ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒަށް ނިސްބަތްކުރަށްވައި، ""ޔާރ ޔޫ އާރ އިން ލަވް" ކަމަށް ވިދާޅުވެ ރައީސް ނަޝީދު ބޭނުން ކުރައްވާ ކަމަށް ބެލެވޭ ޓްވިޓާ އެކައުންޓުން ޑރ. އިޔާޒަށް ނިސްބަތްކޮށް ޓްވީޓެއް ކުރައްވައިފިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެ ޓްވީޓެއްކޮށްފައި ވަނީ، މުސްލިމުން މީހުންނާއި ގުޅުންބަދަހި ކުރަނީ އަދި ރުޅިއަންނަނީވެސް މާތްﷲ އަށްޓަކައި ކަމަށް ވިދާޅުވެ ކުރެއްވި ޓްވީޓާއި ގުޅިގެންނެވެ.
"އަނެއް ދިވެހިރާއްޖެ އަށް އެކަން ނޭނގި އޮތުމުން ސާފުކޮށްލަދިނީ" ޑރ. އިޔާޒް ކުރެއްވި ޓްވީޓްގައި ވެއެވެ.
Yaar you are in love. 💕😘
— MN unofficial (@anedhivehirajje) January 3, 2021
އެ ޓްވީޓަށް ރައްދު ދެއްވަމުން ރައީސް ނަޝިދުގެ އެލެކްސް އެކައުންޓުން ކުރި ޓްވީޓެއްގައި ވިދާޅުވީ, ""ޔާރ ޔޫ އާރ އިން ލަވް" ކަމަށެވެ.
ދުވަސްތަކަކަށް ފަހު އިޔާޒުގެ ބަހުގެ ހަމަލާތަކެއް ޓްވީޓާގައި އަމާޒު ކުރައްވަމުން ގެންދަވަމުން ދަނީ, ނަޞާރާއިން ފާހަގަކުރާ ކްރިސްމަސް ދުވަހުގެ ތަހުނިޔާ ރައީސް ނަޝީދު ފޮނުއްވާފައިވަނިކޮށެވެ.
ޓްވީޓާގައި އިޔާޒު ދައްކަވަމުން ގެންދަވާ ވާާހަކަތަކަށް އެމްޑީޕީގެ މަޖިލިސް މެންބަރުން ރައްދު ދެއްވާފައިވާއިރު, ރައީސް ނަޝީދު ބޭނުން ކުރައްވާ ކަމަށް ބެެލެވޭ އަލެކްސް އެކައުންޓުންވެސް ރައްދުދެމުން ގެންދެއެވެ.
އެލެކްސް އެކައުންޓަކީ ރައީސް ނަޝީދު ބޭނުން ކުރައްވާ ކަމަށް ބެލެވޭ އެކައުންޓެކެވެ. މި އެކައުންޓާއި ގުޅިގެން އެމަނިކުފާނާއި ނޫސްވެެރިން ސުވާލުކުރި ނަމަވެސް, އެއަށް ސީދާ ޖަވާބެއް ނުދެއްވައެވެ. އަދި އެކަން ދޮގެއްވެސް ނުކުރައްވައެވެ.
މި ދެން ބޮޑުވެއްޖެކަމެއް. ރާއްޖޭގަ އޮންނަނީ މީހުނަށް މަލާމަތްކުރުމާ ފުރައްސާރަކުރުމާ އެކަކު އަނެކަކާ ދިމާކުރުން. އަޅޭ މިމީހުން މިއުޅެނީ ކުރާނެ ކަމެއް ނެތިގެންތަ.
ރައްޔިތުންގެ ލޯބި ލިބޭނެ ކަމަށް ކަޅުބެގެ އިޔާޒް އެއުޅެނީ.. މެކުނަށް ފުމެވުނަސް ގާހަކައަކަށް ނުފުމެވޭނެ..
އަޅެ ޔާރު ޔޫ އާރ އިން ލަވް..ކާކު ދެކެ؟؟މަށަށް ބުނެ ދީބަލަ ޕްލިސް...ގާހަކައަކަށް ކަލެއަށް ފުންމާލެވިދާނެތަ؟؟؟
ބަނގުރާބޮ އެގެން ކޮންމެފަދަ އެ އްޗެ އްވެސް ގޮވިދާނެ.
މަޝްހޫރުވާން މީހަކު ބޭނުންނަމަ ރައީސް ނަޝީދުއާއި ބެހިގަންނަނީ.. އެވާހަކަތައް ފަލަސުރުޙީތަކަށް އަރާނެކަން އެނގޭތީ.. އިޔާޒް އާއި ޒައިދުވެސް ދަރުސްދީދީ ދެކޮޅުގައި ނުރަޖެހި އިރުވެސް މަޝްހޫރެއްނުވި.. އެނގޭ ބަޔަކުވެސްނެތް.. ދެން މިހާރު މިކަންތައް ކޮއްގެން މަޝްހޫރުވެލަނީ.. މޭވާ އަޅާގަހަށް އެންމެންވެސް އޮއްގާއުކާނެ..
