޝުއައިބުގެ ޕޯސްޓުގައި ބުނެފައި ވަނީ އޭނާއަށް އެ ރަށަށް ދެވުނީ ރާއްޖެ ތެރޭގެ ރަށަކަށް، ކުރި ދަތުރެއްގައި ކަނޑު ގަދަވެގެން، އެ ރަށުގައި މަޑުކުރަން ޖެހުމުން ކަމަށެވެ. ދެ ދުވަސް ވަންދެން މަޑުކުރަންޖެހުނު ކަމަށް އޭނާ ބުންޏެވެ. އޭނާއަށް އެންމެ ގާތުން، މެހުމާންދާރީ އަދާކުރީ އެކުއްޖާގެ ބައްޕަ ކަމަށް ޕޯސްޓުގައި ބުނެފައި ވެއެވެ.

" ދަރިފުޅުގެ ހާލަތު ގިސްލަގިސްލާފަ ރޮމުން އެ ބައްޕަ ކިޔައިދިން. ފާހަގަކުރެވޭ ބައެއް ކަންކަން ހުރުމުން ،އަޅުގަނޑާއި އަޅުގަނޑުގެ އެކުވެރިން ނިންމީ، އެކުއްޖާ ކައިރީގައި ރުގްޔާގެ އާޔަތްތައް ކިޔަވާލުމަށް.
އެގޮތުން ކިޔަވަން ފެށިން. ފާތިހާ ސޫރަތް ނުނިމެ. ޖިންނި ހާޒިރު ވެއްޖެ. ޖިންނި ހާޒިރުވީ، އެކުއްޖާ ބަންގި ގޮވާ މިސްކިތުގެ އިމާމުގެ ސިފައިގައި. ނަމަވެސް އެ މިންވަރުން އެއީ މިސްކިތުގެ އިމާމު ކުރި ކަމެކޭ އަޅުގަނޑުމެން ނުބުނަން." ޝުއައިބް ޕޯސްޓުގައި ބުނެފައިވެއެވެ.

ސިހުރު ހަދަނިކޮށް

ކޮންމެއަކަސް ވަރަށް ގިނައިރު ކިޔެވި ފަހުން، މިސްކިތުގެ އިމާމުގެ ނަމުގައި ޖިންނި ވާހަކަ ދައްކަން ފެށި ކަމަށާއި ވަރަށް ގިނަ ވާހަކަ ދެއްކި ކަމަށް ބުނެފައިވެއެވެ. އޭރު ފަތިސް ނަމާދަށް ބަންގި ގޮވަން ވަރަށް ކައިރިވެއްޖެކަމަށް ޕޯސްޓުގައި ބުނެފައި ވެއެވެ.

ޝުއައިބް ޕޯސްޓުގައި ބުނެފައިވަނީ މިސްކިތުގެ އިމާމު އެކުއްޖާއަށް ދީފައިވާ ހަދިޔާތައް ފެނުމުންނާއި އިތުރަށް ޝައްކު ކުރެވޭ ބައެއް ކަންކަން ހުރުމުން، އެރޭގެ ފަތިސް ނަމާދަށް އެ އިމާމު ބަންގި ގޮވަން ފެށި ވަގުތު އެ ކުއްޖާ ކައިރީގައި، ކިޔަވަން ފެށި ކަމަށެވެ.

އެ އިމާމު މީހާއަށް އޭނަގެ ބަންގި ފުރިހަމައެއް ނުކުރެވުނު ކަމަށާއި އެރޭ އޭނަ ގަމަތް ދިނީ ވެސް ނުބައިކޮށް ކަމަށް ބުނެފައިވެއެވެ. އަދި ފަތިސް ނަމާދު ވެސް ފުރިހަމަކުރެވުނީ ކިރިޔާ ކަމަށް ބުނެފައިވެއެވެ.

ކުއްޖާއަށް ސިހުރި ހެދިކަން އިމާމު މީހާ އެއްބަސްވި

" ފުލުހުން މެދުވެރިކޮށް އޭގެ އަނެއް ރޭ، އަޅުގަނޑުމެން އެ އިމާމު މީހާއާ ސުވާލުކުރަން ދިޔައިން. ފުލުހުންނާ އެކު އަޅުގަނޑުމެން ފެނުމުން އޭނަ ވަރަށް ބިރުގަތް. ފުރަތަމަ އުޅުނީ ފިލަން. އޭނަ ހިފަހައްޓައިގެން ވަރަށް ގިނައިރު ވާހަކަ ދެއްކުމަށްފަހު، އޭނަގެ ކޮޓަރި ބެލިބެލުމުން ސިހްރު ހެދުމަށް ބޭނުންކުރާ ވަރަށް ގިނަ ސާމާނުތައް ކޮޓަރިން ފެނުނު." ޝުއައިބް ބުނެފައި ވެއެވެ.

