އަމިއްލަ ފަރުދުންގެ އާމްދަނީން ނަގާ އިންކަމް ޓެކްސް އިން މިހާރު އެކަށިގެންވާ އަދަދެއް ނުލިބޭތީ ޓެކްސް ނަގާ ބްރެކެޓްތައް މިހާރަށް ވުރެ ދަށްކޮށް މަހަކު 25،000 ރުފިޔާއަށް ވުރެ ގިނައިން ލިބޭ މީހުން އަތުން ޓެކްސް ނެގުމަށް ބައިނަލްއަގުވާމީ މާލީ އިދާރާ، ވޯލްޑް ބޭންކުން ރާއްޖެއަށް ލަފާދީފިއެވެ.

ސަރުކާރުން ހަރަދުތައް ކުރާ ގޮތް ދިރާސާކުރުމަށް ފަހު ވޯލްޑް ބޭންކުން މިއަދު ނެރުނު ޕަބްލިކް އެކްސްޕެންޑިޗާ ރިވިއު (ޕީއީއީއާރު) ރިޕޯޓްގައި އިންކަމް ޓެކްސްއާ ގުޅޭ ގޮތުން ގިނަ ކަންތައްތަކެއް ވަނީ ފާހަގަކޮށްފައެވެ.

މިގޮތުން، މިހާރު އިންކަމް ޓެކްސް ނަގާ އާމްދަނީގެ ބްރެކެޓްތައް މާ މަތިވުމުގެ ސަބަބުން އެ ޓެކްސް އިން އެކަށީގެންވާ އާމްދަނީއެއް ނުހޯދޭތީ އިންކަމްސް ޓެކްސް ނެގޭ ވަރު އަހަރަކު 720،000ރ. (މަހަކު 60،000ރ.) އިން 300،000ރ. (މަހަކު 25،000ރ.) ލިބޭ މީހުންނަށް ދަށްކުރުމަށް ވޯލްޑް ބޭންކުން ވަނީ ރާއްޖެއަށް ހުށަހަޅާފައެވެ.

އަދި، ވަގުތު ދުނިޔޭގެ އިގްތިސާދުތަކުގެ ހާލަތު ހުރި ގޮތާއި ރާއްޖޭގެ ދަރަނި އުފެއްދުންތެރިކަމަށް ވުރެ އެތައް ތަނެއް މަތީގައި ހުރުމުން، ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް ރާއްޖޭގެ އެތެރެއިން ފައިސާ ހޯދުމުގެ މުހިންމުކަން ރާއްޖެއަށް ބޮޑު ކަމަށާއި ދައުލަތުގެ އާމްދަނީގެ ވަރަށް ބޮޑު ބައެއް ޓޫރިޒަމަށް ބަރޯސާވެފައި ވުމުން، ދުނިޔޭގެ އިގްތިސާދަށް އަންނަ ލޮޅުމެއްގެ އަސަރު ދައުލަތުގެ އާމްދަނީއަށް ކުރުމުގެ އަސަރު ބޮޑު ކަމަށް ވޯލްޑް ބޭންކުގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

މިގޮތުން، ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ވޯލްޑް ބޭންކުން ވަނީ މައިގަނޑު ހަތް ކަމެއް ހުށަހަޅާފައެވެ. އެއީ:

  • - ޖީއެސްޓީ ދައްކަން ޝަރުތު ހަމަނުވާ ކުދި ވިޔަފާރިތަކަށް ލިބޭ އާމްދަނީ އިން، 2 ނޫނީ 3% ޓެކްސްގެ ގޮތުގައި ނެގޭނެ ގޮތް ހެދުން
  • - މިވަގުތަށް ޓެކްސް ލުއިތައް މަޑުޖައްސާލުން
  • - ރާއްޖެއަށް އެތެރެކުރާ މުދަލުން ވެސް ޖީއެސްޓީ ނަގަން ފެށުން
  • - ޖީއެސްޓީ ނުނަގާ ބާވަތްތައް ރިވިއު ކުރުން
  • - ޑިޖިޓަލް ހިދުމަތްތަކުން ޓެކްސް ނަގަން ފެށުން
  • - އޮފްޝޯ އެކައުންޓްތަކުން ޓެކްސް ނަގަން ފެށުން
  • - ޖީއެސްޓީ 10% އަށް އަދި ޓީޖީއެސްޓީ 15% އަށް ބޮޑުކުރުން
ވޯލްޑް ބޭންކްގެ ހާޓްވިގް ޝެފާ، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއެކު - ފޮޓޯ: ޕީއެސްއެމް

އަދި ދައުލަތުގެ ހަރަދުތައް ކުޑަކޮށް، ދަރަނި މެނޭޖްކުރުން ހަރުދަނާ ކުރުމަށް ވެސް އެ ރިޕޯޓުގައި ވަނީ ލަފާދީފައެވެ.