އަންނިވެސް މަޝްހޫރުވީ މައުމޫނާއިބެހިގެން ފަލަސުރުހީތަކަށް އަރާނެ ކަން އިނގޭތީ..އެކަން ވެސް ކޮށްފިތާ..މޭވާ އަޅާ ގަހަށް އެންމެންވެސް
އޮއްގާއުކާނެ...
އެންމެނެއްގަލެއްނުއުކާނެ! ހަރުބަހުގައޮންނަނީވެސްއެންމެންގެވާހަކައެއްނޫން! ތަންދޮރުއޮޅުންފިލުވައިގެންއަގަފުޅާކޮށްބަލަ!
ދުކްތޫރު ގާތު ބުނެލަން އޮތްހާވެސް ވާހަކައަކީ، ރައްޔިތުންގެ ތެރެއިން އެމްޑީޕީއަށް ކަނުލޯބި ޖެހިގެން ވަދެވިފައި ތިބި މެމްބަރުންނަށް ފެންނަގޮތަށް އެބައިމީހުންނަށް އެއްޗެއް ވިސްނޭނެހެން މިފަހަރު އަންނިއާއި އޭނާގެ އައުވާނުންގެ ސޯޓު ބާލާފައި ނޫނީ ހުއްޓާނުލައްޗޭ!
އަނެއްކާ ދެ ފިރިހެނުން އެކަކު އަނެކެއްގެ އިޝްޤުގައި ޖެހުނީތަ؟
ހެހެހެެހެ، ވެދާނެދޯ
ބިޑިނުލިބުނީމާ އަނެއްކާ މޮޔަގޮވާންފެށީދޯ. ސަހާދެއް ބޯހަލާކު. މިވަރުމީހަކު ދިވެހިރައްޔިތުން އެބައިމީހުންގެ އެންމެ މަޖުލީހުގެ ރައީސަކަށް ބަހައްޓާންވާނެތޯ؟
ޢަހަރެންގެ ހިތުގައި އެއްވެސް ވަރަކަށް ނަޝީދު އަށް ލޯތްބެއް އިޚްތިރާމެއް ނުވޭ...އެހެނަސް އިޔާޒް އަށް ވޭ..ގިނަ ބަޔަކު ލޯބި ކުރުމަކީ އެއީ ހެޔޮގޮތް ކަމަށް ދޭހަ ކޮށްދޭނެ ކަމެއްނޫން..އަބަދުވެސް ހައްގުގަ ތިބޭނީ މަދު މީހުން...އަދި ގިނަ މީހުންގެ ނަފްރަތާއި ރުޅިވެރި ކަމާއި އަދާވާތްތެރިކަން ހައްގާ ދެކޮޅަށްފާޅުވާނެކަން ތާރީހުންނާއި ދީނީ ދަލީލިތަކުން ސާބިތު ކޮށްދޭ..އިސްލާމް ދީނަށް މަސައްކަތްކުރާ އިހްލާސްތެރިއްކު މީހަކު ކުރާ މަލާމާލަތުން ހިތްހަމަ ޖެހުމެއް މެނުވީ ލިބިނުގަންނާނެ
ހެހެހެެހެ، ވެދާނެދޯ
އެންމެފަހުން އެތިބީ އިޝްގުގަޖެހިފަ..
ލާޗާރު ބިޗާރަށް އުޅުނު، ނާޗާރު ވެފައި ތިބި ބަޔަކު ގައުމުގެ ރައްޔިތުންގެ ހިތްތަކުގައި ރުޅިއާއި ނަފުރަތާއި ނީހަ އުފައްދައިގެން ވެރިކަމަށް އައީ އެ ބަޔަކާ އެކަން ބައްދަލުނުކުރާނެ ކަމަށް ހީކޮށްގެންނެވެ. އެ ބަޔަކު ކުރި ކަމެއް އެއަށްވުރެ ހިތިކޮށް އެބަޔަކާ ބައްދަލުކުރާނެއެވެ. ދުނިޔެ އަބަދުވެސް ދައްކަނީ މިފިލާވަޅެވެ.
ޖާހިލަކަށް ޖަވާބެއް ނުދިނުމަކީ ޖަވާބެކޭވެސް ބުނޭ.
