ކޮވިޑް-19 ގައި މަރުވާ އެހެން ގައުމުތަކުގެ މުސްލިމުން ރާއްޖެ ގެނެސް ވަޅުލުމަށް ތާއީދު ކުރައްވައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވާހަކަފުޅު ދައްކަވައިފިއެވެ.

ގާސިމް މިކަމަށް ތާއިދު ކުރައްވާފައި ވަނީ އަވައްޓެރި ސްރީލަންކާގައި ކޮވިޑް-19 ޖެހުގެން މަރުވާ މުސްލިމުން ރާއްޖެ ގެނެސް ވަޅުލާނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެ ގައުމުން ރާއްޖޭގައި އެދިފައިވަނިކޮށެވެ.

ގާސިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުން ޖަނާޒާގެ ކަންތައް އިސްލާމް ދީނުގައިވާ ގޮތަށް ކުރުމަށް ފުރުސަތު ނުލިބިގެން އެ ހަށިތައް އަންދާނަމަ، ރާއްޖެއިން އެ ކަމަށް ކޮށްދެވެން އޮތް ކަމެއް ރައްކާތެރި ކަމާއެކު އިސްލާމް ދީނުގައިވާ ގޮތަށް ކޮށްދެވުމަކީ އެދެވިގެންވާ ކަމެއް ކަމަށެވެ.

ގާސިމް މިހެން ވިދާޅުވެ ޓްވީޓެއް ކުރައްވާފައިވަނީ އެ ކަމަށް ތާއީދު ނުކުރައްވާ ކަން ހާމަ ކުރައްވައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ރާއްޖޭގެ ކުރީގެ ރައީސް އަދި އެމްއާރުއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރޭ ޓްވީޓެއް ވެސް ކުރައްވާފައިވަނިކޮށެވެ.

ލަންކާއިން އެ ގޮތަށް ދިވެހި ސަރުކާރުގައި އެދުމުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިހާރު ގެންދަވަނީ ކަމުގެ މަޝްވަރާތައް ކުރިއަށް ގެންދަވަމުން ކަމަށެވެ. އެކަމަކު އެ ކަމުގައި އަދި އެއްވެސް ގޮތެއް ނުނިންމަވާ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ސްރީލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ، ރާއްްޖޭގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙްގެ އަރިހަށް ފޮނުއްވި ސިޓީފުޅެއްގައި ވަނީ ކޮވިޑް-19 ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާއި އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް އެ ގައުމުގެ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށާއި، ރާއްޖޭގައި ލަންކާގެ މިފަދަ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

33 ކޮމެންޓް

 1. ޕަޓް

  50 އެތައް މުސްލިމް ޤައުމުން ލަންކާ ކުރިމަތީ ކުޑަކަކޫ ޖަހަން ޖެހުމަކީ ލަންކާ މުސްލިމުން ރައްޔިތުންނަށް ކުރެވޭ އިހާނަތެއް. ލަންކާ މުސްލިމުންނަށް އެހީވުމަކީ އެމީހުން އެ ތަނުން ބޭރުކުރުމަށް ލަންކާގެ ހައްދުފަހަނައަޅާފައިވާ ބުޑިސްޓުންނަށް އެހީތެރިކަން ދިނުމެއް ނޫން. ލަންކާ މުސްލިމް ރައްޔިތުންވެސް ކްރިއަސްޓިއަން ދީނުގެ ރައްޔިތުންވެސް އެމީހުންގެ ދީނީ ޢަޤީދާއެއް ގޮތަށް ޖަނާޒާގެ ކަންތައް ކުރިއަށް ގެންދިއުމަށް ފުރުސަތު ދޭންޖެހޭ. އެ ގޮތަށް ވާކާލުތު ކުރޭ.

  32
 2. މާމީ

  ހެ ހެ ބަލަގަ ގާސިމާ ކަލޭ މިސަރުކާރުން އެއްޖިންސުން ކައިވެނި ކުރަން ހުއްދަދޭން އުޅުނަސް ތާއީދު ކުރާނެ ނުކޮއްކީއްކުރާނީ.....