އެގޮތުން، މާލިއްޔަތަށް ޒިންމާވުމުގެ ގާނޫނު ހަރުދަނާކޮށް ދައުލަތުން ގެރެންޓީ ދެވޭނޭ މިންވަރު ލިމިޓްކުރުމަށާއި މިހާރަށް ވުރެ ބޮޑަށް ދައުލަތުގެ ދަރަނީގެ ތަފްސީލްތައް އާންމުކުރަމުން ދިއުމަށް ވެސް އެ ރިޕޯޓުގައި ވަނީ ލަފާދީފައެވެ. އަދި، ޑަބަލް ޕެންޝަން ދިނުން ހުއްޓާލުމާއި ދައުލަތުގެ މުސާރަތަކުގައި ހަމަހަމަކަން ގެންގުޅުމަށް ވެސް ވަނީ ލަފާދީފައެވެ.

މިހާރު ދޭ ސަބްސިޑީތައް ވެސް ބޭނުން ޖެހިފައިވާ ފަރާތްތަކަށް ދެވޭނެ ގޮތް ހެދުމާއި އާސަންދައަށް ކުރާ ހަރަދުތައް ވެސް މިހާރަށް ވުރެ ބޮޑަށް މެނޭޖްކޮށްގެން ކުރުމަށް ވެސް ވޯލްޑް ބޭންކުން ވަނީ ލަފާދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. އަހުމަދު

    ބޭކާރު ސިޔާސީ މަގާމުތައް އުވާލަ. ސެކިއުރިޓީ ނަމުގަ ނަޝީދައް ކުރާ އިސްރާފު ހުއްޓާލާ

    51
  2. ކޮރަލް

    3 ކޮޓަރި ކުލި 18 ހާސް ރުފިޔާ އެވެ. ފެން އަދި ކަރަންޓް އަށް 2500 ރުފިޔާ އެވެ. ބާޒާރު ކުރުމަށް މަހަކު 3000 ރުފިޔާ އެވެ. މުސާރަ މަހަކު 25 ހާސް ރުފިޔާ އެވެ. ވޯލްޑް ބޭންކް އާ ސިޔާސީ މީހުން ގުޅިގެން އަހަރުމެން ހަލާކު ނުކޮށްބަލާށެވެ.

    56
  3. ޖާބެ

    މިއީ މިހާރު ކަރުގަ ހިފުން ދަރިންވެސް ވިއްކަން ބުނާނެ ދެން ފިރުޢައުނު ވެރިކަމުން ބާލަން އެބަޖެހޭ

    49
  4. ސަރުމީލާ

    ޓުއަރިޒަމް އިން ތިޔަބާ ކަނޑާލާ ރައްޔިތުން މުގުމައްޗައް ނިކުންނާނެ ގޮތެއް ތިޔަހޯދަނީ ފެބްރުއަރީ 8 ނޫން ދެންފެންނާނީ މިކަން އެކުގަ ފޮހެލާތަން ފެންނާނީ ތިޔަމިސީބާތުން މަގޭދަރިންވެސް ނެރޭނަން މަގުމައްޗައް މިކަން ބަދަލްކުރަން

    46
    1
  5. ގަލަން

    ސަރުކާރުން އިންޑިޔާއިން ލޯނުތައްނަގައިގެން ގައުމު ދަރާހިސާބައް ދިޔައީމަ އަރުމެންނައް ލިބޭ އާމްދަނީގެ ބައެއް ކާލަން މިއުޅެނީ އަނެއްކާ ޓެކްސް ތަކެއްގެ ވާހަކަ ވޯލްޑް ބޭންކްލައްވާ ދައްކުވައިގެން.