"ޢާލިމުންނާއި ޖާހިލުންނާ އެއްގަލަށް ނާރާނެޔޭ"
ޔާﷲ. އަޅަމެން އެންމެނަށް ވެސް ތެދުމަގުގައި ސާބިތުވެ ތިބުމުގެ ތައްފީޤްދެއްވާށި. އާމީން
ދެރަވެއްޖެ ކަމެއް. ޢެކަކީ ދީނީ އިލްމުވެރިޔެއްކަމަށް ދައުވާކުރާ ދަކުތޫރެއް. ޢަނެކަކީ ޑިޕްލޮމެޓިކް ވެގެންގޮސް އިމެއް ބިމެއް ނެތި ދުލުގެބޭނުން ކުރަމުންދާ ސިޔާސީ މަރުމޯލެއް. ތިދެމީހުން ދުލުހިފުން މައްސަލައެއްނެތް އެހެންނަމަވެސް އިސްލާމް ދީނަކީ އަނެކާއަށް ދުއްޕާންކޮށް ނޮހޮރުއްޕާން ކުރާ ދީނަކަށް ނުވާތީ މައިތިރިވެހުރެ ﷲގެ ހަޒްރަތުން ވާގިއެދި ދުއާކުރަންޖެހުނީމަ ތިމާވަރެއް ނެތިގެން މުޅިތާއޮތްހާހެޑްލައިންގަތިމާގެ ވާހަކަ އޮތުމުން ސިފަވަނީ ތިބާވެސް ވެރިކަމުގެ ލައްޒަތުގަ ޖެހި ހަފުސްވަމުންދާ ހެނެވެ.
މައުމޫނާ ހިތްޕުޅާވެގެން އެލެކުސް އުޅުއްވިވަރު އެމަނިކުފާނަށްތާ އެނގިވަޑައިގަންނަވާނީ. އެކަމަކު އިޔާޒު މާ ހިއްވަރު ގަދަކޮށް މި ފެންނަނީ. އެލެކުސްއަށް އަސްލު ނަމުގައި ޓުވީޓެއްވެސް ކޮއްލަން ނުކެރޭ.
ޑރ. ޢިޔާޒަށް ވެސް އިނގެންޖެހޭނޭ ފަދައިން ތިމާގެ ދުޝްމަން މީހާ އާއި ދޭތެރޭ ގައި ލޯބިވެތިކޮން ހިތުމަކީ އިސްލާމް ދީނުގެ އެންމެ ރީތި ސިފަތަކުގެ ތެރެއިން ސިފައެކެވެ. މާތް ﷲ އަށްޓަކާއޭ ކިޔާފައި އެއްވެސް އިންސާނަކު ދެކެ ރުޅިއެރުމަކީ ދީނީގޮތުން ކޮށްގެން ވާނޭ ކަމެއް ނޫނެވެ. އަޅުގަނޑު ތާޢީދު ކުރާ ފަރާތަކީ ނަޝީދު އެވެ. އެންމެ ފަހު ނޭވާ އަށްދާންދެން ވެސް ތާޢީދު ކުރާނީ ނަޝީދު އަށެވެ. ނަޝީދު އަށް ތާޢީދު ކުރާ މީހެއްގެ ޙައިސިއްޔަތުން ޑރ. ޢިޔާޒު ތިކުރަނީ ވަރަށް ގޯސް ކަމެއްކަމަށް ބުނެލަމެވެ. ތިފަދަ މީހުން ތިބެންވާނީ، "ފަމަން ޔަޢުމަލް މިސްޤާލަ ޒައްރަތިން ޙައިރަން ޔަރާ. ވަމަން ޔަޢުމަލް މިސްޤާލަ ޒައްރަތިން ޝައްރަންޔަރާ" ހަނދުމަކުރުމުގައެވެ.
(1) ޢަރަބި ފޮންޓް ނެތްތަންތަނުގައި ޢާޔަތް، ދިވެހި ބަހުން ނޫންނަމަ އެހެން ބަހަކުންވިޔަސް ލިޔުން ހުއްދަ ކަމުގައި ދީނީ ޢިލްމުވެރިން ވިދާޅުވޭ. (2) ކޮންމެ ޤައުމެއްގައި ހުރިނަމަވެސް ދިވެހިރާއްޖޭގައި ހިނގާ ކަންކަމަށް ފާޑުކިޔުމުގެ ޤާނޫނީ ޙައްޤު ދިވެހީންނަށް ލިބިގެންވެއެވެ.
ކެރަފާ އަބޫޖަލު އިސްތިޢްފާ ދިނީ އަމިއްލައަށް ތެލުގެ އަވާގައި، އަނެއް ދުވަހު ހޭވަރިކަން ވުން ޖަހުލު ބުނީ ގަން ޕޮއިންޓޭ..............މިވަރު ބީތާ އިން ގެ ވާހަކަ ކާކު ޤަބޫލުކުރާނީ
ނަސީދު ފިރިހެނުންނާ ހިތާވާނަމަ ހީވާނީ އެހެންމީހުންވެސް ތިމާޔާ ހިތާވާނެ ކަމަށް.ކާފަރުންދެކެ މުސްލިމުން ނަފްރަތު ކުރަންޖެހޭނެ.
