ނަޞާރާ ދީނުގެ މީހުން ފާހަގަކުރާ ކްރިސްމަސް ދުވަހުގެ ތަހުނިޔާ ފޮނުވުމުގައި ދީނީ އިލްމުވެރިޔާ އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ރައުޔު ފެންނަން އޮތުމާ އެކީ އެމަނިކުފާނު ދީނީ އިލްމުގައި މާކުރީގައި ހުންނެވި ކަމަށާއި ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވެސް އެމަނިކުފާނުގެ އަޑު އައްސަވަން ޖެހޭ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ކްރިސްމަސް ތަހުނިޔާ ފޮނުވުމުގައި ދީނީ ގޮތުން އޮންނަ ގޮތާ ގުޅޭ ވާހަކަތައް ޓްވީޓާގައި ގަދަވެގެން އުޅެނީ އެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޓްވީޓެއް ކުރެއްވުމާ އެކީގައެވެ. ނަޝީދު އެފަދަ ޓްވީޓެއް ކުރައްވާފައި މި ވަނީ ވެސް އެއީ ކޮށްގެން ނުވާނެ ކަމެއް ކަމަށް ވިދާޅުވެ ބައެއް އިލްމުވެރިން ވީޑިއޯ މެސެޖެއް މީސް މީޑިއާއަށް އާންމު ކުރައްވާފައިވަނިކޮށެވެ.

މިކަމާ ގުޅިގެން ދީނީ އިލްމުވެރިޔާ ޑރ.އިޔާޒު ވަނީ ނުރުހުން ފާޅުކުރައްވައި އެތައް ޓްވީޓެއް ކުރައްވައިފައެވެ. އަދި އޭނާ ވަނީ ރައީސް ނަޝީދުގެ ނަން ވިދާޅުނުވެ އެކަމަކު ކްރިސްމަސްގެ ތަހުނިޔާ ފޮނުވާ މުސްލިމުންނަކީ ދީނުގެ އަދުއްވުން ކަމަށް ވިދާޅުވެ ވާހަކަ ދައްކަވައިފައެވެ. މިއާ އެކީ ނަޝީދުގެ ދިފާއުގައި އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ނުކުމެވަޑައިގެން ޓްވީޓާގައި އިޔާޒަށް ބަހުގެ ހަމަލާތަކެއް ވެސް ދެއްވާފައިވެއެވެ.

މި ބަހުސް ޓްވީޓާގައި ގަދަވެފައިވަނިކޮށް ރައީސް މައުމޫން ވެސް ޓްވީޓެއް ކުރެއްވިއެވެ. އެމަނިކުފާނުގެ ޓްވީޓްގައި ރައީސް ނަޝީދު ކްރިސްމަސް ތަހުނިޔާ ފޮނުވުން ސީދާ ދިފާއު ކުރައްވާފައި ނުވި ނަމަވެސް ލިޔުއްވާފައިވަނީ "ކީރިތި ޤުރްއާނުގައި އަންގަވާފައިވާ ގޮތުގައި ޣައިރު މުސްލިމުންގެ ތެރެއިން މުސްލިމުންނާ ހަނގުރާމަ ނުކުރާ މީހުންނަށް ހެޔޮކޮށް ހިތައި ޢަދުލުވެރި ވުމަކީ މާތް ﷲ ނަހީ ކުރައްވާފައިވާ ކަމެއް ނޫން." ކަމަށެވެ.

މިކަމާ ގުޅިގެން ރައީސް މައުމޫންގެ ޓްވީޓާ އެކައުންޓާއި ޑރ.އިޔާޒުގެ ޓްވީޓާ އެކައުންޓް ވެސް ޓެގް ކުރައްވައި އަލީ އާޒިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް މައުމޫން އެ ވިދާޅުވާ ވާހަކަފުޅު އިޔާޒު އަޑު އައްސަވަން ޖެހޭ ކަމަށެވެ. ދީނީ ކަންކަމުގައާއި ދީނީ އިލްމުގައި ރައީސް މައުމޫން ހުންނެވީ މާކުރީގައި ކަމަށް އާޒިމް ވިދާޅުވިއެވެ.

