15:02

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވީ ރައީސް އައިސް ބަޔާން ނުއިއްވާ ހިނދަކު މަޖިލީހެއް ނުހުޅުވޭނެ ކަމަށް.

15:00

14:42

14:42

ކުއްލި ނުރައްކަލުގެ ގަރާރު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީގެ އަގުލަބިއްޔަތުން ފާސްކޮށްފި.

14:21

ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު: ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު މަޖިލީހުން ފާސްކުރެވޭނީ 43 މެމްބަރުން ބައިވެރިވެ ތިއްބަވާ ވަގުތެއްގައި ވޯޓެއް ނަގައިގެން.

14:12

ގައުމީ ސަލާމަތުގެ ކޮމިޓީ ބައްދަލުވުން ފަށައިފި. ނަމަވެސް އެ ކޮމިޓީ ކުރިޔަށް ގެންދަނީ ސިއްރުކޮށްގެން.

14:07

އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހަންމަދު ސޯލިހު: ސުޕްރީމް ކޯޓުގެ އަމުރުގައި އަދިވެސް އޮތީ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް. އެކަމަކު އަޅުގަނޑުމެންގެ މެމްބަރުންނެއް މަޖިލީހަށް ނުވައްދާ.

14:05

އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހަންމަދު ސޯލިހު ވިދާޅުވީ މިއަދުގެ ޖަލްސާ އަށް ނުދިޔައީ ގާނޫނާ ހިލާފަށް ކުރާ ކަމަކަށް ވާތީއާއި، އެއަށް ގާނޫނީ ހައިސިއްޔަތެއް އަންނަން އަޅުގަނޑުމެން ބޭނުން ނުވާތީ ކަމަށެވެ.

13:59

އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ފަރާތްތަކުން ވިދާޅުވަނީ މިއަދުގެ މަޖްލިސް ޖަލްސާ އަކީ ގާނޫނާ ހިލާފަށް ބޭއްވި ޖަލްސާ އެއް ކަމަށް.

13:55

ގައުމީ ސަލާމަތު ކޮމިޓީގެ ބައްދަލުވުން ތާވަލު ކުރީ މިއަދު 2:00 އަށް.

11:52

މަޖިލިސް ޖަލްސާ ނިންމާލައިފި.

11:51

ކުއްލި ނުރައްކަލުގެ ޤަރާރު ގައުމީ ސަލާމަތުގެ ކޮމެޓީ އަށް ފޮނުވަން ނިހާން ހުށަހެޅުއްވި ހުށަހެޅުން ފާސްވެއްޖެ. ކޮމެޓީ އަށް ފޮނުވަން ވޯޓް ދެއްވީ 38 މެންބަރުން. ޖަލްސާގައި 39 މެންބަރުން ތިއްބެވި. އެއްވެސް ބޭފުޅަކު ކުއްލި ނުރައްކަލުގެ ޤަރާރު ކޮމެޓީ އަށް ފޮނުވުމާއި ދެކޮޅަށް ވޯޓެއް ނުދެއްވާ.

11:48

11:47

މިހާރު ތައްޔާރުވަމުން ދަނީ ކުއްލި ނުރައްކަލުގެ ޤަރާރު ގައުމީ ސަލާމަތުގެ ކޮމެޓީ އަށް ފޮނުވުމާއި މެދު ވޯޓަށް އެހުމަށް.

11:46

11:42

ކުއްލި ނުރައްކަލުގެ ޤަރާރުގެ ބަހުސްގެ މަރުހަލާ ނިންމާލައިފި. ބަހުސް ނިންމާލީ ބަހުސް ކުރަން އިތުރު މެންބަރަކު ނެތުމުން.

11:41

ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު: ޤާނޫނީ ބޭފުޅުން މިކަމުގައި ދައްކަވާ ވާހަކަފުޅާއި ބެހޭ ގޮތުން މަޖިލީހުގެ ކޮމެޓީގައި ބަހުސްތައް ކުރެވެން ވާނެ. މިއީ ވަރަށް ބުރަ މަސައްކަތުން ވުޖޫދު ކޮށްފައިވާ ޤާނޫނު އަސާސީއެއް. ކުއްލި ނުރައްކަލުގެ ޤަރާރުގައި މައްސަލައެއް އުޅޭނަމަ އެބާބު އިސްލާހް ކުރައްވަން ހިންގަވާ. މިހާރު ބައެއް ބޭފުޅުން ވާހަކަ ދައްކަވާ ގޮތުން ޤާނޫނު އަސާސީ އިން ލިބޭ ޙައްޤެއް ވެސް ނުލިބޭ ޙައްޤެއް ވެސް ނެތް.