  39
  1
 3. ސައްފަތު

  ލަންކާގެ މުސްލިމް ޖަމާޢަތަކާ ޙަވާލުކޮށްގެން އެކަން ނުކުރެވޭތޯ؟ ޚަރަދުވެސް ކުޑަވާނެ.

  38
 4. މޯދީ

  ލަންކާގެ މުސްލިމުން ދިރިއުޅެން ރާއްޖެއިން ބައެއް ދޭންވެސް މިމީހުން އޯކޭވާނެ.

  29
  2
 5. ސުވާލު

  އަހަމްދު ލިﷲ. ކޯލިޝަންއިން ހިފަހައްޓާ ތަނބަކީ ގާސިމް. ގޮތްދޫކުރާ މީހަކީވެސް ގާސިމް.

  11
  9
 6. އުމޭމާ

  އަހަރެންވެސް މިކަމައްތާއީދު މުސްލިމަކު އަންދާލައިފިއޭ ބުނެފިއްޔާ މަ ހަމަ ހިތްފަޅާއިގެންދާވަރު ވޭ ހެޔޮނުވާނުތޯ އެކަހަލަ އިހާނެތިގޮތެއް އަހަރެމެންގެ އަޙްންނާއި އުޙްތުންނައް ހަދާކައް. ކޮން މުސްލިމަކުތޯބޭނުންވާނީ އޭނަ މަރުވީމަ އަންދާލަން ތިމާގެ ގާތް މީހަކަށް މިކަހަލަ ކަމެއްވީމަ އިހްސާސް ވާނީ އޭގަ ހުރި ވޭނާ ހިތިކަން މުސްލިމުންނަކީ އެއް މުސްލިމަކާއި އަޅާލަ އޯގާތެރިވާ ބައެއް ދިވެހިންނަކީވެސް ވަރަށް ފަހަކައް ދަންދެން އެހެން އުޅުނު ބައެއް ސިޔާސީ އޮޔާގަޖެހި އެއްމެންގެ އެއްބައިވަންތަކަން ރޫޅިއްޖެ. މިހާރު އެއްބަނޑު އެއްބަފާ މީހުންވެސް މިތިބެނީ މި ސިޔާސީ ކަމަކާހުރެ މޫނުކެނޑިފަ.

  10
  6
  • ބޯހަލާކު

   އެކިތަންތަނުގަ މަރާލަމުސްލިމުން ރާއްޖެގެނެސްވަޅުލަންޖެހޭތަ.!! މިއަށްވުރެ ބިންއޮތްތަނެއް ނެތީތަ..!؟ ގާސިމާ، ރިލޯޑްސޭހުންތަކާ...ތިއުޅެނީ އެމްޑީޕީ އަކީ ލާދީނީ ބައެއްނޫންކަންދައްކަންވެގެން ދެއްތޯ.؟!
   ތިޔައްވުރެމާހެޔޮވާނެ ﷲއަށް އުރެދުނުމީހުންނަށް އަދަބުދޭންގޮވިއްޔާ...