ނަޞާރާއިންގެ ދީނީ އީދެއް ކަމުގައިވާ ކްރިމަސް ފާހަގަ ކުރާ މީހުންނަށް ރައީސް ނަޝީދު ތަހްނިޔާ ފޮނުއްވީ ކްރިސްމަސް ފާހަގަކުރުމާއި އަދި އެދުވަހުގެ ތަހުނިޔާ ކިޔުންވެސް މުސްލިމުންނަށް ހުއްދަވެގެން ނުވާކަމަށް ބަޔާންކޮށް ރާއްޖޭގެ 13 ދީނީ އިލްމުވެރިޔަކު ބައިވެރިވެވަޑައިގެން "ކްރިސްމަސް، ދީނީ ނަޒަރަކުން" ގެ ނަމުގައި ވީޑިއޯއެއް އާއްމުކުރިތާ ކުޑައިރުކޮޅެއް ފަހުންނެވެ.

މުސްލިމުން ކްރިމަސްގެ ތަހްނިޔާ ކިޔުމާއި ގިނަ އިލްމުވެރިން ދެކޮޅު ހެއްދެވި ނަމަވެސް އަރަބި އިސްލާމީ ބައެއް ގައުމުތަކުގެ ވެރިން ވެސް ގެންދަވަނީ ކްރިމަސް ފާހަގަ ކުރާ މީހުންނަށް ދުވަހުގެ ތަހްނިޔާ ފޮނުވަމުންނެވެ. މުސްލިމުން ފާހަގަ ކުރާ އެކި މުނާސަބަތުތަކާއި ގުޅުވައިގެން ޣައިރު މުސްލިމުން ވެސް މުސްލިމުންނަށް ދުވަހުގެ ތަހުނިޔާ ފޮނުވައެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

 1. ޤައުމުގެ ދޫ

  ގައުމުގެ އިސްލާމް މުދައްރިސުން ކުދިން ސްކޫލަށް ދިއުމުން ކިޔަވައި ދެއްވަނީ ކޯއްޗެއްތޯ ސުވާލު އުފެދެއެވެ. ސްކޫލް ދައުރު ނިއްމާ މުޖުތަމައުއަށް ނިކުންނަ އިސްލާމީ ތަރުބިއްޔަތު ލިބިފައިވާ ކުދިބައެއްގެ ކިބައިން ފެނިގެންނުވާނެ އެތައްކަމެއް އެތައްކުދިންނެއްގެ ކިބައިން ފެނިގެން ދާތީ ހިތުގައި މި ސުވާލު އުފެދުނީއެވެ. ފަހަރުގައި ކުއްޖަކު ގޯސްވިސްނުމަކަށް ހިނގައިދާނެ އެވެ. އެހެނަސް ގިނަކުދިންތަކެއް މަގުން ކައްސާލައިގެން ދިޔުމުގައި ކޮންމެވެސް ގޯހެއް އުޅޭނެކަން މަށަވަރެވެ. މިކަމަށް ހައްލެއް ހޯދުން ވަރަށްމުހިންމެވެ.

  24
  1
 2. އަބްދުއްލަޠީފު

  މައުމޫނު އަތުގަ އޮންނާނީ އިސްލާމިކް ޝަރީޢާ އިން ބީއޭ. ޕީއެޗްޑީ ހަދަން މިހާރު ހުރިހިސާބުން 10 އަހަރު ނަގާނެ.

  24
  3
  • ޑރ. މިލަގަނޑު

   ޕީއެޗްޑީއަކަށްވުރެ މާތް އެއްޗަކީ ރީތި އަޚްލާގު. ތިދެމީހުންނަކީވެސް ލާދީންނަށް ވާގިވެރިވާ ދެމީހުން. ތަފާތަކީ ޕީއެޗްޑީ މީހާގެ ބަސްމަގު ހުތުރުވެފަ ޒާތީކަން ބޮޑުވެފަ އިލްމީ ގޮތުން ޒުވާބު ދިނުމުގެ ބަދަލުގަ ހަސަދަވެރިކަމާއި ނޭއްގާނިކަން ކުރިއަށް ނެރޭ މީހެއްކަން. ބޮޑާކަމާއި ކިބުރުވެރިކަން ބޮޑުކަން. މީހާ ފެނުނަސް ހީވަނީ މަމީ ޕީއެޗްޑީއެކޭ ގޮވަމުން ދިމާލަށް އަންނަހެން. ގޮތެއްފޮތެއްވެސް ނަހައްދަވާ މީހެއް.

