މާލެ ރައްޔިތުންގެ ތެރޭގައި މަގުމަތިން ކުނި ފެނުމުން އަނބުރާ ގެއަށް ވަންނަ ރައްޔިތުން އެެބަތިބި ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

މިއަދު ވެމްކޯ އަދި ސިތީ ކައުންސިލުން ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމެއްގައި ވާހަަކަ ދައްކަވަމުން ޝިފާ ވިދާޅުވީ މާލޭ ފަޅުތެެރެ އަކީ މުނިސިޕަލްޓީ ދައުރުން ފެށިގެން ކޮންމެ ދުވާލަކު ދެ ފަހަރަށް ސާފްކުރަމުން އަންނަ ތަނެއް ކަމަށެވެ. އެހެން ނަމަވެސް ފަޅު ތެރެ ހަޑިވާ ކަމަށާއި، އެެކަން ވުމަށް ދިމާވަނީ ކަނޑު އުޅަނދުތަކުން ވެސް ކުނި މޫދަށް އަޅާތީ ކަމަށެވެ.

ޝިފާ ވިދާޅުވީ، ވެމްކޯއިން މިހާރުވެސް އެކި ސަރަހައްދުތަކުުގައި ޑަސްބިންތައް ބަހައްޓައިދީފައި ހުންނަ ކަމަށާއި، ވެމްކޯ އާއި އެކު ގުޅިގެން އެކި ލޯންޗު ފަހަރުތަކުންވެސް މަސައްކަތް ކުރާ ކަމަށާއި، އެގޮތުން ގިނައިން ކުނި ގެންނަކަމަށް ވާނަމަ އެތަކެެތި ނެގޭނެ އިންތިޒާމްތައްވެސް ހަމަޖައްސާފައި ހުންނަ ކަމަށެވެެ.

"ހާއްސަކޮށް ބައެއް ސަރަހައްދުތަކަށް އޮޑިދޯނި ފަހަރުން ކުނި އެޅީމަ އެތަކެތި ނެގުމަކީވެސް ވަރަށް ބުރަ ކަމެއް" ޝިފާ ވިދާޅުވިއެވެވެ.

މީގެ އިތުރުން ޝިފާ ވިދާޅުވީ އޭނާ އަށް މާލޭގެ ރައްޔިތުން ވަރަށް ރަނގަޅަށް އިނގޭ ކަމަށެވެ. މަގެއް މައްޗަށް ނިކުމެ ތިއްބާ ކުނި ބުނި ފެނުމުން އަނބުރާ ގެއަށް ދާން ބޭނުންވާ އެތައް ބައެއް އެބަ ތިބި ކަމަށެވެ.

"ދުނިޔޭގެ އެހެން ތަންތަނުގެ ވާހަކަ އަޅުގަނގަނޑުމެން ތަހުޒީބު ވެއްޖެކަމަށް ދެެކި ދައްކާއިރު އެންމެ ފުރަތަމައިނުން މުހިންމު ކަަމަކަށް ދެކި ވިސްނަން ޖެހޭނީ އަޅުގަނޑުމެންގެ ވެށި ސާފުތޯ" ޝިފާ ވިދާޅުވިއެވެ.

އަދި ބޮއެ ނިންމާ ކޮފީތަށިތައް މަގުމައްޗަށް އެޅުމަކީ "ހުތުރު" ސިފައެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެެވެ.

އެގޮތުން މާލޭގެ ކެފޭތަކާއިވެސް ވާހަކަ ދައްކަމުންްދާ ކަމަށާއި، އެފަރާތްތަކަށް ސިޓީ ކައުންސިލުން އެދުމަކީކިރިޔާވެސް ޑަސްބިންއެއް ބެހެއްޓޭކަމުގައިވާނަމަ ބަހައްޓައިދިނުމަށް ކަމަށް ޝިފާ ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ ކުރީގެ ހާލަތާ އަޅައި ބެލާއިރު މިހާރުގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅު ކަަމަށެވެ. އެހެން ނަމަވެސް ތަހުޒީބު ވާހަކަ ދައްކާނަމަ ތަހުޒީބުވާން ޖެހޭ ކަމަށް ޝިފާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޅަތީފާ

    ދެން އެހިފަ އިގެންތަ ގެ އަ އް ވަންނަންވީ ކަލޭ އަ އް ކިތަ އްކޮތަޅު ފެނިގެން ހިފަ އިގެންބާ ގެ އަ އްވަންނަނީ ގަމާރު މޭޔަރު

    9
    3
  2. ސިއުނާ

    ބޭރުފުށަށް މާ ސާފުކަން ދައްކައިގެން އުޅޭނިކަމެއްނެތް. ފުރަތަމަ ގޭތެރެ ސާފު ކޮއްބަލަ.