 7. ސައްލި

  ބުރުމާ މިސަރުކާރުން ކޮންމެ ކަމަކަށްވެސް އޯކޭ ވާނެ ސަބަބަކީ އޭނަގެ އަންހެނުން ސަރުކާރުގެ މިނިސްޓަރަކަށް ހުރީމާ ތިއަށްވުރެ ރަގަޅެއްނު އެހެންކަމަކާ އުޅުނިއްޔާ މިހާރު ތީ މީޙުން ބަލައިގަންނަ މީހެއް ނޫން ރިސޯރޓްތަކުގެ މުވައްޒަފުންނަށް ހަދާލި ގޮތް އެއޮތީ ފެންނަން ތިވަރު މީހަކު އަގަ ހުޅުވައިގެން ރައްޔިތުންނޭ ފަޅޮލޭ ކިއުމުން މީހުން ގާތަށް އަންނަނީ ހިނި ހެޔޮނުވާނެ ކަލޭ އަގައިން ނުބުނެ ހުރިއްޔާ ކަލޯ މަތިން މީހުން ހަދާންނެތި އަންނަ ރުޅިގަނޑުވެސް ހިދެމުންދާނީ ޓްރާންސްޕޯރޓް މިނިސްޓްރީއަކީ މިހާރު ސަރުކާރަށްވެސް އޮތް ބާރޑަންއެއް ރައްޔިތަކަށް ހިދުމަތް ދެނީ އެތް ނޫން އޭނަވެސް އެބަލަނީ ގާސިމްގެ އެއަރޕޯރޓް އޭނަގެ ފްލައިޓް ކުރިއެރުވޭތޯ ފްލައިންގް ސްކޫލް ކަންތަކެއްވެސް ހަމައެއް ނުޖެހުނު ރަގަޅަށް ވިއްޔާ އެތަނުން ވެސް ބައި އެޅިފައިވާނީ ބޯހަލާކު މިމީސްމީހުން ބޭރުކޮށްގެން ނޫނިއްޔާ ސަރުކާރު ހިންގަން އުދަގޫ ވާނެ ޖުމްހޫރީ ޕާރޓީގެ މިނިސްޓަރުންނާއި ހެދި ސަރުކާރު މިއޮތް ހުލިވަނީ ހުރިހާ މިނިސްޓަރުންނާއި ގާސިމް ވެގެން ސަރުކާރުގެ ހަޒާނާ ދޮވެފައި ބިތުގައި އަޅައިފި ވިސްނާ މީހުން ވިސްނޭ މީހުން މިކަމަށް ހައްލެއް ބޭނުން ސަހަރޯ މިކަހަލަ ޕާރޓީއެއް ވެރިކަމަށް އައިމާ ވާނެ ގޮތުގެ ތަމްސީލް ކުޅެވެމުން މިދަނީ ޖުމްހޫރީ ޕާރޓީ ޤައުމުގެ ހަލާކު

  18
  1
 8. ގަރުނު

  ހައްތާވެސް ވަގުތީ ފައިދާ ނަގަންއުޅޭ މީހުން މިފެންނަނީ، 30 އަހަރު ވެރިކަންކުރީ ދުރުވިސްނޭ މީހާ. އަދިވެސް އެވަރުގެ ސިކުނޑިއެއްގެ ވެރިއެއް މިފަސްގަނޑު ނުދެކޭ.

  26
  1
 9. ބާސިރު

  ބުރުމާ ގާސިމްގެ ސަންއައިލެންޑް ރިސޯޓްގަ ވަޅުލަން ފެންނަނީ މީހުންދިރިއުޅޭ އެއްވެސް ރަށެއްގަ ވަލުލަން މަތާއީދެއް ނެތް

  23
 10. އަލްޖިބްރާ

  ބުރުމާ އަކީ އަބަދުވެސް މިޤައުމުގެ ހަލާކަށް އުޅޭ މީހެއް ! ލަންކާގަ ކޮރޯނާ ވައިރަސް ޖެހޭ މުސްލިމުންވެސް ރާއްޖެ ގެންނަން ވީނު ؟ އިސްލާމް ދީނުގަ މުސްލިމުންގެ ޤަބުރުތައް އެގޮތް މިގޮތަށް ދުނިޔޭގެ ތަންތަނަށް އެކްސްޕޯރޓް ކުރާކަށް އަންގަވާފައެއް ނެތް ! މިއީކީ މުސްލިމުންނަށް އެހީވުމެއް ނޫން ! ކަލެއަށް އެވަރު ނޭގެންޏާ އަގަނުތަޅާ ހުރީމަ ނިމުނީ !

