ފެމިލީ ކޯޓުން އަންނަ އަހަރު ހުރިހާ ދުވަހެއްގައި ކައިވެނިކޮށްދޭން ނިންމައި ކައިވެނި ކޮށްދޭނެ ގަޑިތައް އާންމުކޮށްފިއެވެ.

ފެމިލީ ކޯޓުން އާންމުކޮށްފައިވާ އިއުލާނެއްގައި ގޮތުގައި ކައިވެނި ކޮށްދޭނީ ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން 11:30 އަށެވެ. އަދި މެންދުރުފަހު 1:00 އިން 1:45 އަށެވެ. އަދި ހަވީރު 4:00 އިން ރޭގަނޑު 9:30 އަށެވެ.

ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭނެ ގަޑިތައް ވެސް އިއުލާނުކޮށްފައިވެއެވެ. މި ގޮތުން އަންނަ އަހަރުގެ އޭޕްރީލް 13 އިން މެއި 19 އަށް ކައިވެނިކޮށްދޭނީ ރޭގަނޑު 9:45 އިން 10:45 އަށެވެ. ޖުލައި 16 އިން ޖުލައި 17 އަށް ކޮށްދޭނީ ރޭގަނޑު 8:00 އިން 9:30 އަށެވެ. އެހެން ދުވަސް ދުވަހު ކޮށްދޭނީ ހަވީރު 4:00 އިން ރޭގަނޑު 9:30 އަށެވެ.

ރަމަޟާން މަހު ރަސްމީގަޑީގައި ކައިވެނިކޮށްދޭނެ ގަޑިތައް ފަހުން އިއުލާން ކުރާނެ ކަމަށް ފެމިލީ ކޯޓުން ވިދާޅުވެއެވެ.

ކޮވިޑް19 ގެ ބަލިމަޑުކަމާއެކު ކޯޓުން ބޭރުގައި އަދި ކޯޓުގައި ކައިވެނިކޮށްދިނުން މެދުކަނޑާލާފައި އޮތުމަށްފަހު ކުރިއެކޭ ވެސް އެއްގޮތަށް އަނެއްކާ ވެސް ކޯޓާއި ކޯޓުން ބޭރުގައި ކައިވެނިކޮށްދޭން ފެށީ މި ޑިސެމްބަރު މަހުއެވެ.