ސިހުރު ހަދަނިކޮށް

ކޮންމެއަކަސް އޭނައަށް ސަލާމަތްނުވާނެކަން އެނގުމުން އާންމުނަށް ސިއްރުކޮށްދޭން ޝަރުތުކޮށް، ތެދަށް ކިޔައިދޭން ފެށި ކަމަށާއި އޭނަ ފަޟީހަތް ނުކުރުމަށް ވައުދުވި ކަމަށް ވެސް ބުންޏެވެ.

ޝުއައިބްގެ ޕޯސްޓުގައި ބުނެފައިވާ ގޮތުގައި އިމާމުގެ ވާހަކަތަކުން އެނގުނު ގޮތުގައި، އޭނަ އެކުއްޖާއަށް ސިހުރުހެދީ އޭނައަށްވުރެ ރީއްޗަށް ބަންގި ގޮވާ، ރީއްޗަށް ގުރްއާން ކިޔަވާތީއެވެ. އެ ކުއްޖާގެ ސަބަބުން އެރަށުގެ އާންމުން އެ އިމާމު މީހާއަށް ކުރާ އިހްތިރާމް ގެއްލިގެންދާ ކަމުގެ އިހްސާސް ކުރެވުނީމައި ކަމަށް ބުނެފައިވެއެވެ.

އަދި ކީރިތި ގުރްއާނާއި ގުޅޭ ކޮންމެ ކަމެއްގައި، އެރަށުމީހުން އެ އިމާމު މީހާއަށް އިސްކަން ނުދީ، އެކުއްޖާއަށް އިސްކަން ދޭ ކަމަށް ބުނެފައިވެއެވެ.

" ކޮންމެއަކަސް ގަބުރުސްތާނުގެ އިތުރުން، އެ ކުއްޖާ އާންމުކޮށް މިސްކިތަށް ވަންނަ ދޮރުމައްޗަށާއި އެކުއްޖާ ބަންގި ގޮވަން ފެށުމުގެ ކުރިން އަޑު ރަނގަޅުކޮށްލާށޭ ބުނެ އެ އިމާމު ދޭ ފެންފުޅި އަށާއި އެ ކުއްޖާގެ ފައިވާނަށާއި އެ ކުއްޖާ އިމާމުވެ ނަމާދުކުރާނަމަ އެ އިމާމު މީހާ އަޅައިދޭ ހާއްސަ މުސައްލަ އަށާއި މިސްކިތުގެ ވަޅަށް ސިހުރު ހެދިކަމަށް އެއްބަސްވި." ޝުވެއިން ބުނެފައި ވެއެވެ.

އެރޭ އެ ހުރިހާތަނެއް ހޯދައި ކޮންނަންޖެހޭ ތަނެއް ކޮނުނީ، އެއިމާމު މީހާ ލައްވައި ކަމަށާއި ބާތިލަށް ފެންކިޔުއްވީވެސް ފުރަތަމަ އޭނަ ލައްވައި ކަމަށް ޕޯސްޓުގައި ބުނެފައި ވެއެވެ.

އެ ކުއްޖާއަކީ މިއަދު ފަހުރުވެރިވާފަދަ މީހެއް ކަމަށާއި ދީނީ ކަންކަމުގައި ވަރަށް އިސްކޮށް އުޅޭ މީހެއް ކަމަށް ޝުއައިބް ޕޯސްޓުގައި ބުނެފައި ވެއެވެ. ކެންސަރުގެ އެއްވެސް ކަމެއް އެ ކުއްޖާގެ ކިބައިގައި ނެތް ކަމަށް ޝުއައިބު ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ތ

    ތީ އިމާމެއްތަ ނޫނީ ސިހުރުވެރިއެއްތަ .....

