ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ދަށަށް ދިއުމާއި ދަރަނި ބޮޑުވުމުގެ ނުރައްކާ އިގްތިސާދަށް އެބައޮތް ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން މިއަދު އާންމުކުރި ރިޕޯޓުގައި ފާހަގަކޮށްފިއެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ދެނެގަތުމަށް އައިއެމްއެފްގެ ވަފުދެއް މިދިޔަ މަހު ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އެ ވަފުދުގެ ހޯދުންތަކާއި ދެކޭ ގޮތް ހާމަކޮށް މިއަދު ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ވަނީ އިގްތިސާދީ ގޮތުން ލަފާ ވެސް އަރުވާފައެވެ.

މި ރިޕޯޓުގައި އައިއެމްއެފުން ވަނީ ރާއްޖޭގެ އިގްތިސާދީ ދުވެލި ބާރުވަމުން އަޔަސް، ބޭރު ފައިސާގެ ރިޒާވް ދަށަށް ދާތީ އާއި ދަރަނި ބޮޑުވަމުން ދިޔުމާއި ގުޅިގެން އެކަމުގެ ނުރައްކާ ރާއްޖެއަށް ވަރަށް ބޮޑަށް އޮތްކަން ފާހަގަކޮށްފައެވެ.

މިގޮތުން، ދުނިޔޭގެ ބާޒާރުގައި ތެލާއި ތަކެތީގެ އަގުތައް މައްޗަށް ދިއުމާ ގުޅިގެން ރާއްޖޭގެ އިންފްލޭޝަން ރޭޓް މި އަހަރު %3.1 އަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އަދި، ތަކެތީގެ އަގު އުފުލުމުގެ ސަބަބުން ސަބްސިޑީއަށް ކުރަން ޖެހޭ ހަރަދު އިތުރުވާނެ ކަމަށާއި އަންނަ އަހަރުގެ ރިޔާސީ އިންތިހާބާއެކު އިތުރު ހަރަދުތައް ކުރަން ޖެހޭނެކަން ވަނީ ފާހަގަކޮށްފައެވެ.

އަދި، ދުނިޔޭގެ އިގްތިސާދަށް އަންނަ ބޮޑެތި ލޮޅުންތަކާއެކު ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ އިގްތިސާދު ދަށަށް ދިއުމާ ގުޅިގެން، އެ ގައުމުތަކުން ރާއްޖެ ޒިޔާރަތް ކުރާ ޓޫރިސްޓުންގެ އަދަދު މަދުވުމުގެ ބިރު އޮތްކަން ވެސް އައިއެމްއެފްގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން، އައިއެމްއެފުން ބުނި ގޮތުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރަދުތައް ބެލެހެއްޓުމަށް ސަރުކާރުން ފައިސާ ދޭން ޖެހުމާއި އެ ކުންފުނިތަކުގެ ދަރަނި ދައްކައިދޭން ސަރުކާރަށް ޖެހުމަކީ ވެސް ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތަށް އޮތް ބޮޑު ގޮންޖެހުމެކެވެ.

"ތެލާއި ކާބޯތަކެތީގެ އަގުތައް މައްޗަށް ދިއުމާއި އިތުރަށް ހަރަދުތައް ކުރަން ޖެހުމުގެ ސަބަބުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ދަނީ ދަށްވަމުން." ރިޕޯޓުގައިވެއެވެ.

ރާއްޖޭގެ ރިޒާވް ދަށްވެފައިވާ ކަމަށް އައިއެމްއެފުން ބުނިއިރު، މިދިޔަ މަހު ސަރުކާރުން ވަނީ ރިޒާވްގައި ހުރި އަދަދުގެ ސީދާ ތަފްސީލުތައް ހާމަކުރުމަށް ދެކޮޅު ހަދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ޟެން