  25
 11. ސަން

  ގައުމުތަކުގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަނުމަކީ ބުއްދިވެރިކަމެއް ނޫން. މަރުވާ މީހުން އެހެން ގައުމުތަކަށް ފޮނުވާނަމަ އަދި އެފަދަ މީހުން ބަލައިގަންނަނަމަ އިސާހިތަކު ތިމަންމެން މިވެނި ނަސްލުގެ ނުވަތަ މިވެނި ދީނެއްގެ މީހުންނެއް ބަލައެއް ނުގަންނަމޭ ކަލޭމެން އެމީހުން ގެންދާށޭ ބުނާ ހިސާބަށް ކަންތައްދާނެއެވެ. ލަންކާގައި ތަމަޅައިންނަށް ވީ ގޮތް އެނގޭނު. އެމީހުންނަށް ޖެހުނީ ބައެއް އެހެން ގައުމުތަކަށް ހިޖުރަ ކުރަން ލަންކާގެ މުސްލިމުންނަށް އެހާލު ޖެހޭ ދުވަހު ރާއްޖޭން އެމީހުންނާ ހަވާލުވާށޭ ނުވަތަ ރެފިއުޖީންތައް ތިމަންމެން މަރުވީމާ ހަވާލުވި ގޮތަށް ދިރި ދުނިޔޭގައި ތިއްބާ ވެސް ހަވާލުވާންޖެހޭނެ ބުނާ ދުވަހު ރާއެްޖެ އަށް އެބުރަ އުފުލޭނެބާ. ހަމައެކަނި ދީނީ ނަޒަރަކުން ނުވިސްނާ މުޅި ގައުމުގެ މަސްލަހަތަށް ވިސްނަންޖެހޭނެ.

  16
 12. ބުރުމާ ކަަށި

  ވޯޓުލާގެން މީހުން ވަޅުލާ ހިސާބައް ދިޔައިދޯ މިހާރު ބޮއެހާލާކު 🤨

  19
 13. މޮޔަ ހަސަނު

  ބަލަ މިއުޅެނީ ދިވެހިން މަރުވީމަ ވަޅުލާނެ ޖާގައެއްވެސް ނުލިބިގެން! މިހާރު އާސަހަރާފުރިއްޖެ! ދެން؟ ހެހެހެ' ތިއުޅެނީ އައްޑޫ ނުވަތަ ލާމުއަތޮޅުގަ ތިކަންކުރަންދޯ؟ ކިހާވަރެއް ސަރުކާރުގެ ބޮޑުންނައް ލިބޭތަ ތިކަމުން؟

  29
 14. ޖަނާޒާ

  ވިލާ އެޔަރ ގެ ބައިވެރިވުންއޮތީބާ؟ މައްޔިތުންގެ ޓިކެޓްކޮޅުންވެސް އަސަންދަ ހޯއްދަވަނީބާ؟ މިހެން މި ބުނީ ޤާސިމަކީ އަމިއްލަ އެދުމުންފޯވެފައިވާ މީހަކަށްވާތީ. ތިމާ ޔަށް ކޮންމެ ވެސް ފައިދާއެއް ލިބޭކަމެއްގައި ވަރަށް އަވަހަށް ތެޅިގަންނަ މީހަކަށްވާތީ.

  19
 15. މާމިގިލީ މީހާ

  މީ އަނެއް ބޯގޮވި.

  19
 16. ކަނަމަނަ

  ޢެއްމެރަގަޅުގޮތަކީ ލަންގާގެމުސްލިމުންވަޅުލުމައް ގާސިމުގެ ރިޒޯޓްތަކުން ބިންދިނުން

  23
 17. Anonymous

  ރައްޔިތުން ކައިރީގައި އެހުމެއް ކެހުމެއްނެތްތޯ. ދިވެހިިބިން މީ ޤާސިމާއި ސޯލިޙް ގެ ތަރިކަ މުދާ ގަނޑެއްތޯ.
  ޙައިރާންވެ އަންތަރީސްވެއްޖެ.
  ވޯޓު ލާން ވީމަ ރައްޔިތުން.
  ލަންކާގެ މުސްލިމުން ވެސް އެނޫ.ން މީހުން ގެވެސް ގަބުރު މިތަނަށް ގެނެސްގެން ނުވާނެ

  20
 18. ގލޅ

  ލަންކާގައި ކޮވިޑް ޖެހިގެންމިރުވާ މު ސްލުމުން ރާއްޖެގެނެސ ސް
  ވަޅުލަން ނުފެނެއެވެ އެގައުމުގައި މަރުވާމީހުން ވަޅުލާނެ ޖާގަ
  ރާއްޖެއަށްވުރެ މާބޮޑަށް އެގައުމުގައި އޮތްއިރު އެމީހުން ލަންކާގައި ވަޅުލުމަށް ރާއްޖެއިން އެހީތެރިވެދިނުން ރަނގަޅެވެ.

