ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫަށް ތިންވަނަ އިސްލާހް ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް މިއަދު ތަސްދީގު ކުރައްވައިފިއެވެ.

މި ބިލަކީ ނޮވެންބަރު މަހުގެ 29 ވީ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 23 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

މި ބިލާއެކު ގެނެވުނު އިސްލާހުތަކުގެ ތެރޭގައި ސިއްރު ހިފެހެއްޓުމާއި މަޢުލޫމާތު ހާމަކުރުމަށް ގެނެވުނު ބަދަލުތަކާއި، މީރާއިން ޓެކުހަށްނުވާ އާމްދަނީ ބަލައިގަތުމާއި، ފިޔަވަޅު އެޅުމުގައި ޢަމަލުކުރާނެ އުސޫލުތައް ހިމެނެއެވެ. މީގެ އިތުރުން، ރާއްޖޭގައި ވަޒަންވެރިވެފައިވާ މަލްޓިނޭޝަނަލް އެންޓިޓީތަކުން އެ އެންޓިޓީއެއް ނިސްބަތްވާ ގްރޫޕުގެ ވިޔަފާރި މުއާމަލާތްތަކާއި ހިންގުމާގުޅޭ މައުލޫމާތު ހިމަނައިގެން ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓެއް މީރާއަށް ހުށަހެޅުމާއި، ބެނެފިޝަލް އޯނަރުގެ މައުލޫމާތު ހޯދުމާއި އެ މައުލޫމާތު ބޭނުންކުރުމާއި، އެހެން ގައުމުތަކާއި ނުވަތަ ސަރަހައްދުތަކާ އެ މައުލޫމާތު ހިއްސާކުރުމާއި، ބެނެފިޝަލް އޯނަރުގެ މައުލޫމާތު ނެގިދާނެ ހާލަތްތައް ގާނޫނާ އެއްގޮތަށް ހަދައި، ކަމާގުޅޭ އުސޫލުތަކާއި ގަވާއިދުގައި ކަނޑައަޅާގޮތަކަށް އެކަން ކުރުމުގެ ބާރު ވެސް މީރާއަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ.

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް ތިންވަނަ އިސްލާހް ގެނައުމުގެ ބިލު ރައީސް ތަސްދީގުރެއްވުމާއެކު، އެ ގާނޫނު މިއަދު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބަކަރި

    ކަލެއަށް ރައީސް ކިޔަން ފަކުރުގަނޭ މިހާރު

    17
  2. ގެރި

    އަޅުގަނޑު ގެރިއަކަށް ނުވާތީ ދެއްތޯ އަޅުގަނޑު ޖޫރިމަނާ ކުރެއްވީ

    16
  3. އެމަންޖެ

    ރައްޔިތުން އަތުން އިތުރު ޓެކްސްތައް ނަގައިގެންވެސް ދައުލަތް ހިނގޭތޯ ބަލާބަލަ.

    11
  4. ޙަސަނު

    ރައްޔިތުން ފެލާ ސަރުކާރު

    14