11:37

ގިނަ އަދަދެއްގެ ސިފައިން އަނެއްކާވެސް މަޖިލިސް ކައިރިއަށް އަތުވެއްޖެ.

11:36

ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު: ކުއްލި ނުރައްކަލުގެ ޤަރާރު ރައީސް އަށް ނެރުއްވޭނެ. އެކަމުގައި ޤާނޫނީ ބަހުސެއް ނެތް. ނަމަވެސް މަޖިލީހާއި ޝަރުޢީ ދާއިރާ އާއި ބެހޭ ގޮތުން ޤަރާރުގައި ހިމެނިފައިވާ މާއްދާތަކާއި ބެހޭ ގޮތުން ޤާނޫނީ ސުވާލުތަކެއް އެބަހުރި. އެހެންކަމުން ކޮމެޓީގައި މިކަމަށް ގޮތެއް ނިންމެވުން ރަނގަޅު ކަމަށް ފެނޭ.

11:34

ނިހާންގެ ހުށަހެޅުމަށް އަލީ އާރިފް ތާއިދު ކުރައްވައިފި.

11:34

ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު ނިހާން: މިޤަރާރު ފާސްކުރުމަކީ ރައްޔިތުން މަޖިލީހުން ކޮށްދޭން ޖެހޭ ކަމެއް. އިދިކޮޅު މެންބަރުން މިކަމުގައި ބައިވެރިއެއް ނުވި. މިއީ ދުސްތޫރުގައި ކުރަން ކަނޑައަޅާފައިވާ މައްސަލައެއް. މިއީ ކުރަން ޖެހޭ ކަމެއް. ޤަރާރުގެ މައްސަލަ ގައުމީ ސަލާމަތުގެ ކޮމެޓީ އަށް ފޮނުވަން ހުށަހަޅަން.

11:34

11:29

ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ): މަޖިލިސް މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކުރަނީ ރައްޔިތުންނަށް ލުއި ފަސޭހަތައް ހޯދަން. އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ހާއްސަކޮށް ވެރިކަމަށް އައުމުގެ ހުވަފެން ދެކޭ މީހުން ބޭނުމެއް ނުވޭ ގައުމަށް ބަލާކަށް، އިސްލާމްދީނަކަށް ބަލާހަށް ބޭނުމެއް ނޫން. ގައުމުގެ އިޤުތިޞާދަށް ބަލާކަށް ބޭނުމެއް ނުވޭ. ހަމައެކަނި ވެރިކަމުގެ ގޮނޑި ބޭނުންވަނީ.

11:24

އަބްދުﷲ ރިފާޢު: ޖުޑިޝަރީ މެދުވެރިކޮށް ބަޣާވާތެއް ކުރަން އުޅުނު ކަން ހުރިހާ ރައްޔިތުންނަށް ވެސް އެނގޭ. ޤާނޫނީ އިމުގެ ތެރެއިން ކަންކަން ހައްލު ކުރަން ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ ގައުމީ ޖިހާދުގައި ބައިވެރިވެ ވަޑައިގަތުމަށް ހުރިހާ މެންބަރުންނަށް ދަންނަވަން.

11:23

11:07

މިހާރު ކުރިއަށް ދަނީ ރައީސްގެ ރިޔާސީ ޤަރާރާއި ބެހޭ ގޮތުން އެމަނިކުފާނު ރައްޔިތުން މަޖިލީހަށް ފޮނުވި ސިޓީފުޅާއި ރިޔާސީ ޤަރާރު މަޖިލީހަށް އިއްވެވުން.

11:05

މަޖިލިސް ޖަލްސާގައި އިދިކޮޅު މެންބަރުން ބައިވެރިވެ ވަޑައެއް ނުގަންނަވާ. ޖަަލްސާ ކުރިއަށް ދަނީ ވަރަށް އަމާންކޮށް.

11:03

މަޖިލިސް ޖަލްސާ ފަށައިފި. ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ޖަލްސާގައި ތިއްބެވީ 39 މެންބަރުން.

11:01

މަޖިލިސް ޖަލްސާ ފަށަން ތައްޔާރުވެއްޖެ.

10:48

ގޮނޑި ގެއްލުނު ކަމަށް ނިންމާފައިވާ ބައެއް މެންބަރުން މަޖީދިއްޔާ ސްކޫލް ކައިރިން ބެރިކޭޑްގެ ބޭރުގައި މަޑުކޮށްގެން އެބަތިއްބެވި.

10:47

ފުލުހުންގެ އަމުރަށް ކިޔަމަންތެރިވެ އަމީތު ބެރިކޭޑުން ބޭރަށް ނިކުމެއްޖެ.