 19. ވިސްނާލުމަށް އެދެމޭ

  ގާސިމޫ އެތެރެ ކުރާ ކޮއްމެ ގަބުރަ ކަށް ކިހާވަރެނަގަންތަ...އިންތިހާބަށް ބަހަންދިން ފައިސާ ގެންނަނީތަ..ބޭރުގައުމުތަ ކުންދޭ ފައިސާ އެތެރެ ކުރާނެ މޮޅުގޮތެހޯދީދޯ...ލަން ކާ މުސްލިމުންގެ ގަބުރު ވަޅުލުމަ ކީ މައްސަލައެއްނޫނޭވެސް ބުނެވިދާނެ އެ ކަމަ ކު މައްސަލައަ ކަށްވަނީ ސަރު ކާރުގެ އަމަލުތައް ހުންނަގޮތުން....ވައް ކަން ކުރާތީ..ގާސިމަށް ވަރިހަމަވާނެ ބައިލިބޭވިއްޔާ..

 20. ހއ

  ޙުންނަ ފިޔަވަޅަށް އެކަނި ނުވިސްނަވާ ސިޔާސީ ބޭފުޅުންވެސް. .. ލަންކާ އަކީ މުސްލިމުން ދެކެ ތިހާ ރުޅި އަންނަ ބަޔަކަށް ވާއިރު ސަރުކާރުން ތިޚަރަދު ނުކޮށްފި ނަމަދެން ނިކުންނާނެ މައަސަލަ ތަކަކަކީ ކޮބާތޯ ބައްލަވާ .. ފުރަތަމަ ކަމަކަށް މުސްލިމުން އަތުން ތިކަން ކުރުމަށް އިތުރުު ޚަރަދު ގޮސް އެމީހުން އިތުރަށް ނިކަމެތިވުން .. މުސްލިމުން އިތުރަށް ނިކަމެތިވުން ނޫންކަމެއް ތިކަން ރާއްޖެއިން ކުރުމަކުން ނުވާނެ. ޢަނިވެރި ކަމާދެކޮޅު ހަދަން ޖެހޭ. ޙަމަ އެއާއެކު އަނިޔާވެތިކަމުން މުސްލިމުން ސަލާމަތް ކުރަން މަސައްކަތް ކުރަންޖެހޭ..... އެމީހުންގެ ގައުމުގައި އެމީހުން ވަޅުލުމުގެ ހައްގު ހޯދަން މަސައްކަތް ކުރަން ޖެހޭ
  މީގެ ޖީލެއް ފަހުން ނުވަތަ ދެ ޖީލު ފަހުން ނިކުމެދާނެ މައްސަލަތަކަށް ދިވެހިން ވިސްނަންޖެހޭ ..

 21. ސމި

  ލަން ކާ ބުޓިސްޓުން މާދަމާ .ލަން ކާގެ މުސްލިމުން ލަން ކާގައި ވަޅުލައިގެން ނުވަަނޭ ބުނީމާ އެ ހުރިހާ މުސްލިމުން ރާއްޖެ ގެނެސް ވަޅުލުން އެއީ ތޯ ތިޔަ ބުނާ ވާހަ ކަ އަ ކީ. ލަން ކާ ސަރުކާރުން އެފަދަ ހުށަ ހެޅުމެއް ހުށަ ހެޅުން އެއީ މުސްލިމުންނަށް ކުރި އިހާނާތެއް. އެ މީހުން ދަޢުވާ ކުރާ ހަމަ ހަމަ ކަން ކޮބާ .

 22. ވިލްދާން

  ކކޮބާ ބިން ނުލިބެގެން ޕޯސްޓަރު ހިފައިގެން އުޅޭ ޝުއައިބު. މިއޮށްގެން ލަން ކާ ގަބުރުންނަށް ވެސް ބިންދެނީ

 23. ދިރާސާ

  ކައުންސިލް ތަކުން މިކަމާ ދެކޮޅު ހެދުމަށް ގޮވާލަން

 24. ގާބެ

  2023 ގައި އަބްދުﷲ ސާހިދު އާއި ބައިއަތު ހިއްޕެވީތޯ؟ ވެރިކަމުގެ ދަހިވެތިކަމުގައި ކޮއްފަ ނުކުރާނެ އެއްވެސް ކަމެއް މިމީހުން ނުހުއްނާނެ.