   4
   4
 3. ރެކިބެ

  ތިޔަމައުމޫނަކީ ކާކު އަންހެނުން ބުރުގާ އަޅަންނުޖެހޭނެޔޭބުނި ކަލޭގެ އެއީ ދެން ހުރި ލާދީނީ ގޮލާ

  38
  4
  • ޒައިކް

   އެމްޑީޕީގެ ބޮޑުންނަށަ ވުރެއް އެންމެ ތަންފުކެއް ލާދީނީކަން ކުޑަ މީހެއް ނޫން މަޢުމޫނަކީ.. އެޔަށްވުރެއް ވެސް ކުރީގަ އޭނާ އުޅޭނީ.. އެއީ ސަރީހަ ނައްސަށް ކަނޑައެޅިން ގެން އިންކާރުކޮށް.. އިލްމުވެރިންގެ ތުނބުޅި ޗިލީ ސޯސް ލާފަ ބޭލި މީހެއް.. ދެން ކޮން ދީނެއް އެނގޭނީ.. އިޔާޒަށް ގޮވާލަން މަނިކިފާނު ދީނަށް ލޯތްބެއް ހުރިއްޔާ މާފަށް އެދި އިދިކޮޅާ ގުޅިގެން ކުރިޔަށް ދާން..ތިޔަ ބައިގަނޑާއެކު ހުރެގެން ކުރިއެރުމެއް ނުލިބޭނެ ހުތުރު ނަމެއް ނޫނީ ބޮލު ނޭޅޭނެ..

   13
   1
   • ދޮގެއް؟

    އިޔާޒުވެސް ހަމަ ތިފަދަ. ލާދީނީންގެ ހިމާޔަތުގަ އެމީހުންގެ ދިފާއުގަ މީހުންނާ އަޅައިގަނެގެން ނެއްޓެން ނޭނގި އުޅޭ ގުއިގަނޑެއް. އެއީ.

    5
    3
 4. ޑިމޮކްރަސީ

  ކަލޯމެންގެ ޑިމޮކްރަސީ ބުނަނީ ތަބަޢަވާންޖެހޭނީ ގިނަ މީހުން ބުނާގޮތަށޭ.... ދީނީ ޢިލްމުވެރިންގެ 13 ބޭފުޅުން އެ ވިދާޅުވަނީ ކްރިސްމަސް ފާހަގަ ނުކުރާށޭ..... އެކަމު މައުމޫނު 1 މީހަކު ކަލޭމެން ރުހޭގޮތަށް ރަޢުޔު ނެރުނީމާ ކަލޭމެނަށް އޯކޭ ވަނީ.... މީ ކަލޭމެންގެ ގަބޫލުކުރުންތަކާއި ކަލޭމެންގެ ޑިމޮކްރަސީއާވެސް މުޅިން ޚިލާފް ނިންމުމެއް

  37
  6
  • Anonymous

   ވަރައް ރަނގަޅު ވާހަކައެއް

   10
   1
  • ޑިމޮކުރަސީ

   އެ މީހުން ބޭނުންވާ ވަގުތަކު ބޭނުންވާ ގޮތަކަށް ހުރިހާކަ މެއް ވާގޮތަށް ފަރު މާ ކޮށްފައޮތް އެއްޗަކަށްވީ މަ.

