އިންފޮމޭޝަން ކޮމިޝަންގެ ޑިރެކްޓާ ޖެނެރަލް އޮފް ރީސާރޗް އެންޑް ފޮރިންގް ރިލޭޝަން މުހައްމަދު އަހްމަދު މަގާމުން ވަކިކޮށްފއި ވަނީ އިންޑިއާ ސިފައިންގެ އަދަދު ހާމަކުރުމަށް ވަކާލާތުކުރުމުން ކަމަށް އޭނާ ވިދާޅުވުމުން އެކަން އިންފޮމޭޝަން ކޮމިޝަނަރ (އައިކޮމް) އިން ދޮގުކޮށްފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން އަހުމަދު މުހައްމަދު ވިދާޅުވީ އައިކޮމްގައި ކުރިއަށް ގެންދިޔަ މައްސަލައެއް ކަމުގައިވާ އިންޑިއާ ސިފައިންގެ އަދަދު ހާމަނުކުރި މައްސަލަ ބެލުމަށް ކަނޑައެޅި ގާނޫނީ ޓީމުގެ މުގައްރިރެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރެއްވި ކަމަށެވެ.

އިންޑިއާ ސިފައިންގެ އަދަދަކީ ޑިފެންސް މިނިސްޓްރީއިން ހާމަ ކުރަން ޖެހޭ މައުލޫމާތެއް ނޫން ކަމަށް އައިކޮމް އިން ނިންމިއިރު އެ ކޮމިޓީގައި އެ އަދަދު ހާމަ ކުރެއްވުމަށް ވަކާލާތު ކުރެއްވީ އޭނާ އެކަނި ކަމަށް އަހުމަދު މުހައްމަދު ވިދާޅުވިއެވެ. އޭނާ ގަބޫލު ކުރައްވާ ގޮތުގައި ވަޒީފާއިން ވަކިކޮށްފައިވަނީ އެހެން ވެގެންނެވެ. އަދި ވަޒީފާއިން ވަކިކޮށްފައި ވަނީ އޭނާ ޗުއްޓީގައި ހުންނަވަނިކޮށް ކަމަށް ވެސް ވިދާޅުވިއެވެ.

"ވަޒީފާއަށް ނުނިކުންނާނަމެކޭ އެންމެ ފަހަރަކުވެސް ނުބުނަން. އެންމެ ފުރަތަމަ ޝާފިއު ގުޅާފައި ވިދާޅުވީ ކޮމިޝަނާ ވިދާޅުވެއްޖެއޭ ކެނޑެން ސިޓީ ލާން. އަޅުގަނޑު ދެންނެވިން ކެނޑޭކަށް ސިޓީއެއް ނުލާނަމޭ، އަޅުގަނޑު ވަޒީފާގައި ހުންނަން ބޭނުންވެޔޭ. އަޅުގަނޑުގެ ސަލާމް ގަބޫލު ކުރާށޭ. ބުނީމަ ބުނީ ސަލާމް ގަބޫލެއް ނުކުރެވޭނެއޭ. އެއް ގޮތަކީ ކެނޑެން ސިޓީ ލުމޭ، އަނެއް ގޮތަކީ ކޮމިޝަނާއަށް ލިބިފައިވާ ބާރުގެ ދަށުން ވަޒީފާއިން ވަކިކުރުމޭ" މުހައްމަދު އަހްމަދު "ވަގުތު" އަށް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ބަހެއް ހޯދާލުމަށް އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒް މޫސާއަށް ގުޅުމުން ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ. ފިޔާޒް ވިދާޅުވި ގޮތުގައި އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ އޮފީހަށް ހާޒިރު ނުވެ ވީގޮތެއް ނާންގާ 7 ދުވަސް ވުމުންނެވެ. އަދި މުހައްމަދު އަހްމަދު މަގާމުން ވަކިކޮށްފައިވަނީ ގާނޫނީ އިޖުރާތުތަކާއި ހިލާފަށް ކަމަށް އޭނާ ތުހުމަތު ކުރެއްވި ނަމަވެސް ފިޔާޒް ވަނީ އެކަން ދޮގު ކުރައްވާ ވަޒީފާއިން ވަކިކުރީ އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށް ވިދާޅުވެފައެވެ.

ދިޔަރެސް ނޫހުން ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދާއި، އެމީހުންނަށް ކުރާ ހަރަދު ތަފްސީލު ހޯދުމަށް ޑިފެންސް މިނިސްޓްރީއަށް ހުށަހަޅާފައެވެ. ނަމަވެސް ޑިފެންސް މިނިސްޓްރީން ވަނީ ރާއްޖޭގެ ސަލާމަތަށް ނުރައްކާވެދާނެ މައުލޫމާތެއް ކަމަށް ބުނެ މައުލޫމާތު އެނޫހަށް ނުދީފައެވެ.