    42
  6. އަހުމަދު

    ރައްޔިތުންގެ ފައިސާ އަށް ހިޔާނާތްތެރިވެ ގައުމު ދަވާލާފަ އެކަން ފޫބައްދަން ރައްޔިތުން ނޮޅާ ކުދި ކުރަން ވިސްނަނީ ތޯ އެވެ. މިހާރުވެސް މިނިސްޓަރުކަމަށް އައި ކޮންމެ މީހަކާ މަޖިލިހަށް ހޮވުނު ކޮންމެ މީހަކު މިލިއަނަރުންނަށް ވެ ނިމިއްޖެ. ކޮންތާކުން ފައިބާ ފައިސާ އެއްތޯ. މަޖިލީހުގަ 88 މެމްބަރުން ތިބެން ޖެހޭތޯ ؟ މިއަށް ވުރެެ ބޮޑެތި ގައުމުތަކުގަ ނެތްވަރަށް މެމްބަރުންލާ މިނިސްޓަރުންނާ ނައިބުން ތަފާތު ނަންނަމުގަ މީހުންލާ ދައުލަތް ދަވާލާފަ ކުދި ކުދި މަސައްކަތް ކޮށްގެން ކައިބޮއެ އުޅޭ މިހުން ނޮޅަން ވިސްނާނެ ކަމެއް ނެތް. އިންކަމް 25 ހާސް. ކޮޓަރި ކުލި 25 ހާސް. ދެން ސަރުކާރަަށް ދޭނެ އެއްޗެއް އޮންނާނެތަ.

    31
    1
  7. މަރީ

    ސަރުކާރު ހިންގުން ބޮޑުތަނުން ފެއިލް ވާމަ ވާގޮތް މިފެންނަނީ. އަދިވެސް ކެތް ނުވާ ވަރަށްއިންޑިޔާއިން ދަރަނި ނެގިންޖެނުން.

    30
  8. ސޯލިބެސަރުކާރު

    (އަދި ދައުލަތުގެ ހަރަދުތައް ކުޑަކޮށް، ދަރަނި މެނޭޖްކުރުން ހަރުދަނާ ކުރުމަށް ވެސް އެ ރިޕޯޓުގައި ވަނީ ލަފާދީފައެވެ.)
    ތިޔަދިންލަފާ ތަކުގެ ތެރޭހިމެނޭ ބްރެކެޓް ތެރޭގައިމިވާ ކަންތައް ގަބޫލު ނުކުރެވޭނެކަމުގައި ދަންނަވަން.

    22
  9. ވިސްވިސް

    ތިކަން ކޮއްގެންވެސް ސިޔާސީ މަގާމުތަކުގަ ތިބި މީހުންގެ ޖީބުފުރާނެ

    25
  10. އަބްދޫ

    ރާއްޖެޭ ގެ ދަރަނި ބޮޑުވެގެން އުޅެނީ ގާނޫނުއަސާސީގެ 97 ވަނަ މާއްދާއާއި ހިލާފަށް ފައިސާ ހަރަދުކުރުމާއި ގާނޫނުއަސަސީގެ 115 ވަނަ މާއްދާގެ ކ ގަ ބުނާ ބުނުމާއިހިލާފަށް ގިނަބަޔަކަށް
    ވަޒީފާދީ ދަރަނިނަގާ ބޮޑުމުސާރަދީ ހެދުމުގެ ސަބަބުން . ގާނޫނު ނަންބަރު 1/68 ގެ 9 ވަނަ މާއްދާގަ ބުނާ ގޮތުގެ މަތީން ޒިންމާވާންޖެހޭ މީހުން ޒިންމާކުިރުވާ 2008 ންފެށިގެން ފުރިހަމަ އޮޑިޓެއްހިނަގާ އެމީހުންގެ މައްޗަށް ދައުވާ ކޮށް ފައިސާ ހޯދަންޖެހޭ،

  11. ސެންޗޯ

    ސަރުކާރު މުއަށްޒަފުންގެ ތެރޭގައި އެބަ ތިބި ދެމަ ފިރީންނަށް މުސާރަ މީހަކަށް މަހަކު ވިހި ތިރީސް ހާސް ރުފިޔާ ލިބޭ ޚަރަދު ކުރަންޖެހޭ ތިބެނީ ވަންބޭބީ ޓޫބޭބީ އެހެންވީމާ އެމީހުންގެ އަތުންވެސް ޓެކުސް ނަގަންޖެހޭނެ