    ދިވެހި ރައްޔިތުން ތިބެނީ ވަރިހަމަވެފަ ކޮންމެ ގޮތެއްވެސް އޯކޭ ވޯޓް ލާންވީމަ ލިބޭ އެތިކޮޅު ލިބެންޏާ ،މި ގައުމުގައި ވެރިކަމާއި މަތީ މަގާމުތަކަށް އޮތް ކުރިޓީރިޔާއަކީ ސިޔާސީ ހީލަތްތެރި ޕާރޓީއެއްގެ ފަރާތުން ވެރިކަމަށް އަރާ އެހިޔަޅުގެ ޕާރޓީގެ އަދި އޭނާގެ ވެރިކަމުގެ މަސްލަހަތު ހިމާޔަތް ކުރުމަށް އެހިޔަޅަކަށް ފެންނަ މީހަކު ސަރުކަރުގެ މުއައްސަސަތަކާއި ކުންފިތަކަށް އަދި ބޮޑެތި މުސާރަލިބޭ ވަޒީފަތަކަށް ލުން ، ވަރިހަމަވާނެ އުޑެއް ބުޑެއް ނޭންގުނަސް ، މިކަމާއި ކަންބޮޑުވެގެން ރައްޔިތުންނެއް ނޫޅޭ ،އެމީހުންވެސް މަޖުލީހަށް މީހުން ހޮވަނީ މި ބީދައިން، ހެޔޮ ބުޅަލަކަސް ،ކުރައްޕަކަސް ތިމާ ސަޕޯރޓް ކުރާ ޕާރޓީ ނަމަ ހަމަ ބަރާބަރު. އަނެއްބަޔަކަށް ފިލްމަކުން ފެނިފަހުރިއްޔާ ނުވަތަ ޓީވީން ފެންނަ މީހެއްނަމަ އެވީ ގަދަ މީހަކަށް، އެވީ މަޖުލީހަށް ލާން، ވަރިހަމަ އެއްވެސް އިލްމެއް ނެތަސް ، މުޅިގައުމުގައި ކޮރަޕްޟަން .މިހެން އޮތް ގައުމެއް މީ ، ދެން ނުދެރިއްޔާ ރަނގަޅުތާ ދޯ.
    ރަނގަޅުތާ މިވަރު ވެސް ވާކަން.

    42
  2. ެައަހުމަދު

    މޮޔައެއްގެ އަތަށް ކަނޑި ދިނީމަ ވާގޮތް މި ފެންނަނީ

    33
    • ސުވާ

      މޮޔައިންނަކީ މޮޔައެއްގެ އަތައް ކަނޑި ދިން މީހުން. އެއީ ބޮލުގެ ނާށިގަނޑުން ދިޔަ ހިކިފަތިބި ކޮހުން. އެމީހުން ކީވޯޓުގެ ހިތި ރަހަ މިޖެހެނީ މުޅި ގައުމު އެންމެން ތަހައްމަލް ކުރަން. މިއީ ހަމަ ލަންކާއަށްވެސް ކަންދިމާވިގޮތް.

  3. ހިޣާން

    ކޮބާ ކޮވިޑް ތެރޭ ލިބުނުހާ އެހީ ތަކާއި ޓޫރިސްޓްން އިންތިހާއަށް އައުމުން ލިބުނުހައި ފައިސާ ، ޓެކްސް ނަގައިގެން ރައްޔަތުންނަށް ހިދުމަތެއް ނުދޭއިރު އިސްރާފުކުރަން ޓެކްސް ނެގުން އެއީ ރަނގަޅުކަމެއްނޫން

    24
  4. ފިރޯށި

    ސަރުކާރުގެ ވެރިންގެ އާމްދަނީގެ %50 ޓެކްސް ނަގަން އަހަރެން ތާއިދު. އަދި ވައްކަން ހުޓުވަން .

    20
    1
  5. ބުރުގާ

    ދެން ރާއްޖޭގެ އެމްޑީޕީ ރޯނު އެދުރުން ބުނާނެ "ރާއްޖެ ބަނޑައް ޖެހޭނެޔޭ" ބުނީ އައިއެމްއެފްގެ ފާޙާނާ ސާފުކުރާ މީހާޔޭ.

    22
  6. ލޯބިވާ ވަޠަން

    އައި. ޢެމް އެފް އިން ކިތަންމެ ވަރަކަށް ލަފާ ދިނަސް ވެރިކަމުގަ ތިބި ގަމާރުންނަށް ރޭކާނުލާ ތަނެއް ދޮރެއް ނުބަލާ ލޯނު ނަގާ ޓީބިލާ ދެންހުރި އެއްޗަކާ ވިއްކާ ޚަޒާނާ ވަގަށް ނަގާ ހުސްކޮށްފި. މިވެރިން ފައިބާއިރު މިފައުމުގެ ތޮށިގަނޑު ވެސް ނޯންނާނެ.