  3. ސުޒުކީ

    ޤަރުނުގެ ފެއިލިއަރ.. އިތުބާރު ނެތްކަމުގެ މައްސަލަ ޕާޓި ކުދިންގެ ބާރުން އޮއްބާލީތޯ.

    6
    1
  4. އަލިކޮއެ މިއާ

    ދެއުޅި އެއްނުވާ ޝިފާ. ޙުސް ބޭކާރު ވާހަކަ ޒިންމާ ނެގުމެއް ނެތް. މާލޭސިޓީ ގެ އެތަށްކަމެއް ހައްލުނުވެ ބޮއްސުންލީ ޝިފާގެ ނާގާބިލް ކަމުންނާއި ޝިފާގެ ކޮރްޕްޓް ކަމުން. މާލެ ސިޓީގެ މޭޔަރަކު އިންތިހާބު ވަންދެންވެސް ނުހުރެ އިސްތިއުފާ ދެއްވާ

  5. މާމީ

    މާލޭގައުޅޭ ރައްޔިތުންނައް ކަމެއްކޮއްދޭނަމަ މަޖީދީމަގު ލެކިއުޓު ފިހާރައިން ފެށިގެން ލަގުޒަރީ އާ ދޭތެރޭގަ ވާރޭވެހިއަޖެއްޔާ ފެން ބޮޑުވާ މައްސަލަ ހައްލުކޮއްދީބަލަ.. ލޮލައް ނުފެންނަނީތޯ؟؟؟

  6. ކަދުރުކަޅުދައްތަ

    މަގުމަތި ސާފު ކުރުމަކީ ކަލޭގެ ކަމެއް. ލަދެއްނުގަނޭތަ މުޅި ރާއްޖެ ކުނިކޮށް މާލެވެސް ފުޅަ އަޅުވައިގެން އޮވެ ވާހަކަ ދައްކަން.

    1
    1
  7. އައިންތު

    މާލޭ ރައްޔިތުންގެ ތެރޭގައި އުޅޭ މާލޭގެ މޭޔަރު ފެނުމުން އަނބުރާ ގެއަށް ވަންނަ ރައްޔިތުންވެސް.

    5
    1
  8. އާދަނުބެ

    މާލޭގައި ކުނިލޮރީ މަދުކޮށްލާތަންތަނުން ދުވާ ނުބައިވަހުން މަގުމަތީ ހިނގާމީހުންނާ އަދި ކަސްރަތަށް ދުވާމީހުންނަށްވެސް އުނދަގޫވޭ. މަޝްޙުރު ރެސްޓޯރަނޓްތައްކައިރިންވެސް ދުވަނި ކުނިވަސް. މިކަް ވެމްކޯ އިން ހައްލެއްނުކުރާނެބާ؟

  9. އިހް

    އިދިކޮޅު މީހަކުވިއަސް ރަގަޅު ވާހަކައެއް ބުނީމަ އެވާހަކަ ބަލައިގަނެވެންވާނެ. މީހުންނާ ދިމާކުރުންވެސް ވަކި ހައްދެއްގެ ތެރޭ އޮންނަންވާނީ. މިއަދު އެމީހުންނާ ދިމާކުރާ ގޮތަށް އެމީހުންވެސް ފަހުން އަންނަ މީހުންނާ އިތުރަށް ދިމާކުރާނެ. ނިމުމެއްނެތް ކަމަކަށް އެކަންވާނީ. ސިޔާސީ ވާހަކައެއް ނުދައްކާނަމަ ސިޔާސީ ވިސްނުމުގަ ފާޑުކިއުމުގެ ބޭނުމެއްނެތް.

  10. ސަފަރުކަތްދަ

    ފެންވަރާގަޑި ދެއްތޯ