ރައީސް ޔާމިން އިރުގައި ވެސް ޑރ. އިޔާޒު ވަރަށް ސިޔާސަ އެކަމު ޔުނިވަރސިޓީގެ ފަރާތުން އިންޒާރުދީ ހަދާފައެއް ނުވޭ މިހާރު ދުލާ ގަލަމުގެ މިނިވަން ކަމުގެ ޕާރޓީ މީހުންނަށް ހަޖަމެއް ނުވޭ އަދި ޔުނިވަރ ސިޓީގައި ތިބި ޑރ. ހަސަނާއި ޑރ. ޝަރީފަށް އުޅެނީ ހަޖަމު ނުވެގެން ޑރ. ހަސަނު ބުނިކުރިން އެމް އެން ޔޫ އޮތީ ސިޔާސީ ވެފައެޭ ސިޔާސީ ބޯޑެކޭ ކިހާވަރެއް ތިޔަވީ އަދި މާގޯސް ވީ
ޑރ. ރާމީ ފަހުނޭވާ ނުލެވި އުޅިނިކޮށް ތިޔަ ނަޝީދު މަރުވެއްޖިއްޔާއޯ އަދި ބުނަން ކީރިތި ގުރުއާންގެ އާޔަށްތައް ކިތަންމަ މޮޅު ޑރ ވިއަސް ތިޔަ ގޮތަށް ނުލިޔާތި ކަލޭ ހިތުހުރި ގޮތެއް ހަދަން އޮތް ފޮތެއް ނޫން އެއީ އޭގެ މާނަ ދިވެހި ބަހުން ލިޔުނު ނަމަ ރަނގަޅުވީސް އަރުވާލެވިގެން ބޭރު ގައުމެއްގައި ހުރެ މިގައުމަށް ބަސް ނުކިޔާ ހުރޭ 2023 ގައި ތިޔަ އަންނި އަށް ދިވެހި ރައްޔިތުން ވަރުގަދަ ރައްދެއް ދޭނެ ވޯޓުން........ ވޯޓުން ބަލިވެ މަގުމަތީގައި ރޯން ހުންނަ ތަން ފެންނާނެ...... އިރާދަ ކުރެއްވިއްޔާ މިކަން މާތް ﷲ ފުއްދަވައި ދެއްވާނެ ހިތުގެ ގުޅުން އޮތްވަރު އެނގޭނެ
ބަހުގެ ލަފްޒީ މާނަ ނުނެއްގެވުންއެދެމެވެ.
ރާއްޖެއިން ބޭރުގައި ވަޒީފާ ޢަދާކުރާ ކިތައް ދިވެހިން އުޅޭކަން އިނގޭތަ ކަލެއަށް ؟ އަރުވާލާފަ ތިބި މީހުނެއްނޫން އެއީ. އެއީ ހުނަރުވެރި ދިވެހި ދަރިން. ފަހުނޭވާ އޭ ޑޮކްޓަރ ވިދާޅުވެފައިއެއޮތީ މެޓަފޯރިކަލް މާނައިގައި. ލަފްޒީ މާނަ ނަގައިގެން މޮޔަނުގޮވާ. ޤުރުޢާނު ގެ ޢާޔަތްތައް، "ތިޔަގޮތަށޭ" ބުނާއިރު ކޮންގޮތެއްކަން ބުނެއެއް ނުދޭ. ޢަރަބި ފޮންޓުން ލިޔެވެން ނެތިއްޔާ ދެން ކިހިނެތް ޢާޔަތް ލިޔަނީ ؟ ޢާޔަތު ގެ ނަންބަރު ނުޖެހުމަކީ ޤުރުޢާނަށް ހިތުހުރިހާ ގޮތެއް ހެދުމެއް ނޫން. ނަންބަރު ގޫގަލް އިން ބަލާލެވޭނެ. އައްނި އަށް ވަރުގަދަ ރައްދެއް ދޭނެކަން ތިޔަ އިނގުނީ ހުވަފެނަކުންތަ، ނުވަތަ ފާލުބަލާ މީހަކީތަ ތިޔައީ، ވާންހުރި ކަންތައްތިޔަބުނަނީ ؟
އިޔާޒު އެވިދާޅުވީ 100ގެ ވާހަކަ އެއް.
އަސްތަޤްފިރުﷲ. މާތްﷲ އަޅަމެންގެ ހިތްތަށް އަބަދުވެސް ސާފުކޮށްދެއްވަވާ އީމާންތެރިކަން އިތުރުކޮށްދެއްވަވާށި އާމީން
އެލެކްސް އަހުމަދަކީ ނަޝީދު ކަމަށް އޭނަ އިއުތިރާފްވެފައި އޮތީ.
ހެލޯ އައިސިސް ލީޑަރ..