  12. މަގޭ ހިޔާލު

    ގައުމު ހަމައަކަށް އެޅުވުމަށް މަގޭ ހިޔާލު
    ޑަބަލް ޕެންޝަން އުވާލުން ސިފައިންނާ ފުލުހުން މަދުކޮށް އެމީހުންނަށްދޭ ކޮއްތުފައިސާއާ ސިފައިންނާ ފުލުހުންނާ އަދި އެމީހުންގެ އާއިލާތަކަށް އާސަންދައިން ބޭރުންދޭ ބޭސްފަރުވާއާ ހުއްޓާލުން ދައުލަތުންދޭ ހުރިހާ ސަބްސިޑީއެއް ހަމައެކަނި އެހައްގުވާ މީހުންނަށް ދިނުން ސިޔާސީ މަގާމުތަށް ދެބައިކުޅައެއްބަޔަށް މަދުކުރުން މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކޮށް ދައުރު ނިމުމުންދޭ ޕެންސަން އުވާލުން ބުރިޖް ބޭނުންކުރާ އެންމެންގެ އަތުން ފައިސާނެގުން ހުރީހާ ބަންޑާރަ ގޯތިތަކުން މަހަކު ވަކިވަރެއް ނެގުން ނޫނީ ގޯތި މިލްކްކުރުމަށް އަގެއްނެގުން ހިލޭ އެއްވެސް މީހަކަށް ބިން ނުދިނުން އަހަރަކު ވަކި އަދަދަކަށް މައްސަލަތަށް ނުނިންމާ މެޖިންސްޓްރޭޓް ކޯޓުތަކުގެ ގާޒީންގެ މުސާރަކުޑަކުރުން އެއްފަސްކުރުން ދިވެރާއްޖޭގެ އެތެރޭގައި ހަމައެކަނި ދިވެހި ރުފިޔާއިން ފައިސާގެ މުއާމަލަތް ކުރެވޭގޮތަށް އޮތުން އެރަށެއްގަ ދިރިއުޅޭ އާބާދީއަށް ޖާގަހަމަވެފަ ބާކީ ހުރި މިސްކިއްތަށް ބަންދުކުރުން ކައުންސިލަރުންގެ އަދަދު 3 އަށް މަދުކުރުން

  13. އަބުދުﷲ

    ބޭންކުން ބުނާނެ .! ބެންކުގެ އަޅުންނައް ރައްޔިތުންހަދީމަ.!! ރައްޔިތުން އަޅުންނައްހެދިމީހުން އަތުގަހުންނާނެ ބިމާ މުދަލާ ނަގާފަ .... އެމީހުންހާލެއްގަ ނުޖެހޭނެ. ރިބާގެ މުސާރަ ހަލާލުކުރ ސޭޚުން ކީކޭ ކިޔާބާ. !؟؟؟؟

  14. ޑައެލޯގް

    އެއްޗެއްނޭގޭބަޔަކަށް ވެރިކަންލިބުނީމަވާގޮތްމިވަނީއެވެ. ޔާމީނު ލޯނުދަންތުރައެއްގައި ޖެއްސިވާހަކައިބޫބުންނެވެ. އެކަމަކު ޔާމީނު އިރުގައި ރައްޔިތުންނުފެލައެވެ. މިސަރުކާރުން ބުނީ ކޮންކްރީތަކީ ތަރައްގީއެއްނޫންކަމަށެވެ. ތަރައްގީއަކީ ރައްޔިތުން ޖީބުފުރުމެވެ. ތިހުރީ ޖީބުފުރިފައެވެ.

  15. Anonymous

    މުޅި ލާދީނީ ސަރުކާރު ފެއިލްވެއްޖެ.

  16. ސަމީމު

    ޥަކިވަރަކައްތަ ތޔަ ރައްޔިތުންނާއި ކުޅެނީ ބަލާވެރިކަމެއްދޯ ގައުމުގެ އަގުވައްޓާލާ ގައުމުދަވާލާހުރިހާރައްޔިތުން އަޅުވެތި ތިޔަކުރެވެނީ ވިސްނަބަލަ

  17. އަޙްމަދު

    ރަނގަޅު

  18. Anonymous

    ނުވާނެ ތިކަމެއް. މިއުޅެނީ އަނގަޔާ އަތާ ދިމާނުވެގެން. އަނގަޔާ އަތާ ދިމާނުވަނީ ހަރަދު ބޮޑުވީމައެއްނޫން. ހިދުމަތާ ތަކެތީގެ އަގުބޮޑު ވީމަ.

  19. އަސޫމް

    އިތުރު ޓެކްސްއެއް ނުނެގޭނެ. ނުދޭނަން. ސަރުކާރު ކައި ފެންފޮދަކާނުލާ ދިރުވާ ސިޔާސީ ބައްސަލީންގެ މުސާރަ ކުޑަކޮށް ބޭކާރު ޚަރަދާއި ވައްކަން ހުއްޓާލާ.