އަދާލަތު ޕާޓީގެ ދުސްތޫރުގައި ނުވަތަ އަސާސީ ގަވާއިދުގައި އެ ޕާޓީގެ ރައީސް ކަމަށް އަންހެނަކަށް ކުރިމަތި ނުލެވޭނެ ކަމަށް ބުނެފައިވާ އުސޫލު މުރާޖާ ކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރަން އެ ޕާޓީގެ ލީޑާޝިޕާ އިލެކްޝަން ކޮމިޝަން (އީސީ) އިން ބައްދަލުކުރަން ނިންމައިފިއެވެ.
އީސީގެ ރައީސް އަހްމަދު ޝަރީފު "ވަގުތު" އަށް ވިދާޅުވީ ޕާޓީގެ އަސާސީ ގަވާއިދަށް މި ފަހުން ގެނެސްފައިވާ އިސްލާހުތައް އަދި ކޮމިޝަނަށް ނުފޮނުވާ ކަމަށެވެ. އަދި އަދާލަތު ދުސްތޫރުގައި އެފަދަ އުސޫލެއް އޮތުމުން އެ ޕާޓީގެ މެމްބަރުންގެ ޝަކުވާ އީސީއަށް ލިބިފައިވާ ކަން ވެސް ފާހަގަކުރެއްވިއެވެ.
"އަދާލަތު ޕާޓީއިން 2017 ވަނަ އަހަރުގަ އިލެކްޝަން ކޮމިޝަނަށް ހުށައަޅާފައިވާ ދުސްތޫރުގެ 42 ވަނަ މާއްދާގެ (ޅ) ގައި އިންނަނީ ނައިބު ރައީސްއާއި ރައީސް ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ފިރިހިނެކަށް ވުން. އޭގެ ފަހުން އެއްވެސް އިސްލާހެއް ހުށައަޅާފައެއް ނުވޭ" ޝަރީފް ވިދާޅުވިއެވެ.
އަދާލަތު ޕާޓީގެ ރައީސް ކަމަށް އަންހެނަކަށް ކުރިމަތި ނުލެވޭ ގޮތަށް އަދިވެސް އޮތް އިރު ކުރިން އޮތީ އެ ޕާޓީގެ ނައިބު ރައީސް ކަމަށް ވެސް އަންހެނަކު ކުރިމަތި ނުލެވޭ ގޮތަށެވެ. އެކަމަކު މި މަހު ބާއްވާ އިންތިހާބާ ދިމާކޮށް އަންހެނަކު ނައިބު ރައީސް ކަމަށް ކުރިމަތިލެވޭ ގޮތަށް ޕާޓީގެ ދުސްތޫރު ވަނީ ބަދަލުކޮށްފައެވެ.
ޝަރީފް ވިދާޅުވީ މިއަދު އަދާލަތު ޕާޓީއާއެކު ބައްދަލުވުމެއް ބާއްވަނީ އެ ޕާޓީއިން އިންތިހާބެއް ބާއްވާއިރު ފަހުން ދިމާވެދާނެ މައްސަލަތަކާއި ގުލޭ ގޮތުންނާއި ޕާޓީގެ އާންމު މެމްބަރުން އިސީއަށް ހުށައަލާފައިވާ ޝަކުވާތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ކަމަށެވެ.
ރާއްޖޭގެ އެހެން ސިޔާސީ ޕާޓީތަކުގެ ދުސްތޫރުގައި މިފަދަ އުސޫލެއް ނޯވެއެވެ. އަންހެނުންނަށާއި ފިރިހެނުންނަށް ހަމަ ހަމަ ފުރުސަތުތަކެއް އެހެން ޕާޓީތަކުގައި ފަހިކޮށްފައިވެއެވެ. މި އުސޫލު މުރާޖާ ކުރުމަށް އަދާލަތު ޕާޓީއަށް އިލްތިމާސް ކުރާނެ ކަމަށް ވެސް ޝަރީފް ވިދާޅުވެފައިވެއެވެ.