މި މައްސަލަ އައިކޮމްއަށް ހުށަހެޅުމުން އެއޮފީހުން ވަނީ ޑިފެންސް މިނިސްޓްރީގެ ނިންމުމަށް ތާއީދުކޮށް އެމައުލޫމާތު ދޭން ނުޖެހޭނެކަމަށް ނިންމާފައެވެ. ދިޔަރެސް ނޫހުގެ ފަރާތުން މިހާރު ވަނީ އެ މައްސަަލަ ހައި ހޯޓުގައި އިސްތިއުނާފްކޮށްފައެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން މައުލޫމާތު ހޯދަން އެދޭ ފަރާތައް ހައި ކޯޓު އަދި އޭގެ ފަހުން މައްސަލަ ސުޕްރީމު ކޯޓަށް ހުށަހެޅޭނެ ފުރުސަތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ސަމްސިއްޔާ

  ކޮބައިޗުއްޓީގައި ހުރުމަކީ؟؟ ޗުއްޓީގައި ހުރިއްޔާ އޮފީހަށް ނިކުންނާކަށް ނާންގާނެދޯ. އަދި އަމިއްލައަށް ތިބުނީ ސަލާން ގަބޫލުކުރާށޭ ބުނީމެ! މޮޅުވާހަކަދައްކާނެކަމެއްނެތް.

  10
  20
 2. މާމީ

  ތިޔަ ލިބިފައިވާ ބާރު ބޭނުންކޮށްގެން ތިމާ ޕާރޓީ މީހުން ނޫން އެންމެން ވަކިކޮއްލާ...

  40
  4
 3. ޓ

  މުހައްމަދު ތިޔަ ވަރަށް ދޮގު ހަދާކަށް ނުވާނެ....ހާޒީރީން އެ އޮތީ ފެންނަން....އަހަރެންނަކީ ވެސް އޮފީހުގައި އުޅޭ މީހެއް

  4
  4
 4. ބުއްޅަބޭޒ

  ދިވެހި ރައްޔިތު މީހާއަށް ވުރެވެސް ބޭރު އިންޑިއާ މީހުން މިގައުމަށް މުހިއްމު

 5. ލ.ގަމު

  އެމަޢުލޫމާތު ދޭންޖެހޭނެ ނުދީ ތިމަޤާމަކު ނުތިބެވޭނެ ކޮބާތިމާމެންގެ ލަދުހަޔާތް މަޤާމެއްލިބުނަކަސް ފެންވަރުއޮޅިގެން ނޫޅެބަލަ ކަލޭމެން ތީ މިދިވެހިރާއްޖެއަށް ހުރިނުރަށްކަލެއް ތިޔަށްވުރެބޮޑުނުރައްކަލެއް ނެތް ރައްޔިތުނަށް ސާފުމަޢުލޫމާތު އެނގެންޖެހޭ ތިބައިގަނޑަށް ތިފުރުސަތު ލިބުނީ ރައްޔިތުން ދިނީމަ އެންމެފުރަތަމަ ވެރިކަން ފެށިގެން އަންނަނީ ރައްޔިތުންގެ ފަރާތުންކަމަށް ވާއިރު ރައިތުން މިނުރައްކާތެރި ވަގުގުންގެ ސަރުކާރުން ކުރާހުރިހާކަމެއް ރައްޔިތުނަށް ސާފުވެ ކަށަވަރުވާން ޖެހޭނެ ނޫނީ މިވެރިކަން ބަދަލުކުރުން ރައްޔިތުނަށް މަޖުބޫރުވާނެ ކަލޭމެން އެޅިހާބަތަކަށް ރިހަވެގެން އަބަދަކު ނުތިބޭނަން ފެންވަރުއޮޅިގެން އުޅޭނެކަމެއްނެތް ރައްޔިތުން ބޭނުންވާ މަޢުލޫމާތު ސާފުކޮށްދިނިމަކީ ނުރައްކަލެއްނޫން އެކަމަކު ރައްޔިތުން ބޭނުންވާ މަޢުލޫމާތު ކަލޭމެންރައްޔިތުނަށް ސާފުކޮށް ނުދިނުމަކީ މިދިވެހިޤައުމާއި މާތްވެގެންވާ އިސްލާމްދީނާއި އެންމެހައި ދިވެހިރައްޔިތުނަށް އޮތްވަރަށްބޮޑު ކުރައްކަލެއް ނާމާންކަމާއި ބިރުވެރިކަމެއް ކަލޭމެން ރައްޔިތުންކައިރިޔަށް ވޯޓުހޯދާން ދުވާއިރު ކީއްވެތަ ނުބުނެވެނީ ތިހުރިހާކަމެއް ނުބުނެދޭނަމޭ ވޯޓުނުދީފާނެތީ ބިރުންދޯ ވޯޓުލިބިގެން ހަމަ ވެރިކަންލިބޭއިރަށް ރައްޔިތުންކައި ރީދެއްކި ހުރިހާވާހަކައެއް ގޯއްޏުފުލުން ބޭރުކޮލައިގެން ތިހެން ސަލާމަތްވެވިދާނެކަމަށް ހީނުކުރާތި ފަހުންތިބައިގަނޑު ހަމަ ތިކަމާ މަގުމަށްޗަށްނިކުމެތެޅޭނެ އެދުވަހުން ތިމާމެން ހިތަކަނާރާނެ ތިމާމެންކަންތަކުރިގޮތެއް ދޯ ރައްޔިތުން ވޯޓުދިނީ ތިބަގަނޑު ވައްކަންކޮށް ކުރާވައްކަންފޮރުވުމަށްތަ ރައްޔިތުން ވޯޓުދިނީމަ ރަެއްޔިތުނަށް ތިހަރާންކޯރުވަނީ އަދިވެސް ރައްޔިތުން ކުރިމަށްޗަށް އަރާންޖެހޭނެކަން ދަނެގެން ތިބޭތި!