   އެ މީހުންގެ މީހުން ގިނަވެއްޖެނަ މަ ބުނާނެ "ޑި މޮކުރަސީ އަކީ ގިނަ މީހުން ބޭނުންވާގޮތޭ"

   އެކަ މަކު އެ މީހުންގެ މީހުން މަދުވެއްޖެނަ މަ ބުނާނެ "ޑި މޮކުރަސީއަކީ މަދު މީހުންގެ ހައްޤުތަކޭ"

   އަސްލަކީ "ކޮން މެ ހާލެއްގަވެސް އަހަރު މެން ބޭނުންވާގޮތޭ" ނުބުނާކަން.

   7
   1
  • ސަރަސްވަތީ

   ބަލަ މިބައިގަނޑު 2008 ގަ ކެ މްޕޭނު ކުރިއިރު ރީދޫކޮޅުގަ ހުރެ ސޭކް ހުސައިރަޝީދު ބުނި މައު މޫނަކީ މުސްލި މެއް ނޫނޭ . އެފަދަ މީހަކު ވާހަކަ ދައްކާނީ މުސްލި މުންނާ ދެކޮ ޅަށް ކަންވެސް ނޭގުނު ދޮއްތަ. ޣައިރު މުސްލި މުން ރުއްސަން ބުއްޅަބޭ ކޮށްފަ ނުކުރާނެ ކަ މެއްވެސް ހަ މަ ނޭނގޭނެ

 5. Anonymous

  އަބޫ ޖަހްލުވެސް ހުރީ މުރުތައްދު މައުމޫނުގެ ފަހަތުގައި. ހަހަހަހހަަ

  24
  2
 6. ސަމްސިއްޔާ

  މައުމޫނު މޮޅުވާހަކައެއްދެއްކީދޯ. މައުމޫނުދޯ ބުނީ މުސްލިމް އަންހެނާ އިސްތަށިގަނޑު ނިވާކުރަން ނުޖެހޭކަމަށްސް، ދެން އަހަރުމެން ގަބޫލުކުރަންވީ؟؟ ކަނޑައެޅިގެން އިނގެން އޮތްކަމެއްއެއީ. އަންހެނާގެ އައުރައަކީ މޫނާއި ދެ އަތްތިލަ ފިޔަވާ ހުރިހާތަނެއްކަން.
  މައުމޫނުތިޔަ ނެތި މިސާލެއްދޯ. ކްރިސްމަސް ފާހަގަކުރަނީ "އީސާގެފާނުގެ އުފަންދުވަހުގެ ގޮތުގައި" އަހަރުމެންގެ ރަސޫލާ މުހައްމަދު ގެފާނުގެ އުފަންދުވަސް ފާހަގަ ނުކުރުމަށް ގިނަ ދަންނަބޭކަލުން ވަނީ ފަތުވާ ދީފައި.

  7
  1
 7. ސަލާމު

  އިޔާޒު ޕީއެޗްޑީ މައުމޫނު ބީއޭ.. ދެން އިތުރު އެއްޗެއް ބުނާކަށް ނެތިން އ ބ ދަންނަ މީހަކަށް ވެސް ތަފާތު އެނގޭނެ.. ވައްސަލާމް

  11
  1
 8. ބަދަވި

  މައުމޫނު އެހުރީ މޮޔަވެފަ. ވެރިކަމާހެދި މަރުދަން ޖެހެނީ ދީންކިޔަވައިގެންހުރި ތަނެއްދޮރެއް ނުދަންނަ މީހެއް މައުމޫނަކީ

  10
 9. އިބްރާހީމް

  ދީނީ އިލްމުގައި ރަސޫލާ ހުންނެވީ މާކުރީގައި،

 10. އަލީ

  ހުސް ޖާހިލުން ތީ

 11. ރޯދަމުބާރަކް!

  މެމްބަރު މޮޅު ސްޓަންޓެއް ހައްދަވަން ކަމަށް ތޯ! މަޖޮލީހު ރައީސް އެއޮތީ އަމިއްލައަށް ބޭނިވެވަޑައިގަންފަ! އަނެއްކާވެސް އަސްލު ސޫރަ ދެއްކެވީ! ފަސްއަޅަން މަސައްކަތް ކުރެއްވިއަސް ކުރާނެކަމެއްނެތް!......ވީމާ ކާފަ ބޮލަށް ކަނޑާލަން މަސައްކަތް ނުކުރަށްވާ!