އަދާލަތުގެ ރައީސްގެ މާދާތަ އިސްލާޙް ކުރަންވިއްޔޭ؟
ރާއްޖޭގައި ހިންގާ ކޮންމެ ސިޔާސީ ޕާޓީއަކީ ޤާނޫނެއްގެ ދަށުން ރެޖިޝްޓްރީ ކުރެވި ހިންގާ ޕާޓީތައް..ޤާނޫނު އަސާސީގައި ބުނަނީ ވަކި ޖިންސަކަށްވީތީ ތަފާތުކޮށްގެންނުވާނެކަމަށް... އަދާލަތުގެ ހިންގާ ޤަވާއިދުގެ އިސްލާހުއަކީ ބާތިލް ނިންމުމެއް.. މިފަދަ އިސްލާހުގެ ސަބަބުން އަންހެނުންގެ ހައްޤުތައް ގެއްލޭ.. އިލްކްޝަނުން ތިކުރައްވަނީ މުހިންމު މަސައްކަތެއް... ދިވެހިރާއްޖެއަކު އެއްވެސް ދީނީ ޕާޓީއެއް ނޮއޮންނާނެ... އޮންނަނީ ސިޔާސީ ޕާޓީތައް... މިއިސްލާހު ރަގަޅު ނުކުރާނަމަ ކޮންގްރެސް ބޭއްވިއަ ނުދީ...މިއީ ނުބާ ފެށުމެއް.
އެ ގާނޫނު އަސާސީގެ މާއްދާއެއް އޮންނާނީ އިސްލާމް ދީނަކީ ދުސްތޫރުގެ އަސާސުކަމަށް، އެއާ ޚިލާފަށް ހަދާ ކޮންމެ އެއްޗަކީ ބާތިލު ގަވާއިދެއް.
ޝަރީފޫ ހޮޅިވާހަކަ ނުދައްކަވާ ޢަދާލަތުގެ އުސޫލުތަށް ހުރީ ޤާނޫނު އަސާސީޔާއި އެއްގޮތަށް، ޤާނޫނު އަސާސީ ބުނަނީ ދިވެހިރާއްޖޭގެ ޤާނޫނުތަށް ހުންނާންވާނީ ސުއްނަ ޖަމާއަތުގެ އިލްމުވެރިން ބުރަވެލައްވާ ގޮތަށޭ، ޖަމާއަތުގެ ޢަމީރަކަށް ރައީސަކަށް ހުންނަން އިލްމުވެރިން ބުރަވެލައްވަނީ ފިރިހެނަކު ހުރުމަށް !
ދިވެހި ރާއްޖޭގައި ދައުލަތުގެ ހުރިހާ ނިންމުންތަށް ވާންޖެހެނީ އިސްލާމީ ޝަރުގައި ކަންޑައަޅާފައިވާ ގޮތަށް އެޔާއާ ހިލާފު ނުވާގޮތަށް، ސުއްނަތް ޖަމާއަތުގެ އިލްމު ވެރިން ބުރަވެ ވަޑައި ގަންނަވާ ގޮތަށް !
ޝަރީފޫ ސުއްނަތް ޖަމާޢަތުގެ ޢިލްމު ވެރިން އިއްތިފާޤު ވެލައްވަނީ ޖަމާޢަތެއްގައި ފިރިހެނުންނާއި އަންހެނުން ތިބިނަމަ އިމާމް ކަމަށް ފިރިހެނަކު އިސްކުރުމަށް، އެޖަމާއަތުގައި ތިބީ ހުސް އަންހެނުން ކަމުގައިވާނަމަ އަންހެން ބޭކަބަލަކު އިމާމު ވެ ހުރުމަށް !
ތީ ކުރަންވެއްޖެކަމެއް.. ޓެރަރިސްޓުން އަދާލަތު ޕާޓީ ހިސާރުކުރަން އުޅެނީ..އަދާލަތުޕާޓީގެ ރައީސް ކަމުން އިމްރާން ބޭރުކޮއްފަ އެތަނަށް އިޔާޒް އަންނަން އުޅެނީ.. ސިޔާސީ ނިވަލުގައި ތިބެ ކުދިން ރެކްރޫޓްކުރަން..