  10
  1
 6. ތ

  ތިޔަ މުހައްދު އަހުމަދުގެ ގޮތްފޮތް އެންމެ ރަނގަޅަށް އެނގޭނެ އެމް އެން ޔޫގެ މުވައްޒަފުނަށް އަބަދު ޗުއްޓީގައި ހައްދަވައިގެން ކުރާ މަސައްކަތެއް ނޯވޭ ނަސީބެއް ތިޔަ އޮފީހުން ވެސް އޭނާ ވަކިވިކަން ޔުނިވަރސީޓީއަށް ވެސް ޖެހިފައިއޮތް ބޮޑުދުއްޕާނެއް އަހަރެމެން އޭރު ތިބީ މީނާ އަމިއްލައަށް ދާނެ ދުވަހަކަށް އެހެން ތިއްބާ ތިޔަ ކޮމިޝަނަކަށް ދިޔައީ އެންމެ ފަހުން އެތަނުން ވެސް ބޭރުވީ ހަމަ ވާންވީ ގޮތް އެވީ މަކަރާ ޖަހައިގެން ސަލާން ބުނުން އޭނާ ގެ ކަމަކަށް އޮންނަނީ

 7. ދުންތަރި

  މިސަރުކާރަކުން އެއްވެސްމީހަކު ވަޒީފާއިން ވަކިނުކުރާނެ މީޑިމޮކްރެޓުކްގެ ކާފަ ސަރުކާރު ޙައްޤުތަކުގެ ބަފާ ސަރުކާ ޙައްޤު މިންވަރު ދިވެހިންނަށް ހޯދައިދޭންއައި ސަރުކާރު ނުޙައްޤުން ވަޒީފާއިން ވަކިރިމީހުނަށް ވަޒީފާ އަނބުރާ އިއާދަކުރާނެކަމަށް ވަޢުދުވަމުން އައި ސަރުކާރު މަށަކީވެސް ޏުޙައްޤުން ކުރީސަރުކާރުން ވަޒީފާއިން ވަކިކުރިމީހެއް އެކަމަކު މަށަކީ ލާދީނީ އެމްޑީޕީއަށް ތާއީދުކުރާމީހަކަށްނުވާތީ މަގޭ ވަޒީފާ އަނބުރާ އިއާދަކުރާކަށް ރައީސް އޮފީހުގެ ލީގަލްހެޑަކަށްނުފެނުނު މަށަކީ އެމްޑީޕީ ބޮޑުންނާ މަޖިލީހުގެ މ،ެމްބަރުންނާ ގުޅައިގެން ކަންކަން ކުރާ މީހަކަށްނުވާތީ ވަޒީފާ އަނބުރާ އިއާދަކުރީ މެމްބަރުންނާ ނުފޫޒުގަދަ ސިޔާސީ މީހުނާ ގުޅުންހުރި މީހުން މިހާރުވެސް އެގެންދަނީ ޚިޔާލްތަފާތުވާ މީހަކުވިއްޔާ ވަކިކުރަމުން ވަޢުދައް ހުރުމަތްތެރިނުވާބަޔަކަށް ރައްޔިތުންނަށް ކޮން އިހުލާސްތެރިކަމެއް ވެވޭނީ

 8. ސާބިތު

  ތިޔަވާނީ ތެދެކަށް މި ސަރުކާރުން މުޅިންވެސް ގެއްގުލޭ ސިޔާދަތަކީ އޮޅުވާލުމާ މަކަރުވެރިކަން

 9. ޙުއްބުލް ވަތަން

  ކޮބާ ކުރީ ސަރުކާރު މީހަކު ވަޒީފާއިން ވަކި ކުރާއިރަށް ހޭބޯނާރާ އުޅޭ ކޮމެންޓް ކުރާ މީހުންތައް.