ލިބޭ އާމްދަނީއިން ހަރަދުތައް ދެކޮޅު ނުޖެހޭތީ އާމްދަނީ އިތުރުކުރުމަށްޓަކައި ރާއްޖެއަށް އެތެރެކުރާ މުދަލުން ވެސް ޖީއެސްޓީ ނެގުމަށް ވޯލްޑް ބޭންކުން ރާއްޖެއަށް ލަފާދީފިއެވެ.

ސަރުކާރުން ހަރަދުތައް ކުރާ ގޮތް ދިރާސާކުރުމަށް ފަހު ވޯލްޑް ބޭންކުން މިއަދު ނެރުނު ޕަބްލިކް އެކްސްޕެންޑިޗާ ރިވިއު (ޕީއީއީއާރު) ރިޕޯޓްގައި އާމްދަނީ އިތުރުކުރުމާއި ގުޅޭ ގޮތުން ގިނަ ކަންތައްތަކެއް ވަނީ ފާހަގަކޮށްފައެވެ.

މިގޮތުން، މިވަގުތު ދުނިޔޭގެ އިގްތިސާދުތަކުގެ ހާލަތު ހުރި ގޮތާއި ރާއްޖޭގެ ދަރަނި އުފެއްދުންތެރިކަމަށް ވުރެ އެތައް ތަނެއް މަތީގައި ހުރުމުން، ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް ރާއްޖޭގެ އެތެރެއިން ފައިސާ ހޯދުމުގެ މުހިންމުކަން ރާއްޖެއަށް ބޮޑު ކަމަށާއި ދައުލަތުގެ އާމްދަނީގެ ވަރަށް ބޮޑު ބައެއް ޓޫރިޒަމަށް ބަރޯސާވެފައި ވުމުން، ދުނިޔޭގެ އިގްތިސާދަށް އަންނަ ލޮޅުމެއްގެ އަސަރު ދައުލަތުގެ އާމްދަނީއަށް ކުރުމުގެ އަސަރު ބޮޑު ކަމަށް ވެސް ވޯލްޑް ބޭންކުގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

މިގޮތުން، ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ވޯލްޑް ބޭންކުން ވަނީ މައިގަނޑު ހަތް ކަމެއް ހުށަހަޅާފައެވެ. އެއީ:

  • - ޖީއެސްޓީ ދައްކަން ޝަރުތު ހަމަނުވާ ކުދި ވިޔަފާރިތަކަށް ލިބޭ އާމްދަނީ އިން، 2 ނޫނީ 3% ޓެކްސްގެ ގޮތުގައި ނެގޭނެ ގޮތް ހެދުން
  • - މިވަގުތަށް ޓެކްސް ލުއިތައް މަޑުޖައްސާލުން
  • - ރާއްޖެއަށް އެތެރެކުރާ މުދަލުން ވެސް ޖީއެސްޓީ ނަގަން ފެށުން
  • - ޖީއެސްޓީ ނުނަގާ ބާވަތްތައް ރިވިއު ކުރުން
  • - ޑިޖިޓަލް ހިދުމަތްތަކުން ޓެކްސް ނަގަން ފެށުން
  • - އޮފްޝޯ އެކައުންޓްތަކުން ޓެކްސް ނަގަން ފެށުން
  • - ޖީއެސްޓީ 10% އަށް އަދި ޓީޖީއެސްޓީ 15% އަށް ބޮޑުކުރުން

އަދި ދައުލަތުގެ ހަރަދުތައް ކުޑަކޮށް، ދަރަނި މެނޭޖްކުރުން ހަރުދަނާ ކުރުމަށް ވެސް އެ ރިޕޯޓުގައި ވަނީ ލަފާދީފައެވެ.

އެގޮތުން، މާލިއްޔަތަށް ޒިންމާވުމުގެ ގާނޫނު ހަރުދަނާކޮށް ދައުލަތުން ގެރެންޓީ ދެވޭނޭ މިންވަރު ލިމިޓްކުރުމަށާއި މިހާރަށް ވުރެ ބޮޑަށް ދައުލަތުގެ ދަރަނީގެ ތަފްސީލްތައް އާންމުކުރަމުން ދިއުމަށް ވެސް އެ ރިޕޯޓުގައި ވަނީ ލަފާދީފައެވެ. އަދި، ޑަބަލް ޕެންޝަން ދިނުން ހުއްޓާލުމާއި ދައުލަތުގެ މުސާރަތަކުގައި ހަމަހަމަކަން ގެންގުޅުމަށް ވެސް ވަނީ ލަފާދީފައެވެ.

