އެއްގަމު އުޅަނދުގެ އަހަރީ ފީ ސްޓިކަރއަށް ބަދަލުގެނެސް، އޮންލައިންކޮށް ދޫކުރަން ނިންމާފައިވާ ކަމަށް މީރާ އިން ބުނެފިއެވެ.

މީރާ އިން ބުނީ، އެއްގަމު އުޅަނދުގެ އަހަރީ ފީ ދެއްކުމުން ދޫކުރާ ސްޓިކަރއަށް ބަދަލުގެނެސް، ޖެނުއަރީ އެއް ވަނަ ދުވަހުން ފެށިގެން އެއްގަމު އުޅަނދުގެ އަހަރީ ފީ އޮންލައިންކޮށް ދައްކާ ފަރާތްތަކަށް، އެ ފަރާތުން އަމިއްލައަށް ޕްރިންޓްކުރެވޭ ފަދަ ސްޓިކަރއެއް އީމޭލް މެދުވެރިކޮށް ލިބޭގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

އަދި އެއްގަމު އުޅަނދުގެ އަހަރީ ފީ މި އޮތޯރިޓީގެ ކައުންޓަރުތަކަށް ދައްކާ ފަރާތްތަކަށް، ޕްރިންޓް ކުރުމަށްފަހު ދޫކުރަން ހަމަޖެހިފައިވަނީ އެ ސްޓިކާ ކަަމަށް މީރާއިން ބުންޏެވެ.

މީރާއިން ބުނީ، މާދަމާ ނިޔަލަށް އެއްގަމު އުޅަނދުގެ އަހަރީ ފީ ދައްކާފައިވާ ފަރާތްތަކުން، އެ ފަރާތުން އެދިއްޖެ ހާލަތެއްގައި މިހާރު ބޭނުންކުރަމުންދާ ސްޓިކަރ ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން ދޫކުރަމުން ގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙހހހ

    ތީ ހަމަ ކޮރަޕްޝަނަށް ހުޅުވޭނެ ދޮރެ އް ،މިޒަމާނަކީ ވަގު ސެޓްފިކެޓް ހަދާ ޒަމާން

    12
    2
  2. އަހުމަދު ނީޒް

    ޕްރިންޓް ކުރުން ދޫކޮށް ޕޮލިހުންނަށް އެޕަކުން ފެންނާނެ ގޮތެ އް ހެދުން މާރަނގަޅު ނޫންތޯ. ބޭކާރު ޕްލާސްޓިކް ބޭނުން ކުރުން ހު އްޓާލަން ވެ އްޖެ.

    28
    2
  3. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

    ޕްރިންޓް ކުރަން ލާރިދޭ.. އަހަރީފީ ކުޑަކުރަން ޖެހޭނެ..

    • އަހުމަދު

      މީރާ ކައުންޓަރަށް ގޮސް ފައިސާ ދެއްކީމަ، އެތަނުން ޕްރިންޓް ކޮށްފަ ދޭނެ.

  4. ގަލަން ތުނޑު

    މީރާއިން ބުނީ، މާދަމާ ނިޔަލަށް އެއްގަމު އުޅަނދުގެ އަހަރީ ފީ ދައްކާފައިވާ ފަރާތްތަކުން، އެ ފަރާތުން އެދިއްޖެ ހާލަތެއްގައި މިހާރު ބޭނުންކުރަމުންދާ ސްޓިކަރ ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން ދޫކުރަމުން ގެންދާނެ ކަމަށެވެ. ދެން ނޭދޭ ފަރާތްތަކަށް ދެނީކޯއްޗެއްތޯ ނުސްވެރިޔާ