    41
    1
  2. lޙަސަނާ

    ސިހުރުހަދާމީހުނައްހަރުކަށި އަދަބުދޭންނުކެރެނީ ކީއްވެބާ ސަރުކަރުތައްހާދަޖެހެލުންޥޭ ސިހުރުވެރިންދެކެ..

    35
    1
    • ވަގުސަރުކާރު

      ތު ސިހުރަކީ ކޯއްޗެއް؟ ވުޖޫދުގަ ނުވާ އެއްޗެއްގެ ވާހސކަ ތި ދައްކަނީ. ﷲ އަށް ލިބިގެންވާ ބާރު ތިމާމީއަށް ލިބިފަވާކަމަށް ދައުވާކޮށްގެން ތި ހަދާ ސިހުރަކީ ކުފުރު. ﷲ އަށް ޝަރީކުރުން.

      6
      9
  3. ހުސޭނުބޭ

    ސިހުރުހަދާ މީހުންނަކީ ނުބައި ބައެއް!

    32
    1
  4. Anonymous

    ސުބުޙާނަﷲ! ހެޔޮވާނީ ކިހިނެއް

    52
    1
  5. ކަހުރަބު

    ސިހުރު ހެދިތަ ކަށަވަރުތަ ، ކަނޑި އެތިފަހަރަކުން ޖަހާ ކަނދުރާއާއި ބޯ ވަކި ކޮށްކަންވީ އެ ނިމުނީ ،
    ޑިމޮކްރަސީ ސަކްސް !

    51
    1
  6. މަހިބަދޫ މީހާ

    ރުޤްޔާކުރައްވާ ބޭކަލުން މިފަދަ ގިނަ ހާދިސާތައް ލިޔުމަށް އެދެން. ސަބަބަކީ މިއަދު ދިވެހި މުޖުތަމަޢީ ވެސް ސިހުރުހާހޫރަވެރިން ގިނަ އަދަކަށް ތިބި ތަނެއް ކަމަށް ވެފައި އެކަމުގެ ހާދިސާތައް ކިޔުމަކީ އެފަދަ ކަންކަމުން ދުރުވުމަށް އެެޅޭ ފިޔަވަޅަކަށް ވާނެތީ.
    ކޮންމެއަކަސް ސިހުރުވެރިންނަށް އިސްލާމީ ޝަރީޢަތުގައި އޮތް ހުކުމް ތަންފީޒުކުރެވޭނަމަ އެ ޝިރުކުވެރިންގެ ކިބައިން ކޮންމެސް މިންވަރަކަށް މިންޖުވެވޭނެކަން ޔަޤީން.
    އެ އެއްޗެހިންނަށް އަދަބުނުދީ ކިހަވައް ލިޔެ، ތަވީދުލިޔެ، އަކަކުރަހާ، ، ރަމަލުބަލާ، އިރުވަރުބަލާ، މިސްކިތުތެރޭ އެފުށްމިފުށަށްޖެހި، ، ، ފާލުބަލާ، ޝައިޠާނާއަށް އަޅުކަންކޮށް ހަދަން ދޫކޮއްލީމާ މުޅި ރަށް ހަލާކުވެ ޚަރާބުވެގެން މި ދަނީ. ގިނަ މީހުންނަކީ ދުޢާތަކަށް ރައްކާތެރިނުވާ، ނަމާދެއް، ކޮބައިކަމެއް ނަމާދުގެ ސުންނަތަކީ، ކޮބައިކަމެއް ނަމާދުގެ ފަރުޟަކީ ނޭނގޭ ޖާހިލުން.

    33
    1
  7. ިސސެ

    ހަސަދަވެރިން ވަރަށް ގިނައެވެ

    20
    1
  8. ހަގީގީ ސިހުރުވެރިން

    ހަގީގީ ސިހުރުވެރިންނަކީ މީހުންގެ އީމާންކަން ބަލިކަށިވެ ރޫހާނީ ނަފްސާނީ ބަލިމަޑުކަން ފަތުރާ ކަލާނގެ މިންވަރަށް ޝައްކު އުފެދޭ ގޮތަށް ސިހުރާ އޭގެ މައިތިރިއާ ޕްރޮމޯޓް ކުރާ ރޫޙާނީ ވިޔަފާރީގެ އަހުލުވެރިން

  9. ވަގުސަރުކާރު

    ތު ސިހުރަކީ ކޯއްޗެއް؟ ވުޖޫދުގަ ނުވާ އެއްޗެއްގެ ވާހސކަ ތި ދައްކަނީ. ﷲ އަށް ލިބިގެންވާ ބާރު ތިމާމީއަށް ލިބިފަވާކަމަށް ދައުވާކޮށްގެން ތި ހަދާ ސިހުރަކީ ކުފުރު. ﷲ އަށް ޝަރީކުރުން.