10:46

އަމީތު ބަންދުކޮށްފައިވާ ސަރަހައްދުގައި
އަމީތު ބަންދުކޮށްފައިވާ ސަރަހައްދުގައި

10:45

އަމީތު ބަންދުކޮށްފައިވާ ސަރަހައްދުގައި
އަމީތު ބަންދުކޮށްފައިވާ ސަރަހައްދުގައި

10:45

ފުލުހުންގެ ބެރިކޭޑް ހުރަސްކޮށް މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު އަމީތު ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެއްޖެ. ފުލުހުން ގެންދަނީ މަޖީދިއްޔާ ސްކޫލް ގޭޓް ކައިރިން އަމީތަށް ހުރަށް އަޅަމުން

10:43

ގިނަ އަދަދެއްގެ އެސްއޯ ފުލުހުން މަޖީދިއްޔާ ސްކޫލް ގޭޓް ކައިރީގައި ވެސް އެބަތިބި.

10:42

މަޖިލިސް ކުރާގެ ހިމެނޭ ސަރަހައްދު ބަންދުކޮށްފައި – ވަގުތު އިމޭޖްސް: އަމީން ފަހްމީ
މަޖިލިސް ކުރާގެ ހިމެނޭ ސަރަހައްދު ބަންދުކޮށްފައި – ވަގުތު އިމޭޖްސް: އަމީން ފަހްމީ

10:41

ސަރުކާރަށް ތާއިދު ކުރާ މެންބަރުނާއި އިދިކޮޅު މެންބަރުން ވެސް ގެންދަވަނީ މަޖިލިސް ކުރާ ގެއަށް ވަޑައިގަންނަވަމުން. ނަމަވެސް ގޮނޑި ގެއްލުނު ކަމަށް ނިންމާފައިވާ 12 މެންބަރުންގެ ތެރެއިން އެއްވެސް ބޭފުޅަކު އަދި މަޖިލިސް ކުރާގެ ހިމެނޭ ސަރަހައްދަކުން ނުފެނޭ.

10:38

ރައްޔިތުންގެ މަޖިލިސް ވަށައިގެން ހިމެނޭ ސަރަހައްދު ބަންދުކޮށް މިއަދު މަޖިލީހުގެ ހާއްސަ ޖަލްސާ ފަށަން ތައްޔާރުވެއްޖެއެވެ.

މިހާރު ވެސް ފުލުހުން ވަނީ ދަރުމަވަންތަ ސްކޫލް ކައިރިންނާއި، ސޯސަންމަގާއި މެދުޒިޔާރަތް ގުޅުނު ކަންމަތި، ރާއްޖެޓީވީ ގޯޅި ކަންމަތި، ހޮޓެލް ޖެން ކައިރިން މަޖީދީމަގު ކަންމަތި ބަންދުކޮށްފައެވެ.

މަޖިލިސް ކައިރީގައި ހަރަކާތްތެރިވަމުން ދިޔަ ނޫސްވެރިން ވެސް މިހާރު ވަނީ މުލީއާގެ އަށް ވުރެ ވެސް ދުރަށް ޖައްސާފައެވެ.

މަގު ބަންދުކޮށް ޓްރެފިކް ބެލެހެއްޓުމުގައި ފުލުހުން ހަރަކާތްތެރިވަމުން ދާއިރު މަޖިލިސް ކައިރީގައި ސިފައިން ވެސް ހަރަކާތްތެރިވަމުން އެބަދެއެވެ. އަދި ގިނަ އަދަދެއްގެ އެސްއޯ ފުލުހުން ވެސް މަޖިލިސް ކައިރީގައި އެބަތިއްބެވެ.

ރައްޔިތުންގެ މަޖިލިސް ވަށައިގެން ހިމެނޭ ސަރަހައްދު ބަންދުކޮށް މިއަދު މަޖިލީހުގެ ހާއްސަ ޖަލްސާ ފަށަން ތައްޔާރުވެއްޖެއެވެ.

މިހާރު ވެސް ފުލުހުން ވަނީ ދަރުމަވަންތަ ސްކޫލް ކައިރިންނާއި، ސޯސަންމަގާއި މެދުޒިޔާރަތް ގުޅުނު ކަންމަތި، ރާއްޖެޓީވީ ގޯޅި ކަންމަތި، ހޮޓެލް ޖެން ކައިރިން މަޖީދީމަގު ކަންމަތި ބަންދުކޮށްފައެވެ.

