ޝަރުއީ ދާއިރާގައި މަސައްކަތް ކުރަމުންދާ ފަނޑިޔާރުންނާއި ގާޒީންގެ ތެރެއިން ސުލޫކީ މައްސަލަތަކުން އަސަރު ކުރަނީ ވަކި ބަޔަކަށް ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޣާޒީ އަހްމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން ސުލޫކީ މައްސަލަތަކެއް ތަޙްޤީޤުކުރަމުން އަންނަ ހދ.ކުޅުދުއްފުށީ ކޯޓްގެ މެޖިސްޓްރޭޓް ޢަލީ އާދަމް، ހދ.ދާއިރާގެ އިސް މެޖިސްޓްރޭޓްކަމަށް ޢައްޔަންކުރެއްވުމާއި ގުޅިގެން ހައިލަމް ވަނީ އެކަމަށް ފާޑު ވިދާޅުވެ ޓްވީޓެއް ކުރައްވާފައެވެ.

ހައިލް ވިދާޅުވީ ގިނަ ދުވަސްތަކެއް ވެފައިވާ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީގެ ތެރޭގައި ހުރި ނަމަވެސް އެ މައްސަލަތަކުން އަސަރު ކުރަނީ ވަކި ބަޔަކަށް ކަމަށެވެ.

"ސުލޫކީ މައްސަލަަތަކުން އަސަރުކުރަނީ ވަކި ބަޔަކަށް. މިހާރުވެސް އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާ ސުލޫކީ މައްސަލަތައް ޖޭއެސްސީގައި އެބަހުރި" ހައިލަމް ކުރެއްވީ ޓްވީޓްގައި ވިދާޅުވިއެވެ.

ހައިލަމް ވިދާޅުވި ގޮތުގައި ޝަރުއީ ދާއިރާގެ ތެރެއިން ޝަރިއްޔަތަކަށް ނުފޫޒޫ ފޯރުވަން ޖެހިއްޖެނަމަ ކުރިއަށް ގެންދިޔުމަށްޓަކައި އެފަދަ މައްސަލަތައް ވަނީ މަޑުޖައްސާލެވިފައެވެ. އަދި މިކަމުން ވެސް އެނގިގެން ދަނީ މިނިވަން ފަނޑިޔާރުގެތަކެއް ރާއްޖޭގައި ނެތް ކަން ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

ޢަލީ އާދަމް، ހދ.ދާއިރާގެ އިސް މެޖިސްޓްރޭޓްކަމަށް ޢައްޔަން ކުރައްވާފައިވާކަން ޖޭއެސްސީއިން ހާމަކޮށްފައި ވަނީ އިއްޔަގެ ވަގުތެއްގައެވެ. މިދިޔަ މަހު އެކޮމިޝަނުން ވަނީ 3 ފަނޑިޔާރަކާއި ގުޅޭ ސުލޫކީ މައްސަލަތަކެއް ބަލަން ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށްވެސް ބުނެފައެވެ. އޭގެތެރޭގައި އަލީ އާދަމް ވެސް ހިމެނެއެވެ.

ފަނޑިޔާރުންގެ ޤާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާކަމަށް ކަނޑައަޅާ، ހައިލަމްގެ ސުލޫކީ މައްސަލައެއް ފެންމަތިކޮށް މަގާމުން ސަސްޕެންޑްކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އުފުލި މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތުގެ ހުުކުމާއި ހަމައަށް ވާސިލްވެފައި ވަނިކޮށެވެ. ހައިލަމް ސަސްޕެންޑްކުރުމާއި ގުޅިގެން އޭރު އިދިކޮޅު ފަރާތްތަކުން ވަނީ އެއީ ރައީސް ޔާމީންގެ ޝަރީއަތާއި ގުޅުންހުރި ކަމެއްކަމުގައި ތުހުމަތުކޮށްފައެވެ.

ސަސްޕެންޑް ކުރުމަށްފަހު އޭނާ ފަނޑިޔާރުކަމުން ވަކިކުރުމަށް ޖޭއެސްސީއިން މަޖިލީހަށް ފޮނުވާފައިވަނިކޮށް ހައިލަމް އެމަގާމުން އިސްތިއުފާދެއްވިއެވެ. އިސްތިއުފާ ދެއްވުމަށް ފޮނުވި ސިޓީގައި ސަރުކާރުން ޝަރިއްޔަތްތަކަށް ސިޔާސީ ނުފޫޒު ފޯރުވާކަމާއި ވަކި ގޮތަކަށް ހުކުމް ކުރުމަށް ޕްރެޝަރުކުރަމުންދާކަން ފާހަގަކުރައްވާފައިވެއެެވެ.

