މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19 އާއި ގުޅިގެން ވަޒީފާ ގެއްލިފައި ތިބި ފަރާތްތަކުގެ ތެރެއިން 17،147 މީހަކަށް އިންކަމް ސަޕޯޓް އެލަވަންސް ދޫކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޑިސެމްބަރު 31 ވަނަ ދުވަހާއި ހަމައަށް 17،147 މީހުންނަށް 221.1 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ސަރުކާރުން ދޫކުރަމުން އަންނަނީ ވަޒީފާ ގެއްލުނު ފަރާތްތަކަށް 5000 ރުފިޔާއެވެ. އަދި މުސާރައިން ބައެއް އުނިކޮށްފައިވާ ފަރާތްތަކަށް 5000 ރުފިޔާ ނުލިބޭ ނަމަ އެ އަދަދު ހަމަވާ ވަރަށް ސަރުކާރުން އެފަރާތްތަކަށް ފައިސާގެ އެހީތެރިކަން އަންނަނީ ފޯރުކޮށްދެމުންނެވެ.

އިންކަމް ސަޕޯޓު އެލަވަންސް ގިނަ ބަޔަކަށް ދެވޭ ގޮތަށް އެ އެލަވަންސް ދިނުމާއި ގުޅޭ އުސޫލަށް ގެނެސްފައިވާ ބަދަލާއެކު ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން، މިދިޔަ އަހަރުގެ ޑިސެމްބަރު އެކެއްގެ ފަހުން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓު އެލަވަންސް އަށް އެދި ހުށައެޅޭނެއެވެ.

މީގެ ކުރިން މި އެލަވެންސް ދިނުމަށް ނިންމާފައިވަނީ މިއަހަރުގެ މާޗް މަހުގެ އެއް ވަނަ ދުވަހުގެ ފަހުން ވަޒީފާއަށް އަސަރު ކޮށްފައިވާ ނުވަތަ މުސާރައަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށެވެ.

އިންކަމް ސަޕޯޓް އެލަވަންސް ހޯދުމުގެ ބޭނުމުގައި ދޮގު މައުލޫމާތެއް ދީފިނަމަ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 520 ވަނަ މާއްދާ ނުވަތަ 521 ވަނަ މާއްދާގައި ބަޔާންކުރާ ޖިނާއީ ކުށުގެ ދަޢުވާ އުފުލުމަށް ކުރަންޖެހޭ ޖިނާއީ ތަޙުޤީޤު ކުރުމަށް ޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މައްސަލަ ހުށަހަޅާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ހިޔާލު

  އަހަރެންނަށް މިއުޅެނީ އަދި ނުލިބިގެން... ކޮންބަޔަކަށްބާ ތިއުޅެނީ ދީގެން...
  ވަކި ބަޔަކަށް ތަ ދެނީ އަނެއްކާ؟

  14
  1
 2. ޢިޔާބު

  ހުސް ދޮގު

  11
  1
 3. ފާތިމާ

  ތީ ވަކިބަޔަކަށް ދިންވާހަކަ. އަހަރެމެން މިއުޅެނީ ތި ލާރިކޮޅު ނުލިބިގެން. އަނެއްކާ ވެންޓިލޭޓަރަށްވީގޮތްކަންނޭގެވާނީ

 4. މިސޮރު

  މަށަކަށްވެސް ނުލިބޭ ...އަހަރެން ދަންނަ އެއްވެސް މީހަކަށް ލިބުނު ކަން އެނގިފައެއްވެސް ނެތް...ގާތް މީހުންނަށް ބަހާލަނީ ދޯ ބީ.އެމް.އެލް ގެ ފައިދާ ލޯންގެ ގޮތުގައި ބަހާލާގޮތަށް...ނިކަމެތި މީހާ ހުންނަން މިޖެހެނީ މަރުވަންދެން ގުލާނުކޮށްލަ ކޮށްލާ...މިއައްތަ ތަރައްގީ ކިޔަނީ...މަހަމަ ކޮސްވެއްޖެ..ވޯޓް ލާ ބައެއްގެ ހަރާން ކޯރު ކަމާހެދި..އަމިއްލަ ނަފްސަށް އޮޅުވާލުމުގަ ހިނިތުންވެލައިން

 5. މާމީ

  ކަލޭމެންގެ މަގުމަތީ ހަރަކާއްތައް ހިންގި އައުވާނުންނައް ދިނީ....

 6. ފާއިޒު

  އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓު އެލަވަންސް އަށް އެދި ހުށައެޅުމުގެ ފުރުޞަތު ދިނުމުން އެފަރާތްތައް ހުށައަޅައި ފިނޭންސް މިނިސްޓްރީގެ ލިޔެކިޔުންތަކުން 221.1 މިލިޔަން ދޫކުރިކަމަށް ހަދާ ދައުލަތުގެ މާލިއްޔަތުން އެބައި ނަގާ ދޭނެ ބަޔަކަށް ދިނަސް އެ ލިބެންވާ ފަރާތްތަކަކަށް ނުލިބޭނެ. ކޮވިޑް ޙާލަތުގައި ފުރަންޓް ލައިންގައި މަސައްކަތް ކުރި އެތައް ނަރުހެއް އެބަތިބި އެލަވަންސުން އެންމެ އެތިކޮޅެއްވެސް ނުލިބި. އިރުކޮޅަކުން ކުރިން ފޮނުވި މައުލޫމާތު އަނެއްކާވެސް އާފޯމެޓަކަށް ތައްޔާރުކޮށްފައި ފޮނުވަ ފޮނުވަ ތިބެނީ. އެކައުންޓަކަސް ޖަމާއެއްނުވޭ. މަސައްކަތް ކުރާ ހޮސްޕިޓަލުން ބުނަނީ ތިމަންނަމެންގެ ކަމެއް ނޫނޭ ފިނޭންސް މިނިސްޓްރީންނޭ ދޭނީ. ފިނޭންސް މިނިސްޓްރީން ޚަބަރުފަތުރަނީ ދީފިކަމަށް. އެކަމަކު ބޭންކު އެކައުންޓަކަށްވެސް ޖީބަކަށްވެސް ނުލިބޭ.

 7. ދާޯ

  211 އެމްޑީޕީ މީހުން ނަށް ، ކޮށްމެ މީހަކަ މިލިއަނެއް ދީފި ދޯ

 8. ހިޔާލު

  ސަރުކާރުން އެބަޖެހޭ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދޭން..... ވޯޓު ހޯދަންއައީމަ އަހަރެންވެސް ބުނާނީ އަދި ބުރަކަމުން ތިކަމާ ނޫޅެވިގެންނޭ މިއުޅެނީ.....