މަޖިލިސް ކައިރީގައި ހަރަކާތްތެރިވަމުން ދިޔަ ނޫސްވެރިން ވެސް މިހާރު ވަނީ މުލީއާގެ އަށް ވުރެ ވެސް ދުރަށް ޖައްސާފައެވެ.

މަގު ބަންދުކޮށް ޓްރެފިކް ބެލެހެއްޓުމުގައި ފުލުހުން ހަރަކާތްތެރިވަމުން ދާއިރު މަޖިލިސް ކައިރީގައި ސިފައިން ވެސް ހަރަކާތްތެރިވަމުން އެބަދެއެވެ. އަދި ގިނަ އަދަދެއްގެ އެސްއޯ ފުލުހުން ވެސް މަޖިލިސް ކައިރީގައި އެބަތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހާނިމް

    ސާބަހޭ ދިވެހި ސިގފައިންނާޢި ފުލުހުންނަށް . ރައީސް ނަޝީދު އަކީ މި ދިވެހި ޤައުމަށް ހެޔޮއެދޭ މީހެއް ނޫން .

  2. ޤާދިރު

    ކޮންމެވެސް ހާސަރުތަކެއް ދަމާގެންނަމަވެސް ޖަލްސާ ބޮއިކޮޓް ކުރެވުނަސް މުސާރަ ލިބޭނެތާ! އެ ނިމުނީނު!

  3. ޑޭންޖުރެސް

    ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިތުރު ކުރުމަށް ރައީސް ހުށަހަޅުއްވައިފި ނަމަ އެކަން ޖެހޭނެއޭ އެގޮތަށް ފާސްވާން ބިކޮޒް މަމެން ދޯ ވެރިކަމުގައި މިތިބީ ވެރިކަމުގައި ތިބޭނީ ހާކިމާ އިންނޭ ހާކިމާއިން ބުނާ ގޮތަށް ހަދަން ޖެހޭނެއޭ މަޖްލީސް ހުރިހާ މެމްބަރުން ތަމެން އެއް ގޮތަކަށް ވެސް ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކުރަން ދެކޮޅު ހަދައިގެން ނުވާނެއޭ ތަމެން ދެކޮޅު ހަދައިފިނަމަ ތަމެންނަށް މުސާރަ އާއި އިނާޔަތް ތައް ވެސް ހިފެހެއްޓިދާނެއޭ މަމެން ބުނަން ނެތީމު ދޯ. މަމެން މީ ހާކިމާއިން ތަމެން ރަންރީނދުލޭ މެން ތިޔާއީ ނޮން ހާކިމާއިން އިނގޭތޭ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.

  4. ބޮލިހިލާ

    ގާނޫނު އަސާސީ ތަރުޖަމާ ކުރަން ނޭގޭނެއޭ އިދިކޮޅު މީހުންނަށް އެމެންނަކީ އެއީ ހާކިމާ އިން ނޫނޭ ގާނޫނު އަސާސީ ތަރުޖަމާ ކުރަން އިނގޭނީ ހަމައެކަނި ހާކިމާއިން ނަށޭ. ކޮން ގާނޫނު އަސާސީ އޭ ކިޔަންތޭ ތަމެން ރަންރީނދޫ ޓްވިޓަރޭ މެން ތަމެން މިއޮށް ނެސްޕްރޭ ހުސް ކުރި ދަޅު ހިފައިގެން ނައްޓާލާ ހުޅުދޫ ދިގު ފަރަށް ބޮލިހިލަން. ދަގަ ބޮލިހިލަން. ބޮލިހިލާ ދޯ.

  5. ބަތޮލް

    .ގަދަބަދަވި ކަމުގެ ބަތޮލް ޔާމީން ރައީސް

  6. ކްލޯސްޑް

    ކޯއްޗެއްތޭ ހާކިމާ އަށް ހިފެހެއްޓޭނެ ހުރިހާ އެއްޗެއް ތަމެން ތިޔާ ނޫން އެހެން ކަނޑުކޮހެއް ގޮވޭތޯ ބެލިއްޔާ މާތާހިރުވާނެ އެއް ނޫންތޭ ތަމެން ތިޔާއީ ހާކިމާ އެއް ނޫނޭ ތަމެން ތިޔާއީ ނޮން ހާކިމާއޭ މަމެން މީ ހާކިމާ އޭ ހާކިމާ ބުނާ ގޮތަށް ހެދުމަކީ ތަމެންގެ މައްޗަށް ވާޖިބު ކަމެކޭ ތަމެން ހަމަ މިހާރު ވޯޓް ދޭންވީއޭ. އެނިމުނީއޭ. އެނޫން ނަމަ ގޮނޑި ފޭރިގަންނާނަމޭ. ޗެޕްޓަރ ކްލޯސްޑް.