    2
    11
    • ވަގުސަރުކާރަށް

      ސިހުރަކީ ވުޖޫދުގައި ނުވާ އެއްޗެއް ކަމަށް ކަލޭ ބުނެފިނަމަ ޤުރުއާނަށް ކާފަރުވީ. ޤުރުއާނުގައި ސިހުރަކީ ހަޤީޤަތެއް ވާ އެއްޗެއްކަން އެނގެން އެބައޮތް.

      21
  10. ސާމް

    އަލް ހަމްދުލިއްލާހި.

  11. ފިރާގު

    ރަށުތެރަށް ގިނަކޮށްލާ ތިފަދަ ނުލަފާމީހުން

    5
    2
  12. ކޮސްފަހަރި

    މުދިމަށް ކުރެވޭނީ ކޮންކަމެއް؟؟؟ ސިހުރަކީ އޮތް އެއްޗެއް ނޫން! ޙަގީގަތެއް ނޫން!! ސިހުރުގެ ވާހަކަ قران ގައި ޒިކުރު ކުރެވިފައިވަނީވެސް ހަމަ އެކަނި އެކަން ކުރާން އުޅުމުގެ ނުބައި ކަމުގެ މައްޗަށެވެ. ފަހަރެއްގައިވެސް ސިހުރަކީ އޭގެން ކުރެވިދާނެ ކަމަށް އެ ހަދާމީހާ ދެކޭ ކަންތައްތައް މީސްތަކުން ތެދުކޮށް ގަބޫލުކުރުމުގެ މައްޗަށް ޒިކުރުކުރެވިފައިވާ އެއްޗެއް ނޫނެވެ. މީގެންވެސް އެގެނީ ސިހުރަކީ ވުޖޫދުގަ ނުވާ އެއްޗެއްކަމާއި އެ ގަބޫލު ކުރުމެއް ނެތް ކަމެވެ. މީސްތަކުން މުދާ ހަރާންގޮތުގައި ކެއުމުގެ ބޭނުމުގައި ނުވަތަ މީހަކަށް ގެއްލުން ދިނުމުގެ ބާރު، ތިމާ ހިއްލާލާ އިގިލީގައި ނުވަތަ ކިޔަވާ ކިޔެވެލީގައި ނުވަތަ ކުރަހާ ކުރެހުމެއްގައި ނުވަތަ ޖިންނި ފަދަ މަޚްލޫގުތަކާ ތިމާމީހާ ކޮމިއުނިކޭޓު ކުރަނީ ކަމަށް ދައްކައި، ސަލާމަތް ބުއްދި ގަބޫލުނުކުރާ މުޑުދާރު އަމަލުތައް ހިންގުމުގެ ތެރެއިން އެހެން އިންސާނުންނަށް ލިބިގެން ނުވާ އާދަޔާ ޚިލާފު ބާރު ތަކެއް ތިމާއަށް ލިބިގެންވާކަމަށް ދައުވާކޮށް އަދި ނުވިތާކަށް މީސްތަކުންގެ ބޮލަށް އެ ވާހަކަތައް ވައްދަން މަސައްކުރުމަކީ ކުފުރުގެ އެންމެ މަތީ ދަރަޖައެވެ. ޢަދި އެއީﷲ އަށް ޝަރީކު ކުރުމެވެ. އެހެންކަމުން އަމިއްލައަށް ތިމާމީހާ މީ އާދަޔާ ޚިލާފު ބާރުތަކެއް ލިބިގެންވާ ސިހުރުވެރިޔާ އޭ ކިޔާ މި ނުބައި މީހާގެ ފަރާތުން ފެންނާނެ ހެޔޮކަމެއް ނޯންނާނެއެވެ. ޢެގޮތުން، ސިހުރުގެ ވާހަކަ قران ގައި ޒިކުރުކުރެވިފައި މިވަނީވެސް މީނާގެ މި ދޮގު ވާހަކަތައް ގަބޫލު ނުކުރުމުގެ މައްޗަށެވެ.

    3
    5