 12. މޫސާ

  އެމްޑީޕީގެ މީހުންނަށް މައުމޫނު މިއަދު މޮޅުމީހަކަށްތިވީ ކެރަފާ ނަޝީދު ކުފުރުވުމުން މައުމޫނު ވެސް އެކުފުރުގައި ބައިވެރިވީމަ!
  ގައުމުގައި ތިބި އެންމެ ނުބައި ނުލަފާ މުޖުރިމުން މިހާރު ތިޔަ ތިބީ އެއް ޕްލެޓްފޯމެއްގަ!
  ލަނޑަޔާ ވާނީ ހަމަ ލަނޑަޔާ.!
  ކުފުރުގެ އަހުލުވެރިންނާ އެމީހުންގެ ބައިގަނޑު ނަރަކައިގަ.ޖަމާކުރެވޭނެ!

  8
  1
 13. ޑަރޭ

  ކަލޭމެންގެ ބުއްޅަޝޭހު ދީނީކަންތަކުގަ މާބޮޑައްވެސް ފުންނާބު އުސްވާނެ ދެން ކީއްކުރަންތަ އެހެންމީހެއްގެ ރައުޔު ހޯދަނީ....

 14. ދޮންއަލީ

  މި ބަހުސް ޓްވީޓާގައި ގަދަވެފައިވަނިކޮށް ރައީސް މައުމޫން ވެސް ޓްވީޓެއް ކުރެއްވިއެވެ. އެމަނިކުފާނުގެ ޓްވީޓްގައި ރައީސް ނަޝީދު ކްރިސްމަސް ތަހުނިޔާ ފޮނުވުން ސީދާ ދިފާއު ކުރައްވާފައި ނުވި ނަމަވެސް ލިޔުއްވާފައިވަނީ "ކީރިތި ޤުރްއާނުގައި އަންގަވާފައިވާ ގޮތުގައި ޣައިރު މުސްލިމުންގެ ތެރެއިން މުސްލިމުންނާ ހަނގުރާމަ ނުކުރާ މީހުންނަށް ހެޔޮކޮށް ހިތައި ޢަދުލުވެރި ވުމަކީ މާތް ﷲ ނަހީ ކުރައްވާފައިވާ ކަމެއް ނޫން." ކަމަށެވެ. މާނައަކީ ޚޮދު މައުމޫނުވެސް ޤަބޫލުކުރައްވައޭ ނަޝީދަކީ ލާދީނީމީހެއްކަމައް ދެން އެހާތަނުން އުފެދޭސުވާލަކީ އެފަދަމީހެއްގެފަހަތުގަ ދީނީއިލްމްވެރިއަކު ހުރުމުގެބޭނުމަކީ ކޮބާހޭ އަނެއްސުވާލަކީ އެފަދަމީހަކުކުރާ ހުރިހާކަމަކައް މުސްލިމުންތާއީދުކުރަންޖެހޭހޭ

  2
  2
 15. ޢަފްލާ

  ޢެހެންވެ އަނބި ދަރިން ޢައުރަ ނިބާނުކޮށް ތިބެނީ އައްޕަ މާ ފުންނާބް އުސްވީމަ

  13
  1
 16. ޙައްވަ

  ތިޔައީ މައްސަލައަކީ. މީހުން މުރުތައްދު ކުރުމަކީ އަނެކާއަށް ލިބިފައިވާ ޙައްޤެއް ނޫން. އެކަމަކީ ޝަރްޢީ ކޯޓަކުން ކަނޑައަޅަން ޖެހޭ މައްސަލައެއް!