 25. ސޭފް

  މަނިކުފާނުގެ މަތިންދާބޯޓު ފޮނުވައިގެން ލަންކާގައިތިބި ކޮވިޑްބަލިކުދިންކޮޅު މަރުވެދާނެކަމަށް މިޤައުމަށް އެތެރެކުރެވޭތޯ މަސައްކަތް ކުރައްވާ އަވަހަށް. އޭރުން ފްލައިޓަށްވެސް ލާރިކޮޅެއްލިބޭނެ. މަރުވީމާ ގެނައުމަށް ލިބޭލާރި މަދުވެސް ވެދާނެ. ލަންކާގެ ނިކަމެތި މުސްލިމުންނަށް ލަންކާ ސަރުކާރުން އެވަރުގެ ޚަރަދެއް ނުކޮށްދޭނެ. ލަންކާ ސަރުކާރުން މުސްލިމް މައްޔިތާގެ އަހުލުވެރިންނަށް މަޖުބޫރު ކުރުވާނެ އެބިމުން މައްޔިތާ ބޭރުކުރަން. ސަރުކާރުން ވެދޭނެ އެއްވެސް އެހީއެއް ނޯންނާނެ. ހިލޭސާބަަހަށް ބޯޓުގެ ދަތުރުތައް ކޮށްދިނުމަކީ މާބޮޑު ސަވާބު ލިބޭނޭކަމެއް.

 26. ނުތަނަވަސް

  ކާސިންބޭ ކްރިސްޓިއަނުންނަކީވެސް މުސްލިމުން ފަދައިން ޤަބުރު ވަޅުލާބައެއް ދޯ؟ އެމީހުން ވަޅުލާން ލަންކާ ބިމުން ޖާގަ ދޭއިރު މުސްލިމުންނަށް އެޖާގަނުދީ ހިފެހެއްޓުމަކީ މުސްލިމުންނަށް ޖެއްސުނ ކުރުންްނޫންތަ؟ ލަންކާ ސަރުކާރަށް މިކަން ހަދަންކޮށްލަދިބަލަ. އަދި މުސްލިމުންނަށް އެމީހުންގެ ޙައްޤުތައް ހޯދައި ދިނުމަށް ލަންކާ ސަރުކާރަށް ގޮވާލަދީބަލަ

 27. ފަރީދާ

  ގާސިމްގެ ރިސޯޓް ތަކުގައި ތިކަން ކުރަން ޖެހޭނީ މީ ފައްކާ ރޯނު އެދުރެއް

 28. އަޙްމަދު

  ސޭޓްތަންކޮޅެއްސިވިލައިޒްޑްވާންވެއްޖެ/ލަންކާގަޖަނާޒާގެކަންކަންފުރިހަމަކޮށްނުދެވިގެންމިއުޅެނީއިސްލާމުންނަށްތޯނުވަތަމުސްލިމުންނަށްތޯސޭޓުބައްލަވާލެއްވުންރަގަޅުވާނެ!

 29. މުގުރާން

  ގަބުރު ޓޫރިޒަމް ތައާރަފު ކުރަނީތާ؟؟؟ 2000ޑޮލަރަށް 2ފޫޓް 6ފޫޓް ؟؟؟ ބިންބޮޑު ރިސޯޓްތަކަށް ޗާންސް ބޮޑީ!!

 30. ރައްރިތުމީހާ

  ނުކޮއް ކީއްކުރާނީ ދޯ؟

 31. ވަހުތާނު އަހުމަދު

  ދެން ފުލައިމީފޮނުވައިގެން އެމީހުންގެނެސް މާމިގިލީގަވަޅުލަންވީނު؟؟

 32. އަބްދޫ

  މި ގާސިމް ޖެހޭ ސައިޒަށް ތިރިކުރަން.