އުތުރުތިލަފަޅާއި ގުޅޭގޮތުން އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރުން ސޮއި ކޮށްފައިވާ އެއްބަސްވުމާއި ގުޅޭ ގޮތުން "ދިޔަރެސް" ނޫހުން ހޯދަން އެދުނު މައުލޫމާތު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އޮފީހުން ޑިފެންސް މިނިސްޓްރީއަށް އެންގިތާ ހަތް ދުވަސް ވީއިރުވެސް އެމައުލޫމާތު ފޯރުކޮށްނުދިން ކަމަށް އެނޫހުން ބުނެފިއެވެ.

އުތުރުތިލަފަޅު އެއްބަސްވުމާއި ގުޅޭގޮތުން ހޯދަން އެދުނު މައުލޫމާތުތައް ނުދީގެން އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި އިލްތިމާސް ކުރުމުން، އެ އޮފީހުން އެ މައްސަލަ ބެލުމަށްފަހު 14 އޮކްޓޯބަރު 2021 ގައި ވަނީ އެ މައުލޫމާތު ހަތް ދުވަސް ތެރޭގައި ހާމަކުރުމަށް ޑިފެންސް މިނިސްޓްރީއަށް އަންގާފައެވެ. މިއަދަށް ހަތް ދުވަސް ވެފައިވާއިރު އަދި އެ މައުލޫމާތު ޑިފެންސުން ނުދެއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމެވުމާއި މެދު ޑިފެންސް މިނިސްޓްރީން ހިތްހަމަ ނުޖެހޭނަމަ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރަން އެ މިނިސްޓްރީއަށް 30 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. އަދި މައުލޫމާތު ހާމަކުރަން އެންގިތާ 45 ދުވަސް ތެރޭގައި މައުލޫމާތު ހާމަނުކޮށް، އަދި އިސްތިއުނާފުވެސް ނުކުރާނަމަ އެ ކަމާއި ގުޅިގެން ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވުމުގެ ބާރު އިންފޮމޭޝަން ކޮމިޝަނަރަށް ލިބިގެންވެއެވެ.

އުތުރުތިލަފަޅު އެއްބަސްވުމާއި ގުޅޭ ގޮތުން ހޯދަން އެދުނު މައުލޫމާތު

1. އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގައި އިންޑިއާގެ "ޓެކްނަކަލް" ފަރާތްތަކެއް ތިބޭނެ ކަމަށް ބުނެފައިވާއިރު އެ ޓެކްނިކަލް ފަރާތްތައް ނިސްބަތްވާ މުއައްސަސާ.
2. އެއްބަސްވުމުގެ ދަށުން އިންޑިއާގެ ފަރާތްތަކަށް ރާއްޖޭގައި ތިބެވޭނެ މުއްދަތު. (އެއްބަސްވުމުގައި މުއްދަތު ކަނޑައެޅިފައިވާ މާއްދާ ވަކިން ހާމަ ކޮށްދިނުމަށް.)
3. އެއްބަސްވުމުގެ ދަށުން "ޓެކްނިކަލް" މީހުންގެ ގޮތުގައި ތިބޭނޭ އިންޑިއާގެ ކިތައް މީހުންކަން.
4. އެއްބަސްވުމުގެ ދަށުން ދީފައިވާ 50 މިލިއަން ޑޮލަރުގެ ލޯނުގެ އިންޓަރެސްޓް ރޭޓު، އަނބުރާ ދައްކަން ޖެހޭ މުއްދަތު އަދި އެފަދަ އެހެނިހެން ތަފްސީލު.
5. އެއްބަސްވުމުގެ ދަށުން އަންނަ "ޓެކްނިކަލް" ފަރާތްތަކަށް ޑިޕްލޮމެޓިކް އިމުނިޓީ ލިބޭނެނަމަ އެކަމުގެ ތަފްސީލު.
6. އެއްބަސްވުމުގެ ދަށުން އަންނަ "ޓެކްނިކަލް" ފަރާތްތަކުގެ އެކޮމޮޑޭޝަން، ކެއުމުގެ ހަރަދު، އަދި އެހެނިހެން ހަރަދުތައް ދިވެހި ސަރުކާރުން ބަލަހައްޓާނަމަ އެކަމުގެ ތަފްސީލު.

ހޯދަން އެދުނު މައުލޫމާތުތަކުގެ ތެރެއިން ލޯނާއި ގުޅޭ އެއްބަސްވުމެއްގައި ޑިފެންސް މިނިސްޓްރީން ސޮއި ކޮށްފައި ނުވާތީ އެމައުލޫމާތު ދެވެން ނެތް ކަމަށް ޑިފެންސް މިނިސްޓްރީން އެންގިކަން އިންފޮމޭޝަން ކޮމިޝަނަރު ފާހަގަ ކުރެއްވެވިއެވެ. ކޮމިޝަނަރު ވިދާޅުވީ އެކަމާއި ގުޅޭ މައުލޫމާތު ހުރި އިދާރާއަކަށް ބަދަލުކުރުމަކީ ގާނޫނު އޮތް ގޮތުން ޑިފެންސް މިނިސްޓްރީގެ ޒިންމާއެއް ކަމަށެވެ. އެމައުލޫމާތު ހޯދުމަށް ފަހު މައުލޫމާތު ހޯދަން އެދުނު ފަރާތައް މައުލޫމާތު ފޯރުކޮށްދޭން އިންފޮމޭޝަން ކޮމިޝަނަރު އެންގެވިއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމެވުމާއި މެދު ޑިފެންސް މިނިސްޓްރީން ހިތްހަމަ ނުޖެހޭނަމަ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރަން އެ މިނިސްޓްރީއަށް 30 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. އަދި މައުލޫމާތު ހާމަކުރަން އެންގިތާ 45 ދުވަސް ތެރޭގައި މައުލޫމާތު ހާމަނުކޮށް، އަދި އިސްތިއުނާފުވެސް ނުކުރާނަމަ އެ ކަމާއި ގުޅިގެން ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވުމުގެ ބާރު އިންފޮމޭޝަން ކޮމިޝަނަރަށް ލިބިގެންވެއެވެ.

އުތުރުތިލަފަޅު އެއްބަސްވުމުގެ މައުލޫމާތު ހާމަކުރަން ޑިފެންސަށް އައިކޮމް އިން އެންގިއިރު ރައްޔިތުންގެ މަޖިލީހުން ވެސް މިހާރު ވަނީ އެއެއްބަސްވުން މަޖިލީހަށް ފޮނުވުމަށް ޑިފެންސް މިނިސްޓްރީގައި އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސޭނުބޭ

    މާރިޔާމެންގެ އެކައުންޓަށް ފައިސާ ވަންނަގޮތަށް ވިއްކާލާފައި އޮތް ތަނެއް ތިއީ! އެހެންވީމާ ކިހިހިނެއްހޭ ތި ހާމަކުރެވޭނީ!

  2. ރަން ރީނދޫ

    އެއީ ކުރީ ސަރުކާރު ބަދުނާމު ވެދާނެތީ. ކިހާ ހެޔޮފުޅު.

  3. އަހުމަދު

    ތިޔެއް ނުދޭނެ މިތިބަ ޣައްދާރުންނެއް!

  4. މުހައްމަދު

    ްްޤައުމައް ގައްދާރު ވެފައިވާ ވެރިކަމެއްމީ.. އަދި މީގެ ހިތި ދިވެހިން ތަހައްމަލު ކުރަންޖެހޭނެ!