  5
  1
 17. އަބްދޫ

  ކީރިތި ްުރއާނުގާ އެބައޮތް އެހެން ދިނަތަކުގެ މިހުނަށް އިހްތިރާމް ކުރުމަށް އެފަރާތްތަކާމެދު އަދުލުވެރިވުމަށް އެއީ މުސްލިމުންގެ ސިފަ އަދި އެބައޮތް އައިރުދީންތަކުގެ މީހުން ހިންގާ ބާތިލް ކަންތައްތަކަށް ނުވަތަ ފާހިސް ކަންކަމަށް ހިތްވަރުދީ ނުވަތަ ހިތްވަރު ލިބެގޮތަށް މުސްލިމެއްގެ ނަމުގަހުރެ ކަންކުރާ މީހާ ވަނި އެމީހުންގެތެރެއިންކަމަށް؛.އޭގެ މާނަޔަކީ މުސްލިމަކު ބާތިލަށް ހިޔްވަރު ދިނުން ހަރާމް. ދުނިޔޭގަ ވަނީ އެއްދީން އެދިނަކީ އިސްލާމްދީން އޭގެ ހެއްކަކީ ހިންދުވިޔަސް ބުޑިްތްވިޔަސް ޔަހޫދީ ވިޔަސް ނަސަރާ ވިޔަސް މަޔަކަ ބަފަޔަކަށް އުފަންވާ ކޮންމެ ކުއްޖަކު އުފަންވަނި ފިތްރަތުގެ ސާފު އިސްލާމްދިންމަތީގަ ކަން އެގެން އޮތުން.އެދަރި އިސްލާމްދީނުން ބޭރުކުރަނީ އެދަރީގެ މައިންބަފައިންކަން. ވީއިރު އެހެން ދީންތަކުގެ މީހުންހިންގާ ބާތިލް ކަންކަމަށް މުސްލިމަކުގެ ނަމުގަހުރެ ތަރުހީބުދީ ތަހުނިޔާ ކިއިދާނެތަ؟

 18. ގައުމީ ލޯބި

  މީ އެކަޑަމިކް ކޮލިފިކޭޝަން މިންކުރާ އެންމެ އިސްވެރިޔާ ދޯ..؟

  ޤަމާރުން ތިބެ ޢިލްމުވެރިންނާއި ޖަދަލު ކުރަނީ..؟

  މިއޮތީ ވާ ތަރައްޤީ ވެފައި..

  މިކިޔާ ތަރައްޤީ ގެ އެއް ބަޔަކީ، ޖާހިލުން އިލްމުވެރިން ދަރަޖަކޮށް މިންކުރުން ބާ؟

 19. އަހްމަދު

  ކާފަރުންގެ އީދުތަކިގައި ތަހުނިޔާ ކިޔުމަކީ ހަރާމް ކަމެއް ކަމަށް ހުރިހާ ޢީލްމުވެރިން އިއްތިފާޤުވެވަޑައިގެންފައިވޭ - އަލް ޢައްލާމާ މުޙައްމަދު ބްނު ޞާލިހުލް އުޘައިމީން

  މިތަނުގަ ޢިލްމުވެިން މާނައަކީ އުއްމަތުގެ ޙަޤީޤީ ޢިލްމުވެރިން، ދައުވަތުގެ މައިދާނުގަ އުޅޭ ދާއީން ވާހަކައެއް ނޫން.

  މި އާޒިމް މެން ބުނާ ބަހަކީ އެއްވެސް އަގެއް ހުރި އެއްޗެއް ނޫން. އެއީ ލާރި އަށް އަބުރާ ދީން ވިއްކައިގެން ތިބި ބައެއް،

 20. ބަސްމަދު

  ޑރ އަކީ ސޭކެއް.މައުމޫނު ކައިރީގަ ފަތިގަނޑު ކީއްކުރަން އެހެން އެއްޗެއް ވެސް ފިރުކާ ނުލެ ވޭނެ .

  3
  2
 21. Aneeka

  ކަލޭމެން ރުހޭގޮތަކަށް ފަތުވާ ނެރުނީމަ ދީނީ އިލްމުގައި ރައީސް މައުމޫން ހުންނެވީ މާކުރީގަ ކަމަށްވި ދޮއްތަ . ތިޔަ ބައިގނޑާ ދެކޮޅަށް އެއްޗެއް ބުނެފި ނަމަ އެވަރުގެ ތަންދޮރު ނުދަންނަ ޖާހިލަކު ހުރިކަމަށް ނުހެދީސް.