    17
  7. ދަތްނެތްކުއްޖާ

    ކޮބާ ވަޒީރޫ! ކަމެއްވާން އުލޭހެން އެބަހީވޭތަ! އަދިވެސް ބުނާނަމު ދޮތަ. ނޫންނޫން ހަމަ ރިޒާވް އޯކޭއޭ. ރައްޔިތުން ހާދްނުވާށޭ ދޮތަ! ލަންކާގެ ރަޢީސް ހެދި ގޮތައް ތަމެން ނަހަދައްޗޭ! ޤައުމު ދޫކޮއް ފިއްލެވުމުގެ ވިސްނުން ނުގެންގުލެއްޗޭ. އެފަދަ ދުވަހެއް އައިސްފިނަމަ އެފަދަ ފުރުޝަތެއް ރައްޔިތުންނެއް ނުދޭނެ ކަމަށް ލަފާ ކުރެވެނީ. ޤައުމުގެ ހާލަތު އެނގޭނީ ތަމެންވެސް ވެރިކަމުން ބޭލިދުވަހަކުން. ވ ސަލާން.

    14
  8. އަމީރު

    ދޮގު ދޮގު ހުސްދޮގު

    5
    7
  9. އޭޖޭ

    ތީ ރައްޔިތުން ވިސްނާކަމެއް ނޫން . ނުވާވަރުން ވައުދުތައް ވީމަ ވަަ ގޮއް ތީ؟؟؟؟

    24
    • ހަވާދު ގިރި ސޮރުކޯރު..

      އެކަމު އެވައުދުވެސް ނުފުއްދެ އެއްނުން؟ ވައުދު ފުއްދޭނަމަވެސް ތާހިރުތާ؟

  10. ޒާ

    ގައިމެއްވާ ނެތް. މިމީހަކު ވެރިކަމަށް އައިފަހުން ރިޒާވު ހުރިތާ އޮތީ ވަޅުގަނޑެއް. ޔާމީން ވެރިކަމުގާ ނެތްކަމުން މަރައިފި

    21
  11. ހުސޭނުބޭ

    ފިނޭންސް މިނިސްޓަރު މިފަހަރު ނުކުމެ މޮޅު އެއްޗެއް ބުނާނެ! ބަލަން ތިބެމާ!

    28
    • ސައުނީ

      ބުނެފާނެ އައެމް އެފުގަ ތިބެނީ އޯލެވެލް ހަދާފަ ތިބޭ ފެންވަރުގެ މުއައްޒަފުންނޭ. ވީމާ އެމީހުންނަކަށް ފައިސާ ގެންގުޅެން ވީގޮތެއް ނޭނގޭނެޔޭ. ދެން މިހެން ބުނާ އިރުވެސް ސޯލިހު ހަމަ ހުންނާނެ ހައްޕު ކިޔައިގެން އޭނާގެ ރިޔާސީ އިނާޔަތްތައް ބޭނުން ކުރުމުގައި ކޮންމެ ދުވަހަކުވެސް ހޭލައިގެން ދަތްއުނގުޅައިގެން ބުރޭކު ފާސްޓު ނަގާލާފަ ޖިމައް ގޮސްލާފަ އޮފީހައް ވަދެލާފަ ކޮންމެވެސް މީޓިންނެއްގައި ހައްޕު ކިޔަންގެން ހުރެފަ އަނެއްކާވެސް ކާ ވަގުތު ކެހުނީމަ ކާލައިގެން ނުދާ ވަގުތު ޖެހުނީމަ ނިދާލާފަ.

  12. ޟުގުރި

    ޢިންޑިޔާ މީހުންނަށް ވަޒީފާދީފަ ބަހައްޓާ

  13. ލޮލް

    އައި.އެމް.އެފް ނަން ބޭނުން ކޮށްގެން ޖީ.އެސް.ޓީ ބޮޑުކުރަން އުޅެނީ.

  14. ލޯބިވާ ވަޠަން

    ކޮމެންޓް ޖަހަން ނުކެރުނު ދޯ. ވަގުތު ނޫސް ވެސް ވިކުނީތަ؟ އަނެއްކާ ދެ ތިން ކޮމެންޓް ކޮށްލާއިރަށް ކޮމެންޓްކުރާވަރު ގިނަ ވެގެން ނުވެސް ކުރެވޭ. ދެން އެއްވެސް ގޮތަކަށް ކޮމެންޓް ނުކުރެވޭ ގޮތަށް ބަހައްޓަބަލަ. ވ.ވެދުން.