އެހެންނަމަވެސް ރާއްޖެ އެތެރެކުރާ މުދަލުން ޖީއެސްޓީ ނަގަން ފެށުމުން އަނެއްކާވެސް މުދަލުގެ އަގުތައް ބޮޑުވާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަހުމަދު

    ހަމަ ބައެއް ތަ ؟ މިހާރުވެސް ޑިޔުޓީ ދައްކާފަ މުދާ ނެރެނީ. އެޔަަށް ޖީ އެސް ޓީ ދައްކަން. ކެއުން ހުއްޓާލަން ބުނާކަށް ނުވޭތަ. ބަލާބަލަ ކޮވިޑްގަ ކާލި ވަރު.

  2. ހުސޭނުބޭ

    ސަރުކާރަށް ލަފާދީބަލަ ސިޔާސީ މަޤާމުތައް މަދުކުރަން. ސިޔާސީ ވެރިން ކުރާ ދަތުރުތައް މަދުކުރަން. ހައްތާވެސް ރައްޔިތުން ކަރުގައިހިފަން ލަފާތިދެނީ.

  3. ދަރަނި ދަންތުރަ

    ވޯލްޑު ބޭންކުން ދިވެހިރާއްޖެ އަށް އަދި ދިވެހިންނަން ކަމެއް ކޮށްދެއްޏާ އިބުރާހިމް މުހައްމަދު ސޯލިހު އިސްތިއުފާދީފައި ގެއަށްދާން އަންގަބަލަ ، އޭރުން މިގައުމުގެ ރައްޔިތުން އިތުރަށް ނުފެލަ ވެސް އިގުތިސާދު ހަމަޔަށް އެޅި ދިވެހިން އުފަލުގައި އުޅޭނެ

    6
    1
    • Anonymous

      ޟަރުކާރުން ދެމިލިއަން ތިންމިލިއަންދޭ ސިޔާސީ މަގާމުތަށް މަދުކޮށް އެމީހުންގެ މުސާ ކުޑަކޮށްބަލަ އަދިވެސް ދަނޑުވެރިނާ ނިކަމެތިން އަތުން ޓެކްސް ނަގަންވީ ނިކަމެތިމީހާގެ އާއިލާއަށް ލިބޭ މުސާރައިން ކުލި ނުދެއްކިގެން މިއުޅެނީ

  4. ބަބޫ

    ދައުލަތުގަތިބި ވަގުން ހައްޔަރުކޮށް އެމީހުނަށް ހައްގު އަދަބުދިނީމަ ނިމުނީ

  5. މަރީ

    ވޯލްޑު ބޭކުން ބޭނުމްކީ ދިވެހިން ބަޑައްޖެއްސުން ޓެސްތައްބޮޑުކޮއްގެން ދައުލަތާ ވޯލްޑުބެން ކައް ލާރިލިބުނީ ނިމުނީ ކަމައް މިމީހުން ދެކެނީ

  6. ޙަސަނާ

    ޢާދޭސް ކޮއްފަބުނަ އަހަރެމެން ދިވެހިންގެ ބޮލުގަބޮޑެތިދަރަނި އަޅުވައިގެން ރައްޔުތުންފެލައިގެން ތިގެންނަނަ ތަރައްގީ ރަގަޅީ ނުގެނައްޔާ މިއޮއްހާދުވަހު ދައްކަމުންއައީ ކޮވިޑުގެދަތީގަވެސް ގައުމުހިންގާލިލެއްމޮޅުވާހަކަ މިހާރުމިއިވެމުންދަނީ ލަންކާދިޔަމަގުންދާވާހަކަ ގިނައިންޓެކުސްނެގިވަރަކައް ސިޔާސީ މަގާމުތައްވާނީގިނަ އިންޑިޔާއިން ނެގުނުދަރަނީގެ އަދަދެއްވެސް ނޭގެ ގައުމެއްވާ ނެތް މުޅިގައުމު ފަނާވެއްޖެ..

  7. ޒުބައިރު

    އަދި ގޭބިސީގަ ބޭނުންކުރާ ދޮނަނަ މެސެނާ ބަގީޗާ ގަސްތަކުންވެސް. އަދި ކޮންމެ ރައްޔިތަކު މަހަކު 100 ރުފިޔާ ވެސް ދޯ.