ހައިލަމް ސަސްޕެންޑްކޮށްފައި ވަނީ މިދިޔަ އަހަރުގެ ނަސްރުގެ ދުވަހުގެ ތަހުނިޔާ އާއި އެކު ކްރިމިނަލް ކޯޓްގެ ރެކްރިއޭޝަން ކްލަބްގެ ވައިބާ ގުރޫޕަށް ހައިލަމް ފޮނުއްވި މެސެޖާއި ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Happy

    ޙައިލަމް... ފަނޑިޔާރެއްގެ ތާކިހާއޅައިގެން ހުރި ބޮޑުސިޔާސީ މީހެއް! 😡

    3
    11
    • ނުކަލޯ

      އަނދިރިކަން ލޯތަކަށް ވެރިވުމުން ވާގޮތް އެނގޭތަ؟ ހައްގަކީ ނުހައްގު ކަމުގަވާނެ . އަދި ރޯމާދުވާލުގެ އަލިކަން އަނދިރި ކަމައްބަދަލުވާނެ. ކޮންމެތެދެއް އެއީ ބުހުތާން ދޮގައްބަދަލުވާނެ. ހަރާމްކޮންމެކަމެއް އެއީ ހުއްދަހަލާލު ކަންކަމުގަވާނެ . މިކްންކަން މިމަގުން ހިނގާ ލޯތަކަށް މިއަނދިރިކަން ވެރިވަމުން ދާނެ ކަމުގެގިނަ ވާހަކަ ތަކެއް ގިޔާމަތުން ނާމާގަބަޔާން ކޮށްދީފަވޭ. ﷲ ފިޔަވާ އެހެންފަރާތަކަށް ބިރުވެތިވުމާ އަޅުވެތި ވުމުންއެއްކިބާވެ އީމާންކަން ވަރުގަދަ ކުރުން މޮޅުއިތުރުވެގެންވޭ....

  2. މުހައްމަދު

    ހައިލަމް ވިސްނާލުން ރަގަޅުވާނެ ! ރިސްވަތުގެވަބާއަކީ ހާދަހާވާނުބައި ކަމެއްކަން ހައިލަމްއައް ރަގަޅައްއގޭނެ މަގާމުގެ ފަހުމަރުހަލާގައިވެސް ހިއްޕެވި ހިއްޕެވުން އެއީ ހައިލަމްގެ އެމަގާމުގެ ނިމުން އަތުވެދާނެ ކަމެއްކަމައް ވިސްނާނުލެވުނީ ދަހިވެތިކަމުން ނޫން ދެން އެހެން ކޮންކަމެއް

  3. ދުނިދޮންބެ

    މިސަރުކާރުގެ ބޮޑުން ބުނިގޮތަކަށް ޝަރިއަތް ކުރާމީހުން ޝަރުޢީދާއިރާގައި ތިބެންޖެހޭކަމަށް އަންނި އަދި ޕީޖީ ބުނަނީ

  4. ޠައުފާަ

    ތިހަބަރުން އެގެނީި ހައިލަމް ވަނީި އަލީި އާަދަމް އާައި ޒާަތީި ވެފައި ކަމެވެ.

  5. ގޮނޑި ކޮއްކޮ ސަރުކާރު

    ހައިލަމަށް ދަންނަވާލަން ބޭނުންވަނީ މި ސަރުކާރު އައިފަހުން ތިޔަ ހުރިހާ ކަމެއްވެސް ހުރީ ތިޔަ ބުނާ ގޮތަށެވެ. ޖޭއެސްސީއަކީ ލާދީނީ އެމްޑީޕީގެ ގޮތްޕެކެވެ. ފެންނަނީ ޖޭއެސްސީން ހުކުމް ކައްކާފަ ދިނީމާ ފަނޑިޔާރުން ސާވް ކުރާ މަންޒަރެވެ. ތިޔަގޮތަށް ޓްވީޓް ކުރުމަކުން އެމީހުން އެއްވެސް ކަމެއް ރަނގަޅެއް ނުކުރާނެއެވެ. އެ ވިސްނުމެއްވެސް ނެތެވެ. އެހެންވީމާ އެމީހުން ރަނގަޅަށް ޖަވާބުދާރީ ކުރެވޭނީ ނިކަން ގަދައަށް އުޅެގެންނެވެ. އިދިކޮޅާ ގުޅިގެން ނޫން ގޮތަކަށް އެއްވެސް ކަމެއް ވާކަށް ނެތެވެ.

  6. ޢާއިޝާ

    ބުނާ ގޮތް ނުހަދާ އިސްލާމީ، ޝަރީއާ ވަލް ޤާނޫން ކިޔަވައިގެން އަންނަ މީހުންނަށް ސުލޫކީ މައްސަލަތަކުގެ ގޮޅިތަކަށް ފެތޭނީ. މި ދެޝަރުޠު ފުރިހަމަ ވީމަ ސުލޫކީ މިންގަޑުގަ މައްސަލަ އުޅޭނެ. ދެން ވެދާނެ، އިސްލާމީ ޝަރީޢާ ނުކިޔަވާ މީހުންގެ ސުލޫކަކީވެސް އޮންނަން ޖެހޭ އެއްޗެއް ނޫނީ ބަލަން ޖެހޭ އެއްޗެއް ނޫންކަމަށްވެސް. މިސާލަކަށް ބަލާ އަންނި ބޮލާ ފޮށާ އަޅައިގެން ދުވިޔަސް އޭނަގެ މައްސަލަ އެއް ނުބެލޭނެ.