  15. Anonymous

    މިހާރުވެސް ފިހާރަފިހާރައިން އެއްޗެހީގެ އަގުބޮޑުކޮށްފި. ބޭކަރީ ތަކުން ވެސް މިއުޅެނީ ޕާން އަގުބޮޑު ނުވެގެން. ހެދިކާވިއްކާމީހުންވެސް ހެދިކާ އަގުބޮޑުކުރަނީ. ގުއިފޯލިއެއްގެ ބޭރުގަ ފުއްހާކާފަ ތެއްލާފަ އެހާ އަގުބޮޑު ވަރިހަމަ ރަހަ ނުބައި ކަމުން އަނގައަށް ނުލެވުނަސް، ވެރިމީހާ އާއި އެއްވަރަށް ބައެއް މީހުންވެސް އެހާ ނުބައިވެއްޖެ

  16. ށުވޭސް

    ކަލޭމެން ނޫސްވެރިން ތިއުޅެނީ މިޤައުމު ބަނޑަށް ނުޖެހިގެން ކަންބޮޑުވެގެން ، އަހަރރމެން އެންމެންނަށްވެސް ދެއްވާ ފަރާތަކީ ﷲ ހަސްބުނައް ﷲ ވަނިޢުމަލް ވަކީލް
    ޢޭ އަޅަމެންގެ ވެރި އިލާހް ޔަހޫދީންގެ ލަފާކުރުންތަކުން އަޅަމެން ސަލާމަތް ކުރައްވާންދޭވެ. ޢަޅަމެންގެ ޤައުމުގައި ތިބި ޔަހޫދީންގެ ބަސްއަހާ ނޫސްވެރިންގެ ކިބައިން މިޤަުމު ސަލާމަތް ކޮއްދެއްވާންދޭ.

  17. ސަމްސިއްޔާ

    ތިޔަ އައިއެމްއެފް ގައި ތިބޭ މީހުންނަށް ވުރެން މިގައުމުގެ ވެރިން މާ މޮޅުވާނެ. މާދަމާ ޗެލެންޖް ކޮށްފައި މޮޅުވާހަކައެއް ދައްކާނެ.

  18. އެންމެ ފިޔަވަޅަކުން މި ގައުމު 4 ހަރުފަތް މައްޗަށް ގެންދެވެން އޮތް އިރުގާ އެކަން ނުކުރެވިގެން އުޅޭ ސަބަބެއް އޮންނާނެތާ…ޗަންޕާވެސް ގާސިމްވެސް ކޮލިގެ ބޮޑުންވެސް އޮއްސިގެން ނޫނީ ގައުމަށް ހެޔޮގޮތެއް އޮތް ތަނެއް ނުފެނޭ

  19. ދިސްވޭ

    ރާއްޖޭގައި މުދަލުގެ އަގު އުފުލި ރިޒާވް ދަށްވާނެ ކަމަށް އައިއެމްއެފް އިން ބުނަނީ އެއީ ސީދާ ފިނޭންސް މިނިސްޓްރީ ގައި ތިބޭ ބަޔަކު އައިއެމްއެފް އަށް ދޭ މައުލޫމާތެއްގެ މައްޗަށް ބިނާ ކޮށް ދައްކާ ވާހަކަ ތަކޭ މަމެން އައިއެމްއެފް ވެސް އަދި ވޯލްޑް ބޭންކް އަށް ވެސް އެއްވެސް އިތުބާރެއް ނުކުރަމޭ ރައްޔިތުން އަތުން އިތުރަށް އެއްވެސް ޓެކްސް އެއް ނަގައިގެން ނުވާނެއޭ އައި އެމްއެފް އިން ލަފާ ދިން ނަމަވެސް ކަނޑުކޮހުންނޭ އެއީ މާލެ ސަރަހައްދުން ބިން ހިއްކާ މިހާރުން އެއްގޮތަކަށް ވެސް ރައްޔިތުން އަތުން އިތުރަށް ޓެކްސް ނަގައިގެން ނުވާނެއޭ ރައްޔިތުންގެ މަޖްލީހަށް ސަރުކާރުން ކުރާ ހުރިހާ ޚަރަދެއް ހުއްޓާލަންވީއޭ ގާނޫނެއް ހަދަން ބޭނުންނަމަ ސްޕްރީމް ކޯޓުން ގާނޫނު ހެދުމުން އެފަދަ ގާނޫނެއް އެއީ އަމަލު ކުރަން ޖެހޭ ގާނޫނެއްތޯ ބަލަން ރައްޔިތުންގެ ވޯޓަކަށް ދާނީއޭ ނުޖެހޭނެއޭ އަހަރަކު 3 ގާނޫނަށް ވުރެން ގިނައިން ގާނޫނު ހަދަން ނުޖެހޭނެއޭ...